ބ
Number of words: 2976
ބ
އ. ތާނައިގެ ފަސްވަނަ އަކުރު.
ބަ
އ. އައްބަ.
ބަހަ
ބަހަނާ
ނ. (1) ތިމާގެ ބޭނުމާ އެއްގޮތަށް ކަމެއް އަނބުރާލަންވެގެން ދައްކާވާހަކައާއި މެދުވެރިކުރާ ސަބަބު. (2) މަކަރު.
ބަހަނާހެދުން
މ. (1) ތިމާ ބޭނުންގޮތާ އެއްގޮތަށް ކަމެއް އަނބުރާލަން ވެގެން ވާހަކަދެއްކުން ނުވަތަ ސަބަބު މެދުވެރިކުރުން. (2) މަކަރުހެދުން.
ބަހަނާދެއްކުން
މ. (1) ތިމާ ބޭނުންގޮތާ އެއްގޮތަށް ކަމެއް އަނބުރާލަންވެގެން ވާހަކަދެއްކުން. (2) ކަމަކުން ރެކެންވެގެން ސަބަބުދެއްކުން.
ބަހަނު
ބދ. މަރުތަބާން.
ބަހަރާމުފޮތި
ނ. (1) ބަނގަލާފަހަރުގެ ރިޔާކަނޑާފޮތި. (2) އުއިފަލަ ބޯފޮއްޗެއް.
ބަހަރު
ނ. (ބދ) އުނިގަސް.
ބަހަރުގައީ
ނ. ފެންމަތީ ކުނބުގެ އެންމެދިރުބާކޮޅުން ނަވުގެ ދެފަރާތު ކަންކައްޓަށް ހުންނަވައިރު.
ބަހަބޯ
ނއ. (ސ) ބަސްގިނަ.
ބަހާ
ނ. (1) ގެލަހަރު. (2) (ބދ) ކަމާއިނުވާބަސް. (3) ބެހުން، މިބަހުގެ ވާކަމާއި އަމުރު. (4) ބައި.
ބަހާރު
ނ. (1) ތަފާތު މޫސުން އަންނަ ތަންތާނގައި ގަސްގަހުން މާފޮޅޭ މޫސުން. (2) މަޖާޒު: ނއ. (ހ) ފުރިހަމަ. (ށ) އުފާވެރި. (ނ) ތާޒާ.
ބަހާރުއައުން
މ. ބަހާރު މޫސުން އައުން.
ބަހިށި
ކ. (ޏ) ނިކަންހުރޭ! މިބަހަށް ބޭނުންކުރާގޮތް.
ބަހީ
ކ. ތިމާކުރާ ކަމެއްގައި އަނެކަކު ބައިވެރިކުރުމަށް ބުނެއުޅޭބަހެއް. މިސާލު: ސައިބޮމާބަހީ.
ބަހީނ
ކ. ބަހީ
ބަހުންމެޓާ
ނއ. (1) ފޮނިކަނޑާ. (2) އަޗާތަޅާ.
ބަހުންމެޓާކަމުންރެކޭ
ނ. ކަމެއްކުރާން ބާރުލައި ފޮނިކަނޑާފައި އެކަންކުރުމުން ދުރުވެގަންނަ މީހާ.
ބަހުންޖެހުން
މ. މީހަކަށް އަސަރުކުރާނޭ ކަހަލަ މާނައެއްލާފައި އެމީހާއާއި ދިމާއަށް ނުވަތަ އެމީހާއަށް އިވޭނޭހެން އެހެންމީހަކާ ދިމާއަށް ސަމާސާގެގޮތުން ބަހެއް ބުނުން.
ބަހުރު
ނ. (1) ކަނޑު. (2) "ޙިޒުބުލް ބަހުރު" މިނަންކިޔާ ދުޢާ.
ބަހުރުވަ
ނ. އެއްބަހަކުން ވާހަކަދައްކާ ބައެއްގެތެރޭގައި، ބަސްކިޔާގޮތާއި އަޑުތަކާއި ބަސްތައް ބޭނުން ކުރާގޮތް.
ބަހުރު ފެނަށްވަންދެން ކިޔެވުން
"ބަހުރުފެނަށްވަންދެންކިޔެވުން" މަޖާޒު: ކިޔެވެއްޔެއް ކިޔެވިލެއް ގަދަކަން އަންގައިދިނުމުގެ ގޮތުން ބުނެއުޅޭބަހެއް.
ބަހުރުލޮނު
ނ. (1) ކަނޑުގެ ލޮނު. (2) މަޖާޒު: ނއ. ލޮނުރަހަ މާގަދަވީމާ ބުނެއުޅޭގޮތެއް.
ބަހުލޫލު
ނ. (1) މަކަރުވެރިޔާ. (2) ޙީލަތްތެރިޔާ.
ބަހުލޫލުކަން
ނއނ. (1) މަކަރުވެރިކަން. (2) ޙީލަތްތެރިކަން.
ބަހުގެ އަހުލުވެރިން
ނ. މާދަރީބަހަށް ނިސްބަތްވާ މީހުން.
ބަހުސް
ނ. ދެބަޔަކު ދެގޮތަކަށް ބުނެގެން އެބަޔަކު އެބުނިގޮތެއް ރަނގަޅުކަމަށް ދައްކާ ވާހަކަ.
ބަހުސްކުރުން
މ. ދެބަޔަކު ދެގޮތަކަށް ބުނެގެން އެބުނިގޮތެއް ރަނގަޅުކަމަށް ވާހަކަދެއްކުން.
ބަހެ
ކ. (1) ބުނަމޭ. (2) އަންގަމޭ. މިއީ ބޮޑުބަނޑޭރި ގެއިން ނެރުނު އަމުރަށް ޚާއްޞަވެފައިވާ ބަހެކެވެ.
ބަށި
ތަންމެ ބާވަތެއް ހުރެ އެވެ. މިސާލު: ދަނބުބަށި، ހުދުބަށި، ދިގުބަށި. (2) ފަނުން ހަ އަރިޔަށް ވިޔެގެން ތައްޔާރުކުރާ އެއްޗެއް. (މިއީ އިހުޒަމާނުގައި އަންހެނުންގެ ޚާއްޞަ ކުޅިވަރެއް ކުޅުމަށްޓަކައި ފަނުން ވިޔާއެއްޗެކެވެ.) (3) ދިވެހި އަންހެނުން ކުޅެއުޅޭ ކުޅިވަރެއް.
ބަށިކޯޓު
ނ. މަދަރުސާ ބަށިކުޅެން ބައިބައި ކޮށްފައި އޮންނަ ބިން.
ބަށިފިލާގަނޑު
ނ. ބަށިކުޅޭއިރު ކުޅެން ގެންގުޅޭ ފިލާގަނޑު ނުވަތަ ރެކެޓް.
ބަށިފުޅި
ނ. ފޫއަޑިކޮށް ތިރިޔަށް ފަލަކޮށް، ކަރު ހިމަކޮށް ތުން ފުރޮޅައިފައި ހުންނަ ފުޅިޔެއް.
ބަށިފެލެގަނޑަ
ނ. (ސ) ބަށިކުޅޭ ފިލާގަނޑު.
ބަށިގަން
ނަގައި، މަސްކޮޅެއްމޮޑެ އޭގެ ތެރެއަށް ލޮނުމިރުސް ހަވާދުކޮޅަކާ ބަށިން ނެގި ބަޔާ އަޅާ އެއްކޮށް މޮޑެ އެއިން އެއްބައި ބަށީގެ އެތެރެއަށް އަޅައި ރޮދިން ބަށިބަނދެލައި، ގިތެޔޮފޮދެއްގައި ބާކީ ހުރި ހަވާދުކޮޅު އަޅައިގެން ފުށްފުށަށްޖަހައި ރަނގަޅަށް ރޯފިލުވައިގެންނެވެ.
ބަށްބަށް
(ބދ) ކުޅިބެރު.
ބަނހީ
ކ. ބަހީ.
ބަނބަރަ
ނ. އަޅޯ ފައިބާވެލެއް. މިއީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. މީގެ ފަތް ފެން ފެހެނޑަ ފަތާ ވައްތަރެވެ.
ބަނބު
ނ. (ޅ) (1) ބަނބުކެޔޮތޮޅި. (2) އެންމެ ޅަ ބަނބުކެޔޮ.
ބަނބުޅަންބޮނޑި
ނ. އިހުގައި ރަސްކަމަށް ކޮލިލާ ދުވަހު ފުރޮޅާ އެއްޗެއް. ޚަޒީނާއޭ ކިޔާ ބަޑިޖަހާނީ މިފުރޮޅައިލީމަ އެވެ. މިއޮންނަނީ މުރުސަލް ފާޑަށެވެ. މިފުރޮޅުއްވާނީ ކަނބާދި ކިލެގެފާނެވެ.
ބަނބުޅަބޮސް
ނ. ބޮޑުލުބޯ ޒާތުގެ މޭވާއެއް. މީގައިދޭނީ ހިތިފޮނި ރަހައެކެވެ. މީގައި ބޯތޮށިގަނޑެއް އޮންނާނެ އެވެ.
ބަނބުޅަބޮސްތޮށިގަނޑު
ނ. މަޖާޒު: ބާތާކިހާގަނޑު.
ބަނބުކެޔޮ
ނ. ފަލަމަޑީގެ ބާވަތެއް. މިއަޅަނީ ފަތް ބޮޑެތިބިޔަ ގަހެއްގައެވެ. މިހުންނަނީ ސައްކޭލަށް ވުރެ އޮމާންކޮށް އެގޮތަށް ބޭރުގައި އުން ޖަހާފަ އެވެ.
ބަނދަރު
ނ .ފުރާދުއްވާ އެއްޗެހިއަޅާ ޚާއްޞަ ތަންތަން.
ބަނދަރުޖެހުން
މ. (1) ބޭރުދަތުރުކުރާ އެއްޗެހި ބަނދަރަށްވަދެ ނަގިލިލުން. (2) ބޭރުގައުމުތަކުން އަންނަ ފުރާދުއްވާ އެއްޗެހި ބަނދަރަށްވަދެ ނަގިލިލުން.
ބަނދަރުހުއްދަ
ނ. ބިދޭސީންގެ ފުރާދުއްވާ ތަކެތީގައި ދިވެހިންއުޅުމަށް ދައުލަތުގެ ލިޔުމަކުން ދީ އުޅުނު އަމުރު.
ބަނދަރުކަލާސީން
ނ. އިހުގައި ނާފަހަރު ދަތުރުހުއްޓާފައި އޮންނައިރު އެ ބަލަހައްޓާން ތިބޭމީހުން.
ބަނދަރުކެހުން
މ. ކަނޑަށް ގެއްލިފައިވާ އެއްޗެއްގައި އަޅައިގަނޭތޯ ލޮތާރީއެއްކަހަލަ އެއްޗެއް ކަނޑަށް ދޫކޮށްގެން ދެމުން.
ބަނދަރުމަތި
ނ. (1) ފިހާރަތައް ހުންނަ ހިސާބުގަނޑު. (2) ބަނދަރާދިމާ އަތިރިމަތި. (3) ރަށްފުށުގެމީހުން މަހަށްދާން އައިސް ތިބޭއިރު ބަނޑަހަ ޖަހައިގެން ތިބޭ ތަން.
ބަނދަރުމަތިއެނދުން
މ. ވިޔަފާރީގެ ހިސާބުފޮތްތައް ގެއްލުން.
ބަނދާކޮޕީ
ނ. ކޮޕީގަސް. މިއީ ތަރުކާރީއަށް ބޭނުންކުރާފަތެކެވެ.
ބަނދި
ނ. (1) ވަޒަން ބަހުރުވައިގެ އެންމެ ކުރީގެ ވައްތަރު. (މިއީ އެއްގޮތަށް ހުއްޓޭ ބަސްތަކަކުން އެކުލަވާފައި އޮންނަ ފަތިވަރެކެވެ.) (2) އިހުޒަމާނުގައި ވަޒަން ހަމަވާގޮތަށް ހަދައިގެން ވަޒަން ބަހުރުވައިން ރާގަކަށް ކިޔާއުޅުނު ބަސްފަތިވަރެއް.
ބަނދިވަރު
ނ. ފަތިވަރު.
ބަނދިވަރުކިއުން
މ. އެތިވަރުކިއުން.
ބަނދިފަތި
ނ. ކަމަކާ ހިތާނުވެގެން މެދުނުކެޑި ދިގުކޮށް ކިޔައިގަންނަ އެއްޗެހި.
ބަނދިފަތިކިޔުން
މ. ކުދިކިޔުން.
ބަނދަރުން ކައްސާލި
ނ. ބަންގާޅުންގެންނަ އަންހެނުންލާ ލިބާހުގެ ބާވަތެއް.
ބަނދެލުން
މ. އައްސައިލުން.
ބަނގަބަނގަ
ނ. (1) ބޮޑެތި ސަތަރުފަދަ އެއްޗެހި ވެއްޓޭއިރު އިވޭއަޑު. (2) މަރުތަބާން ފަދަ ބޮޑުއެއްޗެއް އަރިކުރެވޭ ގޮތަކުން އޭގައި ހުންނަފެން ހިފެހެއްޓެމުން ފައިބާ އަޑު.
ބަނގަބަނގައެޅުން
މ. (1) ބޮޑެތި ސަތަރުފަދަ ތަކެތި ވެއްޓޭއިރު އިވޭ އަޑު އިވުން. (2) މަރުތަބާންފަދަ ބޮޑުއެއްޗެއް އަރިކުރެވޭ ގޮތަކުން އޭގައި ހުންނަފެން ހިފެހެއްޓެމުން ފައިބާއިރު އިވޭއަޑު އިވުން.
ބަނގަލާ
ނ. ރީތި، ކުދިވަރުގެ ފައްކާ ގެ.
ބަނގަލާހަނދި
ނ. ކަޅުހަނދީގެ ބާވަތެއް. މިއީ ފަނޑު ދޮންކުލައެއްއަރާ ކަޅުމުށިކުލައިގެ މަހެކެވެ. ނިގޫފަތް ހުންނާނީ ދެކަފިވެފައެވެ.
ބަނގަލާބޯޓު
ނ. މުދާ އުފުލުމަށް ބޭނުންކުރެވޭ އުޅަނދެއް. މިއީ ކަތިރިޔަލުގައި ކަނޑު ދަތުރުކުރާ އެއްޗެކެވެ. މިބޯޓުގައި ގެހަދައިފައި ހުންނަނީ ކޮޅުފަސްކޮޅުގައެވެ. މި އުޅަނދު ގެންނަނީ ރާއްޖޭން ބޭރުންނެވެ.
ބަނގަލާތެރެ
ނ. ގަނޑުވަރު ތެރޭގައި ހުރި މަތިގޭ ތިރީބުރީގެ އިރުމަތީ ދޮރުން ވަދެ އިށީނދެ ތިބޭތަން.
ބަނގު
ނ. މަސްތުވާތަކެތި.
ބަނގުރާ
ނ. މަސްތުވާ ދިޔާއެއްޗެތި.
ބަނގުއާވި
ނ. އަލިފާން ހިފާ ކުލައެއްނެތް ސާފު ދިޔާ އެއްޗެއް. މޭވާދިޔައާއި ގޮވާންފަދަ އެއްޗެހި ކަމީރުކޮށްގެންވެސް މިނަގައެވެ. ބަނގުރާއާއި، ސެންޓާއި ބައެއްކަހަލަ ދިޔާބޭސް ބޭނުންކުރުމުގައި މި ބޭނުން ކުރެއެވެ.
ބަނގުރޫޓު
ނ. ހުރިމުދަލަށްވުރެ ދަރަނިބޮޑުވެގެން ހުރިހާ މުދާ ވިއްކަންޖެހޭ ޖެހުން.
ބަނގުރޫޓުވުން
މ. އަތުގައިހުރި މުދަލަށްވުރެ ދަރަނިބޮޑުވެގެން ހުރިހާ މުދާ ނީލަން ކިޔާން ޖެހުން.
ބަނގުފިލާ
ނ. (1) ގަންޖާ. (2) މަރުވާނާ. މީގެ ގަސްހެދެނީ 4 ފޫޓާއި 6 ފޫޓަށެވެ. ބައެއް ގަސް މިއަށްވުރެ ދިގުކޮށްވެސް ހެދިފައި ހުރެއެވެ. ފަތް ހުންނާނީ ދަނޑި އަލުވިފަތްހެން 6 ބަޔަށެވެ.
ބަނގެރާ
ނ. (ލ) ބަނގުރާ.
ބަނޑަ
(ސ) ބަނޑު.
ބަނޑަހަ
ނ. (1) ވިޔަފާރިކުރާން ވަގުތީ ގޮތުން ހަދައިފައި ހުންނަ ތަންތަން. (2) މަހަށްދާންގޮސް ތިބޭން ރަށްރަށުގައި އަޅާ ވަގުތީގެ. (3) ބަނޑަހަގެ.
ބަނޑަހަގެ
ނ. ގޭގެ ކާޑުގެ ތަކެއްޗާއި ދުންބޮއި ދުފާ ހެދުމަށް ބޭނުންކުރާ ތަކެއްޗާއި އާއްމުކޮށް ގެއަށް ބޭނުންވާތަކެތި ރައްކާކުރާ ގުދަން. އިހުގައި މިތަން ހުންނާނީ ގެއާ ވަކިންނެވެ.
ބަނޑަށް މަރުވުން
މ. ކާންނުލިބިގެން މަރުވުން.
ބަނޑަށްހިފުން
މ. ދެވިލާގަނޑު ދޭތެރޭ ވައި ހިފެހެއްޓިފައި އޮތުން.
ބަނޑަށްހުނުން
މ. އަޑުނީވޭހެން ހުނުން.
ބަނޑަށްވަނުން
މ. މަޖާޒު: މަކަރުވެރިގޮތުން ތިމާގެބަސް އަނެކަކު ޤަބޫލުކުރާނެގޮތް ހެދުން.
ބަނޑަށްދެމުން
މ. (1) ވިއްސާރައިގެ ދެވިލާގަނޑު ދޭތެރޭ މަޑުވުން. (2) ދެރާޅުބާނި ދޭތެރޭ ތަންވަޅު ލިބުން.
ބަނޑަށްގޮށްއެރުން
ނ. ބަނޑުގައި ގޮށްލުން.
ބަނޑަށްޖެހުން
ނ. ހައިހޫނުގައި ޖެހުން.
ބަނޑަރުއްފަށަ
ނ. (ސ) ބަނޑުރުއްފަށް.
ބަނޑަބޮޑަވުން
މ. (ލ) ބަނޑުބޮޑުވުން.
ބަނޑަކެކުން
މ. (ސ) ބަނޑުކެކުން.
ބަނޑައިދޫ
ނ. (1) މަހުގެ ބަނޑުފުށުން ބަނޑަށްވީ ހިސާބުގައި ތުނިކޮށް ހުންނަ މަސްފަށް. (2) ދިވެހިން ޢާއްމުކޮށް މަސްކަނޑާ ގޮތަށް މަސްކަނޑާއިރު މަހުގެ ބަނޑަށްވީ ހިސާބުން ކަނޑައިގެން ނަގާބައެއް.
ބަނޑަވަރަ
ނ. (ސ) ބަނޑަވަރު.
ބަނޑަވަރަފަށް
ނ. (ސ) ބަނޑަވަރު.
ބަނޑަވަރު
ާޅުމަތިން ހިފައިފައި ހުންނަ ވާފަށް. (3) ދަމައިފައިވާ ސަތަރިއެއްފަދަ އެއްޗެއް ވަޔާ އެއްލައިލިޔަ ނުދިނުމަށް މަތިން ދަމައިފައި ހުންނަ ފަށް. (4) އެއްޗަކަށް އަރުވައިފައި ހުންނަ މުދާތަކެއް ފައިބައިގެން ދިޔަ ނުދިނުމަށް މުދައުތަކުގެ މަތިން ފުރައިފައި ހުންނަ ވައު.
ބަނޑަވަރުބުޅި
ނ. ބަނޑަވަރު އައްސާބުޅި.
ބަނޑަވަރުގެ
ނ. ބަނޑަވަރުގެ ދެފަރާތުން ވާނޭހެން ރިޔަލުގައި ހަރުކޮށްފައި ހުންނަ މާރުފަށް.
ބަނޑަވަރުގެލުން
މ. ބަނޑަވަރުގެ ދެފަރާތުގައި ހުންނަ މާރުފަށް ބަނޑަވަރުގެ އެތެރެއަށް ވާނޭހެން ގޮށް ޖެހުން.
ބަނޑަވަސް
ނ. (ސ) ބަނޑުވަސް.
ބަނޑަވެރި
ނ. (ބ) (1) ބަނޑޭރި. (2) ރ. އަތޮޅުގައި އޮންނަ ރަށެއްގެ ނަން.
ބަނޑަފެލަ
ނ. (ސ) ބަނޑުފިލާ.
ބަނޑަދޮންވާލަ
ނ. (ސ) ބަނޑުހުދުވާލި.
ބަނޑި
ނ. (1) އޮމާންކޮށް، ނުވަތަ ތެދުކޮށް ހުންނާންވީ އެއްޗެއްގައި ހުންނަ އަޑިގުޑަން. (2) ހިނގާއިރު ހަށިގަނޑަށް ލައްވާ ވަންނި.
ބަނޑިބަނޑި
ނ. (1) މީހުން ހިނގާއިރު ހަށިގަނޑަށް އަރުވާ ބައެއް ކަހަލަ ލޮޅުން. (2) ބަނޑީގެ ގިނަގޮތް. (3) އޮމާންކޮށް ނުވަތަ ތެދުކޮށް ހުންނާންވީ އެއްޗެއްގައި ހުންނަ އަޑިގުޑަން.
ބަނޑިބޭސް
ނ. (ސ) މިނާބޭސް.
ބަނޑިވުން
މ. ވިރިކެކޭ މައުދަނަކުން ނުވަތަ ޕްލާސްޓިކު ފަދަ އެއްޗަކުން ހަދައިފައި ހުންނަ އެއްޗިހީގައި އެއްޗަކުން ޖެހިގެން ނުވަތަ އެނޫންވެސް ގޮތަކުން އަޑިގުޑަންވުން.
ބަނޑިލުން
މ. ބަނޑި އުފެދުން.
ބަނޑިޔަލުބަތް
ނ. ބަނޑިޔަލަކަށް އަޅައި މަތި ބަންދުކޮށްގެން ކައްކާ ޚާއްޞަ ބަތެއް.
ބަނޑިޔަލުފެން
ނ. ވިހައިގެން އުޅޭމީހުންނަށް ދޭން އިހުގައި ކައްކައި އުޅުނު ފެނެއް. މިކައްކަނީ މަތިކަރާ ބޭހާއި ކޮތަނބިރިޔާ އެއްކޮށް ދެބުރާންތި ކޮށްފައި ތުނިފޮތިކޮޅެއް ދެފަށް ކޮށްފައި އޭގެތެރެއަށް ބޭސްތައް އަޅައި ބޮނޑިޔެއްހެން ބަނދެފައި ފެންބަނޑިޔަލަކަށް ލައިގެންނެވެ.
ބަނޑިޔާ
ނ. ކޮލި އޮންނާނެހެން މުށީން ހަދާފައި ހުންނަ އަނގަކުޑަ ކުޑަވަރެއްގެ ކަންވާރެއް. މިބައްޓަމަށް އެހެން އެއްޗަކުން ކަންވާރެއް ހަދާފައި ހުއްޓަސް ކިޔާނީ މިހެނެވެ.
ބަނޑިޔާ ފަޅޯ
ނ. ފަޅޮލުގެ ބާވަތެއް. މިފަޅޯހުންނާނީ ބަނޑިޔަލަކާ ގާތްސިފައަކަށެވެ.
ބަނޑިޔާ ލަނގިރި
ނ. ލަނގިރިޖަހާއިރު ދެސަފަށް ތިބޭގޮތަށް ބަނޑިޔާ ހިފައިގެން އަންހެންކުދިން ތިބެގެން ކުޅޭ ކުޅިވަރެއް.
ބަނޑިޔާނެށުން
ނ. ބަނޑިޔާ ހިފައިގެން ނަށާނެށުން.
ބަނޑިޔާބުރި
ނ. (1) ބަނޑިޔާ ފާޑަށް އަނގަބޮޑުކޮށްހުންނަ ކަންވާރެއް. (2) ގަންޖިފަރާސް ފާޑަށް ކަނޑާފައި ހުންނަ ކުރު އަތްބުރި ލިބާހެއް.
ބަނޑިޔާބުރު
ނ. (1) ބޯވަޅު އެޅިލިބާހުގެ ކަރުކަނޑައިއުޅުނު ބުރެއް. (2) ބިލެތްކަފާ މާދިރީއެއްގެ ނަން.
ބަނޑިޔާކަރު
ނ. (1) ބޯވަޅުއެޅި ލިބާހުގައި ބަނޑިޔާބުރަށް ކަނޑައި އުޅުނުކަރު. (2) ބަނޑިޔާބުރަށް ކަނޑައި އުޅުނު ކަރުން ކަނޑާލާފޮތިކޮޅު.
ބަނޑިޔާ މުރާކި
ނ. މުރާކީގެ ބާވަތެއް. މިއީ ތޮށިބޯކޮށް ވަށްކޮށް ހުންނަ މުރާތްކެކެވެ.
ބަނޑިޔާޖެހުން
1) ކިޔާލަވަޔަށް ހަމަވާގޮތަށް ލޯބަނޑިޔަލުގައި ޖަހަމުންކުޅޭ ކުޅިވަރެއް. ބަނޑިޔަލުގައި ޖަހާއިރު ޖަހާނީ އަތުގައިވާ އަނގޮޓި ބަނޑިޔަލުގައި ޖެހޭގޮތަށެވެ. އެއްބަނޑިޔާ ބޭނުން ކޮށްގެންވެސް އަދި ދެބަނޑިޔާ ބޭނުން ކޮށްގެންވެސް މިކުޅިވަރު ކުޅެއެވެ. (2) ބަނޑިޔާ ލަނގިރި.
ބަނޑީދި
ނ. (ސ) ބަނޑައިދޫ.
ބަނޑީދެ
ނ. (ގ) ބަނޑައިދޫ.
ބަނޑު
ް ރިޔަލުގައި އޮންނަގޮނި. (21) ދަމައިފައި އޮންނަ ނަރެއްފަދަ އެއްޗެއްގެ މެދުތެރޭން ތިރިއަށް ގޮނިވެފައި އޮންނަބައި. (31) ތެޅިގަލުން ރާނާއިރު ދެގާބަރި ދޭތެރެއިން ހުސްކޮށް އޮންނަތަން. (41) ދޫނިސޫފާ ސޫތްޕާއި ގެރިބަކަރި ޖަނަވާރާއި މަސްމަހާމެހީގެ ހަޖަމުކުރާބައި.
ބަނޑު ނަނު
ނ. (1) ވައިގާ ހފާފައި ހުންނަ ގުޑިޔެއްގެ ނަނުން ބަނޑުލާފައި އޮންނަތަން. (2) މަސްބާނާން އެއްލާފައި އޮންނަ ނަނުގައި އޮއި އަޅައިގެން ދޫޖެހިފައި އޮންނަތަން.
ބަނޑު ޖެހުން
މ. ޖަނަވާރާއި، ދޫނިސޫފާސޫފި ފަދަތަކެތި ބަނޑު ޖައްސައިގެން އޮށޯތުން.
ބަނޑުހަނޑޫ
ނ. ފޯޔަކު ބާރަނާޅި މަގުން ހަނގު ބޭކަލުންނަށް ދައުލަތުން ދެއްވާ ހަނޑޫ.
ބަނޑުހައި
ނއ. (1) ކާނާއިން ބަނޑުހުސްވެފައިވާ. (2) ކަނާޔަށް ބޭނުންވެފައިވާ.
ބަނޑުހައިކަން
ނއނ. (1) ކާނާއިން ބަނޑު ހުސްވެފައިވާކަން. (2) ކާނާޔަށް ބޭނުންވެފައިވާކަން.
ބަނޑުހައިވުން
މ. (1) ކާނާއިން ބަނޑުހުސްވުން. (2) ކާނާޔަށް ބޭނުންވުން.
ބަނޑުހަލައިލުން
މ. ކުއްލިއަކަށް ބަނޑު ދިޔާވުން.
ބަނޑުހިކުން
ނ. ނަޖިސްހަރުވެ ބޮޑުކަމުދާން ދަތިވުން.
ބަނޑުހޫނުކޮށްލުން
މ. މަޖާޒު: ސައިފޮދެއް ބޯލައި ނުވަތަ ނާސްތާއެއް ކޮށްލައިގެން ބަނޑުހައިކަން ފިލުވައިލުން.
ބަނޑުނުބައިވުން
މ. ހަޖަމުނުބައިވުން.
ބަނޑުން ބޭރުވުން
މ. (1) ވިހެއުން. (2) ތުރަވުން.
ބަނޑުންލޯއަޑުކިޔުން
މ. މަޖާޒު: ބަނޑު ފުފޭ ވަރަށް ކައި ބަނޑުފުރައިލުމަށް ބުނެއުޅޭ ބަހެއް.
ބަނޑުރާޅަށްދެމުން
މ. ނަގާރާޅުގެ ބަނޑުދަށަށް ބިންދާލި ރާޅުގެ ލޮނުގަނޑު ދަމައިގަތުން.
ބަނޑުރާޅުފަށް
ނ. ފުއްޓަރަށް ބިންދާރާޅު ނަގާހިސާބު.
ބަނޑުރިޔާ
ނ. ދުއްވާފައި ދާއިރު، ރިޔަލުގައި އޮންނަ ގޮނި.
ބަނޑުރިޔާދޮށް
ނ. ބަނޑުރިޔަލުން ވައިފައިބާތަން.
ބަނޑުރުއްފަށް
ނ. ރަށެއްގެ މަލައިގައި ހިމެނޭ ރުއްގަސް ވަކިވާ ހިސާބު.
ބަނޑުބައިން
(1) އުނަގަނޑު ފައްޓަރު ތިރިވިޔަނުދޭން ބާސްކީލިން އަޅައިފައި ހުންނަ ފަށް، މިބައިން ޖަހަނީ ކުޑަކުދީންނެވެ. (2) އަސްފަދަ ސަވާރުވާ ތަކެތީގެ މަޑި ހަރުކުރާން ބަނޑު ދަށުން އަޅާ ކަމަރު. (3) ފަޓުލޫނު ހިފެހެއްޓުމަށް ކޮނޑުމަތިން ދެފަރާތުން އަޅައިފައި ހުންނަ ބަންދު.
ބަނޑުބަލި
ބަނޑުގައި އުފެދޭ ބައްޔެއް. މިބަލި ޖެހުމުން ބައެއް ފަހަރު ނޭވާހިނގުން ދަތިވެ، ކުޑަކަމުދިއުމާއި ބޮޑު ކަމުދިއުމުގެ ނިޒާމަށް ބަދަލު އާދެއެވެ. ދިވެހިންގެ ތެރޭގައި "ބަނޑުބަލި" ކިޔާ އުޅެނީ ބަނޑުގައި ސަރުބީ އުފެދި ބަނޑުގެ އެތެރޭގެ ބައެއް ގުނަވަން ދުޅަވުމުންނެވެ.
ބަނޑުބިންމަތީ ޖެއްސުން
މ. ބުރިހަންނެގުމަށް ބުނާ ރީތިގޮތް.
ބަނޑުބެރި
ނ. (މަލިކު) ގޭގެ މަތިވަޑާންގަނޑުގެ މެދުގައި އޮންނަ ވަކަރު.
ބަނޑުބެއްދި
ނ. (ބ) ތެލުލައިފައި ހުންނަ ހުނިހަކުރު ފަތަފޮޅި.
ބަނޑުބޭސް
އޯބަތް، ކަޅުދިރި، އަސަޅިޔާ، ފަޅިދަމުއި، ހިތިދަމުއި.
ބަނޑުބޮޑުވުން
މ. (1) ކައިގެން ބަނޑުފުރުން. (2) ހައްޔަރުގައި އިނުން. މަޖާޒު: (3) ހިތްފުރުން.
ބަނޑުކަނި
ނ. (1) ތޮނައިގެފުލުން ފައި ދޮށުގެ މެދުގައި ވިއްދާކަނި. (2) ތޮނައިގެ ފުލުން ނުވަތަ ހުރަހުން ފައިދޮށުގައި ވިއްދާކަނި.
ބަނޑުކަޅުމުގުރާން
ނ. މުގުރާމުގެ ބާވަތެއް. މިއީ ބުރިކަށި ފަރާތުގައި ފެހިކުލަ، ބަނޑުގެ ދެއަރިމަތީގައި ކަޅުކުލަ، ބަނޑުދަށް ފަރާތުގައި ހުދުކުލަ ހުންނަ މުގުރާމެކެވެ.
ބަނޑުކުރާ
ނ. ގޮވާން ގަސްގަހުގެ ފަތްވަޅުން ނުކުންނަ ކުރާގަނޑު.
ބަނޑުކުކުރުން
މ. ބަނޑުކެކުން.
ބަނޑުކެނޑުން
މ. މަޖާޒު: ކަމެއްގެ އެދުން ބޮޑުވެގެން ގޮސް ހަމައިން ނައްޓައިލުން.
ބަނޑުކެކުން
މ. ބަނޑުގައި ވައި ހެދިގެން ބަނޑުތެރޭން އަޑު އިވުން.
ބަނޑުކެއުން
ނ. (1) ބަނޑު ފުރަން ގަޑިން ގަޑިއަށް ކާ ކާނާ. (2) އިރުކޮއްތު.
ބަނޑުކޮނުން
މ. މަޖާޒު: އަނެކާގެ ހިތުގައި ފޮރުވާފައިވާ އެއްޗެއް ހޯދަން މަސައްކަތް ކުރުން.
ބަނޑުކޮޅު
ނ. ދަށްބަނޑު.
ބަނޑުއަޅައިވިހެއުން
މ. ބަނޑުގައި ދަރިއަށަގަނެގެން ވިހެއުން.
ބަނޑުއަކިރި
ނ. (1) ރާޅާ އަރުވާ އަކިރި. (2) މަޖާޒު: ގޮތްކުޑަ ވިޔާނުވާ މީހުން.
ބަނޑުއަތްލާހިފުން
ނ. (ޏ) އޮޅުލައިގަންނަ ގޮތަށް އެއްޗެއްގައި ބެއްދުން.
ބަނޑުއިހި
ނ. ދޯނިފަހަރު ބަންނައިރު އެންމެ ފުރަތަމަ އަޅާ އިހިބައި.
ބަނޑުއިލި
ނ. އޮޑިދޯނި ފަހަރުގެ އަޑި ބަނުމާއި މަތި ހެދުމުގައި ގަދަކުރުމަށްޓަކައި ބޭރުން ޖަހާ އިލީގެ އިތުރަށް އިހިތަކަށާ އިންނަފަތްތަކަށް އެތެރެ ފަރާތުން ޖަހާއިލި.
ބަނޑުއުނގުރި
ނ. މަސްދޯނި ފަހަރުގައި ބަނޑު ފިލާގައި ހުންނަ އުނގުރި.
ބަނޑުއެޅުން
މ. (1) ހުތުރު ބަހުން ކެއުމަށް ބުނާގޮތް. (2) ފާރެއް ރާނަމުންދާއިރު، ދެފަރާތުގައި ހުންނަ ގާބުރީގެ މެދަށް ކުދިގާ އެޅުން. (3) އެއްޗެއްގައި ބަނޑު ޖައްސައިގެން ގުދަށް އޮތުން. (4) މުދާބާލާ ބަނޑު ތަނެއްގައި ހައްޔަރުކުރުން.
ބަނޑުއޮޅި
ނ. އަށީގެ މަޅު ހިފެހެއްޓުމަށް ދިގުއޮޅީގައި ހުރަހަށް ވިދެފައި ހުންނަ އެއްޗެހި.
ބަނޑުއޮއްޓުގަނޑު
ނ. (1) އެއްޗެއް ވަރުގަދަކުރަން ދަށުފުށުން އަޅާ އެތިގަނޑު. (2) ތެލަނގައިގެ ލަނބާދުނީގެ ބަނޑުފުށުގައި މެދުތެރޭ އަޅާ އެތިކޮޅު.
ބަނޑުއޮޑި
ނ. ފިލާބައިޖަހައި ބާރީ އަޅާފައި ހުންނަ ބޮޑެތި އޮޑި ފަހަރު.
ބަނޑުވަރު
ނ. ބަނޑަވަރު.
ބަނޑުވައް
ނ. ފައިވައް.
ބަނޑުވައްއަކުރު
ނ. (1) ޅެމުގެ ކާފިޔާ ފެށޭތާ ދެވަނަ އަކުރު. (2) މުލަ އަކުރާ ޖެހިގެން އޮންނަ އަކުރު.
ބަނޑުވަސް
ނ. ފައިދޮށްތަކުގެ މެދާ ދިމާއިން ފުރާޅުގެ ދިގަށް ފައިދޮށްތަކުގެ ދަށުން އަޅާ ވަކަރެއް. މިވަކަރު އަޅަން ޖެހެނީ ފައިދޮށްތައް މާދިގުކަމަށްވާނަމަ ފުރާޅު ލަނބާފާނެތީއެވެ.
ބަނޑުވާ
ނ. ޝަހުވާނީ ކަންތައް މެދުވެރިކޮށްދޭން އަންހެނަކާއި ފިރިހެނަކާ ދެމެދު ހިނގާ މީހާ.
ބަނޑުވާކަލޭގެ
ނއ. ބަނޑުވާ.
ބަނޑުވޭން
ނ. (1) ހޮޑުލުމާއެކު ނުރައްކާގޮތް މަތިން ބޭރަށް ހިންގާ ބަލި. (2) ގަހަޑުބަލި. (3) ބޮޑު ބޭރަށް ހިންގުން.
ބަނޑުވޭންކާރު
ނ. ސަރުކާރުގެ އުޖޫރައެއްނެތް، ރައްޔިތުންގެ އިތުބާރުހުރި އެމީހުންތެރޭން ބަސްވިކޭމީހުން.
ބަނޑުމުސާރަ
ނ. އޮޅުލުމުގެ ބާވަތެއް، މިއީ ބޯ ނުޖައްސައި މެދުހަށީގައި ބައްދައިގެން ހިފާ ހިފުމެކެވެ.
ބަނޑުމުސާރައަށް ބެއްދުން
މ. އޮޅުލުމުގެ ބާވަތެއް. މިއީ އެކަކު އަނެކަކަށް ބޯނުޖައްސައި މެދުހަށީގައި ހިފައި ބެއްދުމެވެ.
ބަނޑުމެރިތަށި
ނ. މަދޮޅުފަތް ބޮޑެތިކޮށް ހުންނަ ބަތްކާ ތަށި.
ބަނޑުފަންވަތް
ނ. މާކޮށާރު ބަނޑޭރިއެއްގެ އަތުގައި އޮންނަ ބަނޑުހަނޑޫ ދެއްވައިފައިވާ މީހުންގެ ލިސްޓު.
ބަނޑުފައިދޮށް
ނ. ފައިދޮށުގެ ދަށުން ތޮނަޔާއި ހުރަސްކޮނެފައި ވިއްދާފައި އޮންނަ ވަކަރެއް.
ބަނޑުފަތް
ނ. (1) ކެޔޮގަސްގަނޑުގެ ފަށަލަ. (2) އޮނުހެދޭއިރު ބަދަމަތީން ފަޅާފައި ހުންނަ ފާޅަ. މީގައި ތޫނު ކެހެރިޔެއް ހުންނާނެއެވެ. (3) ދާމުލުގައި ހުންނަ ބިލެތްގަނޑު. (4) ޗާކުފިޔޮހީގެ މުށްގަނޑުގެ ދެފަރާތުގައި އަޅައިފައި ހުންނަ މަޢުދަނުގެ ދެފަށް.
ބަނޑުފަލި
ނ. މަސްދޯނި ފަހަރުގެ މެދުވަތުގައި، ބޭނުންކުރާ ފަލި. (ކޮޅުފަހު ފައްޔާއި، ޖެހިގެން ހުންނަފަލި.)
ބަނޑުފިލާ
ނ. (1) އޮޑިދޯނި ފަހަރުގައިނަމަ، މަތީ އިންނަ ފަތްބަޔާ ވަވަތާ ދެމެދު. (2) ނައުފަހަރުގައިނަމަ ކަމަރުބަންދާ ފަށަނާ ދެމެދު.
ބަނޑުފުށް
ނ. (1) ބުރަކަށި ފުށް ނޫން ފަރާތް. (2) މަހުގެ ބަނޑައިދޫ އޮންނަ ފަރާތް. (3) އަތްތިލައިގެ ހުދުހަން އޮންނަ ފަރާތް.
ބަނޑުފުރާނަ މުއްތިކުރުން
"ބަނޑުފުރާނަ މުއްތިކުރުން" މ. ކިރިޔާ ދިރިހުރެވޭ ވަރަށް ކާނޭއެތިކޮޅު ލިބޭނޭގޮތް ހޯދުން.
ބަނޑުފުރާނަމުއްތިވުން
މ. ކިރިޔާ ދިރިހުރެވޭ ވަރަށް ކާނޭއެތިކޮޅު ލިބޭނޭގޮތްވުން.
ބަނޑުފުރިއެރުން
މ. މަޖާޒު: ދުވާމީރު ވަހަކުން، ލިބޭ އަރާމަކާއި ހިތްހަމަޖެހުމެއް ބަޔާން ކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއް.
ބަނޑުފުރުން
މ. ކައި ބަނޑު ބޮޑުވުން.
ބަނޑުފެޅިހާ
ނ. (1) އަބުޖަދުގެ ފަސްވަނަ އަކުރު. (2) އަލިފުބާގެ 72 ވަނަ އަކުރު.
ބަނޑުފެޅިލިބާސް
ނ. ފިރިހެނުންލާ ލިބާހެއް. މިލިބާސް ހުންނާނީ ކުރިމަތީ ބަދަނުގެ މެދުން އެއްކޮޅުން އަނެއްކޮޅަށް ފަޅާފައެވެ.
ބަނޑުފެޅުން
މ. މަޖާޒު: މީހަކަށް ދެރަދިނުމުގެ ގަސްތުގައި ނެތިމޮށުން.
ބަނޑުފޮތް
ނ. ބަނޑު ފަންވަތް.
ބަނޑުދިނުން
މ. ހަވަރަށް އުޖޫރައެއްގެ ގޮތުން ދައުލަތުން ދެއްވާ ހަނޑޫ، އެމީހުންގެ ގޭގެޔަށް ބެހުން. އެއީ ފޯޔަކު 21 ނާޅިހަނޑުލެވެ.
ބަނޑުދިޔާވުން
މ. ބޮޑުކަމުދާއިރު ދިޔާކޮށް ހުރެފައި އަވަސް އަވަހަށް ދާންޖެހުން.
ބަނޑުދުރަ
ނ. (1) އާނުކަނޑައި ކޮނެފައި ހުންނަ ވަޅުގެ އާނުގެ ދަށުން ހެދޭ ބާސަލަގަނޑު. (2) ވަޅުގެ އެތެރޭގައި ގޮނިހެދިފައި އޮންނަ ތަން.
ބަނޑުދޫކުރުން
މ. އުނދަގުލެއްނެތި ފަސޭހައިން ބޮޑުކަމުދެވޭގޮތް ހެދުން.
ބަނޑުދެފޮއި
ނ. ކަލާސީމީހާ ތިމާ ބަނޑުދޭން ހިނގަންޖެހޭ ދުވަސްވަރަށް ކިޔާގޮތް.
ބަނޑުދޭފިލާ
ނ. ބަނޑުދޭއިރު މާކޮށާރު ބަނޑޭރިއަކާއި، ދަންޑެހެލު ބޭކަލަކު އިށީންނަވަން ތަޅަމުތެރޭގައި އޮންނަ ފިލާ.
ބަނޑުލައިލޫދުން
މ. ކޮޅަށްހުރި އެއްޗަކަށް، ނުވަތަ އުސްތަނަކަށް ބަނޑުޖައްސައި ބައްދައިގެން އެރުން ނުވަތަ އެފަދަ ތަނަކުން ފޭބުން.
ބަނޑުލުން
ށް ނުވަތަ ރުކަކަށް އަރާއިރު ގަހުގައި ނުވަތަ ރުކުގައި ބަނޑުޖެއްސުން. (2) ބަނޑުގައި ޖައްސައި ބެއްދުން. (3) ސަރުބީޖަހައިގެން ބަނޑު ބޮޑުވުން. (4) ދަމާފައި ހުންނަ ނަރު، ނުވަތަ ވާ ނުވަތަ ރޯނު ފަދައެއްޗެއްސާއި ދޫކޮށްފައި ހުންނަ ކިރު ފަދަތަކެތީ ތިރިއަށް ގޮނިލުން.
ބަނޑުގައިގޮށްލުން
މ. ހިނިއަންނަލެއް ގަދަކަމުން ބަނޑަށް ތަދުވުން. މިގޮތަށް ގޮއްލާއިރު ބަނޑުގެ ތަންތަންކޮޅު ހުންނާނީ ހަރުވެފައެވެ.
ބަނޑުގައު
ނ. ތެޅިގަލުން ރާނާއިރު ފާރުގެ ދެގާބަރި ދޭތެރެއަށް އަޅާ ކުދިގައު.
ބަނޑުގާ
ނ. ބަނޑުގައު
ބަނޑުގިނިއެރުން
މ. ބަނޑުހައިކަމުން ބަނޑުންއަރާ ހޫނެއްއެރުން.
ބަނޑުގުގުރުން
މ. ބަނޑުގައި ވައިހެދިގެން ބަނޑުތެރޭން އަޑުއިވުން.
ބަނޑުގޮއްވާކަށި
ނ. މިޔަރުގެ މައިކަށީން ވަކިވެ ކުނިފިލާފައިވާ ބަދައެއް. މިއީ ކުޑަކުދިން ކުޅިވަރަކަށް ބަނޑުގައި އޮއްބައި ނަގައި މިގޮތަށް ބަނޑުން އަޑު ގޮއްވަން ބޭނުންކުރާ އެއްޗެކެވެ.
ބަނޑޭރި
ނ. މުދާ ބަލަހައްޓާން ހަވާލުވެ ހުންނަ މީހާ.
ބަނޑޭރިބޭކަލުން
ނ. މާބަނޑޭރި، ބޮޑުބަނޑޭރި، މާކޮށާރުބަނޑޭރި، ބޮޑުކިބާބަނޑޭރި ކުޑަކިބާބަނޑޭރި، މިފަސްބޭކަލުން. ބައެއްކަންތަކުގައި ދެނގަޑުވަރު ބަނޑޭރިންނާ، ދެބަނޑަހަލުގެ ބަނޑޭރިންވެސް ބަނޑޭރިބޭކަލުންގެ ތެރޭގައި ހިމެނެއެވެ.
ބަނޑޭރިކަން
ނ. މީހެއްގެ މުދާ ބެލެހެއްޓުމުގެ ވަޒީފާ.
ބަނޑޭރިގެ
ނ. ބޮޑު ބަނޑޭރިގެ
ބަނޑޮފަލި
ނ. (ޏ) (1) ދިހަފަލި ހުންނަ ދޯނި ފަހަރުގައި ދިރުނބާކޮޅުން ފެށިގެން ފަސްވަނަ ފަލި. (2) އެންމެ ކޮޅުފަހަށް ހުންނަ ފަލި.
ބަނަ
ނއ. (1) އުޑުމަތިބޯ. (2) އުޑުމަތި ފުސް. (3) (ސ) ދުރުން ފެންނަ ރަށްރަށުގެމަލަ. (4) (ބދ) ވައު. (ޖަންގަލި) މަޖާޒު: ހަމަނުޖެހުމުގެ ކުލަވަރު. (5) މޫނުމަތިން ފެންނަ ނުރުހުމާއި ރުޅިވެރިކަމުގެ އަސަރު.
ބަނަކަން
ނއނ. (1) އުޑުމަތި ބޯކަން. (2) އުޑުމަތި ފުސްކަން.
ބަނަކުރުން
މ. (1) އުޑުމަތިބޯކުރުން. (2) ވިއްސާރައިގެ ވިލާ ބޯކުރުން. މަޖާޒު: (3) މޫނުމަތިން ނުރުހުމާއި ރުޅިވެރިކަމުގެ އަސަރު ފާޅުކުރުން. (4) ހަމަނުޖެހުމުގެ ކުލަވަރު ފާޅުކުރުން.
ބަނަވުން
މ. (1) އުޑުމަތިބޯވުން. (2) ވިއްސާރައިގެ ވިލާބޯވުން. މަޖާޒު: (3) މޫނުމަތިން ނުރުހުމާއި ރުޅިވެރިކަމުގެ އަސަރުފާޅުވުން. (4) ހަމަނުޖެހުމުގެ ކުލަވަރު ފާޅުވުން.
ބަނަފިނި
ނ. ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން ބަނަވެ ވާ ފިނި.
ބަނަފުސާ
ނ. މަޑު މީރުވަހެއްދުވާ މަލެއް. މިއީ ބޭހަށް ބޭނުންކުރާމަލެކެވެ. މި މަލުގެ ދެތިން ކުލައެއް ހުރެއެވެ. އެއީ ހުދުކުލަޔާއި ރީނދޫ ކުލަޔާއި ދަނބުކުލަ އެވެ. މިއީ ވަރަށް ރީތި މަލެކެވެ.
ބަނަފުސާގަސް
ނ. ބަނަފުސާމާ އަޅާ ގަސް.
ބަނަސް
ނ. މަޑުފާރޮއްޓަށްވުރެ ފޮނިގަދަ އެ ސިފައިގައި ހުންނަ އެއަށްވުރެ ބޮޑު ކާ އެއްޗެއް.
ބަނާރަސީކަސަބު
ނ. އިހުގައި ގެންގުޅުނު ކަސަބުގެ ދެރަބާވަތް. މިކަސަބު ގެނެސް އުޅެނީ އިންޑިޔާގެ ބަނާރަސުންނެވެ.
ބަނާތު
ނ. (1) ކެހެރިން ވިޔެފައިވާ އޮމާން ބޯ ފޭރާން. (2) ރަޖާގަނޑު.
ބަނާތުނޮޅި
ނ. (1)ބަނާތުގެ ދެކުލައަކުން، ދަނޑިމަތި އަނބުރާގޮތަށް ފަށް އޮޅައިފައި ހުންނަ އަނބުރާ ނޮޅި. (2) ބަނާތު ޖަހާފައި ހުންނަ އަނބުރާ ނޮޅި!
ބަނާތުގަނޑު
ނ. ގައިގާލާ އެތިގަނޑު.
ބަނާތުޖެހުން
މ. ބަނާތު ހަރުކުރުން ނުވަތަ ހިއްޕުން.
ބަނިޔާ
ނ. ގޮވާމާ، ހަކުރު ފަދަ ކާތަކެތި ވިއްކާ މީހާ.
ބަނިޔާދަން
ނއ. (1) އަބުރުވެރި. (2) އަޚްލާޤު ރަނގަޅު. (3) އަދަބުވެރި. (4) ނ. މާތް އަޚްލާޤުގެ ވެރިޔާ.
ބަނިޔާދަން ބުގިސް
ނ. ބުގިސް މުންޑު.
ބަނިޔާދަންކަން
ނއނ. (1) އަބުރުވެރިކަން. (2) އަޚްލާޤުރަނގަޅުކަން. (3) އަދަބުވެރިކަން. (4) މާތް އަޚްލާޤުގެ ވެރިޔެއްކަން.
ބަނިޔާދަންކާޅު
މަޖާޒު: ތިމާގެ ގަދަރަށްވުރެ އުޅުން ހުތުރު މީހާ.
ބަނިޔާދަންވުން
މ. (1) އަބުރުވެރިވުން. (2) އަޚްލާޤު ރަނގަޅުވުން. (3) އަދަބުވެރިވުން. (4) މާތް އަޚްލާޤެއްގެ ވެރިއަކަށްވުން
ބަނުން
މ. (1) ގުޑި ނުލެވޭގޮތަށް ނުވަތަ ރޫޅިގެން ބައިބައިވެގެން ނުދާގޮތަށް ވާފަށެއް ފަދަ އެއްޗަކުން އެއްސުން. މިސާލު: ހ. މި ފޮށިފަނޑު ބަންނާށެވެ. ށ. މީނާގެ ދެއަތާ ދެފައި ބަންނާށެވެ. (2) ފުރާ ދުއްވާ އެއްޗެހި އުފެއްދުން.
ބަން
ނ. (1) ބޮޑު އެއްޗެއް ވެއްޓިގެން އިވޭ ބުންއަޑު. (2) ކުޑަކުދިންގެ ބަހުރުވައިގައި ވެއްޓޭ ވެއްޓުން.
ބަންނަރަބަރު
ނ. ގިނަ އެއްޗެހި އެއްކޮށް ހިފަހެއްޓުމަށް ދެމޭ ރަބަރުން ހަދާފައި ހުންނަ ބޮޅު.
ބަންބަ
ނ. ކުޑަކުދީންގެ ބަހުރުވައިގައި ބަނބުކެޔޮ.
ބަންބަން
ބދ. ކުޅިބެރު.
ބަންބަރާސް
ނ. ބައްޓަން ހުތުރު ބޮޑެތި އޮޑިފަހަރު.
ބަންބުޅި
ނ. ބަންބުޑި.
ބަންބުޅިޖެހުން
މ. ބަންބުޑިޖެހުން.
ބަންބުޑި
ނ. (1) ބަސްތާ، ނުކަނޑައި އެތެރޭގައި ހުރި އެއްޗެއް ބެލުމަށް ބަސްތާއަށް ހަރާން އޮނުފަޅިކޮށް ދަގަނޑުން ހަދައިފައި އޮންނަ އާލަތެއް. (2) ބަންބުޅި.
ބަންބުޑިޖެހުން
މ. (1) ބަންބުޑި ހަރައިގެން އެތެރޭގައި ހުރިއެއްޗެއް ނެރުން. މަޖާޒު: (2) ހިތްތަރުބެލުން. (3) އިނގިލިއެރުވުން.
ބަންކެއު
ނ. (ސ) ބަނބުކެޔޮ.
ބަންކެއުހޮޅި
ނ. (ސ) ބަނބުކެއުގަހުގެ ތޫރި.
ބަންކެއްޓު
ނ. ބަންކެޓު.
ބަންކެއްޓުޖެހުން
މ. ބަންކެޓުޖެހުން.
ބަންކެޓު
ނ. ގޮދަޑީގެ އެތެރެއަށް ލައްވައިފައިވާ އެއްޗެހި ކޮޅުކޮޅަށް ދިޔަނުދިނުމަށް ދެފަރާތަށް ފޫއަޅުވައި ހަރުކުރުމަށް އައްސާ އެއްސުން.
ބަންކެޓުޖެހުން
މ. ގޮދަޑީގެ އެތެރެއަށް ލައްވައިފައިވާ އެއްޗެހި ކޮޅުކޮޅަށް ދިޔަނުދިނުމަށް ދެފަރާތަށް ފޫއަޅުވައި ހަރުކުރުމަށް އެއްސުން.
ބަންކޭ
ނ. (ލ) ބަބުކެޔޮ.
ބަންވުން
މ. ވެއްޓުން. މިބަސް ކުޑަކުދިންގެ ބަހުރުވައިގައި ބޭނުންކުރާގޮތް.
ބަންދަރީ
ނ. (1) ދަރިކޮޅު. (2) ޢާއިލާ.
ބަންދަރުމައިލު
ނ. ރަށްރަށުގެ ޢަރްޟާއިޠޫލު ލިޔެފައި އޮންނަ ތާވަލު.
ބަންދާކޮޕީ
ނ. (ސ) ބޮނޑިކޮޕީ.
ބަންދު
ާކުރާން ބޭނުންވާ ތަކެތި ލާފައި ހުންނަ ތަންތަނުގެ ދޮރުގައި ހުރަހަށް ނުވަތަ ކައްޗަށް އަޅައިފައި ހުންނަ ދަގަނޑު. (8) ހުޅުވާފައި / ހުޅުވިފައި މިބަހުގެ އިދިކޮޅު. (9) ނިޝާނެއްގެ ގޮތުން އަތުގައި ނުވަތަ ބޮލުގައި އަޅާން ހަދައިފައި ހުންނަ ފީތާފަށް. (01) މަނާވާވުން.
ބަންދުކުރުން
ުރުން. (2) ލެއްޕުން. (3) ފެން ނުވަތަ ތެޔޮ ފަދަ ދިޔާއެއްޗެއް ނުހިނގާ ހިފެހެއްޓޭނެގޮތް ހެދުން. މިސާލު: ފެންބަންދުކުރުން. (4) ޢާއްމުކޮށް ތަނަކުންދޭ ޚިދުމަތެއް ލިބިގަންނަން އަންނަ މީހުންނަށް އެ ޚިދުމަތް ނުލިބޭނޭގޮތް ެހދުން. (5) މަތިޖެހުން. (6) ޕާރުސަލްކުރުން.
ބަންދުކެނޑުން
މ. (1) ބަންދުފިލުން. (2) އަޅައިފައި ހުރި ބަންދެއް ބުރިވުން ނުވަތަ ބުރިކުރުން.
ބަންދުއެރުން
މ. ދަތިއެރުން.
ބަންދުއެޅުން
ފޭވިޔަ ނުދިނުމަށް ބޭރުން ބަންދެއް ހަރުކުރުން. (2) ބައެއްކަހަލަ ހެދުމާއި ޔުނިފޯމުގެ އުނަގަނޑު ވަށައިގެން ބަންދެއް ބެއްދުން. (3) ބަންޑަލި ބޮއްސުންލިޔަނުދީ ހިފެހެއްޓުމަށް ބަންދެއް ހަރުކުރުން. (4) އެއްޗެއް ވަށައިގެން ކުލައިން ނުވަތަ ދަވާދުން ފަށެއް ކުރެހުން.
ބަންދުވުން
މ. (1) ހައްޔަރުވުން. (2) މަނާވުން. (3) ހިނގަހިނގާ ހުރިކަމެއް ނުވަތަ އެއްޗެއް ހުއްޓުން.
ބަންދުފިލުން
މ. (1) ހުއްޓިފައި ހުރިކަމެއް ނުވަތަ އެއްޗެއް ހިނގައިގަތުން. (2) ބަންދުކަން ކެނޑުން.
ބަންދު ދުވަސް
ނ. (1) ސަރުކާރުގެ މަސައްކަތް ނޯންނަ ދުވަސް. (2) ތަނެއްގައި މަސައްކަތް ނޯންނަ ދުވަސް. މިސާލު: (ހ) ބޭންކް ބަންދު ދުވަސް. (ށ) އިސްކޫލް ބަންދު ދުވަސް.
ބަންދުލުން
މ. ބަންދު ހަރުކުރުން.
ބަންދުޚާނު
ނ. (1) ޖަލު. (2) ހައްޔަރުކުރެވޭ ތަން.
ބަންތު
ނ. (ބދ) ހިންމަތި. (އުނަގަނޑުމަތި)
ބަންގަޅިސް
ނ. ކުޑަކުދިންގެ ބަހުރުވައިގައި ކަނޑައި ވައްޓައިލުން. މި ބަސް ބޭނުން ކުރަނީ ކުޑަކުދިން ކުޅޭ ކުޅިވަރެއްގައެވެ.
ބާރުގަދަ
ނ. ހަކަތަ އިތުރު.
ބަންގަލާހަނދި
ނ. ކަޅުހަނދީގެ ބާވަތެއް. މިއީ ފަނޑު ދޮންކުލައެއްއަރާ ކަޅުމުށުކުލައިގެ މަހެކެވެ. ނިގޫފަތް ހުންނާނީ ދެކަފިވެފައެވެ.
ބަންގާޅީން
ނ. (1) ބަންގާޅުގެ މީހުން. (2) ބަންގާޅުގެ ހިންދީން.
ބަންގާޅު
ނ. އިންޑިޔާގެ ރަށެއް. ބެންގޯލް. މިރަށް ފެހުންވަނީ ދެބައިވެ އެއްބައި ބަންގުލާދޭޝް ގައެވެ. ހުޅަނގުބައި އިންޑިޔާގައެވެ.
ބަންގާޅު ކަޅުމުންޑު
ނ. ފުޅާ ރަތް އަތްދުތެއް ލައިފައި ހުންނަ ކަޅުކުލައެއްގެ މުންޑެއް.
ބަންގާޅު އަވެލި
ނ. ބަންގާޅުން ގެނެސް އުޅުނު އަވެއްޔެއް. މި އަވެލި ބުންބާ އަވެއްޔަށްވުރެ މޮޅުވާނެ އެވެ.
ބަންގާޅު ފައިވާން
ނ. ބަންގާޅުން ގެނެސްގެން އުޅުނު ސިލީޕަރު ފައިވާން.
ބަންގާޅު ދެރޮނގު
ނ. އިހުގައި އަންހެނުން ދިވެހިލިބާސް ކަނޑައި އުޅުނު ފޮއްޗެއް.
ބަންގާޅުނެވިން
ނ. ބަންޑާރަނެވިން. މިއީ އިހުގައި ދައުލަތުގެ ފަރާތުން ބަންގާޅު ދަތުރު ފޮނުއްވާ ވެރިޔާ އެވެ.
ބަންގާޅުރޮށި
ނ. ބަންގާޅުން ގެނެސް އުޅުނު ބިސްކޯދެއް. މިހުންނަނީ 8 ގެ ސިފައިގައެވެ.
ބަންގާޅުކުނާ
ނ. ފުރެއްދެކުނާ.
ބަންގާޅު ފޮށާ
ނ. އިހުގައި ބަންގާޅުން ގެނެސްގެން އުޅުނު ފޮށައެއް. މި ފޮށާ ހުންނާނީ އަތްދުތްލާފަ އެވެ.
ބަންގާޅުފޮށި
ޫނު ފޮށި. މީގައި އޭރުގެ އެހެން ފޮށިތަކުގައި ހުންނަ ފަދަ ފައެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ހުންނަނީ ފޮށި ވަށައިގެން ފަތި އަޅާފަ އެވެ. މި ފަތިކޮޅު ހުންނަނީ މަތީކައިރީ ފަރާތުގައި ދާރަ ޖަހާފައި ތިރީކައިރި ވަކި ކުރެހުމެއްހެން ތަންތަންކޮޅުން ކަނޑާފަ އެވެ.
ބަންގާޅު ދަތުރު
ނ. ސަރުކާރުން އަހަރަކު އެއްފަހަރު ބަންގާޅަށް ކޮށް އުޅުނު ޚާއްޞަ ވިޔަފާރި ދަތުރު.
ބަންގާޅު ދޮށި
ނ. މަސްބޭނުމަށް އިހުގައި ބަންގާޅުން ގެނެސްގެން އުޅުނު އޮނު.
ބަންގި
ނ. ފަރުޟު ފަސް ނަމާދުގެ ވަގުތު ވަދެއްޖެކަން އެންގުމަށްޓަކައި ބޭނުންކުރާ ކަލިމަތައް.
ބަންގިބެރު
ނ. ރަދުން ހުކުރު ނަމާދަށް ނުވަތަ ޢީދު ނަމާދަށް ވަޑައިގަންނަވާކަން އެންގުމުގެ ގޮތުން ޖަހައި އުޅުނު ބެރު.
ބަންގިދިނުން
މ. ބަންގިގޮވުން.
ބަންގިދުވާ
ނ. ބަންގި ދުއާ.
ބަންގިގޮވުން
މ. ފަރުޟު ފަސް ނަމާދުގެ ވަގުތު ވަދެއްޖެކަން އެންގުމަށްޓަކައި ބޭނުންކުރާ ކަލިމަތައް ހަރުއަޑުން އިއްވުން.
ބަންގިސަރު
ނ. ހުކުރު ދުވަހަށް، އިރުއަރައިފިކަން ޔަގީންވުމުން ނާބުސްޚާނުގައި ޖަހާ އުޅުނު ބެރެއް.
ބަންގު
ނއ. (ބދ) ފިނި.
ބަންގުޑާރު
ނ. ބޯޓު ފެތުނީމާ އަރާން ހަންމާލަ ފާޑަކަށް ހަދައިފައި ހުންނަ އެއަށްވުރެ ބޮޑު އެއްޗެއް.
ބަންޑަޅިޖެހުން
މ. (ގ) ބަންޑެލިޖެހުން.
ބަންޑަލި
ނ. އެއްބާވަތެއްގެ އެތައް އެއްޗެއް އެއްކޮށް ބަނދެފައި، ނުވަތަ ބަންދުކޮށްފައި އޮންނަ ބޮނޑި.
ބަންޑަލިކުރުން
މ. އެތައް އެއްޗެއް އެއްކޮށް ބަނުން ނުވަތަ ބަންދުކުރުން.
ބަންޑާރަ
ނއ. (1) ސަރުކާރުގެ. (2) ދައުލަތުގެ.
ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބުން
ުން" (މިސާލުބަހެއް) އެހެން މީހަކަށް ބާރެއް ނުވަތަ ނުފޫޒެއް ނުފޯރުވޭގޮތަށް އެއްޗަކާއިމެދު ނުވަތަ ތަނަކާމެދު ފެންނަގޮތަކަށް ޢަމަލުކުރުމުގެ ބާރާއި އިޚްތިޔާރު މީހަކަށް ލިބުމުން އެކަމަށް ނިސްބަތްކޮށް ބުނެއުޅޭ ބަހެއް. (މިއީ މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެކެވެ.)
ބަންޑާރަނެވިކަން
ނ. (1) ސަރުކާރުގެ އެންމެ އިސް ނެވިކަން. (2) ނަޚުދާކަން.
ބަންޑާރަބައި
ނ. ސަރުކާރަށް ނެގޭބައި.
ބަންޑާރަބަދިގެކޮޅު
ނ. ބޮޑުގަނޑުވަރުގައި ރަދުންގެ ފަރިއްކޮޅު ކެއްކުމަށް ޚާއްޞަވެފައި ހުރި ބަދިގެ.
ބަންޑާރަބިން
ނ. (1) ދައުލަތުގެ ބިން. (2) ސަރުކާރުގެ ބިން.
ބަންޑާރަބެލުން
ނ. މަޖާޒު: ކޮންމެހެން ބަލަހައްޓަން ޖެހޭކަމެއް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުން.
ބަންޑާރަކާށި
ނ. (1) ސަރުކާރަށް ގެންނަ ކާށި. (2) ބަންޑާރަ ރުއްރުކުން އަޅާކާށި.
ބަންޑާރަކިބަ
ނ. ރުއްގަސް ހެދިފައި ހުންނަ ބިންބިމުން ސަރުކާރަށްވާ ބައި.
ބަންޑާރަކުރުން
މ. ސަރުކާރު އެއްޗަކަށް ހެދުން.
ބަންޑާރަކޮށި
ނ. ކަނޑި އައްޑަނައިން ކުޅިޖަހައި އުޅުނު އެންމެ އިސް ކޮށި. މި ކޮށިން ބަޑިޖަހައި ހަވާ ހަދާވެސް އުޅުނެވެ. މިއީ އިހުގައި މާލޭގައި ހުރި ކޮށިތަކުގެ ތެރެއިން ކޮށްޓެކެވެ.
ބަންޑާރައިން
ނ. ރަދުން.
ބަންޑާރައެދުރު
ނ. އިހުގައި ބަންޑާރަ އެދުރުގޭގައި ޤުރުއާން ކިޔަވައި ދިނުމަށް ސަރުކާރުން ލައްވައިފައި ހުންނަ މީހާ.
ބަންޑާރައެދުރުކަން
ނ. ބަންޑާރަ އެދުރެއްގެ ވަޒީފާ.
ބަންޑާރައެދުރުގެ
ނ. (1) ސަރުކާރުގެ ފަރާތުން ޤުރުއާން ކިޔަވައިދޭގެ. (2) ބަންޑާރަ އެދުރުކަން ކުރާމީހާގެ ގެ.
ބަންޑާރައޮޑި
ނ. ހިޖްރައިން 2131ހ. ވަނަ އަހަރު މާލޭގެ މައިތޮށި ލީ އިރު ގާ އުފުއްލި ބާރަ އޮޑީގެ ތެރެއިން ސަރުކާރުން ބެލެހެއްޓި ދެ އޮޑި.
ބަންޑާރަވައު
ނ. ރަށްރަށުގައި ގަސްހެދިފައި އޮންނަ ފުރަބަންޑާރަ ބިން.
ބަންޑާރަވާ
ނ. ބަންޑާރަވައު.
ބަންޑާރަވުން
މ. ސަރުކާރު އެއްޗަކަށްވުން.
ބަންޑާރަވެރިން
ނ. ސަރުކާރުގެ ފަރާތުން އެކިއެކި ކަންތަކާ ރަށްރަށަށް ފޮނުއްވާ މީހުން.
ބަންޑާރަމަސައްކަތް
ނ. ސަރުކާރުގެ މަސައްކަތް.
ބަންޑާރަފިހާރަ
ނ. އިހުގެ ކަސްޓަމަށް ކީނަން.
ބަންޑާރަދަތުރު
ނ. ރަށްފުށުގައި ސަރުކާރުގެ ގޮތުންނާއި ރައްޔަތުންގެ ގޮތުންކުރާ ދަތުރު.
ބަންޑާރަދުރޯ
ނ. ދުރޯއިން ބަންޑާރަޔަށް ލިބޭ ބައި. މިއީ ދުރޯއަށް (ޖުރުމަނާއަށް) ނެގޭލާރި ހަތްބައިކޮށްފައި ހަވަރުގެ ހަބަޔަށް ކޮންމެ ބަޔަކަށް 7/1 ބައި މަގުން ނަގައިފައި، ހަތްވަނަޔަށް އޮންނަ ބަންޑާރަބައެވެ. މި ލާރި ބަހާނީ އަހަރަކު އެއްފަހަރު އެވެ.
ބަންޑާރަތައް
ނ. ރުއްގަހުން ސަރުކާރަށްވާ ބައިގައި ޖަހާ ތައް.
ބަންޑާރަލިނބޯ
ނ. (ގ) ކާޅު ދޮންކެޔޮ.
ބަންޑާރަގަނޑު
ނ. (1) ފާލައްބަކޮށްފައި ސަރުކާރަށް އޮންނަތަން. (2) ބޮލިގަނޑުކުޅުން ޖޯޑުބިޖޯޑު ކުޅުން ފަދަ ކަންތަކުގައި އެންމެންގެ މައްޗަށް ހުންނަބައި.
ބަންޑާރަގޯތި
ނ. ގެދޮރު އެޅުމަށް ނުވަތަ ޢިމާރާތްކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ބިން.
ބަންޑާރާނައިބު
ނ. ދައުލަތުގެ ޤާނޫނީ އަދި ޝަރުޢީ ވަކީލު.
ބަންޑާރާނެވިން
ނ. ބަންގާޅު ދަތުރުގައި ދައުލަތުގެ ފަރާތުން ފޮނުއްވާ ދަތުރުގެ ވެރިޔާ.
ބަންޑި
ނ. މަންޑި.
ބަންޑިފޯ
ނ. (ދ) މަންޑިފޯލި މިބަހަށް ބޭނުންކޮށް އުޅުނު ބަހެއް.
ބަންޑިދަނޑި
ނ. (ދ) މަންޑިދަނޑި.
ބަންޑުން
ކއ. (1) ބަނޑުފުށްވަތަށް. (2) އަނގަވަތަށް. (3) އުއްޑުމުގެ އިދިކޮޅު.
ބަންޑުންކުރުން
މ. (1) ބަނޑުފުށް ވަތަށްޖެހުން. (2) އަނގަވަތަށް ޖެހުން. (3) އެއްޗެއްގައި ހުރި އެއްޗެއް ވަރާލުން.
ބަންޑުންވުން
މ. (1) ބަނޑުފުށް ނުވަތަ އަނގަފުށް ވަތަށްވުން. (2) އެއްޗެއްގެ ތެރޭގައި ހުންނަ އެއްޗެއް ވެރުން.
ބަންޑުންލުން
މ. ބޭކެނބީންގެ ބަހުރުވައިގައި ވިހައިގެން އޮންނަމީހާ އުއްޑުންނޫން ގޮތްގޮތަށް އޮންނާން އަމުރުދިނުން.
ބަންޑުންޖެހުން
މ. (1) ބަންޑުން ކުރުން. (2) ތަށި، ތެލި ރުނބާފަދަ ތަކެތި ފޫމައްޗަށްވާގޮތަށް ބޭއްވުން. (3) ފުރާ ދުއްވާ ތަކެތި ފޫމައްޗަށްވާގޮތަށް ބަންޑުންވުން.
ބަންޑެލި
ނ. ބަންޑަލި.
ބަންޑެލިޖެހުން
މ. (1) ވަކި ގަވާއިދަކުން އެއްޗިހިތަކެއް ބެހެއްޓުން. (2) (ސ) ކުނިއެންދުމަށްޓަކައި ފުނިޖެހުން.
ބަރަހަނާ
ނ. (1) އޮރިޔާން. (2) ހާމަ. (3) ނއ. ނިވަލެއް ނެތް. (4) މަޖާޒު: ފަޟީޙަތް.
ބަރަހަނާކުރުން
މ. (1) އޮރިޔާންކުރުން. (2) މަޖާޒު: ފަޟީޙަތްކުރުން.
ބަރަހަނާވުން
މ. (1) އޮރިޔާންވުން. (2) މަޖާޒު: ފަޟީޙަތްވުން.
ބަރަހުން
ނ. (ސ) ކުކުރުން.
ބަރަހުންއެޑުން
މ. (ސ) ހަށިގަނޑަށް ލިބޭ ވޭނެއްގެ ސަބަބުން ކުކުރުން.
ބަރަށްބަރު
ނ. ބަރުދަން ހަމަހަމަ.
ބަރަނި
ނ. (1) އެއްކޮޅު ނިއުޅޭނޭހެން އުއި ނުވަތަ ފަށުވި ނުވަތަ ނައިލޯނު ފަދަ އެއްޗެއްގެ ރޮދިން އޮޅައިފައި ހުންނަ ބޮނޑި. މީގެ ދެވައްތަރެއް ހުރެ އެވެ. އެއީ، ބޮނޑި ބަރަންޏާއި ދަނޑި ބަރަންޏެވެ. (2) ރޮދި.
ބަރަނިހަވެލެ
ނ. (ގ) އިސްކުރުމަތިޖެހި ދޮނގު.
ބަރަނިދަނޑި
ނ. ބަރަނިއޮޅަން ދިގުގޮތަށް މެދުން ލޯވަޅެއް ތޮރުފާފައި ފޯލިކޮށް އޮންނަ އެތިކޮޅި. ޕްލާސްޓިކުން ނުވަތަ ލަކުނޑިން މިހަދައިފައި ހުރެއެވެ.
ބަރަނީރުނަ
ނ. (ބދ) މުޑޮޅި ބަކަރި.
ބަރަންޑޭލަ
ނ. ފޭސްތާށީގެ ލަނބުރާން.
ބަރަބޮލެމަހަ
ބަރަބޯ
ހައިފައި ފެހިކުލައިގައި ހުންނަ ބަރަބޮލާއި މަޑުމުށި ކުލައެއްގައި ހުންނަ ބަރަބޯވެސް ހުރެ އެވެ. ބަރަބޯވެލަކީ، ވަރުގަދަކޮށް ފެތުރިހެދޭ ފަތް ބޮޑެތިކޮށް ވެޔޮގަނޑުގައި ހަރުކެހެރިއެއް ހުންނަ، އަދި އިސްފިރޭނުތަކެއްހެން އޮޅިފައި ހުންނަ ނަރުވާތަކެއް ހުންނަ ވެލެކެވެ.
ބަރަބޯޅަ
ނ. (ގ) ބަރުމަރުކާ.
ބަރަކާތް
ނ. (1) ފައިދާ. (2) އިތުރު. (3) މާތް. (4) ބާއްޖަވެރިވާ ވުން. (5) ކާބޯތަކެއްޗާއި ފައިސާ ގުނާއިރު އެކެއް ކިޔުމުގެ ބަދަލުގައި ކިޔައި އުޅުނު ގޮތް.
ބަރަކާތްތެރި
ނއ. (1) ފައިދާބޮޑު. (2) އިތުރުވުންހުރި. (3) މާތްކަންބޮޑު. (4) ބާއްޖަވެރި.
ބަރަކާތްތެރިކަން
ނއނ. (1) ފައިދާ ބޮޑުކަން. (2) އިތުރުވާކަން. (3) މާތްކަން. (4) ބާއްޖަވެރިކަން.
ބަރަކާތްތެރިވުން
މ. (1) ފައިދާބޮޑުވުން. (2) އިތުރުވުން. (3) މާތްކަންބޮޑުވުން. (4) ބާއްޖަވެރިވުން.
ބަރަކާތްލެއްވުން
މ. (1) ފައިދާ ދެއްވުން. (2) އިތުރު ކުރެއްވުން. (3) ބާއްޖަވެރިކުރެއްވުން.
ބަރައްކީލި
ނ. ދިގަށް އޮތް ދެގަނޑެތި އެއްވާގޮތަށް ދެފަށުން ލައްވައިފައި ހުރަހަށްޖަހާ އަސް.
ބަރައްކީލިޖެހުން
މ. ދިގަށް އޮތް ދެގަނޑެތި އެއްވާގޮތަށް ދެފަށުން ލައްވާފައި ހުރަހަށް އަސްޖެހުން.
ބަރަވެލާ
ނ. (ސ) މަޖާޒު: ލަދުކުޑަކުއްޖާ.
ބަރަވެލަ
ނ. (ސ) ބަރުވެލި.
ބަރަވެލި
ނ. ބަރުވެލި.
ބަރަފައި
ނ. (މ.) ކަކުނީގެ ދާނަދަތްގަނޑު. ކަކުނީގެ މެދުތެރޭގައި ހުންނަ ބޮޑުދެދަތްގަނޑު.
ބަރަފު
ނ. ގަނޑުފެން.
ބަރަސްކީލި
ނ. ބަރައްކީލި.
ބަރަޑަބަންގުޅި
ނ. ނަހަލާލު ދަރިއަކަށް ލިބޭ ނަހަލާލު ދަރި.
ބަރާ
ުދާ އަރުވައިގެންވާ ބަރާ. (2) ފުރާ ދުއްވާ ތަކެތި ދުއްވަން ހެޔޮވަރަށް ކުރާ ބަރު. (3) ރިޔާ ނެގީމާ ތެދަށް ނުހުރެވޭ ވަރުގެ ހިމަދިގު، ދޯނިފަހަރު ތެދަށް ބެހެއްޓުމަށްޓަކައި އެ ދޯނިފަހަރުގެ މަތި ކިބަފަރާތަށް ދުއްވައިފައި އޮންނަ ދަނޑިއެއްގައި ލައިފައި އޮންނަ ކަނދު.
ބަރާ އޮޑިއަކަށް ބިސްމިވެސް ބަރުވާނެ
"ބަރާ އޮޑިއަކަށް ބިސްމިވެސް ބަރުވާނެ" ބަރާވެފައިވާ އުޅަނދަކަށް ކިތަންމެ ކުޑައެއްޗެއް އެރުވިޔަސް ބަރު ބޮޑުވާނެކަން އެނގުމަށް ބުނާބަހެއް.
ބަރާހު އަތްގަނޑު
ނ. ނާފަހަރުގެ ފަރުމާނުގައި ކައްޕިއެއް ލައިފައި ހަދައިފައި ހުންނަ ސަވާޖީއެއް.
ބަރާބަރު
ނއ. (1) މިނުން އެއްވަރު. (2) ވަޒަނުން އެއްވަރު. (3) މަޖާޒު: ހުރިހައި ގޮތަކުން ރަނގަޅު.
ބަރާބަރުކަން
ނއނ. (1) މިނުން އެއްވަރުކަން. (2) ވަޒަނުން އެއްވަރުކަން. (3) މަޖާޒު: ހުރިހާގޮތަކުން ރަނގަޅުކަން.
ބަރާބަރުވުން
މ. (1) މިނުން އެއްވަރުވުން. (2) ވަޒަނުން އެއްވަރުވުން. (3) މަޖާޒު: ހުރިހާ ގޮތަކުން ރަނގަޅުވުން.
ބަރާބޮޑުވުން
މ. މަޖާޒު: މާބޮޑަށް ބަރާވުން.
ބަރާކުރުން
މ. (1) ފުރާދުއްވާ ތަކެއްޗަށް މީހުން ނުވަތަ މުދާ ނުވަތަ މީހުންނާ މުދާ އަރުވައިގެން ބަރުކުރުން. (2) ފުރާދުއްވާ ތަކެތި ދުއްވަން ހެޔޮވަރުވާ ވަރަށް ބަރު ކުރުން.
ބަރާއޮޑި
ނ. ބަރާޖަހައިގެން ދުއްވާ އެއްޗެތި.
ބަރާވަ
ނ. (ޏ) ދޯނިފަހަރުގައި ޖަހާބަރާ.
ބަރާވުން
މ. (1) ފުރާދުއްވާ ތަކެއްޗަށް މީހުން ނުވަތަ މުދާ ނުވަތަ މީހުންނާ މުދާ އެރުވުން. (2) ފުރާ ދުއްވާ ތަކެތި ދުއްވަން ހެޔޮވަރަށް ބަރުކުރުން.
ބަރާދޯނި
ނ. ބަރާޖަހައިގެން ދުއްވާދޯނި.
ބަރާސިލު
ނ. (ގ) (1) އިހުގައި ފައިފަލަބަލީގެ މީހުން ބައިތިއްބާން ވަކިކޮށްފައިވާ އަވަށް. (2) ލ. ފޮނަދޫގެ އުތުރު އަވަށް.
ބަރާސް
ނ. ނާފަހަރުގެ އެނގަ.
ބަރާޖެހުން
މ. ދޯނިފަހަރުގައި "ބަރާ" ހަރުކުރުން.
ބަރި
(1) ލާނދަލުގެ ވަށާ ކުރެތްވާއި ދިގުދަލުގެ ތިރީކުރެވީގައި ލާފައި ހުންނަ ތިމަރަބަރު. (2) ފައްތައިގެން މަސްބާނާއިރު ނަނު އަޑިޔަށް ފޮނުވުމަށް ލާބާރު. (3) މަތިމައްޗަށް ނުވަތަ ފަތިފައްޗަށް ބަހައްޓައިފައިވާ ބެހެއްޓުން. (4) (ގ) ގަނޑުގަނޑަށް ހުންނަ ފިރުޢައުނު މުދާ.
ބަރިކުރެވި
ނ. ދިގު ދަލުގައި ބަރިލާފައި އޮންނަ ކުރެވި.
ބަރިކުސަ
ނ. (ބދ) ވަރާވެރިކަން (ވަރަޢަވެރިކަން)
ބަރިއްކީލަޖެހުން
މ. (ސ) ބަރަށްކީލިޖެހުން.
ބަރިއްޔަ
ނ. (1) ކުށުން ނުވަތަ ތުހުމަތުން ވާ ސަލާމަތް. (2) މިންޖު.
ބަރިއްޔަވުން
މ. (1) ތުހުމަތުން ނުވަތަ ކުށުން ސަލާމަތްވުން. (2) މިންޖުވުން.
ބަރިދިއްވުން
މ. (ސ) (1) ކުޑަކުއްޖަކު ކަމަކާމެދު ދެރަވެގެން ނުވަތަ ހިތުގައި ޖެހިގެން ރޮއިގަތުމަށް ތުންފަތް ހަރަކާތް ކުރުން. (2) ބަރިއެޅުން.
ބަރިލުން
މ. ދަލުގެ ކުރެވީގައި ބަރިހަރުކުރުން.
ބަރިގަނޑު
ނ. މަސްބާނަށް ނަނު ފައްތާއިރު މިޔަވާލިގަނޑާ ނަނާ ބެދުނު ތާނގައި ލާފައި އޮންނަ ތަޅާބުމަރެއްގެ ސިފައިގައި އޮންނަ ތިމަރަގަނޑު.
ބަރިޖެހިރޮދިގަނޑު
ދިވެހި ބޯވަޅުގެ ރޮދިގަނޑުގަތާ ގޮތަކަށް ކިޔާނަމެއް. މީގައި ހުންނާނީ، ކަނޑާފައި ހުންނަ ދެދަނޑި ދޭތެރޭގައި މެދުގައިގައި ހުސްގެތުން ހުރެފައި ބާދަލައިން ދެކައިރީގައި ބަރި ޖަހާފައެވެ.
ބަރިޖެހުން
މ. އެއްޗެހިތަކެއް މަތި މައްޗަށް ނުވަތަ ބަރިބަރިއަށް ބަހައްޓަމުން ގެންދިއުން.
ބަރީއަވުން
މ. ބަރިއްޔަވުން.
ބަރީދު
ނ. ސާޅީސް އަށްމޭލުގެ ދުރުމިން.
ބަރު
2) ވަޒަނުން އިތުރު. (3) ބައެއް ގަޑި ހިނގާއިރު އެލިފައި ހުރެގެން ދެފަރާތަށް ހެލިހެލި ހުންނަ އެތި. (4) ނ. ކަރުދާސް ވަޔާ ހިނގައިދާނެތީ އޭގެ މަތީ ބަހައްޓާން ގެންގުޅޭ ތަކެތި. (5) ނ. ސަންޑޯކުރާ ބަރު އުފުލަން ގެންގުޅޭ އެކި ވަރުގެ އާލާތް. (6) ނއ. މަސައްކަތް ބޮޑު.
ބަރުހަތިޔާރު
ނ. ބޮޑުބަޑި އާއި ޓޭންކާއި، މިސައިލާއި މިސައިލުހަރު ފަދަ ބޮޑެތި ހަތިޔާރު.
ބަރުހެލި
ނއ. (1) ވަރުބަލި. (2) ކަންނެތް. (3) ހަށިގަނޑު ބަރު.
ބަރުހެލިކަން
ނއނ. ބުރަހެލިކަން.
ބަރުހެލިވުން
މ. ބުރަހެލިވުން.
ބަރުނާމާޓަރު
ނ. ޖައްވުގެ ފިއްތުން/އޮބުން ބަލަން ގެންގުޅޭ އާލާތް.
ބަރުބާދު
ނ. (1) ހަލާކު. (2) ބޮޑެތިގެއްލުން. (3) ވީރާނާ.
ބަރުބާދުކުރުން
މ. (1) ވީރާނާކުރުން. (2) ހަލާކު ކުރުން. (3) ގެއްލުން ދިނުން.
ބަރުބާދުވުން
މ. (1) ހަލާކުވުން. (2) ބޮޑެތި ގެއްލުންވުން. (3) ވީރާނާވެދިއުން.
ބަރުބޮލެ
ނ. (ގ) ބަރަބޯ.
ބަރުބޯ
ނ. (ލ) ބަރަބޯ.
ބަރުކަން
ނއނ. (1) ލުއިނޫންކަން. (2) ކަމުގެ ދަތިކަން. (3) ނުކުޅަދާނަކަން.
ބަރުކާސް
(ބދ) ދެމެދު.
ބަރުކުރުން
މ. (1) ވަޒަނުން އިތުރުކުރުން. (2) ފުރާދުއްވާ ތަކެއްޗަށް ތަކެތި އަރުވާ ބަރާކުރުން. (3) މީހަކަށް ނުއުފުލޭވަރަށް ގިނަ މަސައްކަތް ޖެއްސުން. (4) ކިޔުމުގައި ބާރުލުން ބޮޑުކުރުން.
ބަރުކޮލި
ނ. މުޑަ ހަނދީގެ ބޮޑެތި ވައްތަރު. މިއީ އަނގަބޮޑު ތުންކުރު، ފަތި މަހެކެވެ. މި މަހުގެ މެދުން ފެށިގެން މަތީބައިގައި، ހުންނަނީ އަޅިކުލަ އެވެ. ތިރީބައި ހުންނަނީ ހުދުކުލައެއްގައެވެ.
ބަރުއަޑު
ނ. (1) ލުއި އަޑުގެ އިދިކޮޅު އަޑު. (2) ތަޖުވީދު ޢިލްމުގެ ހަމައިގައި އަކުރެއްގެ އަޑު ނެރޭއިރު ދުލުގެ ފަހަތުކޮޅު މަތީ ތައްޔާއި ދިމާއަށް އުފުލައިގެން ކިޔާ ގޮތް. މިސާލަކަށް: ލަފްޒު، Qގެ ލާމު ބަރުކުރުން. (3) ބުންކަމެއް އެކުލެވޭ ފަލަ އަޑު.
ބަރުއުފުލުން
މ. (1) ބަރުއެއްޗެހި އުފުލުން. (2) ސަންޑޯ ކުރުމަށް އުފުލަން ގެންގުޅޭ އެކިވަރުގެ އާލާތް އުފުލުން.
ބަރުވަލިފޫޅު
ނ. ބަރުވަލީގެ ތޮށިގަނޑުން ނިވާވެފައިވާތަން.
ބަރުވުން
މ. (1) ވަޒަނުން އިތުރުވުން. (2) ބަރުދަން އިތުރުވުން. (3) ބުރަހެލިވުން. (4) ކުޅަދާނަ ނުވާވަރަށް މަސައްކަތް ގިނަވުން.
ބަރުވެލި
ނ. ކަކުނީގެ ފާޑަށް ދަތްގަނޑާއި ފައިތައް ހުންނަ، ބިމުގައި ކޭއްތެމުން ދުވެއުޅޭ ދިރޭ އެއްޗެއް. މިއީ އޭގެ ފޫޅުގަނޑު ނިވާކުރުމަށް އެކިބާވަތް ބާވަތުގެ ތޮށިގަނޑުގަނޑަށް އެރިގެން އުޅޭ އެއްޗެކެވެ.
ބަރުވެލިތޮށި
ނ. ބަރުވެލި އޮންނަ ތޮށިގަނޑު.
ބަރުމަރުކާ
ނ. އޮޑިދޯނިފަހަރު ބަރާކުރާނޭ މިންވަރު ފާހަގަކުރާން ސަރުކާރުގެ ފަރާތުން ޖަހާ އުޅުނު ނިޝާން.
ބަރުމާކުރެހުން
ނ. ލާފެން ކުރުމުގައި އަޅާ ކުރެހުމެއް. މި ކުރެހުމުގައި މަލެއް ފަތެއް ވަކިން އެނގޭކަން ނުހުންނާނެ އެވެ.
ބަރުމާޕީސް
ނ. އުއިފަލަ ދޯހަޅި ފޮއްޗެއް.
ބަރުމާޕީސް މުންޑު
ނ. ބަރުމާޕީސް ފޮތީގެ މުންޑު.
ބަރުފަށުވި
ނ. ސުތުއްޔާ ފަށުވިން ވިޔެފައި ހުންނަ ފޮއްޗެއް.
ބަރުފޯސް
ނ. ސިމެންތިޖެހުމުގައާއި ވަޑާންކުރުމުގެ މަސައްކަތުގައި މަތީދާރައިގައި ބޭރަށް ފުއްޕުން ލާފައި ނެރެފައިހުންނަބައި. (މިގޮތަށް އެންމެ ތިރީގައި ދޮރުތަކުގެ ވަށައިގެންނާއި ފަންގިފިލާނިމޭ ހިސާބު ފާހަގަ ކުރުމަށް ނެރެފައި ހުންނަ ބަޔަށްވެސް މިހެން ކިޔައެވެ.)
ބަރުދަން
ނ. (1) އެއްޗެއްގައި ހުންނަ ބުރަދަން. (2) ކިރާއިރު ހުރި ވަޒަން.
ބަރުދަންބޮނޑި
ނ. ގަޓަރީފަދަ ތަކެތި ބަންދުކޮށްފައި ހުންނައިރު ބޭރުންލާފައި އޮންނަ ސަޓާފަދަ ތަކެތި.
ބަރުދާސް
ނ. ކެތް.
ބަރުދާސްކުރުން
މ. ކެތްކުރުން.
ބަރުދާސްތު
ނ. (1) ވޭނާ ކެކުޅުން އުފުލުމުގައި ކުރާކެތް. (2) ބަރުދާސް.
ބަރުތީލަ
ނ. (1) އިހުގައި ރަށްރަށުގެ ވެރިންގެ ފަތްކޮޅާއި ދޮށުންގެ ރަށްރަށް ލިޔެ ދިނުމުގެ މައްޗަށް ދޭންޖެހޭ ފައިސާ. (2) ވެދުން.
ބަރުތީލަކުރުން
މ. (1) އިހުގައި ރަށްރަށުގެ ވެރިންގެ ފަތްކޮޅާއި ދޮށުންގެ ރަށްރަށް ލިޔެ ދިނުމުގެ މައްޗަށް ދޭންޖެހޭ ފައިސާ ދިނުން. (2) ވެދުން ހުށަހެޅުން.
ބަރުތީލައަރުއްވައިގަތުން
"ބަރުތީލައަރުއްވައިގަތުން" މ. ރަދުންބަރުތީލަ ޤަބޫލު ކުރެއްވުން.
ބަރުގީލަ
ނ. ޖުނގުގެ ފޯލީގައި ވަލުގެއުޅިތައް ބައްދަން ހުންނަ ކުސަގަނޑު.
ބަރުގޮނު
އިޝާރާތެއްގެ ގޮތުން އަންގައިލުމަށްޓަކައި އަޑުއިއްވަން ބޭނުންކުރާއެއްޗެއް. (2) މީހުން ސަމާލުކުރުވުމަށް އަޑެއް ގޮއްވާލުމަށް ބޭނުންކުރާ އެއްޗެއ.ް އެންމެ އާންމުކޮށް މިބޭނުންކުރަނީ އެއްގަމުގައި ދުއްވާ އެއްޗެއްސާއި ކަނޑުގައި ދުއްވާ ބައެއް އުޅަނދު ފަހަރުގައެވެ.
ބަރުސުތުލި
ނ. ފަށުވިވައްތަރުގެ ސުތުއްޔަކުން ވިޔެފައި ހުންނަ ބަރު ފޮއްޗެއް.
ބަރުސޮރު
ނ. އާގުބޯޓު ފަހަރުގެ ކެއުމާއި ފައިސާގެކަންތައް ބަލަހައްޓާ މީހާ.
ބަރުޒަންޖީމައުލޫދު
ނ. އައްސައްޔިދު ޖަޢްފަރުލްބަރުޒަންޖީ ހެއްދެވި މަޢުލޫދު.
ބަރުޒަންޖީމާލޫދު
ނ. ބަރުޒަންދީމަޒުލޫދު.
ބަރުޒަޚު
ނ. (1) ދެމެދު. (ދެތަނެއްގެމެދު) (2) މަރުވުމަށްފަހު އަލުން ދިރުއްވަންދެން ހޭދަ ކުރާ ޢާލަމު.
ބަރޫދު
ނ. (ބ،ދ) ބައްރު.
ބަރެންޑާ
ނ. މަތީބުރީގެ ފެންޑާ.
ބަރެޅި
ނ. (ޏސ) ބުރޮޅި.
ބަރޮބޮލް
(ޏ) ބަރަބޯ.
ބަރޮއަލަ
ނ. (ޏ) ބަރަވެލި.
ބަރޮވަލި
ނ. (ގ) ބަރުވެލި.
ބަރޮވެލި
(ސ) ނާށިބަރަވެލި.
ބަރޮސްބަލި
ނ. ހުދުބަލި. މިއީ ހަމުގައި ހުދުކުލަ ޖެހުމަށްފަހު، ފިތްގަނޑެއްހެންބޯވެ، ކަހައި، ފެންފައިބާ ބައްޔެކެވެ.
ބަރޯސާ
ނ. އިތުބާރު.
ބަރޯސީ
ނ. ކަނޑަށް އެއްޗެއް ފައްތާން އައްސާ ބަރުއެތި ގަނޑު.
ބަރޯސީބަނުން
މ. ކަނޑުފެއްތުމަށްޓަކައި ބަރުބަނުން.
ބަބުނަ
ނ. ފޭރާންކުރާއިރު ދުޅަނަގާން ގެންގުޅޭ ފަލަލާއެއް. މިއީ ހަލާ ދަނޑިޔާ ޖެހިގެން މަގަތަށް އޮންނަ ދަނޑިއެކެވެ.
ބަބުނަބޮލި
ނ. ބޮލީގެ ބާވަތެއް. މިބޮލީގެ މަތީބައިގައި މަޑުއަޅި ކުލަޔާއި އެއަށްވުރެ ގަދަ އަޅިކުލަ ހުރެފައި މިބައިގެ ވަށައިގެން ރީނދޫ ކުލަޔަކަށްދާ ރޮނގެއް ހުންނާނެ އެވެ.
ބަބުންދުޅަ
ނ. ފޭރާން ކުރާއިރު ބަބުނަ ބޭނުންކޮށްގެން ނަގާ ދުޅަ.
ބަބުރު
ނ. ބަބުރުކަރައިގެ މީހުން.
ބަބުރުހަނދި
އަނގައިގެ މަތީ ތަލީގައި ދެބަރިއަކަށް ދަތްހުރެ އެވެ. އެއީ ކޮޅަށް އޫކޮށް ވަރުގަދައަށް އުފެދިފައި ހުންނަ ދަތްބަރިއަކާއި އޭގެ އެތެރޭން ހުންނަ ކުދި ދަތްބަރިއެކެވެ. ތިރީބައިގައި ހުންނަނީ ގަދަފަދަ ދަތްބަރިއެއް އެކަންޏެވެ. މިމަހަށް "ކަޅަހަނދި" ވެސް ކިޔާއުޅެ އެވެ.
ބަބުރުހިމެރި
ނ. އޮށްކަޅުކޮށް ހުންނަ ހިމެރިޔެއް.
ބަބުރުނެއްޓި
ނ. ނެއްޓިޔާ އެކުލެވިގެންވާ ލަވަބައިތައް.
ބަބުރުން
ނ. ބަބުރުކަރައިގެ މީހުން.
ބަބުރުބެރު
ނ. ބަބުރު ލަވައިގެ ބެރު.
ބަބުރުބޯ
ނ. އަސޭމިރުސް ފުއްތަކެއްހެން އިސްތަށިތައް ގުޅަވެށިފައި ހުންނަބޯ.
ބަބުރުކަނި
ނ. ދަމާދޮރުގެ އަތްކަނި އައިސްޖެހޭ ދޮރުކަނި.
ބަބުރުކަލޯ
ނ. އިހުގައި ކިޔާ އުޅޭ ޚިޔާލީ ފުރޭތައެއް. މިއީ ކިއްސަށްދެތްވާ އެއްބަޑު އެއްބަފާ އެއްޗެއް ކަމަށްވެސް ބުނެއުޅެ އެވެ.
ބަބުރުކިއްސަށްދެވި
ނ. ވަކި ބައްޔެއް ޖައްސާކަމަށް ހީކުރާ ޚިޔާލީ ދެތްވެއް.
ބަބުރުކުދިން
ނ. ރޭގަނޑުގައި ކުޑަކުއްޖެއްގެ ސިފައިގައި ފެންނަކަމަށް ބުނާ ފުރޭތަ.
ބަބުރުކެލާ
ނ. ރަތްބަބުރުކެލާ.
ބަބުރުކޮތަން
ނ. ކުލަކުލައިގެ މާކޯޅިތަކެއް އަންނަ ކުދިކުދި ކަށިތަކެއް ހުންނަކުޅިތުޅާ ޒާތުގެގަހެއް.
ބަބުރުއަނބު
ނ. އަނބުގެ ބާވަތެއް. މިއީ ނަރުހިމަ، ދޮންވީމާވެސް ބޭރު ގަދަފެހި ކުލައިގައި ހުންނަ އަނބެކެވެ.
ބަބުރުވަސް
ނ. ބައެއް މީހުންގެ ކިހިލިފަތިން ދުވާ ނުބައިވަހެއް.
ބަބުރުފަޅޯ
ނ. ދޮންވީމާ ވަރަށް ފަނޑު ރިއްސެޔޮކަމެއް ނޫނީ ފާޅުނުވާ ވަރަށް ގަދަކަޅު ފެހިކުލައެއްގެ ފަޅޮލެއް. ފަޅޮލުގެ ސިފަ ހުންނާނީ ދިގުކޮށް ހުރެފައި ފޫވަށްކޮންނެވެ.
ބަބުރުފައިތިލަ
ނ. ދަށްފައިގެ ހުރިހާ ތަން ހަމަޔަށް ޖެހޭ ފައިތިލަ.
ބަބުރުފާޑު
ނއ. ކަންތައް ކުރުމުގެ ފާޑުނެތް.
ބަބުރުތިންހަމަ
ނ. ރާއްޖޭގައި ކުޅޭ އާދައިގެ ތިންހަމަ. މިކުޅިވަރުގައި ހަމަޔަށް އެޅުނު ކަމަށްވަނީ ތިން ފުއް ދިމާވީމަ އެވެ.
ބަބުރުލަވަ
ބަބުރުލޯފިނދު
ނ. ބުރަކަށިމަތި ދިހުންކުލައިގައި ހުންނަ ބޮޑެތި ލޯފިނދު.
ބަބުޅި
ނ. (ތ) ފެނުތެރޭން އަރާބޮކި.
ބަބެރެއުއްދަނޑި
ނ. (ގ) ރަތްއުއްދަނޑި.
ބަޅަ
ނ. (ބ،ދ) (1) ފަރުވާ. (2) (ލ) ބަޅު.
ބަޅަންދަރު
ނ. (ބ،ދ) ކަކޫ.
ބަޅަވަޅި
ނ. (ސ) މިއީ އުނބުތެރެކަހައި އުނބުކަހާވަޅި ސާފުކުރުމަށް ގެންގުޅޭވަޅިއެކެވެ.
ބަޅަވަތި
ނ. ކުރުމަހުގެ ނަގޫފަތް ކައިރިން ހަވަން ކޮތަރީގެ ފަހަތް.
ބަޅާބޫޅިވުން
މ. ބައްޔެއްގެ ސަބަބުން އަތްފަޔާއި އިނގިލިތައް ގުދުވެ ލެނބުން.
ބަޅި
ނ. (ހ) ގަހަށް އުކާ ދަނޑިބުރިބުރި.
ބަޅިނދެމަޓި
ނ. (ގ) ވޭރުހުލީމަށި.
ބަޅިނދި
(ސ) ވޭރުހުލި.
ބަޅިނދު
ނ. ކޮކާލަށްވުރެ ހަށިގަނޑު ބޮނޑިމަސް އެއަށްވުރެ ފިޔަކުޑަ ފިޔައިގައި ފުށްގިނަ ކޮކާފާޑުގެ އެއްޗެއް.
ބަޅިދެ
ނ. (ގ) ވޭރުހުލި.
ބަޅު
ނ. (1) ގުދު (2) ކުއްތާ.
ބަޅުބޯވަޅި
ނ. ކަތިވަޅި ތިލައިގެ ސިފައިގައި ތިލަހުންނަ ކުދިވަޅި.
ބަޅުކަން
ނ. ގުދުކަން.
ބަޅުކެޔޮ
ނ. (މަލިކު) ސުވާސާކެޔޮ.
ބަޅުއެނބުރުން
މ. މީހަކާދިމާއަށް "ނަގޫބަޅެ" ކޭ ބުނުން.
ބަޅުއެޅުން
މ. (1) ގުދުވުން. (2) ލެނބުން.
ބަޅުވަޅި
ނ. ރައިވެރިން ގެންގުޅޭވަޅިއެއް. މިއީ ބަޅު ބޯވަޅީގެ ތިލައިގެސިފައިގައި ތިލައޮންނަ މުއްގަނޑު ގުދު ވަޅިއެކެވެ.
ބަޅުވުން
މ. (1) ގުދުވުން. (2) ލެނބިފައިވުން.
ބަޅުމަހާހަމަކުރުން
މ. މަޖާޒު: ކަމެއް ނުކުރުމަށާއި ނުކުރާނެ ކަންއެންގުމަށް ގަދައަޅައިބުނާބަހެއް.
ބަޅުފިލި
ނ. އުބުފިލި.
ބަޅުދަތި
ނ. އަތްމަތީ ދަތި
ބަޅެބޮލާ
ނ. (ގ) އޮޑިފަހަރުގެ ދިރުނބާކޮޅު މުލައްގަނޑު. (މީގެ ކޮޅު އޮންނާނީ ވަށްކޮށްލައިފަ އެވެ.)
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލާފައި އޮތަސް ތެދެއް ނުވާނެއެވެ.
"ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލާފައި އޮތަސް ތެދެއް ނުވާނެ އެވެ." (މުސްކުޅިބަހެއް) ނުބައި އާދަތައްހިފި އަޚުލާގު ނުބައިވެފައި ހުރިމީހަކަށް ނަޞޭހަތެއް ދިނަސް، ކިތައްމެ ނަމޫނާއެއް ދެއްކިއަސް އެ އާދަތަކަކާ ވަތްކެއް ނުވެވޭނެއޭ ބުނުމަށް ބުނެއުޅޭ ބަހެއް.
ބަޅެލޮންޓާ ކުޅުން
ބަޅޮދާނޑި ކުޅުން
ބަކަ
ނ. (1) އަތްފައިން ފެންގަނޑެއްގައި ތަޅައިގަތީމާ ފެންގަނޑަށް އެވާގޮތް. (2) ޤަވައިދަކާއި ބޭނުމެއްނެތި ތަނެއްގައި އުޅެގަންނަ އުޅެގަތުން. މިސާލު: ރީތިކޮށް ތަންމަތި އަޅާފައި ހުރި އެނދެއްގައި އޮށޯވެ ފުރޮޅިގަންނަ ގަތުމުން ތަންމަތި ރޫޅޭރޫޅުން.
ބަކަށި
ނ. ބަކަރި.
ބަކަރި
ރެއް. މިއީ ހަތަރު މޮށްގަނޑުޖެހި ޖަނަވާރެކެވެ. މީގެ ކެހެރިތައް ހުންނާނީ ކުރުކޮށް ފަންކޮށެވެ. މިއީ އޭގެކިރާއި މަހުގެ ބޭނުމުގައި ކާންދީ ބޮޑުކޮށްގެން ގެންގުޅޭ ޖަނަވާރެކެވެ. މި ޖަނަވާރުގެ ފިރިހެން ޖިންސުވަކިކުރަން ބޭނުންނަމަ ކިޔައިއުޅެނީ "ގިތެޔޮ" މިހެންނެވެ.
ބަކަރިހުއިހެއްޕުން
މ. ބަކަރިއަށް ކާންދީ ބެލެހެއްޓުން.
ބަކަރިބައިކުރުން
މ. ހަތަރުބިތަށް ބޮލި އަތުރައިގެން ކުޅޭ ހިކްމަތްތެރި ކުޅިވަރެއް. މީގައި ކޮންމެ ބިތެއްގައި ނުވަފުއް ބަހައްޓައިގެން ޖުމުލައިން މަދުކޮށް ގިނަކޮށް ހަދައެވެ.
ބަކަރިއަނގަފާރު
ނ. ދިއްގާކަސް.
ބަކަރިމުތް
ނ. ވިހައިގެ ބޭހަށް ބޭނުންކުރާ ހިލަކޮޅެއް. މިއީ ބަކަރީގެ ގޮހޮރުގެ ތެރޭގައި އޮންނަ ކަމަށް ބުނެވޭ އެއްޗެކެވެ.
ބަކަރިފުޅަލިގަނޑު
ނ. (1) ބޮޑެތި ދޮރޯށީގެ ބޭރުންލާފައި ހުންނަ ތިރި ޖާލީ ފުޅަލި. (2) ތިރިކޮށް ހުންނަ ޖާލީ ފުޅަލި.
ބަކަރިފެލާ
ނ. (ޏ،ސ) މާވިނަ.
ބަކަރިދަނޑި
ނ. ފުޅައްއަޅާއިރު ދުރުކޮށް ހުންނަ ދޭތެރެ ދޭތެރޭގައި މެދުކެހަޔާ ހަމައަށް ބަހައްޓާފައި ހުންނަ ދަނޑި ބުރިބުރި. މި ބަހައްޓާފައި ހުންނަނީ ބަކަރި ވަދެދާނެތީއެވެ.
ބަކަރިދަނޑި ބެހެއްޓުން
މ. (1) ފުޅަށް އަޅާއިރު ބަކަރި ދަނޑިލުން. (2) މަޖާޒު: ނަހަލާލަށް ބަލިވެއިނީމާ އެކަން ފޮރުވާން މީހަކާއިނުން. (3) ފަށްކެނޑުން.
ބަކަރިދަރި
ނ. (ލ) ނަހަލާލުދަރި.
ބަކަރިގޮވި
ނ. ބަކަރިޔަށް ކާންދީ ބަލަހައްޓާމީހާ.
ބަކަބަކަ
ނ. ބޮޑުބޮކިޖަހައި ކެކޭއިރު އިވޭއަޑު.
ބަކައެޅުން
މ. ޤަވާއިދެއް ހަމައެއް ނެތި ތަނެއްގައި އެގޮތްމިގޮތަށް އުޅެގަތުން.
ބަކައްޓާ
ނ. (ގ) ބަކަރި.
ބަކަމޫނު
ނ. ފަޅުތަންތަނާއި ޖަންގަލިތަކުގައި ދިރިއުޅޭ، ރޭގަނޑު ޝިކާރަކުރަން ނުކުންނަ މޫނާއި ލޯބޮޑު ދޫންޏެއް. މިއީ ސުރުމުއްޗާ ވައްތަރު އެއްޗެކެވެ.
ބަކަތެޅުން
މ. ފެންގަނޑުގައި އަތްފައިން ތެޅުން.
ބަކަސަޅަ
ނ. (ބ،ދ) ބާރުނެތްކަން.
ބަކާރު
ނ. (ބ،ދ) ފިހާރަ.
ބަކާވެލީމާ
ނ. މީރުވަހެއްދުވާ ހުދުކުލައިގެ މަލެއް. މި މާ އަޅާގަހުގެ ގަސްގަނޑު ހުންނާނީ ރީނދޫ ކުލައިގައެވެ.
ބަކުން
ނ. ކުޑަކުދިންގެ ބަހުރުވައިގައި ކާނާ.
ބަކުންކިޔުން
މ. ކުޑަކުދިންގެ ބަހުރުވައިގައި ކެއުން.
ބަކުރު
ނ. (ސ) ތޮޅިހެން ހުންނަ ލޯބޮޑު މަހެއް.
ބައަކޮށު
(ބ،ދ) ހަލާކުކުޅައިން.
ބައި
ަދު. މިސާލު: (ހ) އުޅާބައި. (ށ) ރިޔާބައި. (ނ) ނަނުބައި. (6) ކަމެއްގައި މީހަކު އަދާ ކުރާ ދައުރު. (7) ނއ. ދެބައިކުޅަ އެއްބައި. މިބަހުގެ މާނަ ދޭހަވަނީ ފުރިހަމަ އެއްޗަކާ ގުޅުވައިގެންނެވެ. މިސާލު: (ހ) ބައިނާޅި. (ށ) ބައިހަންދަރު. (ނ) ބައިކަނޑި. (8) (ސ) އމ. އާދޭ.
ބައިހަންދަރު
ނ. ހަންދަރެއްގެ ދެބައިކުޅަ އެއްބައިގެ ބަރުދަން.
ބައިހަރު
ނ. (1) ވާރުދިން ޒަމާނުގައި ވާރަށް ލާފައި ތިބި ފިރިހެނަކާއި އަންހެނެއް. (2) ރަށެއްގެ ވާރުގެ ޙިއްޞާ.
ބައިހަމަކުރުން
މ. ބަހާބައިތަކުގައި ހިމެނޭ އަދަދު އެއްވަރުވުން.
ބައިހަދައިފައިދިއުން
މ. ގިނަބަޔަކު އެކުގައި ދިޔުން.
ބައިހިންޗި
ނ. ހިންޗިއެއްގެ ދެބައިކުޅަ އެއްބައި.
ބައިހިމަނާ
ނ. ކަސްރެއްގެ މަތީބައި.
ބައިހިފުން
މ. ރަސްމީގޮތުން ތަކެތި ބަހާއިރު މީހެއްގެ ބަޔާ އެތަނުން މީހަކު ޙަވާލުވުން.
ބައިހެދުން
މ. ޖަމާޢަތް ހެދުން.
ބައިނާ
ނ. (ގ) ބައިން.
ބައިނާޅި
ނ. ނާޅިއެއްގެ ދެބައިކުޅަ އެއްބައި.
ބައިން
ވަށްބައިން. (ށ) އެލިބައިން. (3) ގުޑިފަދަ ތަކެތީގައި ނަނު އެއްސުމަށް ހަރުކޮށްފައި ހުންނަ ފަށް. (4) ސިނގުކޮށް ތިބޭ ކުދިންގެ އުނަގަނޑު ފައްޓަރު ސޮހުނަނުދޭން ޖަހާފައި ހުންނަ ފަށް. (5) ފޭލީގެ މަތީގައި އަޅާ ދުޅައެއް. (6) އެއްޗިހި އަޅަން ދަމައިފައި ހުންނަ ރޯނު.
ބައިންވަޅު
ނ. ގުޑީގެ ބައިން އައްސާތަން.
ބައިންވަޅުމާ
ނ. ގުޑި ތެލަނގަ މަޑި ވައުފަދަ ތަކެތި އަރުވާއިރު އޭގައިވާ ބައިނުގެ ރޮދިފަށް އައްސާ ދިމާގައި ހިއްޕާފައި ހުންނަ މާ.
ބައިންލުން
މ. ގުޑީގައި ބައިންޖެހުން.
ބައިންގަނޑު
ނ. (1) ދެއެއްޗެއްގެ ދެމެދުގައި ފުރާފައިހުންނަ ކުސަގަނޑުގެ ތިރީކޮޅުގައި މަޅިއަކަށް ވާނޭހެން އެލުވާފައި ހުންނަ ފަށް. (2) މަޖާޒު: އުރަވަޅި.
ބައިންޖެހުން
މ. (1) ބައިން ހަރުކުރުން. (2) ފޭލީގެ ކޮޅުމަތީގައި އަޅާ ޚާއްޞަ ދުޅައެއް އެޅުން.
ބައިރަ
ނ. ނަކަތްތެރީން ދުވާލު ބައިކޮށްފައިވާ ތިންބައިންކުރެ އެއްބައި.
ބައިރުފިޔާ
ނ. ފަންސާސްލާރި.
ބައިރޯ
ނ. (ސ) ބޯލްޕޮއިންޓް.
ބައިބައިކުރުން
މ. ބައިކުރުން މިބަހުގެ ގިނަގޮތް.
ބައިބައިވުން
މ. (1) ބައިވުން މި ބަހުގެ ގިނަގޮތް. (2) ވަކިވަކިވުން. (3) އެއްބައިވަންތަކަން ކެނޑުން. (4) ރޫޅިގެން ދިއުން.
ބައިބަތް
ނ. ބަޔަކު މީހުން އެއްވެގެން ކުޅިވަރަށް ކައްކާލާ ކެއްކުން.
ބައިބަލާ
ނ. ތެލަބަގުޑި.
ބައިބަލާއެރުން
މ. ތެލަބަގުޑި ކުޅޭއިރު އަނެއްބައިގެ މީހަކުގެ ގައިގައި އަތްލާފައި އެބައި މީހުންނަށް އަތުނުވެ އަންނާން ދިއުން.
ބައިބަލާދިއުން
މ. ބައިބަލާއެރުން.
ބައިބުރުކޮކާމަސް
ކޮކާމަހުގެ ބާވަތެއް. މި މަހުގެ ކުލައަކީ ފެހިކުލައެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ނޫކުލައިގެ ރޮނގުތަކަކާއި ފާޅުކަން ބޮޑު ލައްތަކެއް ހުރެއެވެ. މީގެ ކުދިމަހުގެ ދެފަރާތުގައި ހުދު ކުލައާއި މަޑުނޫކުލައިގެ، ހަނދުފަޅި ބުރަށް ހުންނަކުރެހުންތަކެއް ހުރެއެވެ.
ބައިބެހުން
މ. ބައިބަޔަށް އެޅުން.
ބައިބެލިކޭން
ނ. ވިލިވިއްޔަށް ބަހައިގެން މަސައްކަތްކުރާއިރު، ބަޔާހަވާލު ވެފާވާމީހާ އެބަޔަކަށް ދޭ ކޭން.
ބައިބޯ
ނ. (1) މީސްގިނަ. (2) ކުޑަކުދިންގެ ބަހުރުވައިގައި ބޯބޭލުން.
ބައިބޯކަން
ނއނ. މީސްގިނަކަން.
ބައިބޯކިއުން
ނ. (ސ) ކުޑަކުދިންގެ ބަހުރުވައިގައި ބޯބޭލުން.
ބައިބޯވުން
މ. މީހުން ގިނަވުން.
ބައިބޯމިން
ނ. ބައިގިނަވެފައިވާ މިންވަރު.
ބައިކަނޑި
ނ. ކަނޑިއެއްގެ ދެބައި ކުޅައެއްބައި ދެބަސްތާ. (57 ނާޅިގެ)
ބައިކަޅު
ނ. މުޅިން ނުފުރި ހުންނަ ކަޅުސައިތަށި.
ބައިކުރަންފެހުން
މ. ބޯވަޅުއެޅި ލިބާހުގެ އަތާއިއަރިޔާ ތޯޑުވުން.
ބައިކުރާ
ނ. ކަސްރެއްގެ ތިރީބައި.
ބައިކުރުން
މ. (1) ބައިބަޔަށް ވަކިކުރުން. (2) ބޯވަޅު އެޅި ލިބާހުގެ އަރިޔާއިއަަތާ ތޯޑުވައިގެން އެކަފާ ޤަވާޢިދުން ކެފުން.
ބައިކުޅަނދު
ނ. ކުޅަނދެއްގެ ދެބައިކުޅަ އެއްބައިގެ ބަރުދަން. މިއީ، ރާތަލެއްގެ ސާޅީސްބައިކުޅަ އެއްބައެވެ.
ބައިކުޅަބައި
ނ. ފުރިހަމަ އަދަދެއް ހަމަނުވެ ހުންނަ ބައިތައް. މިސާލު: ތިންބައިކުޅަ ދެބައި. ހަތަރުބައި ކުޅަ އެއްބައި.
ބައިކޯޓު
ނ. ކޮންމެވެސް ސަބަބަކާއި ހުރެ ނުރުހިގެން ބަޔަކަށް ދަތިކުރުމުގެގޮތުން އެބަޔަކާއި ހުރި ގުޅުންތައް ވަގުތީ ގޮތުން ކަނޑާލާ ކަނޑާލުން.
ބައިކޯޓްކުރުން
މ. ކޮންމެވެސް ސަބަބަކާއި ހުރެ ނުރުހިގެން ބަޔަކަށް ދަތިކުރާން އެބަޔަކާ ހުރި ގުޅުންތައް ވަގުތީ ގޮތުން ކަނޑާލުން.
ބައިއަނާ
ނ. އަނާއެއްގެ ދެބައިކުޅަ އެއްބައި. އަނާއަކީ ކުރީ ޒަމާނުގައި ދިވެހި ރުފިޔާއެއްގެ ސޯޅަބައިކުޅަ އެއްބައެވެ.
ބައިއަނާކެޑުން
މ. (ސ) އެއްޗެއް ގަތުމަށް އެ އެއްޗެއްގެ އަތުގެތެރެއިން ބައެއްދީފައި ބާކީ ހުރިބައި ފަހުންދަކާފައި ގަތް އެއްޗެއް ގެންދެވޭގޮތަށް ދެ ފަރާތުން އެއްބަސްވާ އެއްބަސްވުން.
ބައިއަނާކޮޅައުން
މ. (ގ) ބަޔާނާ ދިނުން.
ބައިއަނާވުން
މ. ބަޔާނާވުން.
ބައިއެޅުން
މ. އެއްޗެއްބަހާއިރު، މީހަކަށް ނުވަތަ ކަމަކަށް ބައެއް ޚާއްސަ ކުރުން.
ބައިއެއްކުރުން
މ. (1) ވަކިކަމަކަށް ކަނޑައެޅިފައިވާ ބަޔަކު މީހުން އެއްތަނަކަށް ނެރުން. (2) ބައިތައް އެއްކޮށްލުން. (3) ތިމާއާ ތަބާވާ ބަޔަކު ވަކިތާކަށް ޖަމާކުރުން.
ބައިވަރު
ނ. ގިނަ އެއްޗެހި ތަކެއް.
ބައިވުން
މ. ބައިބަޔަށްވުން.
ބައިވެރި
ނއ. (1) ބައެއްގައިވާ. (2) އެކުލަވާ. (3) ހިމެނޭ.
ބައިވެރިކުރުން
މ. (1) ބައިވެރިޔަކަށް ހެދުން. (2) ބައެއްގައި އެކުލެވުން. (3) ކަމެއް ކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހަކަށް ހެދުން.
ބައިވެރިވާމަތީބަހާ
ނ. ދެއަދަދު ނުވަތަ އެއަށް ވުރެ ގިނަ އަދަދުތަކެއް ގެއްލި ހުސްވާ އެންމެ މަތީ އަދަދު. މިއަށް ކުރުކޮށް ކިޔަނީ (ބ.މ.ބ) އެވެ.
ބައިވެރިވުން
މ. (1) ބައިގައިވުން. (2) އެކުލެވުން. (3) ހިމެނުން.
ބައިވެރިޔާ
ނ. (1) ޙިއްޞާދާރު. (2) އެކުލަވައިގެންއުޅޭމީހާ. (3) ދެމަފިރިންކުރެއެކަކު.
ބައިމަނަ
ނ. (ސ) ބައިމަނު.
ބައިމަނު
ނ. (1) މުޅިންމަންމަނަކަށްނުވާ ކުޑަކޮށް އަޑުއިވި ޒާތަކަށް ވާހަކަދައްކާ މީހާ. (2) މަނެއްގެ 2/1.
ބައިމަތި
ނ. (1) މީހެއްގެ ކުރިމަތިން ދެކޮނޑުގެ ދެމެދު. (2) ޖަމާއަތް ބަހާފައިވާ ބައިތަކެއްގެ ޖުމުލަ.
ބައިމަސް
ނ. (1) މަސްބަޔެއްގެ މަހެއް. (2) މަޖާޒު: އެކުވެރި ބައިގަނޑެއްގެ މީހެއް.
ބައިމަސްބަޔަށްދިއުން
މ. މަޖާޒު: އެބަޔެއްގެ މީހަކު އެބަޔަކަށް ދިޔުން.
ބައިމެދު
ނ. (1) ބަހަންވެފައި ހުރި ތަކެތި. (2) ނުބަހައި ހުންނަ ތަކެތި.
ބައިމޮހޮރީ
ނ. ރަނުގެ ސިއްކައެއް. މީގެ މިންވަރަކީ މޮހޮރީއެއްގެ ދެބައިކުޅަ އެއްބައެވެ.
ބައިފަޅި
ނ. (1) އަރުގަ. (2) ބައެއްގެ ދެބައިކުޅަ އެއްބައި.
ބައިފައުނު
ނ. ފައުނެއްގެ ދެބައި ކުޅަ އެއްބައި.
ބައިފުޅި
ނ. (1) ސާއަތު ފުޅީގެ ދެބައިކުޅައެއްބައި. (2) ފުޅިއެއްގެ ދެބައިކުޅަ އެއްބައި. (3) ދަމުއަށީގައި ނަމަ 2/1 ގަޑިއިރު.
ބައިތިއްބުން
ިށީނދެ ނުވަތަ އޮށޯވެ ނުވަތަ ކޮޅަށްތިބޭނެގޮތް ހެދުން. (2) ތަނެއްގައި ވަގުތީގޮތުން ބަޔަކަށް އުޅޭވޭ ގޮތަށް ހަމަޖައްސައި އެތަނަކަށް އެމީހުން ގެންދިއުން. (3) ތަޙްޤީޤަށްޓަކައި ރަށެއްގައި ނުވަތަ ތަނެއްގައި އެހެންތަނަކަށް ނުދެވޭ ގޮތަށް ވަގުތީ ގޮތުން ބަންދުކުރުން.
ބައިތު
ނ. ޅެމެއްގެ ދެ ކާފިޔާ.
ބައިތުބާޒީ
ދެމީހެއްގެ ނުވަތަ ދެބައެއްގެ ދެމެދުގައި ވާދައަށް ޅެންބައިތު ކިއާކިއުން. އެކަން ކުރާ ގޮތަކީ، އެއްކޮޅުން އެކަކު ޅެންބައިތެއް ކިއުމުން އެބައިތު ހުއްޓުނު އަކުރަކުން އަނެއްކޮޅުން އަނެކަކު ޅެންބައިތެއް ފަށައިގެން ކިޔަނީއެވެ.
ބައިތުބާޒީކުރުން
މ. ދެމީހެއްގެ ނުވަތަ ދެބައެއްގެ ދެމެދުގައި ވާދައަށް ޅެންބައިތުކިޔުން.
ބައިތުލްމަޢުމޫރު
ނ. ގެފުޅާ ދިމާ މަތީގައި ހަތްވަނަ އުޑުގައި މަލާއިކަތުން އަޅުކަން ކުރައްވާތަން.
ބައިތުލްމަޤްދިސް
ނ. (1) ގުދުސް. (2) މަސްޖިދުލް އަޤްޞާހުންނަރަށް.
ބައިތުލްމާލު
ނ. ދައުލަތުގެ ޚަޒާނާ.
ބައިތޯލާ
ނ. ތޯލާއެއްގެ ދެބައިކުޅަ އެއްބައި.
ބައިލައްކަ
ނ. (1) ލައްކައެއްގެ ދެބައިކުޅައެއްބައި. (2) ފަންސާސްހާސް.
ބައިލާހި
ނ. ލާއްސެއްގެ ދެބައިކުޅައެއްބައި.
ބައިލިބުން
މ. (1) ބައިއަތުލުން. (2) ތެލަބަގުޑިފަދަ ކުޅިވަރުގައި މޮޅުވުން. (3) އެއްޗަކުން ބައެއް މިލްކުވުން.
ބައިގަނޑު
ނ. (1) އެކުގައި އުޅޭ މީހުން ކޮޅެއް. (2) ޖަމާޢަތެއް.
ބައިގަޑިޖައްސައިލުން
މަޖާޒު: މެންދުރުކެއުމަށްފަހު އަރާމުކޮށްލަން އޮށޯވެލުން.
ބައިގާ
ނ. (1) ރާތަލެއްގެ އަށްބައިކުޅަ އެއްބައި. (2) ގަލެއްގެ ދެބައިކުޅައެއްބައި.
ބައިގިނަވުން
މ. ބައިބޯވުން.
ބައިގެ
ނ. (ދ) ރައްޔިތުންގެ ބަނޑަހަގެ.
ބައިގެންދިޔުން
މ. ހައްޔަރުންނެއްޓުން.
ބައިސަލޯކަ
(ބ،ދ) ދުނިޔެއަށް ހެއުނަންވާކަން.
ބައިސާ
ނ. (1) ފޮނިކެނޑުމުގެ ގޮތުން ދައްކާ ވާހަކަ. (2) ފޮނި ބައިސާ. (3) ތާސްބައިގައި ރަސްގެފާނުގެ ތަސްވީރު ހުންނަ ގަނޑު.
ބައިސާބުނުން
މ. ބާސާބުނުން.
ބައިސާކެނޑުން
މ. (1) ފޮނިކެނޑުމުގެ ގޮތުން ވާހަކަދެއްކުން. (2) އަޗާތެޅުން.
ބައިސިކަލު
ދެފުރޮޅުލީ ދުއްވާ އެއްޗެއް. މިއީ އޭގެ މައްޗަށް އަރައިގެން ދުއްވާ އެއްޗެކެވެ. މިދުއްވަނީ ފުރޮޅު އަނބުރަން ހަދާފައި ހުންނަތަން ފައިން އަނބުރައިގެންނެވެ.
ބައިސިކުންތު
ނ. ސުކުންތެއްގެ ދެބައިކުޅަ އެއްބައި.
ބައިސޫތު
ނ. (1) އިންޗިއެއްގެ ސޯޅަބައިކުޅަ އެއްބައި. (2) ސޫތެއްގެ ދެބައިކުޅަ އެއްބައި.
ބައިސްކަލު
ނ. ބައިސިކަލު.
ބައިސްކަލް
ނ. ބައިސިކަލު.
ބައިސްކޯފު
ނ. ފިލްމެއްގައި ހުންނަ އެއްޗެއް ޕުރެޖަކްޓަރަކުން އިސްކިރީނަކަށް ހިއަނި އަޅުވައިގެން ދައްކާ ތަސްވީރު.
ބައިސްކޯފުގެ
ނ. ސިނަމާ.
ބައިސްކޯޕު
ނ. ބައިސްކޯފު.
ބައިޢަތު
ނ. މީހަކާ ނުވަތަ ބަޔަކާ ތަބާވުމަށް ވާ ޢަހުދު.
ބައިޢަތު ހިފުން
މ. (1) ތަބާވުން. (2) މީހަކާ ނުވަތަ ބަޔަކާ ތަބާވުމަށް އަހުދުވުން. (3) މީހެއްގެ ވެރިކަން ގަބޫލުކުރުން.
ބައުނި
ނ. (ސ) (1) ލަކުޑިގަނޑުގެ ބޭރުގައި ހުންނަ އާރަށް ނުވާބައި. (2) އޮޅުފަށް. (3) ބާނި.
ބައުންޑަރީ
ނ. (1) ކުރިކެޓް ކުޅޭ ބިމުގެ އިން. (2) ސަރަހައްދީ އިން.
ބައުކަން
ނއނ. ބާކަން.
ބައުވުން
މ. ބާވުން.
ބައުދިނަ
ކއ. (ބ،ދ) ފެތުމަށް ކުޅަދާނަކަން.
ބައެއް
ނ. (1) ޖަމާޢަތެއް. (2) ހިއްސާއެއް. (3) އެއްޗެއްގެ އެތިކޮޅެއް. (4) އެއްޗެހި ތަކަކުން އެކަތި ނުވަތަ އެއިގެތެރޭން އެތައް އެއްޗެއް. (5) ނއ. މަދުމަދުން. މިސާލު: (ހ) ބައެއް ފަހަރު. (ށ) ބައެއް މީހުން. (6) އެއްބައި. މިސާލު: (ހ) ބައެއް ގޮތުގައި (ށ) ބައެއްތަކެތި.
ބައެގަ
އމ. (ހ) އާދޭ.
ބައޭބައޭ
(1) ކުޑަކުދިންގެބަހުގައި "ބަހީނ ބަހީނ" (2) ނ. އަތުން އަޅާ ހަނާ.
ބައޯ
ނ. ކުޑަކުދީންގެ ބަހުރުވައިގައި ކުޑަކުދީން ފިރުކުމަށް ކިޔާގޮތް. މިސާލު: ބައޯކިޔާށެެވެ.
ބައް
ނ. ކަންފަތުގެ އިވުމަށް އަންނަ ބަންދުކަމެއް.
ބައްރާލުން
މ. (ރ) ކުކުޅުހާ ފައްސައިލުން.
ބައްރު
ނ. (1) އެންގަން. (2) އެއްބިމަކަށް ހިކިފައިވާ ބޮޑެތި ތަންތަން.
ބައްބެނު
ނ. (ސ) ކޮކާ އުފެދޭ ފަނި އޮންނަ ތޮށިގަނޑު.
ބައްބެރައި
ނ. (ސ) ޓައްކަނޑާމަޑި.
ބައްޅި
ނ. (1) ބިތުގައި ފަންދަMާފައި ފަންގަނޑާއި ބިތާއެއްކޮށް ބޭރުން ޖަހާ އަސް. (2) ފުޅަފުގެ ތިރީގައި ފަންތަކާއި ފުޅަފާ އެއްކޮށް ބޭރުން ޖަހާ އަސް.
ބައްޅިރޯނު
ނ. ބައްޅިޖަހާން ދަމާރޯނު.
ބައްޅިޖެހުން
ނ. ބިތުގައި ފަންދަމާފައި ނުވަތަ ފުޅަފުގައި ފަންޖަހާފައި ބޭރުން އަސްޖެހުން.
ބައްކަން
ނއނ. އިވުމަށް އަންނަ ބަންދުކަން.
ބައްކަޅެޖެހުން
މ. (ގ) ގަދަ އަނދިރިކަން ވެރިވުން.
ބައްކަޅެ
ނ. (ގ) ގަދަ އަނދިރި.
ބައްކުރުން
މ. (1) ހަމަނަހަމަ ނުބަލާ މުދައު އެއްކުރުން. (2) އަތުލުމަށް ނުވަތަ އެއްކުރުމަށް ހިތާ ނުވެގެން ބުނާގޮތް.
ބައްކުވައު
ނ. ސުތުލީން ފަލަކޮށް އަޅާފައި ހުންނަ ވައު.
ބައްކުވާގަނޑު
ނ. ބައްކު.
ބައްއަޑު
ނ. (1) ބަންދުގޮތް ހުންނަ އަޑު. (2) ކަންފަތަށް ފެންއެޅުނީމާ އެއިވޭ ކަހަލަ އަޑުއަޑު.
ބައްއެރުން
މ. ކަންފަތަށް ބައްކަން ލިބުން.
ބައްވުން
މ. ކަންފަތް ހިސާބަކަށް ބަންދުވުން.
ބައްފެޅުން
މ. ކަނޑުގެ އަޑިޔަށް ނުވަތަ ފެންގަނޑަކަށް ފީނައިގެން ގޮސް ނޭވާ ހުސްވުމުން ނޭފަތުން ނުވަތަ ކަންފަތުން ލޭ އައުން.
ބައްދަނޑި
ނ. ގަޅި.
ބައްދަނެވަކާ
ނ. (ގ) ދޯނިފަހަރުގެ މަސްކޮށީގެ ތިރީގައި ހުންނަ ވައް.
ބައްދައިލުން
މ. ބެއްދުން މިބަސް ލުއިކޮށް ބުނާގޮތް.
ބައްދައިގަތުން
މ. ގަޔަށްބާރުލައި އޮތްތާކުން ނުވަތަ ހުރިތާކުން މުޅިހަށިގަނޑު މައްޗަށް އުފުލޭގޮތަށް ކުރާ ޙަރަކާތަކުން ހުރިތަން ނޫން އެހެން ތަނަކަށް ދިއުން.
ބައްދާތިމަރަ
ނ. ބައްދާނަރު
ބައްދައިގަތުން
މ. މީހެއްގެ ނުވަތަ އެއްޗެއްގެއި އޮޅުލައިގަތުން.
ބައްދަލު
ނ. (1) އެކަކު އަނެކަކާ އެއްތަންވާ ވުން. (2) އެކަކު އަނެކަކާ ދިމާވާވުން. (3) ދޭއްޗެއް އެއްތަންވާވުން. (4) ކަމަކާ މަޝްވަރާ ކުރާން ބަޔަކު އެއްތަނަކަށް އެއްވާ އެއްވުން.
ބައްދަލުކުރުން
މ. (1) އެކަކު އަނެކަކާ އެއްތަން ކުރުން. (2) އެކަކު އަނެކަކާ ދިމާ ކުރުން. (3) ދޭއްޗެއް އެއްތަން ކުރުން. (4) ކަމަކާ މަޝްވަރާކުރާން ބަޔަކު އެއްތާކަށް އެއްކުރުން.
ބައްދަލުވުން
މ. (1) އެކަކު އަނެކަކާ އެއްތަންވުން. (2) އެކަކު އަނެކަކާ ދިމާވުން. (3) ދޭއްޗެއް އެއްތަންވުން. (4) ކަމަކާ މަޝްވަރާ ކުރާން ބަޔަކު އެއްތާކަށް އެއްވުން.
ބައްދާރަންކަރު
ނ. ރަންރިހި ބެއްދުމަށާއި ބޭހަށް ބޭނުންކުރާ މައުދަނީ އެއްޗެއް.
ބައްދާކުނޑި
ނ. ރަންރިހީގެ ތަކެތި ބެއްދުމަށް ބޭނުންކުރާ ކުނޑިއެއް. މިއީ ރަނާއި ރިހީގެ ގަހަނާ ހަދާއިރު، ދެއެއްޗެއް ނުވަތަ ބޮޅު ފަދަ ތަކެތި ބެއްދުމަށް ބޭނުންކުރާ ކުނޑިއެކެވެ. މީގެ ދެ ބާވަތެއް ހުރެއެވެ. އެއީ، ރަން ބައްދާކުނޑި އާއި، ރިހި ބައްދާކުނޑިއެވެ.
ބައްދާކުދެލި
ނ. (ރ) ގާހައް.
ބައްދާއުނދުން
ނ. ވިރިކެކޭތަކެތި ބައްދާން ގެންގުޅޭ ޚާއްޞަ އިންޖީނު އުނދުނެއް.
ބައްދާވައްގަނޑު
މ. އޮޑިދޯނިފަހަރުގައި އެން ދިރުވާން ޖަހާ ފިލާ ހަރުކުރާ ވައް. މިގޮތުން ކޮޅުފަސްކޮޅާއި ދިރުނބާކޮޅުން ވެސް ބައްދައެވެ.
ބުއްދިފިލައިދިއުން
މ. ބުއްދި ނެތިދިއުން.
ބައްދު
ނ. (1) އަރަބި ކަރައިގެ ބާދިޔާގެ މީހާ. (2) ބަދަވިމީހާ. (3) ފޭރޭމީހާ. (4) (ބދ) ތިނަ. (5) އަންހެންކަން.
ބައްދުން
ނ. (1) ފޭރޭމީހުން. (2) ބައްދު މިބަސް ގިނަކޮށް ބުނާ ގޮތް.
ބައްދުރުމާ
ނ. ރަތް ކުލައިގެ ކުރެހުމެއް އަޅާފައި ހުންނަ ރުމާލެއް. މިއީ އިހުޒަމާނުގައި ބަދަވިން ބޮލުގައި އަޅައި އުޅުނު އެއްޗެކެވެ.
ބައްތި
ނ. (1) އަލިކުރާން ދިއްލާއެތި. މިސާލު: (ހ) އުށްބައްތި، (ށ) ފުޅިބައްތި. (ނ) އަތްބައްތި. (ރ) ނެރުބައްތި. (2) އިލޮށި ގަނޑެއްގައި ފޮތިކޮޅެއް އޮޅައިގެން ރޯކުރަން ގެންގުޅޭ އެއްޗެއް.
ބައްތިއެނބުރުން
މ. (1) އިލޮށިގަނޑެއްގައި ފޮތިކޮޅެއް އޮޅައިގެން ބައްތިޔެއް ހެދުން. (2) ދަތުރުކުރާ މީހުންނަށް ދައްކާން ހަދާފައި ހުންނަ ބައްތީގެ އަލިއެނބުރޭ ގޮތްހެދުން.
ބައްތިހެދުން
މ. ބައްތިޔަށް ތެޔޮއަޅައި ހޮޅިފުހެ ފީތާކަނޑައި ދިއްލަން ތައްޔާރު ކުރުން.
ބައްތިހޮޅި
ނ. ބައްތީގެ ހުޅުގަނޑު ނިވުނަ ނުދިނުމަށް ހުޅުގަނޑުގެ ވަށައިގެން ޖަހާފައި ހުންނަ ބިއްލޫރި އެއްޗެއް.
ބައްތިރީސް
ނ. (1) ތިރީސްދޭއް. (2) 23. (3) އެއްތިރީހާއި ތެއްތިރީހާއި ދެމެދުގެ ޢަދަދު.
ބައްތިކޮޅު އަނދިރި
ނ. އަންހެނުންލައި އުޅުނު ފަށުވިއެޅި ލިބާހެއްގެ ނަން. މިއީ އިހުގައި ބަންގާޅުން ގެނެސް އުޅުނު ފޮއްޗެކެވެ.
ބައްތިއުނދުން
ނ. ފީތާލާފައި ހުންނަ އުނދުން.
ބައްތިސާގު
ނ. ފަތްހިމަކޮށް ހުންނަ ހުދުކުލައިގެ ކުރައެއް އަންނަގަހެއް. މިއަށް "ވަލުސާގު" "އުއްބައްތިގަސް" މިހެން ވެސް ކިޔައެވެ.
ބައްތިޖެހުން
މ. ދަތުރުވެރިންނަށް މަގުދެއްކުމަށް ބައްތިޔެއް ބެހެއްޓުން.
ބައްތެލި
ނ. ރިޔާނަގައިގެން ދުއްވާ އުޅަނދެއް. މީގެ ދެކޮޅު މައްޔަލުގައި ކިއްސަރެއް ނުހުންނާނެއެވެ.
ބައްތެލިފަހަރު
ނ. ބައްތެލި މިބަސް ގިނަކުރުމަށް ބޭނުންކުރާގޮތް.
ބައްތެލިދޯނި
ނ. ބައްތެއްޔާ ވައްތަރުކޮށް ބަނދެފައި ހުންނަ ދޯނި.
ބައްލަވައިވޮޑިގަތުން
މ. ބެލުން، މިބަސް މާތް Q އަށް ނިސްބަތްކޮށް ބުނާގޮތް.
ބައްލަވައިގަތުން
މ. ގަތުން މިބަހުގެ މާތްގޮތާއި، އެންމެމާތްގޮތް.
ބައްގަތުން
މ. ބައްވުން.
ބައްގީ
ނ. ބަންދުކުރެވޭގޮތަށް ހަދާފައި ހުންނަ އަސްގާޑިޔާ.
ބައްސައިލުން
މ. (1) ކަނޑުމައްޗަށް އޮޔާލާ ދޫކޮށްލުން. (2) އިހާނެތިކޮށް ހިތުމުގެ ގޮތުން ފޮނުވައިލުން.
ބައްސެރިވުން
މ. (ޏ) ގާތްދެމީހަކު ވަގުތީގޮތުން ދެބަސްވެލުން.
ބައްޑެލަ
ނ. (ސ) ތިކިޖެހިމަސްކާށިދޫނި.
ބައްޑިޔަލަ
ނ. (ޏ) ކުއްލި. (ކުޅިވަރެއް)
ބައްޑިޔާ
ނ. މުށެއް ހުންނަ ދަނޑިގަނޑަކާއި ކޯޅިއެއް ހުންނަވަރުގެ ދަނޑިކޮޅެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރެއް.
ބައްޓަން
ނ. ބޭރުގެބުރު.
ބައްޓަންކަނި
ނ. ޗާކުފިޔޮހީގެ މުށްގަނޑުގެ ފަހަތުކޮޅުގައި ހަރުކޮށްފައި ހުންނައުޅައް.
ބައްޓަންކުރުން
މ. (1) ބައްޓަންލުން. (2) ސިފަގެނައުން. (3) މަޖާޒު: ތަރުބިޔަތުކުރުން.
ބައްޓަންލުން
މ. (1) ބޭރުފުށަށް ފާޑުގެނައުން. (2) ވައްތަރު ރީތިވާގޮތް ހެދުން.
ބައްޕަ
ނ. ބަފާ.
ބައްޕައިބެ
ނ. (ފ) ބައްޕަ ފަރާތު ބޮޑުބޭބެ.
ބައްޕަފަރާތް
ނ. ބަފާގެ މަތިފުށް.
ބައްޕަޑަ
ނ. ޕާޕަރު.
ބައްޕާއިތަ
ނ. (ފ) ބައްޕަ ފަރާތު ބޮޑުދައިތަ.
ބައްޕާފުޅު
ނ. "ބައްޕަ" މިބަސް އެންމެ މާތް ބަހުން ބޭނުންކުރާގޮތް.
ބައްޖު
ނ. (ލ) ރާބަދި.
ބައްޖެހުން
މ. (ސ) (1) ފޮތްލެއްޕުން. (2) ކަންފަތްބައްވުން.
ބަވަ
ނ. އަންގާގެ ނަކަތްތެރިކަމުގައި ދުވަސްބަހާފައިވާ ބައިތަކުގެ ތެރެއިން ބައެއް.
ބަވަނަ
ނ. (ބ،ދ) ދުނިޔެ.
ބަވަނަކުރުން
މ. ދުނިޔޭގައި އެއް ޘަޤާފަތެއް ގެންގުޅެން މަސައްކަތްކުރުން.
ބަވަނަ ސުންދުރަ
(ބ،ދ) ދުނިޔެއިން ރީތި.
ބަވަނާދީއްތަ
ނއ. (ބ،ދ) ދުނިޔެއަށް އިރެއްފަދަ.
ބަވައިގަތުން
މ. އެއްޗެހި ގޮވައިގަތުން.
ބަވަތި
ނ. (1) ދެރަކަމެއް ވާން އުޅޭކަމަށް ފެންނަ ޢަލާމާތް ނުވަތަ ނިޝާން. (2) ކަމެއްވުން އެކަމާ ގުޅިގެން ފަހުންވާނޭ ކަމަކާމެދު ކުރެވޭލަފާ.
ބަވަސް
ނ. ތާކީދު.
ބަވާސީ
ބައްޔެއް. (މިބަލިޖެހޭގޮތަކީ، ފުރަގަސް ފަރާތުގެ ދޮރު ކައިރީގައި ހުންނަ އިސްތަށި ތަކުން އިސްތަށިބުޑެއް ދުޅަވެ ދޮސް ގަނެގެން ނުވަތަ ފުރަގަސް ފަރާތު ދޮރުގެ ކައިރިފަށުގައި ބިއްސެއްޖަހައި ދުޅަވެ މުލިއްސަކަށްވެ ދޮސްގަނެގެން ފުރަގަސްފަރާތު ދޮރުތެރެ އުމަގުވުމެވެ.)
ބަވާޒީ
ނ. ބަވާސީ.
ބ.މ.ބ
ނ. ބައިވެރިވާ މަތީ ބަހާއަށް ކުރުކޮށް ކިޔާގޮތް.
ބަމަ
ނ. (1) މިންއަޅާންގެންގުޅޭ މިނެއް. މީގެ ދިގުމިނަކީ ތިންރިޔަނާ އަށް އަނގުލެވެ. މި މިންބޭނުންކުރަނީ ފެނުގެ ފުންމިން ބެލުމަށާއި ބިމުގެ ބޮޑުމިން ބެލުމަށެވެ. (2) ދެއަތް ދެފަރާތަށް ދަމާލީމާ އެއްއަތުކޮޅުން އަނެއްއަތުކޮޅާ ދެމެދު.
ބަމަރި
ނ. (ބ،ދ) އޮއްޓަރު.
ބަމަރު
ނ. (ބ،ދ) އުނިގަސް.
ބަމަރުފުސްބަ
ނ. (ބ،ދ) އުނިމާ.
ބަމު
ނ. ބަމުން.
ބަމުން
ނ. އުއިގަނޑުގެ ތެރެއަށް ލައްވާން އޮމާން ލަކުޑިން ހަތަރު އަރިއަށް މަށާފައި އެއްކޮޅު ފޭހިފައި އޮންނަ ދެރިޔަން ވަރުގެ ދަނޑިއެއް.
ބަފައިހުޓާ
ނ. (ގ) (1) ބަފައިފުށް. (2) ބަފާ ފަރާތު ތިމާގެ މީހުން.
ބަފައިން
ނ. "ބައްޕަ" މިބަސްގިނަކުރުމަށް ބޭނުންކުރާގޮތް
ބަފައެކޭހަމަކުރުން
މ. އަނބިމީހާ ފިރިމީހާޔާ ދިމާޔަށް "ތިޔައީ ތިމަންގެ ބަފައޭ" ނުވަތަ "ކަލޭ ތިމަންގެ ބަފައެކޭ އެއްފަދައޭ" ބުނުން.
ބަފަމަސް
ނ. (އ) ބަފޯހިކާ.
ބަފާ
ނ. (1) ބައްޕަ. (2) އެމީހަކަށް ދަރި އުފަންވީކަމަށް ޝަރީޢަތް ޤަބޫލުކުރާ ފިރިހެންމީހާ.
ބަފާ ނުކަށަވަރުކުދިން
ނ. ނަހަލާލުކުދިން.
ބަފާ ނުކަށަވަރުވުން
މ. (1) ބަފާ ކަށަވަރުނުވުން. (2) އުފަންބަފަޔަކުނެތުން.
ބަފާބޭ
ނ. ބަފާކަލޭގެ.
ބަފާކަލުން
ނ. ނަބީބޭކަލުން، ރަސޫލުބޭކަލުން، އަޞްހާބުބޭކަލުންފަދަ މާތް ބޭބޭކަލުންގެ ބައްޕާފުޅު.
ބަފާކަލޭގެ
ނ. (1) ބަފާބޭ. (2) އިނދެގެން އުޅޭ ނުވަތަ އުޅުނު މީހާގެ ބައްޕަ.
ބަފާމަތިފުށް
ނ. ބައްޕަފަރާތް.
ބަފޯ
ނ. ބައްޕަ.
ބަފޯހިކާ
ނ. ހިކާގެ ބާވަތެއް. މިއީ އަނގަބޮޑު ހުޅުނބުގިނަ މަހެކެވެ. މިމަހުގެ ތުން ކައިރީގައި ދެނަރުވާ ހުރެއެވެ.
ބަފޯއް
ނ. (އ) އަލަތަނޑު.
ބަދަ
ނ. (1) މައިކަށީގައި ވަކިވަކިން ވަށްކޮށް ހުންނަ ކަށިތައް. (2) އިނގިލިތަކުގެ ހުޅުހުޅާއި ދެހުޅު ދޭތެރޭގައިވާތަން. (3) އުއްދަނޑިއާއި އޮނުފަދަ ގަސްގަހުގެ ދެފަތްވަޅު ދޭތެރެ އާއި މިފަދަ ގަސްގަހުގެ ފަތްފެޅިތަން.
ބަދަހި
ނއ. (1) ފޭރާންހެޔޮ. (2) ހަދައިފައިހުރިލެއް ވަރުގަދަ. (3) ގުޅުންރަނގަޅު. (4) ވަތްގާތް.
ބަދަހިކަން
ނއނ. (1) ފޭރާން ހެޔޮކަން. (2) ހަދައިފައި ހުރިލެއް ވަރުގަދަކަން. (3) ގުޅުން ރަނގަޅުކަން. (4) ވަތްގާތްގާތްކަން.
ބަދަހިވުން
މ. (1) ފޭރާން ހެޔޮވުން. (2) ހަދައިފައި ހުރިލެއް ވަރުގަދަވުން. (3) ގުޅުން ރަނގަޅުވުން. (4) ވަތްގާތްވުން.
ބަދަނާކުރާ
ނ. ކުރުފަލަކޮށް ހުންނަ ކުރައެއް. މީގެ އަނގަބޮޑު ވާނެއެވެ. މިއީ އިހުގައި ގެންގުޅުނު ކަންވާރެކެވެ.
ބަދަނެއްޓުން
މ. މަޖާޒު: ކަށިގޮއްވުން.
ބަދަން
ނ. (1) ބޭހަށާ ކެއުމަށް ގެންގުޅޭ ބޭރުގައި ތޮށިގަނޑެއް އޮންނަ މަދެއް. މީގެ ކިތައްމެ ބާވަތެއްހުރެއެވެ. (2) ލިބާހުގެ އަތާއި އަރިޔާ ގުޅަން އޮންނަ ފޮތިގަނޑު.
ބަދަންތެޔޮ
ނ. ބަދަނުން ހާނާތެޔޮ.
ބަދަބަދަވެޔޮ
ނ. ތަނޑުގަނޑު ހަތަރުއަރިއަށް ބަދަބަދައަށް ހުންނަވެލެއް. މީގެ ކޮންމެ ބަދައަކުން ކުޑަފަތެއް ފަޅަމުން ހެދެއެވެ. މިހެދެނީ ވެލަނބުލިވެޔޮ ފާޑަށެވެ. މިވެލުގެ ތަނޑުގަނޑު ވަރަށް މަޑުވާނެއެވެ.
ބަދަބަދަޖެހުން
ނ. ބަދަބަދަލުން.
ބަދައަށްދެމުން
މ. ގޮވާންގަހުގައި ބަދަޖަހާން ފެށުން.
ބަދަވި
ނއ. (1) ހަށިގަނޑު ވަރުގަދަ. (2) ހެދިފައި ހުރިލެއް ގަދަފަދަ.
ބަދަވީ
ނ. (1) މަގުފޭރޭމީހުން. (2) މަޖާޒު: ކަރައިގެ ބާދިޔާގައި އުޅޭ މީހުން.
ބަދަވީން
ނ. (1) ހަށިގަނޑު ވަރުގަދަ މީހުން. (2) ހެދިފައި ހުރިލެއް ގަދަފަދަ މީހުން.
ބަދަލަށްބަދަލު
ނ. (1) އެއްޗަކަށް އަނެއްކައްޗެއް. (2) ކަމަކަށް ކަމެއް.
ބަދަލަށްބަދަލުހިފުން
މ. ބަދަލު ހިފުން ގަދަކުރުމަށް ބުނާބަހެއް.
ބަދަލި
ނ. (1) ތުނިކޮށްވަށައި އޭގެމަތީގައި ދުލިހިއްޕައި އަޅިބޮނޑި އަޅާޒާތުގެ ތަތްބޭހެއް. (2) ބާވަތަކުމަހެއް.
ބަދަލިލުން
މ. ބަދަލި ވެށުން.
ބަދަލު
ނ. (1) މީހަކު ނެތްތާކު އެމީހަކު ކުރަންވާ ކަންތައް ކުރަންހުންނަ އަނެކަކު. (2) އެކައްޗެއްގެ މަޤާމުގައި ބޭނުންކުރާ އަނެކަތި. (3) އެއްޙާލަކުން އަނެއްޙާލަކަށް ފުރޮޅިގެންދާ ފުރޮޅުން.
ބަލަދު
ނ. ޝަރުޢީގޮތުން މީހަކު ބަލަން ޖެހޭ ޖެހުން.
ބަލަދުއެރުން
މ. ޝަރުޢީގޮތުން މީހަކު ބަލާންޖެހުން.
ބަދަލުހިފުން
މ. މީހަކުކުރި ނުބައިކަމެއްގެ ބަދަލުގައި ނުބައި ކަމެއްކުރުން.
ބަދަލުކުރުން
މ. (1) އެއްޗަކަށް އަނެކައްޗެއް ދިނުން. (2) އޮތްގޮތް ނުވަތަ ހުރިގޮތް ނޫން އެހެން ގޮތެއް ހެދުން. (3) އެއްޗެއްގެ ބަދަލުގައި އަނެކައްޗެއް ބޭނުންކުރުން.
ބަދަލުއަތުލުން
މ. އެއްޗެއްގެ ބަދަލުގައި އަނެއްކައްޗެއް ހިފުން.
ބަދަލުވުން
މ. (1) އެއް ހާލުން އަނެއް ހާލަށް ނަގުލުވުން. (2) ހުރިގޮތްނޫން އެހެން ގޮތެއްވުން.
ބަލަދުވެރިޔާ
ނ. ޝަރުއީގޮތުން މީހަކު ބަލާން ޖެހިފައިވާ މީހާ.
ބަދަލުދިނުން
މ. ކަމެއްގެ ނުވަތަ އެއްޗެއްގެ ބަދަލުގައި ކަމެއްކުރުން. ނުވަތަ އެއްޗެއްދިނުން.
ބަދަޖެހުން
މ. (1) އޮނުފަދަ ތަކެތީގެ ބަދަމަތި ކޮށައި އެއްވަރު ކުރުން. (2) ބަދަލަ މުންހެދޭ ގަސްގަހުގައި ބަދަލާން ފެށުން.
ބަދި
ނ. (1) ފަޅުފަޅާއި ވިލުފަދަ ތަންތާނގައި ހެދެމުން އަރާފައި ހުންނަ ގައުގަނޑުގަނޑު. (2) ރާވެރިން ދެއުނބު ނުވަތަ ތިންއުނބު އެއްކޮށް ބަނދެފައި ހުންނަ ބޮޑެތި ގުޑި. (3) (ޅ.) ރާގޮނޑި އައިން.
ބަދިހަރު
ނ. ބަދިއަޅުވާ ކަނިގަނޑު.
ބަދިހަދު
ނ. ރާވެރިކަމަށް ބޭނުންވާ ސާމާނު.
ބަދިކަނިގަނޑު
ނ. ރައިވެރިން ބަދިއަޅުވާން ޖަހައިފައި ހުންނަ ކަނިގަނޑު.
ބަދިލުން
މ. ރާބޭލުމަށްޓަކައި ރާވެރިން ތިން އުނބު ނުވަތަ ދެއުނބު އެއްކޮށްގެން ހުންނަ ބޮޑެތި ގުޑި އެތުގެ ކޮޅުގައި ހަރުކުރުން.
ބަދިގަނޑު
ނ. ފަރުގައި ނުވަތަ ވިލުގައި ހެދިގެންއަރައި ތިލަވެފައި ހުންނަ ގާތައް.
ބަދިގެ
ނ. (1) ކައްކާން އަޅާފައި ހުންނަގެ. (2) ކެއްކުމުގެ މަސައްކަތްކުރާ ތަން. (3) ރާއަރާން ގެންގުޅޭ ބަދިތައްލާފައި ހުންނަ ގެ.
ބަދިގެކޮޅު
ނ. (1) ރަދުންގެ ފަރިއްކޮޅު ކައްކާ ބަދިގެ. (2) ބަދިގެއަށް މާތްކޮށް ކިޔާގޮތް.
ބަދިގެޔަށްދިޔުން
މ. (1) ގަނޑުވަރުތެރޭ ބޭފުޅުންގެ ބަދިގޭ ނޯކިރީ ހިފުން. (2) މާތްމީހުންގެ ގޭގެގައި އުޅޭމީހުން ކާން ބަދިގެޔަށް ދިޔުން.
ބަދިގޭ ހަނޑޫ
ނ. ގަނޑުވަރުތެރޭގެ ބޭފުޅުންގެ ފަރިއްކޮޅު ކައްކާ މީހުންނަށް މުސާރައެއްގެ ގޮތުން ސަރުކާރުން ދީއުޅުނު ހަނޑޫ.
ބަދިގޭމީހުން
ނ. (1) އެތެރެކޮއިލުގެ ބަދިގެ ބަދިގޭގައި އުޅޭ އަންހެނުން. (2) ބަދިގޭ މަސައްކަތުގައި އުޅޭމީހުން.
ބަދިގޮޅަ
ނ. ދެއުނބުން ބަނދެފައި ހުންނަ ކުދިވަރުގެ ރާގުޑި.
ބަދު
ނއ. (1) ނުބައި. މިސާލު: (ހ) ބަދުނަސީބު. (ށ) ބަދުއަޚްލާޤު. (2) (ލ) މޫދުގައި ހުންނަބަދި.
ބަދުނަސީބު
ނ. (1) ނަސީބުނުބައި. (2) ނަސީބުދެރަ.
ބަދުނާމު
ނ. (1) ނަންހުތުރު. (2) ފަޟީޙަތް. (3) ބޭޒާރު.
ބަދުނާމުކުރުން
މ. (1) ނަންހުތުރު. (2) ފަޟީޙަތްކުރުން. (3) ބޭޒާރުކުރުން.
ބަދުނާމުވުން
މ. (1) ނަންހުތުރުވުން. (2) ފަޟީހަތްވުން. (3) ބޭޒާރުވުން.
ބަދުރާންމަހުކޮލި
ނ. (މ) މޫދުގައިއުޅޭ ރީނދޫކުލައިގެ ވިހަ މަހެއް. މިމަހުގެ ބަނޑުދަށުގައި ލައްތަކެއް ޖަހާފައި ހުރެއެވެ. އަދި މަހުގެ ވަށައިގެން ކަށި ފަޅާފައި ހުރެއެވެ.
ބަދުރާމަހުކޮލި
ނ. (މ) ކޮލީގެ ބާވަތެއް. މިއީ ފަޅުފަޅުގެ ފުން ހިސާބުގައި ވިލުވިލުގައި މަދުމަދުން އުޅޭމަހެކެވެ. މިމަހުގެ ބޭރުފަރާތް ހުންނާނީ ހުދުކުލައާއި ކަޅުކުލައިން އެކުލެވޭ މަންޒަރުތަކެއްގެ ސިފައިގައެވެ.
ބަދުރު
ނ. (1) މަދީނާގެ ކައިރީގައި އޮންނަތަނެއް. (2) ބަދުރޭމިކިޔާ ތާނގައި ހުންނަ މަޝްހޫރުވަޅެއް. (3) ބަދުރު ހަނގުރާމަޔަށް ވަޑައިގަތް އަޞްޙާބުބޭކަލުންގެ ނަންފުޅުތައް ލައިގެން ހަދާފައި އޮންނަ ދުޢާއެއް.
ބަދުރުހަނގުރާމަ
ނ. "ބަދުރު" އޭ ކިޔާ ވަޅުގެ ކައިރީގައި މައްކާގެ މުޝްރިކުންނާ ރަސޫލުQގެފާނު ކުރެއްވި މަޝްހޫރު ހަނގުރާމަ.
ބަދުރުވައިލައިގަތުން
މ. ބަުދުރުވާ ނަކަތްފެށުން.
ބަދުރުވާ
ނ. (1) ފުރަބަދުރުވައާއި ފަސްބަދުރުވަ. (2) ފުރަބަދުރުވައާއި ފަސްބަދުރުވައާއި އެދެނަކަތުގައި އަންނަ ކޮޅިގަނޑު. (3) ބަދުރުވާމަތި. (4) ބަދުރުވާ މޫސުން.
ބަދުރުވާމަތި
ނ. ބަދުރުވާ މޫސުން.
ބަދުރުވާމޫސުން
ނ. ފުރަބަދުރުވަ ފެށުނީއްސުރެ ފަސްބަދުރުވާގެ ނިޔަލަށް.
ބަދުބަސް
ނ. ނުބައިބަސް.
ބަދުއަޚުލާޤީ ޢަމަލުހިންގުން
މ. ޖިންސީގޮތުން ނަހީކުރައްވާފައިވާ ކަންކަން ކުރުން.
ބަދުއަޚުލާޤީ ޢަމަލު
ނ. ޖިންސީގޮތުން ނަހީކުރައްވާފައިވާ ކަންތައްތައް.
ބަދުއަޚުލާޤު
ނ. (1) ނުބައި އަޚުލާޤު. (2) ހުތުރުކޮށްއުޅޭ އުޅުން.
ބަދުދުޢާ
ނ. އަނެކާއަށް ނުބައިގޮތްވުމަށް އެދިކުރާ ދުޢާ.
ބަދެޅި
ނ. ފަރުތޮޅީގެ ބާވަތެއް: މިއީ އާދައިގެ ތޮޅިއަށްވުރެ ކުދިކޮށް ފަތިކޮށް ހުންނަތޮޅިއެކެވެ. މީގެ އަނގަތަންކޮޅެއް ކުޑަވާނެއެވެ. ނަގޫފަތުގެ މަތީކޮޅު ކުރުވާނެއެވެ. ތޮޅީގެ ކުލައަކީ ރިހިކުލައެވެ.
ބަދެވި
ނ. ބަދަވި.
ބަދެލި
ނ. ބަދަލި.
ބަވަތި
ނ. (1) ދެރަކަމެއް ވާން އުޅޭކަމަށް ފެންނަ ޢަލާމާތް ނުވަތަ ނިޝާން. (2) ކަމެއްވުމުން އެކަމާ ގުޅިގެން ފަހުން ވާނޭ ކަމަކާމެދު ކުރެވޭލަފާ.
ބަތަލާ
ނ. އޮޑިދޯނިފަހަރުފެ ކުނބު ގަދަކުރަން ކުނބު ވައްގަނޑު މެދަށް ކަނޑައި ފައްތާ ލަކުޑިގަނޑެއް.
ބަތާ
ނ. (1) ކާނާ. (2) މުސާރަ.
ބަތާ ދެއްވުން
މ. ސަރުކާރުން އުޖޫރަ ދެއްވުން.
ބަތާހަރާމީ
ނ. ތިމާގެންގުޅޭ މީހާޔަށް ހަރާންކޯރުވާ މީހާ.
ބަތާހިނގުން
މ. އިހުގައި އީދު، ބާރަ ދުވަސްދުވަހު، ޞަލަވާތްފުޅު ކިޔަވަން، ބައިހަދާފައި ގޭގެޔަށް ހިނގުން. މިބައިމީހުން ހިނގާނީ، ބޮލުގައި ފޮށާއޮޅައިގެން، ނުވަތަ ރުމާލެއް އަޅައިގެންނެވެ.
ބަތާނަ
ނ. (1) އެތެރޭފަށް. (2) އުނުފޭރާމާއި، ބާލީހާއި، ގޮދަޑިއާއި ސަނދުވާފަދަ ތަކެތީގެ އެތެރޭގައި އޮންނަފަށް. (3) ކުލަ ނުވަތަ ދަވާދު މަތި މައްޗަށްލާއިރު، އެންމެ ފުރަތަމަ ލާފަށް. (4) މަޖާޒު: ގެޔަކަށް ވަދެ އުޅޭ މީހުންގެ ތެރެއިން އެގެއަކަށް އެންމެ ގަދަ މީހާ.
ބަތާނަފުށް
ނ. (1) އެތެރެފުށް. (2) ނުބައިފުށް.
ބަތާނަލުން
ނ. (1) ބަތާނަލައިގެން ފެހުން. (2) ބަތާނަ ހަރުކުރުން. (3) ކުލަ ނުވަތަ ދަވާދު މަތި މައްޗަށްލާއިރު އެންމެ ފުރަތަމަލާފަށް ލުން.
ބަތާކެއުން
މ. މީހެއްގެ ހެވަތުގައި އުޅުން.
ބަތާވިހިލަ
ނ. (ހ) ބަތާވިގައު.
ބަތާވިކަރަ
ނ. އިންޑޮނޭޝިޔާގެ ބަތާވިއާ ހިސާބަށް އިހުގައި ކިޔައި އުޅުނުނަށް.
ބަތާވިގާ
ނ. އަލިފާން ފަރުބަދަ ގޮވައިގެން އުފެދޭ ހިލައެއް. މިހުންނަނީ ހުހި ވައްފާޑަށް ފެންމައްޗަށް އަރާހެން ލުއިކޮށެވެ.
ބަތާސާ
ނ. ކުކުޅުބިހު ތޮށްޓަށް އަޅާ ބަޑިކުޅި.
ބަތުވިހަ
ނ. ގިނައިން ބަތްކައިގެން ހަޖަމުނުބައިވާ ނުބައިވުން.
ބަތުވިހަވުން
މ. ގިނައިން ބަތްކައިގެން ބަނޑު ނުބައިވުން.
ބަތުތެޔޮ
ނ. ރޫސިހާބަތު ތެޔޮ.
ބަތެ
ނ. ބަތް.
ބަތެގޮޅާ
ނ. ތަތްބޮނޑިބަތް.
ބަތް
ނ. ފެންއަޅައިގެން ރޯފިލުވި ހަނޑޫ.
ބަތް ގެ
ނ. ބަތްފިޔަފާޅި.
ބަތްރުމާ
ނ. ކާއިރު އުނގުމަތީ އެޅުމަށާއި އަތާއި ތުން ފުހެލުމަށް ބޭނުން ކުރުމަށްޓަކައި ފޮތިން ނުވަތަ ކަރުދާހުން ހަދާފައި ހުންނަ ރުމާ.
ބަތްކަނދި
ނ. ހަނޑުލުގައި ކައްކާ ކަނދި.
ބަތްކައްކާ
ނ. ކުޑަކުދިން ކުޅޭ ކުޅިވަރެއްގެ ނަން. މިކުޅިވަރުގައި ކެއްކުމުގެ ނަކަލު ކުރަނީއެވެ.
ބަތްކައްކާކުޅުން
މ. ބަތްކައްކާ މިނަންކިޔާ ކުޅިވަރު ކުޅުން.
ބަތްކާތަށި
ނ. އެކަނިކާތަށި.
ބަތްކޭފާރު
ނ. އިހުގައި މާލޭގެ މައިތޮށީގެ އެންމެ އިރަށް އޮތް ބުރިވަރު.
ބަތްފިޔަފާޅި
ނ. މައުލޫދާއި ސަމާ ފަދަ ކަންކަމުގައި، ކާބޯތަކެތި ގެންގުޅޭން ވަކިން ހަދާފައި ހުންނަ އެއްފުރާޅު ގެއެއް.
ބަތްފުކުމެޓާ
ނ. ބަތްފުކެއްގެ ބޮޑުމިނުގައި އެކި ކުލަކުލައިގައި ހަދާފައި ހުންނަ މެޓައެއް.
ބަތްފެން
ނ. (ޏ،ސ) ބަތްޕެން.
ބަތްފޮށާ
ނ. އިހުގައި ފިރިހެނުން އުނަގަނޑުމަތީ ބަނދެ އުޅުނު ކުޑަފޮށައެއް.
ބަތްފޮޅި
ނ. ބަތްޕޮޅި.
ބަތްތަށްޓެއްގެ އެއްފަޅިއެއް ނުކާނަމެވެ.
"ބަތްތަށްޓެއްގެ އެއްފަޅިއެއް ނުކާނަމެވެ." ގބ. ދެއަންބަށް އިންނާން ދެކޮޅު ހެދުމުގެ ގޮތުން ބައެއް އަންހެނުން ބުނެއުޅޭ ބަހެއް.
ބަތްތަރަފަނަ
ނ. ބަތްހިއްކާ ތެލުލައިގެން ހަދާ ތަރަފަނަ.
ބަތްގަނޑު
ނ. ސަމާސާ ބަހުރުވައިގައި ޖާފަތް.
ބަތްޕެން
ނ. ބޯންކައްކާ ދިޔާ އެއްޗެއް. މިކައްކަނީ ހަނޑުލުގައެވެ. މިއެކިބާވަތަށް ކިތައްމެ އެއްޗެއްގައި ކައްކައެވެ.
ބަތްޕެންހިކާ
ނ. ހިކާގެ ބާވަތެއް. މިމަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެވެ. ބޮލުން ފެށިގެން މަހުގެދިގަށް ފުޅާ، ގަދަ މުށިކުލައިގެ ބޭންޑެއް ހުރެއެވެ. ބުރިކަށިމަތީގައި ހުންނަނީ މުށިކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ މަޑު ރީނދޫ ކުލައެވެ.
ބަތްޕޮޅި
ނ. ހަނޑޫ ފޮޅަން ގެންގުޅޭ އެއްޗެއް. މިހުންނަނީ އެއްކޮޅު ގޮނިކޮށް ރުކު ފަތީން ވިޔެފައެވެ.
ބަތްޕޮޅިކޮކާ
ނ. ކޮކާ މަހުގެ ބާވަތެއް. މިއީ މުށިކުލަޔާއި އޮރެންޖު ކުލައިގެ ކުރެހުން ތަކެއް ހުންނަ މަހެކެވެ. މިމަސް ހުންނަނީ ކޮކާލަކާ ވައްތަރު ގޮތަކަށެވެ.
ބަތްޕޮޅިމަސް
ނ. ފަރުފަޅުގަޔާއި އެތެރެވަރީގައި ދިރިއުޅޭ، މަހެއް. މިހުންނަނީ ބަތްޕޮޅި ބުރަށެވެ. މަހުގެ ކުލަޔަކީ އަޅިކުލަޔާއި މުށިކުލައެވެ. ކޮތަރިބަޔާއި ނިގޫފަތުގައި ހުންނަނީ މުށިކުލައެވެ.
ބަތްޕޮޅިގާ
ބަތްޖެހުން
މ. ހަނޑުލު ބޮނޑިބަތް ފޯލިކޮށް އޮޅައި މިލުވާފައި ހުންނަ ކެޔޮފަތަށްލައި އޭގެ ދެކޮޅު ބަންދުކޮށްލުން. މިކަން ކުރަނީ ބަދިގޭ މީހުންނާއި މެދުރި މީހުންނެވެ. މިއީ ރަސްމީ ގޮތުން އޮލީ ކިޔަވާއިރު ކައްކާ ބޮނޑިބަތެކެވެ.
ބަލަ
އ. (1) ހޭ އަރުވައިލުމަށް ބުނާ ބަހެއް. (2) ކަމެއް ކުރުމުގެ ހުއްދަ ދިނުމަށް ނުވަތަ، ލުއިކޮށްލުމަށްޓަކައި ބަހުގެ ފަހަތަށް ގެންނަ އަކުރެއް. މިސާލު. (ހ) އައިސްބަލަ! (ށ) ގޮސްބަލަ! (ނ) ދީބަލަ!
ބަލަށް އެހެލުން
މ. (1) ބާވެގެން ދެން ނުދުއްވާން އެއްގަމަށް އެރުވުން. (2) މަޖާޒު: ބޭނުންކޮށްގެން، އުޅޭ އެއްޗެއް، ދެން ބޭނުން ނުކުރާން ބެހެއްޓުން.
ބަލަން
ނ. (މަލިކު) ގަހުކާނާ.
ބަލަބަލާހުރުން
މ. އިންތިޒާރުގައި ހުރުން.
ބަލަބިންފާޅަ
ނ. (ގ) މާފާޅަ.
ބަލައިގަތުން
މ. (1) ޤަބޫލުކުރުން. (2) ހަވާލުވުން. (3) ޖަވާބުދިނުން.
ބަލަދު
ނ. ޝަރުޢީގޮތުން މީހަކުބަލަން ޖެހޭ ޖެހުން.
ބަލަދުއެރުން
މ. ޝަރުޢީގޮތުން މީހަކު ބަލާންޖެހުން.
ބަލަދުވެރިޔާ
ނ. ޝަރުޢީގޮތުން މީހަކު ބަލާންޖެހިފައިވާ މީހާ.
ބަލަގަ
އ. (1) ބަލާނދެ! (2) އމ. ބެލުމަށް ކުރާ އަމުރު.
ބަލަސް ބޮޑު އޮޑިއަށް އަރާށެވެ.
(މުސްކުޅި ބަސް) ދުވަސްވެފައި ތިއްބަސް ހަރުމީހުނާ އެކުގައި އުޅުމަށް ނަޞޭޙަތްތެރިވުމުގެ ގޮތުން ބުނެއުޅޭ ބަހެއް.
ބަލާ
ނ. (1) ބޮޑެތި އާފާތް. (2) އމ. ބެލުމަށްކުރާ އަމުރު. (3) ބެލުން، މިބަހުގެ ވާކަން.
ބަލާހިންގެވުން
މ. ރަސްމީ ބައެއް ކަންތައް ތައްޔާރުކުރަން އުޅޭ މީހުން. އެކަމަށް ގެންނާންވީ ބަޔަކު ހާޟިރުވުމަށް އަންގާން ދިއުން. މިސާލު: މާލޫދު ފެށުމަށް. އަހަރުމަތި ކިޔެވުމަށް. ބަލާދިއުން.
ބަލާނދެ
އ. މީހަކުކުރާ ކަމަކަށް ސިއްސައިލުމަށް ނުވަތަ ހޭއަރުވައިލުމަށް ބުނާބަހެއް.
ބަލާބަލަ
އމ. (1) އަނެކާއަށް އެއްޗެއް ދެއްކުމަށް އެދިގެން ބުނެއުޅޭބަހެއް. (2) އ. ހޭއަރުވައިލުމަށް ނުވަތަ ހައިރާންކަން ފާޅުކުރުމަށް ބުނެއުޅޭބަހެއް.
ބަލާބަލިމަޑުކަން
ނ. ބޮޑެތި ބަލިބައްޔާއި މުޞީބަތް. މެދުވެރިވެފައިވާކަން.
ބަލާބެލުން
މ. (1) ބަލާގޮތް. (2) ބަލަހައްޓާގޮތް. (3) ފެންނަފެނުން.
ބަލާބޮޑުކުރުން
މ. ގެންގުޅެ ބޮޑުކުރުން.
ބަލާވެރިކަން
ނ. (1) ބޮޑެތި އުނދަގޫ. (2) މުޞީބާތް.
ބަލާފާވުން
މ. (1) މުޞީބާތެއް ފެށުން. (2) އުނދަގުލެއް ފެށުން.
ބަލާދުރު
ނ. ކަނޑުން ލައްވާ އެންދެރިއޮއް.
ބަލާޖެހުން
މ. ބޮޑެތި މުޞީބާތް ފޮށުން.
ބަލާޣާތްތެރި
ނއ. އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން ހުރި.
ބަލާޣާތް
ނ. އަދަބީ ކަންތައްތަކުގައި ހުންނަ ކުޅަދާނަކަން.
ބަލާޣާތްތެރިކަން
ނ،އ،ނ. އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން ހުރިކަން.
ބަލި
ނ. (1) ހަށިގަނޑުގެ ހިނގުމަށް ބުރޫއަރާ ސަބަބު. (2) ޞިއްޙަތަށް ގެއްލުން ލިބޭގޮތުން ހަށިގަނޑަށް ހުށަހެޅޭ ކަންތައް. (3) ބާރުދެރަ. (4) ވަރުދެރަ. (5) ދުޅަހެއިކަމުގެ އިދިކޮޅު. (6) ވަރުގަދަ ކަމުގެ އިދިކޮޅު. (7) ވައިބާރުކަމުގެ އިދިކޮޅު.
ބަލިހަލާލުން
މ. އެތެރެހަށީގައި ހުރި ބައްޔެއް ލުއިވެފައި ހުރެފައި، އަނެއްކާ އެބަލީގެ އުނދަގޫ ފެށުން.
ބަލިހާލު
ނ. ބަލިވެ އުޅޭ އުޅުން.
ބަލިހެލުން
މ. (ސ) (1) މީހެއްގެ ހުންނަ ވިޔާނުދާ ހަޑިހުތުރު ޢަމަލެއް ތަކުރާރު ކުރުން. (2) (މަޖާޒު): ދާއިމީ ބައްޔެއް ހުރުމާއެކު ދުވަސް ދުވަސްކޮޅުން ބަލިނުބައިވުން.
ބަލިނެގުން
މ. (1) ހަމުން ބަލިފާޅުވުން. (2) ވިޔާތްގާއި ބޯވަ، ފަދަބަލިބަލި މުލުން ލުއްސައިލުން. (3) ބައެއް ގަސްގަހުން ބަލިފާޅުވުން.
ބަލިބަލާކަށިގަނޑު
ނ. (1) ކަންފަތުގައި ޖަހައިގެން ބަލިމީހާ ހަށިގަނޑު އެތެރޭގެ އަޑުތައްއަހަން ދަކްތަރުން ގެންގުޅޭ އާލަތެއް. (2) ބަލިބަލާއެތި.
ބަލިބަލާއެތި
ނ. ބަލިބަލާ ކަށިގަނޑު.
ބަލިބުރަ
ނއ. ބަލިވެ އުޅޭ ވައްތަރުޖަހާ.
ބަލިބުރަކެއުން
މ. ބައްޔެއްގެ ސަބަބުން ލޮޑުވެފައިވުން.
ބަލިބެލުން
މ. ބަލިހޯދުން.
ބަލިކަށި
ނއ. (1) ހަށިގަނޑު ނިކަމެތި. (2) ވަރުދެރަ.
ބަލިކަށިކަން
ނއނ. (1) ހަށިގަނޑު ނިކަމެތިކަން. (2) ވަރުދެރަކަން.
ބަލިކަށިވުން
މ. (1) ނިކަމެތިވުން. (2) ވަރުދެރަވުން.
ބަލިކަން
ނއނ. (1) ވަރުދެރަކަން. (2) ބަލިވެއުޅޭކަން. (3) ނ. އުފެދިފައި ހުންނަ ބަލި. މިސާލު: މިއުޅެނީ، މީނާގެ ފައިގައި ބަލިކަމެއް ނަގައިގެންނެވެ. (4) (ޏ،ސ) މޭވާފަދަ ތަކެތީގައި ހުންނަ ލައްލައްގަނޑު.
ބަލިކަލޯ ބޮލަށް ދެތުޅާ
މބ. ބަޔަކު މީހުންނަށް ލިބޭންވީ ހުތުރެއް އޭތެރޭހުރި އެންމެ ދެރަމީހާޔާ މަތިކުރުމުން ބުނެއުޅޭބަހެއް.
ބަލިކުރުން
މ. ދެރަކުރުން.
ބަލިއެރުން
މ. (1) ބައްޔެއް އެކެއްގެ ގައިން ނުވަތަ އަނެކަކުގެ ގަޔަށް ނުވަތަ އެކައްޗަކުން އަނެއްކައްޗަކަށް ފޯރުން. (2) އެއްރަށުގައި އުޅޭބައްޔެއް އަނެއްރަށަކަށް ދިއުން.
ބަލިވުން
މ. (1) ޞިއްޙަތަށް ގެއްލުންލިބޭ ކަހަލަ ކަމެއްވުން. (2) ދެރަވުން. (3) ވަރުބަލިވުން.
ބަލިވެއިނުން
މ. މާބަނޑުވުން.
ބަލިމަޑުކަން
ނ. (1) އެބައްޔެއްގައި އުޅޭތާ ގިނަދުވަސް ވެފައިވާ ބަލިބަލި. (2) ހަމުންނަގާ ނުރައްކާތެރި ބަލި. (3) ރޯގާ. (4) ވެއްޓޭބަލި.
ބަލިމަޑުވުން
މ. ވެއްޓޭބަލި ޖެހިފައިވާ މީހަކު އެބަލީގައި ވެއްޓުން.
ބަލިމާނު
ނ. ރާމާމަކުނު އާއިލާގެ އެއަށްވުރެ އިންސާނެއްގެ ސޫރައާ ވައްތަރު ބޮޑު ބަނޑެއް ހުންނަ ޙައިވާނެއް.
ބަލިމީހާ
ނ. ބަލިވެ އުޅޭ މީހާ.
ބަލިފައި
ނ. މަޖާޒު: (1) މީހެއްގެ ފުށުން ވެފައިހުންނަ ދެރަކަންތައް. (2) މީހެއްގެ ކިބައިގައި އަށަގެންފައި ހުންނަ އެމީހަކު ލަދުގަންނަންޖެހޭ ސިފަ.
ބަލިފައިގައިހިފުން
މ. (1) މީހަކު ދެރަކުރުމަށް އެމީހެއްގެ ފުށުން ވެފާއޮތް ދެރަކަމެއްގެ ވާހަކަ ގޮވައިލުން. (2) މީހެއްގެ ކިބައިގައި އަށަގެންފައި ހުންނަ އެމީހަކު ލަދުގަންނަންޖެހޭ ސިފައެއްގެ ވާހަކަ ގޮވައިލުން.
ބަލިފިލުން
މ. (1) ބަލިފަސޭހެވުން. (2) ބަލިރަނގަޅުވުން.
ބަލިފޫޅު
ނ. ރާޒުވާފަދަ ކުޅިވަރު ކުޅެގެން ވިދިވިދިގެން ތިންފަހަރު ބަލިވިމީހާ.
ބަލިޖެހުން
މ. ބައްޔެއް އަށަގަތުން.
ބަލްމާނާސް
ނ. ނާޒޯގުފަހަރުގައި ދިރުނބާ ދައްސޫރާގައި އެމުނިރިޔާ ލައްވަން ހުންނައެތި.
ބަގަ
ނ. (1) ވައްތަރު. (2) ކަހަލަ. (3) އެކުވެރިވެގެން އުޅޭ ދަށް ފަންތީގެ ބައިގަނޑު.
ބަގަބަގަ
ނ. ބޮނގޮބޮނގޮ ކަހަލަ އަޑެއް.
ބަގަޅު
ނ. (ބ،ދ) ވާ (އުދުހޭވާ).
ބަގައްދަރު
(ބ،ދ) ކަކޫ.
ބަގާ
ނ. (ބ،ދ) ފުނޑީމައި ކުޅިލަވާތަކެތި.
ބަގިޔާ
ަނބުރާ ހަރުކޮށްފައި އޮންނަ ރޮއްޖަކުން ދެހިރު ދޭތެރެގައި ފިތިފައި ހުންނަ ގޮތަށް ޖަހާ މަޅިތަކެއް. (2) ދިވެހިލިބާހުގެ ބޯވަޅު އަޅާއިރު، ޖަހާފައި ހުންނަ ބަގިޔާގެ ބަދަލުގައި އެޅުމަށް ކަސަބާއި ފަށުވިން ނުވަތަ ބަރަނިން، ތަފާތު ކުރެހުމެއް ގަތާފައި ހުންނަ އެއްޗެއް.
ބަގިޔާޖެހުން
މ. (1) ރޮދި ހަރުކޮށްގެން ބަގިޔާއަކަށްވާ ގޮތަށް ތިނޯހުން ރޮދި ޖެހުން. (2) ފަލިޖެހުން.
ބަގީޗާ
ނ. ބާވަތް ބާވަތުގެ ގަސްތައް ތަރުތީބެއްގެ މަތިން އިންދައި ބަލަހައްޓާ ތަންގަނޑު.
ބަގީޗާ ހެއްދުން
މ. ބާވަތް ބާވަތުގެ ގަސްތައް ތަރުތީބެއްގެ މަތިން ވަކިތަންގަނޑެއްގައި އިންދައިގެން ހެއްދުން.
ބަގީޗާ ކުރުން
މ. އަރާމު ކޮށްލާން ބަގީޗާ ތެރޭގައި ހިނގުން.
ބަގީޗާމުރަނގަ
ނ. ކާޅު މުރަނގަ.
ބަގީޗާގަސް
ނ. (1) ފަތްވެރުން މަދު ބިޔަނުވާ ރީތިގަސް. މިސާލު: ދޮންފަތް ބަގީޗާ، ފަރުދާ ބަގީޗާ. (2) ރީއްޗަކަށް އިންދާ، ބިޔަނުވާކަހަލަ، މޭވާނާޅާ ގަސް.
ބަގުޑި
ނ. (1) ދެއަތުން އޮޅުލައިގަންނަ ގޮތަށް މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި، ނުވަތަ އެއްޗެއްގައި ބައްދާ ބެއްދުން. (2) ލައްޓި.
ބަގުޑިބެއްދުން
މ. މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި، ނުވަތަ އެއްޗެއްގައި ދެއަތުން އޮޅުލައިގަންނަ ގޮތަށް ބެއްދުން.
ބަގުޑިއްޕައިންއިނުން
މ. (މަލިކު) ފޫޑުފައި ހެދުން.
ބަގުޑިލުން
މ. (1) ބަގުޑި ބެއްދުން. (2) މަޖާޒު: ދަހިވެތިކަމާއެކު، ކަމެއްގައި ހިފަހައްޓައިގެން އުޅުން.
ބަގެލަ
ނ. މުސްކުޅިގޮތަށް ގެއްލާއިރު ދޭކަށް ކިޔާނަމެއް.
ބަގެ
ބަގޮނާ
ނ. (ގ) ފޭރާންވެރީންގެ ބަބުނަ.
ބަގޮނަ
ބަގޯޅު
(ބ،ދ) ސޮހޯކަން.
ބަގޯލު
ނ. (ބ،ދ) މޮޔަކަން.
ބަސަންދަނަ
(ބ،ދ) އެންމެހައި މާތްކަން ލިބިގަތުން.
ބަސަރާއަށް ކަދުރު ވިއްކުން
"ބަސަރާއަށް ކަދުރު ވިއްކުން" (މިސާލުބަހެއް) (1) އެއްޗެއް ނުހަނު ގިނައިން ހުރި ތަނަކަށް ހަމަ އެކަހަލަ އެއްޗިހި ވިއްކަން ގެންދިއުން. (2) މަޖާޒު: ކަމެއްގެ މާހިރަކަށް އެކަމެއްގެ ގޮތް ކިޔައި ދިނުން.
ބަސަޅަ
(ބ،ދ) ކަށި ހުނބުޅު.
ބަސަޅު
ނ. ވަޅު ކުރަތްޕެއްގެ ސިފައިގައި ކުޑަކޮށްތިބޭ ފެހިކުލައިގެ ދިރޭ އެއްޗެއް. މީގައި ވަރަށް ގަދަ ނުބައި ވަހެއް ދުވާނެއެވެ. މިގިނައިން އުދުހެނީ އިރުއޮއްސޭ އިރުއެވެ.
ބަސިސަ
ނ. (ބ،ދ) ދުނިޔަ (ދުނިޔެ).
ބަސިސަލޯކަ
(ބ،ދ) ދުނިޔެއަށް ހެޔޮގޮތުގައި މަޝްހޫރު ވެފައިވާ.
ބަސް
ވައިގެން ދުއްވާ ބޮޑު އެއްގަމު އުޅަނދެއް. (6) އިބާރާތެއް ދޭހަވާ ވަކިވަކި އިބާރާތް. މިސާލު: ހަރުބަސް، މިސާލުބަސް. (7) ބުނާ ބުނުން. (8) ކަމަކާމެދު މީހަކު ކަނޑައަޅާ ބުނާގޮތް. (9) ކަމަކާމެދު މީހަކު ދެކޭގޮތް. މިސާލު: މިކަމާމެދު މުޙައްމަދުގެ ބަހެއްވެސް ހޯދާށެވެ.
ބަސް ފުރޮޅުން
މ. ބަހުގެ އަކުރުތައް އިސްފަސް ކުރުން ނުވަތަ އޮޅުވުން. މިސާލު: (ހ) ލަކޭ - ކަލޭ. (ށ) މަދަރުވެރިކަން، ދަރުމަވެރިކަން. (ނ) "ތުންގުރާހުޅަވާތިފަޅުކަ" ހުޅަނގުފަރާތުން ކަޅުވާތި.
ބަސްހުއްޓުން
މ. (1) ހާލުނެތިގެންގޮސް ވާހަކަ ނުދެއްކޭ ވަރުވުން. (2) ބުނާނެ އެއްޗެއް ނޭނގިގެން އަނގައިން ނުބުނުން.
ބަސްހޮއްލުން
މ. (1) ބަސް މޮށެވުން. (2) މާތް ދެމީހަކު ދެބަސްވެ ޒުވާބު ކުރުން.
ބަސްހޮއްލޭވަރަ
ނ. (ސ) ވާހަކަ ދެއްކުން ފެށޭ އުމުރު.
ބަސްނަ
(ބ،ދ) ފައިބޭއިން.
ބަސްނުވިކުން
މ. (1) ބުނާބަހުގެ އަގެއް ނެތުން. (2) އެމީހަކު ބުނާ ބަހެއް އެހެން މީހުން ގަބޫލު ނުކުރުން. (3) އަމުރު ނުހިނގުން.
ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށެވެ.
"ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށެވެ." (ހަރުބަސް) ބަސްގަބޫލު ނުކުރާ ބަޔަކަށް މަގުދައްކާ މީހަކަށް ނުވާށެވެ.
ބަސްނޭހުން
މ. (1) ބުނާބަސް ގަބޫލު ނުކުރުން. (2) ކިޔަމަންތެރިނުވުން.
ބަސްބުނިހިނދުން
ކއ. (1) އެސާހިތު. (2) ވަރަށް އަވަހަށް. (3) ހަމަ އެވަގުތު.
ބަސްކަވައިލުން
މ. ކަމަކާމެދު ދޭލަފައެއް ގަބޫލުނުކޮށް ތިމާއަށް ފެންނަ ގޮތަކަށް އެކަމެއް ކޮށްގެން ދެރަލިބުނީމާ ބުނެއުޅޭ ބަހެއް. މިސާލު: އޭނާ އެކަން އެކުރީ ނުވަތަ ކަލޭ ތިޔަކަން ތިޔަކުރީ އަހަރެންގެ ބަސް ކަވާލާފައެވެ.
ބަސްކާރަ
(ބ،ދ) ހަރުކޮށްގަތުން.
ބަސްކިއުން
މ. (1) ޖަމާޢަތެއްގެ ފަރާތުން އިސްވެ ވާހަކަ ދެއްކުން. (2) ހިލޭ އަންހެނަކާ މޮށުން.
ބަސްކޮށާރު
ނ. ޖަމާވެފައި، ނުވަތަ މީހަކަށް އެނގިފައިވާ ބަސްތައް.
ބަސްއައުން
މ. ބުނާއެއްޗެއް ވިސްނުމަށް އައުން.
ބަސްއެހުން
މ. (1) ކިޔަމަންތެރިވުން. (2) ބުނާބަސް ގަބޫލު ކުރުން.
ބަސްވާރު
ނ. ބަހަށް ކުޅަދާނަމީހާ.
ބަސްވިކުން
މ. ތިމާގެ ބަސް އަނެކުން ގަބޫލުނުކުރުން.
ބަސްމަގު
ނ. ވާހަކަ ދައްކާގޮތް.
ބަސްމޮށުން
މ. ވާހަކަ ދެއްކުން.
ބަސްމޮށުންތެރި
ނއ. ވާހަކަ ދެއްކުމުގެ ކުޅަދާނަކަންހުރި.
ބަސްމޮށުންތެރިކަން
ނއނ. ވާހަކަ ދެއްކުމުގެ ކުޅަދާނަކަންހުރިކަން.
ބަސްފޮނި
ނއ. (1) ތިމާގެ ނެތް މޮޅުކަމެއްގެ ބަހުން ދައްކާ. (2) ބަސްމަގު ރީތި.
ބަސްފޮތް
ނ. ބަހުގެ މާނަ ލިޔެފައި ހުންނަ ފޮތް.
ބަސްދާ
ނ. (ސ) ބަސްތާ.
ބަސްދާގޯނި
ނ. (ސ) ބޮޑެތިގޯނި.
ބަސްދާޖެހުން
މ. (ސ) ގުދަނެއްގައި ނުވަތަ އެހެންވެސް ތަނެއްގައި އެފަދަ ތަނެއްގައި އެއްބަސްތާ އަނެއްބަސްތާއާ ޖެހޭގޮތަށް ހުސްތަންކޮޅެއް ދޫނުކޮށް ބަސްތާތަކެއް ބެހެއްޓުން.
ބަސްދީބަސްގަތުން
މ. (މިސާލުބަހެއް) ވާހަކަ ދައްކައިގެން އަނެއްމީހާގެ ހިތުގައި އޮތް އެއްޗެއް ހޯދުން.
ބަސްތާ
ނ. އެއްޗެހި އަޅައި ތުންފަހައިފައި ހުންނަ ގޯނި.
ބަސްތީ
ނ. ރަށުގައި މީހުން އުޅޭ ހިސާބު.
ބަސްގަދަކުރުން
މ. (1) ތިމާގެ ބަސް އެހެންމީހުންގެ މައްޗަށް ހިންގުން. (2) ބަސްފަށްކުރުން.
ބަސްގިނަ
ނއ. (1) އަނގަގަދަ. (2) ގިނައިން ވާހަކަ ދައްކާ.
ބަޑަ
ނ. (ސ) (1) ކެޔޮގަހުގެ ގަސްގަނޑު. (2) ޒުވާރީގެ އޮށްތައް ނޮޅައިލީމާ އޮންނަ ކަރުގަނޑު. (3) (ޏ) ގަޅި. (4) (ލ) ބަނޑު.
ބަޑަކޮއްޓުން
މ. (ސ) ކޮރުން.
ބަޑަމަށްދިޔުން
މ. މަތީ ކިބައިގައި ހުންނަ ދޯންޏެއްގެ ދަށް ފަރާތުން ފަސްކަންޏާ ހަމައަށް ދިއުން. މިތަނަށް ދަނީ ކުރީގައި އޮންނަ ދޯނިންއުކާ އެމުން މަސްބޭނުމުގެ ބޭނުމުގައެވެ.
ބަޑަމު
ނ. މަސްއައިނުގައި އޮންނަ ދޯނީގެ ދަށް ފަރާތުން ފަސްކަންޏާ ހަމަ.
ބަޑަފައް
ނ. (ސ) ބަޑުފަތް.
ބަޑަދަނޑި
(ސ) ތަންޑިޔާ.
ބަޑަލުން
މ. (ޏ) ގަޅިއުކުން.
ބަޑާލުން
މ. (ޏ،ސ) ގަސްގަހަށް ގަޅިއުކުން.
ބަޑަޖެހުން
(ސ) ކޮރުޖެހުން.
ބަޑާދަނޑި
ނ. (ސ) ފަސޭހައިން އެއްއަޑާއެކު ބިންދާލެވޭ ކަހަލަ ދަނޑި. އާންމުކޮށް މިނަން ކިޔަނީ ދިއްގާގަހުގެ އާރުނުލާ ބާވަތުގެ ދަނޑިއަށެވެ.
ބަޑި
ައިލާގޮތަކުން އިވޭ އަޑު. (8) ބައެއް ބާވަތުގެ ރޯފަތް އަނދަމުންދާއިރު އެއިން އިވޭ އަޑު. (9) ގުޅަ ތެލުލާއިރު ގުޅަ ފަޅައިގެންދާ އަޑު. (01) ތަންތަނަށް ގިރިސްޖަހަން ގެންގުޅޭ އާލާތެއް. (11) ގޭސް އުނދުން ރޯކުރުމަށް އަލިފާން ކެނޑޭގޮތަށް ހަދައިފައި އޮންނަ އާލަތެއް.
ބަޑިހަރު
ނ. (1) ބޮޑުބަޑި އެއްތަނުން އަނެއްތަނަށް ގެންދިއުމަށާއި އެގޮތައްވުމަށް ބާއްވާ ގާޑިޔާ. (2) ބުރުޒުގައި ބޮޑުބަޑި ބަހައްޓާން ހަދައިފައި ހުންނަ ތަންތަން.
ބަޑިހިފުން
މ. ކައިތުވައްބަޑީގެ ކަންތައް ފަރިތަކުރުން.
ބަޑިހިލަ
ނ. ޖަންބޫރަ ގޮއްވަން ބޮކުގެ ދަށުގައި ތަތްކުރާން ގެންގުޅޭ އަލިފާން ކެނޑޭ ހުދުހިލަ.
ބަޑިހެވި
ނއ. ބަޑިޔަށް ކުޅަދާނަ.
ބަޑިހެވިކަން
ނއނ. ބަޑިޔަށް ކުޅަދާނަކަން.
ބަޑިހެލުން
ދޭތެރެއަށް ރަދުންގެ އަރިހުގައި ލަޝްކަރިން ހާޒިރުވެ ހެޔޮދުޢާކުރައްވައި ފުރޮޅުމަތީ ބާއްވައިފައި އޮންނަ ބަޑިޔެއް ހަލުވައި ލެއްވުމެވެ. މިބަޑިހަލުވައިލެއްވުމާއެކު ބޮޑުކޯއްޓޭ ބުރުޒުންނާއި ނާނޭ ބުރުޒުންނާއި، އާބުރުޒުންނާ، މިކޮންމެ ބުރުޒަކުން ބަޑިޔެއް ޖަހާނެއެވެ.
ބަޑިބަޑި
ނ. (1) މެދުރީ ބޭކަބަލުން އަހަރަކު އެއްފަހަރު ފާރުން އަތިރީގައި ކުޅުއްވާ ކުޅިވަރެއް. (2) މަޖާޒު: ރުޅި އައިސްގެން ކުރާ އަންގަދަތަކެއް ނުވަތަ، އުޅޭގޮތްތަކެއް.
ބަޑިބަޑިކުޅުން
ަންޖަހައި މިކަމުގެ މަސައްކަތް ނިމޭ ދުވަހު، އެތަނުގެ ކުނިފަން ސާފުކުރަން ނުކުންނަ އަންހެނުންނާއެކު މެދުރި މުސްކުޅި ބޭކަނބަލުން ކުޅުއްވައި އުޅުއްވި ކުޅިވަރެކެވެ. މިކުޅިވަރު ކުޅެނީ މައި ފާރުން ބޭރުގައެވެ. މިކުޅިވަރު ކުޅޭތަނަށް ފިރިހެނުން އައުން މަނާވާނެއެވެ.
ބަޑިބުރުޒު
ނ. ބަޑިބަހައްޓާ ކިއްލާ.
ބަޑިބެރު
ނ. ރަސްމީ ބައެއް ކަންތަކުގައި ބޮޑުބަޑި ޖެހުމާ ވިދިގެން ޖަހާބެރު.
ބަޑިބޭހުކުޅިވަރު
ނ. އަލިފާނު ކުޅިވަރު.
ބަޑިބޭސް
ނ. ބަޑި ގޮއްވަން އަޅާ ކަޅުކުނޑި، މިހަދަނީ، ދެއްޔާ ބާރޯޒާއި، ކައްސަނދުވާނި އެއްކޮށްގެންނެވެ.
ބަޑިބޭސް މުގުރާ މީހުން
ނ. އިހުގައި ބަޑިބޭސް ހެދުމުގައި މަސައްކަތްކުރާން ސަރުކާރުން ލައްވައިފައި ތިބޭ މީހުން.
ބަޑިބޭސް މުގުރުން
މ. ބަޑިބޭސް ހެދުން.
ބަޑިކު
ނ. (ބ،ދ) ވެއު.
ބަޑިކުރެދި
ނ. ގަލުގައި މަތާ ޖެހުން ފަދަ ކަންކަމަށް ބޭނުންކުރާ ފަލަ ކުރެދި. މިހުންނަނީ، އެއްކޮޅު ފޭއްސާފައެވެ.
ބަޑިކުޅި
ނ. ބަޑިބޭހުގެ ކުޅިވަރު.
ބަޑިކުޅި އުނބު
ނ. އިހުގައި ބަޑިކުޅީގެ ބޭސް އަޅާން ގެންގުޅުނު އުނބު. މިކަމަށް ބޭނުންކުރަނީ ދިގުކާށީގެ އުނބެވެ.
ބަޑިކުޅިމައު
ނ. ބަޑިކުޅިގަހުގައި އަޅާ މައު. މިމާ ހުންނާނީ ހޮޅިއެއް ހެންނެވެ. މީގެ ހުދުމަލާއި ފިޔާތޮށިމަލާއި ރަތްމާ ހުރެއެވެ.
ބަޑިކުޅިމާ
ނ. ބަޑިކުޅިމައު.
ބަޑިކުޅިގަސް
ނ. ތަނޑުތަނޑަށް ހެދޭ ފަތްކުދި ގަހެއް. މިގަހުގެ މާ ހުންނަނީ ހޮޅިއެއްގޮތަށެވެ. މީގެ އެކި ކުލަކުލައިގެ މާ އަޅާ ގަސް ހުރެއެވެ.
ބަޑިކޮށި
ނ. (1) ރަސްމީގޮތުން ބަޑީގެ މަސައްކަތް ކުރުމަށް ސަރުކާރުން ބަނޑުހަނޑޫ ދެއްވާފައި ތިބޭ ހަތަރުބައި މީހުންކުރެ ބައެއް. (2) މިބައި މީހުންނަށް އެމަސައްކަތް ކުރަން ދެއްވާފައިވާ ބިން.
ބަޑިކޮޅު
ނ. (1) ރަދުން ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި ގެންދާ ބަޑިކޮޅު. މިހިފައިގެން ހުންނަ މީހާ ހުންނާނީ ރަދުންގެ އެންމެ އަރިހުގައި ވާތްޕުޅު ފަރާތުގައެވެ. މިއީ ތިލަލީ ބަޑިކޮޅެކެވެ. (2) ބަޑި، މިބަހުގެ އެންމެ މާތްގޮތް.
ބަޑިކޮޅުހިފާކަން
ނ. (1) ރަދުން ޢިއްޒަތުގައި، ތަންތަނަށް ވަޑައިގަންނަވާއިރު، ގެންދާ ބަޑިކޮޅު ހިފުމުގެ ވަޒީފާ. (2) ބަޑިބޭސް މުގުރާ މީހުންގެ ވެރިކަން.
ބަޑިއެރުން
މ. (1) ފުފިގެން އެރުން. (2) އެތެރެއަށް ވައިވަދެގެން ތަންތަންކޮޅުން އުފުލުން.
ބަޑިއެޅުން
މ. (1) މަހުގެ ނަގޫފަތުން ލޮނުގަނޑުގައި ޖެހުން. (2) މަސްފެން މައްޗަށް އެރުމުގައި، ނުވަތަ އަޑިއަށް ދިއުމުގައި އަޑު އިވޭގޮތް ހެދުން. (3) ބަޑިއަކަށް ލައިފައި ތަވީދެއް އެޅުން.
ބަޑިއެދުރުކަލޭގެ
ނ. ޚިޔާލީ ފުރޭތައެއް. މި ފުރޭތަ ހުންނަކަމަށް ބުނެވެނީ، ރަތްކުރުއްޕިއެއް ލައިފައި ބަޑިއެއް ހިފައިގެންނެވެ.
ބަޑިވިންނޯޅި
ނ. (ރ) ގިންނޯށި.
ބަޑިވުން
މ. (1) ބިޑިވުން. (2) (ސ،ޏ) ބަނޑިވުން.
ބަޑިމަގޫ
ނ. ޅަ، މަގޫ ދަނޑި.
ބަޑިފަށްގަނޑު
ނ. ބޮޑުފަށްގަނޑު.
ބަޑިފަން
ނ. (1) ބައެއް ބޭނުމަށްޓަކައި، ފުޅަފުގެ މަތަރެހުގެ މަތީގައި ޖަހާ ފަންވައް. (2) ދޯނި ފަހަރު ފަތަވެރިކުރާއިރު މަތިކަނުގެ މައްޗަށްޖަހާ ފަންވައް.
ބަޑިފަޅައިގެންދިޔުން
މ. މަޖާޒު: ހިތުގައި ޖެހިގެން ކުއްލިއަކަށް އަޑުއިވޭ ވަރަށް ރޮއިގަނެވުން.
ބަޑިފަސްގަނޑު
ނ. އަމާޒަށް ބަޑި ޖަހާން ދަސްކުރަން ހަދައިފައި އޮންނަ ފަސްގަނޑު. މިއީ އުސްކޮށް ފުޅާކޮށް އޮންނަ ފަސްގަނޑެކެވެ. މި ފަސްގަނޑު އޮންނަނީ އެދުވަސް ވަރެއްގައި އެކަމަށް ހަމަޖައްސައިފައި އޮންނަ ތަނެއްގައެވެ.
ބަޑިފިހިގަނޑު
ނ. ބޮޑުބަޑީގެ އެތެރެ ސާފުކުރަން ގެންގުޅޭ ބުރުސް. އިހުގައި މިހަދާފައި އޮންނަނީ ވަކައިންނެވެ.
ބަޑިދަނޑި
ނ. (1) ބަޑިއުފުލާން ގެންގުޅޭ ފަލަ ތަންޑިޔާ. (2) އެއްޗެއް އޮބަހައްޓާން އަޅައިގެން ދެކޮޅު ހިފަހައްޓާ ދަނޑި.
ބަޑިދަނޑިއެޅުން
މ. (1) ބަޑިދަނޑީން އެއްޗެއް އޮބެހެއްޓުން. (2) މަޖާޒު: މީހަކު ނުވަތަ ބަޔަކުލައްވާ ގަދަކަމުން ކަމެއް ކުރުވުން.
ބަޑިދޮރު
ނ. (1) ބަޑީގެ އުންޑަދާން ބުރުޒުބުރުޒުގައްޔާއި މައިފާރުގައި ކަނޑައިފައި ހުންނަތަން. (2) މަނަވަރާއި އާގުބޯޓުފަހަރުގެ ފެނުންމަތީގައި ކަނޑައިފައި ހުންނަ އާނގަވަޅު.
ބަޑިތަކުރުވިހޭރޭ އަލަފަތް އައިހެން
"ބަޑިތަކުރުވިހޭރޭ އަލަފަތްއައިހެން" (މިސާލުބަހެއް) ނުލިބިގެން އުޅުނު އެއްޗެއް ކުއްލިއަކަށް މާގިނައިން ލިބުނީމާ ބުނެއުޅޭ މިސާލުބަހެއް.
ބަޑިތެޅުން
އްޖެހުން. (2) ދިގުދަލަށް މަސްލެވުން ފަދަ ބޭނުމަކަށްޓަކައި ފެންގަނޑުގައި ދަނޑިން ނުވަތަ އަތުން ތެޅުން. (3) ފޮތިގަނޑެއް އަޑުގޮވާ ގޮތަށް ވަޔާ ތެޅުން. (4) ހިނގޭ ގޮތަކުން އަނދެގެން ހުންނަ އެއްޗަކުން އަޑު ގޮވުން. (5) މަޖާޒު: މީހަކާ ދިމާޔަށް ވަރު އަރުވައިގަތުން.
ބަޑިލުން
މ. (1) ފިހިގެން ފޮޅުނެގުން. (2) ތެލުލާ އެއްޗެހީގައި ބޮކި އުފެދުން. (3) ލޭފެން ނުބައިވެގެން ހަށިގަނޑުގެ ހަމާ މަހާދެމެދަށް ފެން ނުވަތަ ދޮސް ފަދައެއްޗެއް އަރައި ފުއްޕުމަކާއެކު ތަންތަން އުފުލުން.
ބަޑިގިންނޯށި
ނ. ގިންނޯށި.
ބަޑިގޮވުން
މ. (1) އެތެރޭގައި ހޮއިހެދިފައިވާ އެއްޗެއް ނުވަތަ ވައިވަދެފައިވާ އެއްޗެއް ފަޅައިގެންގޮސް އަޑުއިވުން. (2) މީހަކު ކުރިކަމަކާ ނުލައި ބަޑިޔެއްގޮވުން.
ބަޑިޖެހުން
(3) ފޮށާފަދަ ތަކެތި ފޮޅާލައިގެން އަޑުގޮއްވުން. (4) ފަންތޮށިގަނޑަކުން ނުވަތަ އެހެންވެސް އެއްޗަކުން ތަނެއްގައި އަޑުގޮވާނޭހެން ޖެހުން. (5) މަޖާޒު: ރުޅިއައިސްގެން އެއްޗެހި ގޮވައިގަތުން. (6) ބައެއް އެއްޗެހި ތެލުލައި ހަނާކުރަމުންދާއިރު ފަޅައިގެން ދާއަޑު ގޮވުން.
ބަޑީލާ
ނ. ބަޑިޔަށް ބޭސްގަންނަވަން ގެންގުޅޭ ހިމަ ދަގަނޑެއް. މިއޮންނާނީ އެއްކޮޅަށް ފަލަކޮށެވެ.
ބަޑެވަރެ
ނ. (ގ) ބަނޑަވަރު.
ބަޑެގިރި
ނ. (ތ) އެންމެ ޅަމެކުނަށްވުރެ ތަންކޮޅެއް ބޮޑެތިމެކުނު.
ބަޑޮ
ނ. (ޏ) ކެޔޮގަހުގެ ގަސްގަނޑު.
ބަޑޮރިހުން
މ. (ޏ) ބަނޑުގައި ރިހުން.
ބަޑޮވުން
މ. (ސ) ކޮރުވުން.
ބަޒަބާޒު
ނ. ތަކޫވަކުގެ ބޭރުގައި އޮންނަދާގަނޑު. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ.
ބަޓަރު
ނ. ގެރިބަކަރިފަދަ ތަކެތީގެ ރޯކިރުން ވަކިކޮށްގެން ނަގާ، ތެލުގެ ބައި ހިމެނޭ ކާއެއްޗެއް.
ބަޓަރުބިސްކޯދު
ނ. ގިނައިން ބަޓަރު އަޅައިގެން ފިހެފައި ހުންނަ ބިސްކޯދެއް.
ބަޓަރުބޯންޗި
ނ. ބަޓަރުތޮޅި މިއީ ތަރުކާރީއެކެވެ.
ބަޓަރުތޮޅި
ިކުލައިގެ ތޮޅިޔެއް. މިހުންނާނީ، އާދައިގެ ހިމެރި ތޮޅިޔަށްވުރެ ބޮޑެތިކޮށް ބޯކޮށެވެ. އޮށްތައް ހުންނާނީ ފޯލިކޮށް ހުންނަފާޑަށެވެ. ހިމެރި ތޮޅީގެ އޮށަށްވުރެ ބޮޑެތިވާނެއެވެ. މިއީ ބޭރުގައި ކެހެރި ހުންނަ ތޮޅިޔެކެވެ. ގާތްގަނޑަކަށް ކައިވަތެއްހާ ދިގުމިން ހުންނާނެއެވެ.
ބަޓޭލި
ނ. ދަގަނޑު އައްޕަތް.
ބަޔަކު
ނ. (1) ޖަމާޢަތެއް. (2) ބަޔެއް. (3) މީހުންތަކެއް.
ބަޔާހި
ނ. (1) އަށްޑިހަ ދެއް. (2) 28. (3) އެކާހިއާއި ތެޔާހިއާއި ދެމެދުގެ ޢަދަދު.
ބަޔާނަވައި
ނ. (1) ނުވަދިހަދޭއް. 29. (2) އެކާނަވައި، ތެޔާނަވައިގެ ދެމެދުގެ ޢަދަދު.
ބަޔާނާ
ނ. (1) ވިޔަފާރިއެއް ކުރެވުނު ކަމުގެ ހެއްކަކަށް ގަންނަމީހާ، ވިއްކާމީހާޔަށް އަގުން ދޭބައެއް. (2) ފިރިހެނަކު އަންހެނަކަށް އިންމަތިންދޭ އެއްޗެއް.
ބަޔާނާ ދިނުން
މ. (1) ވިޔަފާރި ކަނޑައަޅައިފައިވާ އަގުން ބައެއްދިނުން. (2) އިންނަމަތިން އަންހެނަކަށް އެއްޗެއްދިނުން.
ބަޔާނާކުރުން
މ. (1) އިންނާންކަމަށް ނުވަތަ ވިއްކާން ކަމަށް ވަޢުދުކުރުވުން. (2) އަންހެނަކަށް ޚަރަދުދީގެން ތިމާގެ މައްޗަށް ބޭންދުން.
ބަޔާން
ނ. (1) ކަމެއް ހިނގި ގޮތާބެހޭ ގޮތުން ނުވަތަ ކަމަކާބެހޭގޮތުން ފާޅުކުރާ ބަސްތަކެއް. (2) ގައިމުވާ ގައިމުވުން. (3) ތަހުޤީގެއްގައި މީހެއްގެ ފަރާތުން ހޯދާބަހެއް.
ބަޔާންކުރުން
މ. (1) ކަމެއް ހިނގި ގޮތާބެހޭގޮތުން ނުވަތަ ކަމަކާ ބެހޭގޮތުން ބަސްތަކެއް ފާޅުކުރުން. (2) ފާޅުކުރުން. (3) ގައިމުކޮށްދިނުން.
ބަޔާންވުން
މ. (1) ފާޅުވުން. (2) ޔަޤީންވުން.
ބަޔާޅީސް
(1) ސާޅީސްދޭއް. (2) 24. (3) އެކާޅީހާއި ތެޔާޅީހާއި ދެމެދުގެ ޢަދަދު.
ބަޔޭބަޔޭ
އ. ބައޭ، ބައޭ.
ބަޔޯގާ!
(މަލިކު) އައިސްބަލަ!
ބަޖަރާ
ނ. އުފާކޮށްލާން ދުއްވާ ކުދި އާގުބޯޓު.
ބަޖިޔާ
ް ހިއްކާލައި. ރޮށިހަތަރު ބަޔަށްބައިކޮށް މިއިން ކޮންމެ ބަޔަކުން ތިންކަނަށް ވާގޮތަށް ގޮށްޓެއް ތައްޔާރުކޮށް އެގޮށްޓަށް (ބަޖިޔާ ހެދުމަށް ތައްޔާރުކޮށް ގިލެތުގައި ރޯފިލުވާފައި ހުރިމަހުން) މަސްއަޅައި ބަންދުކުރުމަށް ފަހު ތެލުލައިގެންނެވެ. މިފިހެފައިވެސް ހުރެއެވެ.
ބަޖެޓުކުރުން
މ. އިޤްތިޞާދު ކުރުން.
ބަޖެޓް
ނ. ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ލިބޭނެކަމަށް ލަފާކުރަ އާމްދަނީއާއި ހިނގާނެކަމަށް ލަފާކުރާ ޚަރަދުގެ ހިސާބު.
ބަހުރުކިޔެވުން
ާލަމުގައި ބަނދެގެން ބަހުރުދުޢާއާއިއެކު ކިޔެވެލި ކިޔެވުން. ކިޔާނިމުނީމާ ލޭދައްކާއިރު، މާވެސްދައްކާނެ އެވެ. ލޭދައްކާ ތަކެއްޗަކީ، ހާލާއި، ވެލަޔާއި، ކަހަނބާއި، ގެރިބަކަރިފަދަ ތަކެއްޗެވެ. މިއިން އެއްޗެއްގައި ލޭ ނެތްނަމަ ލޭ ދައްކާނީ އިނގިލި ކަނޑައިލައިގެންނެވެ.
ބަހުރުކިޔެވެލި
ނ. (1) ޚިޒުބުލް ބަހުރު. (2) ބަހުރު ދުޢާ. (3) ކަނޑަށް ފާލަން އަޅައިގެން ކިޔަވާ ކިޔެވެލި.
ބަޚަބަރު
ނ. އެއްވެސް ޚަބަރެއް ނުވުމުން ބުނެ އުޅޭ ގޮތެއް.
ބަޚީލު
ނ. (1) ދަހިމީހާ. (ނއ) (2) ދަހިވެތި.
ބަޚްސީސް
ނ. (1) ހިތުން ރުހުމުން ދޭ ހަދިޔާ. (2) މާތްކޮށް ހިތުމުގެ ގޮތުން ހަމަ ހިލޭދޭ އެއްޗެއް.
ބަޠަލާ
ނ. (1) ހިތްވަރުގަދަކަމަށް މަޝްހޫރު އަންހެނާ. (2) ދީނާއި ގައުމަށްޓަކައި ބޮޑެތި ގުރުބާނީ ތަކެއްވެފައިވާ އަންހެނާ. (3) ފިލްމާއި ތަމްސީލުތަކުގައި އެންމެ މުހިއްމު ބައިކުޅޭ އަންހެނާ.
ބަޠަލު
ނ. (1) ހިތްވަރުގަދަކަމަށް މަޝްހޫރުމީހާ. (2) ދީނާއި ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާމީހާ. (3) ފިލްމާއި ތަމްސީލުތަކުގައި އެންމެ މުހިންމުބައި ކުޅޭމީހާ.
ބަޠަލުން
ނ. (1) ދީނާއި ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވެފައިވާ މީހުން. (2) ފިލްމާއި ތަމްސީލުތަކުގައި އެންމެ މުހިއްމު ބައިކުޅޭ މީހުން.
ބަޣަލް
ނ. އަހާ ހިމާރަށް ލިބޭ ދަރި.
ބަޣާވަތް
ނ. ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތް.
ބަޣާވާތްކުރުން
މ. ޤާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަސައްކަތްކުރުން.
ބާ
) އެއްޗަކަށް ގެއްލުމެއް ލިބިގެން ފޫގޮސްފައިވާ ލޯވަޅު. (8) އަންހެންލޯފިނދު. (9) ކުޑަކުދިންގެ ބަހުގައި ކީރިތި ޤުރުއާން ނުވަތަ ލިޔެފައި އޮންނަ ކޮންމެ އެއްޗެއް. (01) ބައެއް ސުވާލު ކުރާއިރު ފަހަތަށް ގެންނަ އަކުރެއް. މިސާލު: މިގޭގައި މީހަކުއުޅޭބާ? ގަންނާނެއްބާ?
ބާހަ
ނ. (ގ) ބާސް.
ބާހަބާހަ
އ. ކުކުޅު ހާލަށް ގޮވާގޮވުމެއް.
ބާހައްޓި
ނ. (1) ފަސްދޮޅަސްދޭއް. (2) 26. (3) އެކާހައްޓީއާއި ތޭހައްޓިއާއި ދެމެދުގެ އަދަދު.
ބާހަތްތަރި
ނ. (1) ހަތްދިހަދޭއް. (2) 27. (3) އެކާހަތްތަރިއާއި ތޭހަތްތަރިއާއި ދެމެދުގެ ޢަދަދު.
ބާހަގޮވުން
މ. ކުކުޅު ހާލަށް ގޮވާގޮވުން. މިސާލު: ބާހަ، ބާހަ، ބާހަ.
ބާހިށުވުން
މ. (ސ) ބެހެއްޓުން (އެކައްޗަށް ނިސްބަތްކޮށް).
ބާހު
ނ. ޝަހުވާނީބާރު.
ބާށި
ނ. (ބދ) ކާށި.
ބާނށި
ނ. (ޏ) ބަށި.
ބާނބު
ނ. ބާމު.
ބާނބުޅާ
ނ. ބާނި.
ބާނދީ
ނ. އިހުގައި ކިޔައި އުޅުނު ވާހަކަތަކުގައި އަންހެން ނޯކަރުންނަށް ކިޔައިއުޅުނު ނަމެއް.
ބާނޓު
ނ. (ގ) ބަށި.
ބާނި
(3) އަޑިން ފެންމައްޗަށް އަރާއޮއިވަރު. (4) ނަނަކަށް އަމުނައިގެން ދުއްވާ ސަޑުނެތް ހަވަޔެއް. (5) ލަކުޑީގެ އޮޅުފަށް. (6) ހަތްބޮޅު އުއީގެ ކެއްޓު. (7) ނަނު އެއްލާން އަތަށްކަހާލާ މިންވަރު. (8) ކ. އާދޭ. މިމާނާގައި މިބަސް ކިޔާ އުޅެނީ "ބަނދި" ފަދަ އެއްޗެތީގައެވެ.
ބާނިރު
މ. (ބދ) މެރުން.
ބާނިބުރު
ނ. ފެންގަނޑަކަށް އެއްޗެއް ވައްޓާލީމާ ވަށްކ އުފެދޭ ބާނިތައް.
ބާނިއެރުން
މ. ބާނިވެއްދުން.
ބާނިއެޅުވުން
މ. ފެންގަނޑެއްގެ އަޑިން ބާނިއަރާނެގޮތް ހެދުން.
ބާނިދެމުން
މ. ކަނޑުގެ ބާނި ހިނގުން.
ބާނިވެއްދުން
މ. (1) އޮއިވަރުގެ ސަބަބުން ފުއްޓަރުބޭރު ތޮށި ދޮށުގައި ނުބިއްދާ ރާޅު ދެމުން. (2) މާކަނޑުގައި ހިނގާ ދިގުރާޅު، އޮއިވަރުގެ ސަބަބުން ކަނޑު އޮޅިތަކުން އަތޮޅުތެރެއަށް ވަންނަމުން ދިއުން. (3) ކަނޑުގައި އުފެދޭ އޮއިވަރުގެ ސަބަބުން ފަޅުތެރޭގައި އޮއިބާރުވެ ފަޅުތެރެއަށް ބާނިއައުން.
ބާނިލާއެރުން
މ. އަޑިން ބާނި ހެދުމުން ފެންގަނޑު އެރުން.
ބާނިލުން
މ. ފެންގަނޑުގެ އަޑީން ބާނިއެރުން.
ބާނިގާ
ބާނިގަނޑު
ނ. ގިނައިން ބާނި އުފެދިފައި ހުންނަ ތަންތަން.
ބާނެތިވުން
ކ
ބާނީ
ނ. (1) ކަމެއް އުފެއްދުމުގެ ޚިޔާލު ވުޖޫދަށް ގެނަސް އެކަން ފެށިމީހާ. (2) ތަނެއް އުފެއްދިމީހާ.
ބާންސަރީ
ނ. ރާގު ފުމޭ އޮނެއް. (މިއުޒިކު ކުޅޭ އާލަތެއް).
ބާރަ
ނ. (1) އެއްދިހަދޭއް. (2) 21. (3) އެގާރައާއި ތޭރައާއި ދެމެދުގެ އަދަދު. (4) ދޮޅަސް.
ބާރަށް
ކއ. (1) ބާރުލުމާއެކު. (2) ގަދަކަމާއެކު. (3) ނ. ތިލަދުންމަތީގެ މަޝްހޫރު ރަށެއް.
ބާރަށްކިޔުން
މ. އަޑުހަރުކޮށް ކިޔުން.
ބާރަނަ
ނ. ބޭރުދުނީގެ ތޮށީގެ ބޭރުން ހެދި ތިލަވަމުން އަންނަ ތަންތަން. މިތަންތާނގައި ހުންނާނީ ގޮށްރާޅު ހެދިފަ އެވެ. މިއީ ކަނޑުތިލަ އެވެ.
ބާރަބައިންބައި
ނ. (1) އިހުޒަމާނުގައި މުދާ ބެހުމުގައި ނައިބުންނަށް ނަގައި އުޅުނުބައި. (2) ބާރަބައިކުޅަ އެއްބައި.
ބާރަބޯލަނގިރި
ނ. ދެފައްޗަށް ތިބެގެން އެކިއެކި ބާވަތުގެ ރީތިތަކެތީން އެކި ގޮތްގޮތް ހަދަމުން ލަވަކިޔައިފައި ބެރުޖަހަމުން ކުޅޭ ކުޅިވަރެއް.
ބާރަކެޑުން
މ. (ސ) ބާރުކުރުން.
ބާރައަނާ
ނ. ހަތްދިހަ ފަސްލާރި.
ބާރަމަސް
ނ. ރަބީޢުލްއައްވަލު
ބާރަމާލޫދު
ނ. ރައްޔިތުންގެ ފަރާތުން ރަބީޢުލްއައްވަލުމަހު 21 ވިލޭރޭ ކިޔައި އުޅުނު މާލޫދު.
ބާރަދުވަސް
ނ. ރަބީޢުލްއައްވަލްމަހު ބާރަވަނަ ދުވަސް.
ބާރަލަ
ނ. ބާރަނަ.
ބާރަލީ
ނ. ބާރުލީ.
ބާރަގަން
ަން ހުއްޓޭ، ހަތަރު އަނގޮޅި ހަމަވާ ބާރަތަން. މިއިން ކޮންމެތަނަކީ އަނގޮޅިއެކެވެ. މިއިން ކޮންމެ ތަނެއްގައި ކޮލި ކިޔާފައި ލޯގަނޑުގައި ޖަހާނެ އެވެ. އަޞްލުގައި ގަންކިޔަނީ އަވަށަށް ކަމަށްވިއަސް، މިތާގައި ބޭނުންކޮށްފައި މިވަނީ، ހަތަރު އަނގޮޅި ހަމަވާ ތަންތަނަށެވެ.
ބާރީ
(1) ފުރާދުއްވާ ބޮޑެތި ތަކެތި އެންމެބޮޑަށް ބަރާކުރަންވާ ހިސާބުގައި ނެރެފައިވާ ފަށް. (2) ބިއްލީ.
ބާރީއެޅުން
މ. ފުރާދުއްވާ ބޮޑެތި ތަކެތި އެންމެބޮޑަށް ބަރާކުރަންވާ ހިސާބުގައި ނެރެފައިވާ ފަށް ހަރުކުރުން.
ބާރީފަށް
ނ. ބާރީއަޅާ ހިސާބުގައި ކޮންމެވެސް ކުލަޔަކުން ދަމާފައި ހުންނަ ފަށް.
ބާރީޖެހުން
މ. ބާރީ ފެނުޖެހޭވަރަށް ބަރާވުން.
ބާރު
އަޑު ބާރުނުކުރާށެވެ. (01) އިންޖީނުފަދަ ތަކެތީގެ ހިނގުން ވާ މަތި. މިސާލު: މި އިންޖީނު އަމިއްލައަށް ބާރުވެފައި މަޑުވަނީ އެވެ. (11) މަޑުގެ އިދިކޮޅު. (21) އިސްކުރު ބޯލްޓް ފަދަ އެއްޗެހި ޖަހައި ކުރާ ހިމުން. (31) މަތިގަނޑު އުނގުރި ފަދަ އެއްޗެހި ޖަހައި ކުރާ ހަރު.
ބާރުކަން
ި ހެޔޮވަރު ނުވެގެންވާ ދަތިކަން. (5) ދޮރުފަދަ ތަކެތި ވަރުނުވެގެންވާ ތާށިކަން. (6) އެއްޗެއްގެ ތެރެއަށް އެއްޗެއް ވަދެގެން ތާށިވާކަން. (7) ވަޔާ، އޮޔާ، ކަނޑާ، އަޑު ފަދަ އެއްޗެހި ގަދަވާކަން. (8) އިންޖީނުފަދަ ތަކެތީގެ ހިނގުން މަތިވާކަން. (9) މަޑުކަމުގެ އިދިކޮޅު.
ބާރުކުރުން
ޔަށް ބާރުވާ ވަރަށް ޖެހުން. (4) އެއްޗެއްގެ ތެރެއަށް އެއްޗެއް ވައްދާތާށިކުރުން. (5) އަޑު ގަދަކުރުން. (6) އިންޖީނުފަދަ ތަކެތީގެ ހިނގުން މަތިކުރުން. (7) އިސްކުރު ބޯލްޓު ފަދަ އެއްޗެހި ޖަހައި ހިމުންކުރުން. (8) މަތިގަނޑު، އުނގުރި ފަދަ އެއްޗެހި ޖަހައި ހަރުކުރުން.
ބާރުއެރުން
މ. ވާގިއެރުން.
ބާރުއެޅުން
މ. (1) ބާރުލުން. (2) އެހީވުން.
ބާރުވުން
ގެ ތެރެއަށް އެއްޗެއް ވަދެގެން ތާށިވުން. (6) ވަޔާއި، އޮޔާއި، ކަނޑާއި، އަޑު ފަދަ އެއްޗެހި ގަދަވުން. (7) އިންޖީނު ފަދަ ތަކެތީގެ ހިނގުން މަތިވުން. (8) އިސްކުރު ބޯލްޓު ފަދަ އެއްޗެހި ޖަހައިގެން ހިމުންވުން. (9) މަތިގަނޑު އުނގުރިފަދަ އެއްޗެހި ޖަހައިގެން ހަރުވުން.
ބާރުދިނުން
މ. (1) އެހީތެރިކަން ފޯރުވުން. (2) ހިތްވަރުދިނުން. (3) ވާގިދިނުން. (4) ގަދަފަދަކަން ގެނައުން. (5) ކަރަންޓްދިނުން. (6) އަވަސްކުރުވުން.
ބާރުދޫވުން
މ. (1) ވާގިދޫވުން. (2) ހަކަތަމަދުވުން. (3) ގަދަކަން ކުޑަވުން.
ބާރުދެރަ
ނ. ހަކަތަ މަދު.
ބާރުދެއްކުން
މ. ބާރުހުރިކަން އެންގުން.
ބާރުލީ
ނ. ހިމަގޮދަން.
ބާރުލުން
މ. (1) ބާރުގަދަކުރުން. (2) ބާރުއެޅުން.
ބާރުޖެހުން
މ. (1) ވާގިލިބުން. (2) ހަކަތަލިބުން.
ބާރޫޒު
ނ. (ސ) ބާރޯޒު.
ބާރޯޒު
ނ. ބަޑިބޭސްހަދަން ގެންގުޅޭ ފަސޭހައިން ހުޅުހިފާ ލޮނެއް. އުއްތުމަށާއި ބޭހަށްވެސް މިބޭނުންކޮށް އުޅެއެވެ.
ބާރޯޒުއާވި
ނ. ބާރޯޒުންނަގާ އާވި. މި ބޭނުންކުރަނީ ރަން ރިހި ސާފުކުރުމަށާއި، އުން ވެއްޓުމަށާއި ދަދާއި، ފެތުރި ފަސޭހަކުރުމަށެވެ.
ބާބަ
ނ. ކުޑަކުދިންގެ ބަހުރުވައިގައި ކުކުޅު.
ބާބަކޫރި
ނ. (ޅ) ކުކުޅުގެ ސިފައަށް ތިބޭ ދޫންޏަކަށް ކިޔާނަމެއް. މި ދޫނީގެ ބުރިކަށީގައި، ކަޅާހުދުގެ ރޮނގުތަކެއް ހުރެ އެވެ.
ބާބާ
(ބ،ދ) ހައު. (ކުކުޅުގެ ފިރިހެންއެތި)
ބާބާކޮޅު
ނ. "ބާކޮޅު" މި ލަފްޒުގެ ގިނަ ނަމެއް.
ބާބާގަނޑު
ނ. ބާގަނޑުގެ ގިނަގޮތް.
ބާބިލި
ނ. (1) ފަންފުރާޅުލީ ގޭގޭގެ ދެފުރާޅު އެއްކޮށް ފުރާކުސަ. (2) ފަތްފޮށްޓާ ފުރާޅާއި އެއްކޮށް ފުރާކުސަ.
ބާބިލިވަކަރު
ނ. ފަތްފޮއްޓާ ފުރާޅާ ދޭތެރޭގައި އޮންނަވަކަރު.
ބާބިލިފިލާ
ނ. (1) ބުޅާފިލާ. (2) ފަތްފޮއްޓާ ފުރާޅާދޭތެރޭ އޮންނަފިލާ.
ބާބިލިފުރުން
މ. ދެފުރާޅުއެއްކޮށް ކުސަފުރުން.
ބާބިލިދޮށް
ނ. ފަތްފޮށްޓާ ފުރާޅާ ދޭތެރެ.
ބާބު
ނ. (1) ފޮތެއްގައި ހިމެނޭ އެއްމައިގަނޑު ނަމެއްގެ ދަށުގައި ލިޔެފައިވާ ލިޔުން ބައިބަޔަށް ބަހައިފައިވާ ބައިތަކުން ބައެއް. (2) މަޖާޒު: މީހެއްގެ ހަޔާތުން ޒަމާނެއް. (3) ގައުމެއްގެ ތާރީޚުގެ ވަކި ދުވަސްވަރެއް.
ބާބުޅާ
ނ. (ގ) ކިރުކަކުނި.
ބާބޭފާނު
ނ. (މަލިކު) ބޮޑުބޭބެގެ ދޮށީ ފިރިހެންދަރި.
ބާޅިއެ
ނ. (ލ) ގޮބޮޅީގެ ތާފަތް.
ބާޅީ
ނއ. ލޯފަން.
ބާޅީކަން
ނއނ. ލޯފަންކަން.
ބާޅީވުން
މ. ލޯފަންވުން.
ބާކަން
ނއނ. އެއްޗެއް ދުވަސްވެ ދެރަވެފައިވާކަން. މީ ގެންގުޅޭ އެއްޗިއްސަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ.
ބާކަލޯ
ނ. (1) ކުޑަކުދިންގެ ބަހުރުވައިގައި ބުޅާ. (2) ބާއޮކަލޯ (3) މަޖާޒު: ދޯނިމަތީގައި ހެލިފެލިވެ އުޅުމަށް ނުފަރިތަ ބުރަހެލި މީހާ.
ބާކީ
ނ. (1) އިތުރުވެފައިހުންނަ ތަކެތި. (2) އެއްޗަކުން ބަޔެއްނެގީމާ ދެން ހުންނަ ތަކެތި ނުވަތަ މިންވަރު. (3) ޚަރަދުކޮށްފައި ދެން ހުންނަ މިންވަރު. (4) ބޭނުމެއްނެތި ބޭކާރުވެފައި ހުންނަ ހުރުން.
ބާކީނެގުން
މ. ލޭންދޭނުގެ ހިސާބު ސާފުކުރުން.
ބާކީބައި
ނ. (1) އިތުރަށްހުރި ބައި. (2) ގިނަވެފައިހުރި ބައި.
ބާކީކުރުން
މ. އަރަނިދަރަނި ބަލައި ސާފުކުރުން.
ބާކީވުން
މ. (1) ބޭނުމެއްނެތި ބޭކާރުވެފައި ހުރުން. (2) އިތުރުވުން.
ބާކުރުން
މ. އާކަންކެނޑުވުން.
ބާކުލި
ނ. (1) ބަރުވެލި. (2) މަޖާޒު: ދުފުން ގިނަވެފައި އަނގަތާހިރު ނުކުރާމީހާ.
ބާކުލިތޮށި
ނ. ބަރަވެލިތޮށި.
ބާކޮށު
(ބ،ދ) ނެތިކުޅައިން.
ބާކޮށްލުން
މ. އެއްޗެއްގެ އާކަން ކަނޑުވައިލުން.
ބާކޮޅު
ނ. (1) އެއްޗެއް ފިނދިގެން ހާއަޅާތަން. (2) ބިތެއްފަދަ ތަނެއްގައި އެޅިފައި ހުންނަ ކުދި ލޯވަޅު.
ބާއަޑު
ނ. (1) އެތެރޭގައި ހޮއިހެދިފައި ހުރިކަން ދޭހަކޮށްދޭ އަޑު. (2) މަޖާޒު: އެތައްފަހަރަކު އިވިފައިވާ ވާހަކަ.
ބާއި
ނ. (ޏ) ކުޑަކުދިންގެ ބަހުރުވައިގައި ވަޅި.
ބާއިންބަ
ނ. (ބ،ދ) ވަރިންމަ. (އޮއްސޭމުރިނގާއި ގަހާ އާއި ދޭތެރޭ މެދުގެ މިސުރާބު)
ބާއިންވަރި
ނ. ކައިވަނި ރުޖޫޢަ ނުކުރެވޭ ގޮތަށް ކުރާވަރި.
ބާއޮ
ނ. ބުޅާގޮވާ ގޮވުން.
ބާއޮކަލޯ
ނ. ކުޑަކުދިންގެ ބަހުރުވައިގައި ބުޅާ.
ބާއޮކަލޯހެދުން
މ. ބުޅާ ގޮވާގޮތަށް އަޑުނެރެ ބުޅަލަކަށް ވެގެން އުޅުން.
ބާއްޖަ
ނ. ހެޔޮ ނަސީބު.
ބާއްޖަވެރި
ނއ. ނަސީބުވެރި.
ބާއްޖަވެރިން
ނ. "ބާއްޖަވެރިޔާ" މިބަހުގެ ގިނަގޮތް.
ބާއްޖަވެރިކަން
ނއނ. ނަސީބުވެރިކަން.
ބާއްޖަވެރިވުން
މ. ނަސީބުވެރިވުން.
ބާވަ
އ. ޝައްކާ އެކުގައި ކުރެވޭ ސުވާލުގެ އަކުރެއް. މިސާލު: (ހ) އޭނާ ހިނގައްޖެބާވަ? (ށ) އެވަޒީފާ ލިބޭނެބާވަ. (2) އމ. (ޏ،ސ) ބާއްވާ! (3) (މަލިކު) ބައްޕައާ އެއްބަނޑު ފިރިހެނާ. (ދަށްބަހުރުވައިން)
ބާވަންނަ
ނ. (1) ފަންސާސްދޭއް. (2) 25. (3) އެކާވަންނައާއި ތޭވަންނައާއި ދެމެދުގެ އަދަދު.
ބާވައިގަތުން
މ. (1) ލިބިގަތުން. (2) ގަބޫލު ކޮށްގަތުން. މިއީ މަތީ ފަރާތަކުން ލިބޭ ލިބުމެއް ލިބިގަތުމެވެ. މިބަސްނިސްބަތް ކުރެވެނީ Q ގެ ވަޙީ ބަސްފުޅަށެވެ.
ބާވަތް
ނ. (1) ވައްތަރު. (2) ގޮތް. (3) ޒާތް.
ބާވީސް
ނ. (1) ދެދިހަދޭއް. (2) 22. (3) އެކާވީހާއި ތޭވީހާއި ދެމެދުގެ ޢަދަދު.
ބާވީސްކޯޕު
ނ. ބައިސްކޯފު.
ބާވުން
މ. (1) ގިނަދުވަސް ވެފައިވުން. (2) ގެންގުޅެ ދެރަވުން. (3) މަޖާޒު: ގެންގުޅެ ގެންގުޅެ ނުވަތަ ބޭނުންކޮށްކޮށް ފޫހިވުން.
ބާވޮއި
ނ. ޅަބުޅާ.
ބާވައިލެއްވުން
މ. ވަޙީއެއް ނުވަތަ މާތް Q ގެ އިރާދަފުޅުން އެއްޗެއް އުޑުން ބިމަށް ފޮނުއްވުން.
ބާމިޔާ
ނ. އަރި އަރިޔަށްހުންނަ، ދަވަގިނަ، ތޮޅިޔެއްއަޅާ ގަހެއް. މީގެ ތޮޅިޔަކީ ވަރަށްމޮޅު ތަރުކާރީއެކެވެ.
ބާމު
ނ. ޒަވި ވަހެއްދުވާ ތަތް ބޭހެއް. މީގައި ދިލަކަމެއް ހުރެއެވެ. މީ ހަށިގަނޑުގެ ބޭރުފުށުގެ އެކި ބަލިބައްޔަށް އުނގުޅާން ގެންގުޅޭ ބޭހެކެވެ.
ބާފާނު
ނ. (މަލިކު) ބައްޕައާ އެއްބަނޑު ފިރިހެނާ. (މާތްބަހުން ބުނާގޮތް)
ބާފޮތި
ނ. (1) ބާވެފައިވާ ފޭރާމުގެ ފޮތި. (2) ފޮޅައި ސާފުކުރުމުގެ ކަންކަމަށް ބޭނުންކުރަން ދޫކޮށްލާފައިވާ ފޮތި.
ބާފޮތިފާނަ
ިގެ ބާވަތެއް. މިމަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ އަޅިމުށި ކުލައެވެ. ބުރިކަށިމަތީގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މިމަސްމަރުވުމުން މުޅިމަސް ގަދައަޅި ކުލައަށް ބަދަލުވެ ހަސްނެތިބާވެފައިވާ ފޮތިގަނޑެއްގެ ކުލައަށް ބަދަލުވެދެއެވެ.
ބާފޮތް
ނ. ކުޑަކުދިންގެ ބަހުން ފިލިފޮތް.
ބާދަނޑި
ނ. (1) Mީހުންނަށް ހާނިއްކަ ދިނުމުގެގޮތުން ދެއަތްދަމާފައި އަތުގައި ބަންނަ ދަނޑި ގަނޑު. (2) އަރާދަނޑި. (3) ކުދިންކުޅޭއިރު ކަނބިލި ފަދަ ދޫނީގެ ދެފިޔަ ދެފަރާތަށް ދަމައިފައި ދެފިޔައިގެ ދެކޮޅު ހިފަހައްޓަން ހުންނަ ދަނޑިގަނޑު.
ބާދަނޑި އެޑުން
މ. (1) އެއްޗެއް ބިނދިގެން ދެބުރި ޖައްސާ ހިފެހެއްޓުމަށް އެހެން ދަނޑިގަނޑެއް އަޅާ ބަނުން. (2) ދެއަތް ދެފަރާތަށް ދމާފައި ދަނޑި ގަނޑެއްގެ ދެކޮޅު ދެއަތް ތިލައިގައި ބަނުން. (3) އަރާދަނޑި ބަނުން.
ބާދަލާ
ނ. ހަނިކޮށް، ތުނިކޮށް، ދިގުކޮށް، ރިހީގައި ނުވަތަ ލޯގައި ތަޅާފައި ހުންނަ ފަށެއް.
ބާދަލާޖެހުން
މ. ބާދަލާއިން ފޭރާން ޒީނަތްކުރުން.
ބާދިރީ
ބާވަތެއް. މިއީ އޮނުފަތްހެއް ހިމަދިކޮށް ފަތްހުންނަ ގަހެއްގައި ނިކުންނަ ދިގުކުރާ ގަނޑެއްގައި އަޅާ އޮށްޓަރެކެވެ. މީގެ ކުލައަކީ ގަދަމުށިކުލައެވެ. މިގަސްހެދެނީ ގާތްގަނޑަކަށް 4 ފޫޓު 5 ފޫޓަށެވެ. މިއީ ކުދިބަތް ހުންނަ ފާޑަށްއެއަށްވުރެ ބޮޑެތިކޮށް ހުންނަ ގޮވާމެކެވެ.
ބާދުޝާ
ނ. ރަސްގެފާނު.
ބާދެ
ނ. (ގ) ބާޒު.
ބާތާދަ
ނ. ބޮޑުބޭބެ އަނބި.
ބާތިބުން
މ. (1) ގިނަ އެއްޗެހިތަކެއް ތަނެއްގައި ބެހެއްޓުން. (2) މީހުންތަކެއް ތަނެއްގައި ބައިތިއްބުން.
ބާތިއްބުން
ނ. (ޏ) ބައިތިއްބުން.
ބާތުންމަސް
ނ. ހަނދީގެ ބާވަތެއް. މިއީ ހަލުވިމަހާ ވައްތަރު މަހެކެވެ. މިމަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައަކަށްދާ މުށިކުލައެކެވެ. ބަނޑުދޮށް ފަރާތާއި އަރިމަތި ހުންނަނީ ރިހި ހުދުކުލައިގައެވެ. ކަރުތާފަތްގަނޑުގެ މަތީބައިގެ ކޮޅުގައި ކަޅުކުލައިގެ ކުޑަލަފެއް ހުރެއެވެ.
ބާލި
(ބ،ދ) ދައޫ (އުދުހޭވައު).
ބާލިދީ
ނ. އުޅަށްގަނޑެއް ލާފައި މަތި ފަލަކޮށް ހުންނަ ކަންވާރެއް. މި ތަފާތު ބާވަތްބާވަތުގެ އެއްޗެހިން ހަދާފައި ހުރެއެވެ.
ބާލީސްމެޓާ
ނ. އިހުގައި ގެނެސް އުޅުނުމެޓައެއް. މި ހުންނާނީ ކުޑަބާލީހެއް ހެންނެވެ.
ބާލީސްލެއްވުން
މ. އޮޑިދޯނިފަދަ ތަކެތީގެ ފަށަށް ބިންމަތިން ހިއްލައިލުމަށްޓަކައި އޮޑިގަނޑުގެ ދެފަރާތުގައި ހަތަރެސްކަން ހަމަވާގޮތަށް ރުއްގުޅިލެއްވުން.
ބާލިޔޯ
ނ. (ލ) ރުކުގައި ގަންނަ އެއްޗެހީގެ ތާފަތް.
ބާލީސްކަންނި
ނ. (މަލިކު) ބާލީސް.
ބާލިޣުވުން
ްކުއްޖާއާއި އަންހެން ކުއްޖާއަށް ފަނަރަ އަހަރު ފުރިހަމަވުން. (2) ފިރިހެނުން ކުއްޖާ ނުވައަހަރަ ފުރުމަށް ފަހު ނިދީގައި ނުވަތަ އެހެން ޙާލެއްގައިވިއަސް މަނިބޭރުވުން. (3) އަންހެންކުއްޖާ އަށް ނުވައަހަރު ފުރުމަށްފަހު ޙައިޟުވުން. (4) ބޮޑުވުން މިބަހުގެ 4 ވަނަ މާނަ.
ބާލީކޭން
ނ. (ސ) އެކަކު ނުވަތަ ގިނަބަޔަކު ކައިގެން ބާކީވާބައި.
ބާލީސް
ނ. (1) ލެނގުމަށާއި ބޯއެޅުމަށް ފަތިކޮށް ފަހައި އޮންނަ އެއްޗެއް މިނޫންތަކެތި ލައްވައިގެންވެސް ބާލީސް ފަހައެވެ. (2) ދެގަނޑެއްޗެއް ޖެހޭތަނަށް ލާން ގެންގުޅޭ ބޯކޮށް ހަދައިފައި އޮންނަ ދަފަރާ. (3) ރޮނދިގަނޑު ގަތާއިރު ބާދަލާ އޮޅަން ހަދައިގެން ގެންގުޅޭއެތި.
ބާލީސް ފިލާ
ނ. މަޢުލޫދު ހަރުގެ ފަދަ ތަންތާނގައި ލެނގިލުމަށް ބިތުކައިރީގައި އަރިޔަށް ޖަހައިފައި ހުންނަ ފިލާ.
ބާލުޚާނާ
ނ. (1) އުސްކޮށް ހަދާފައި ހުންނަ ގޭގޭގެ މަތީބުރީގެ ބެލްކަނީ. (2) ކުޅިބަލާގެ.
ބާލް
ނ. އެއްވައްތަރެއްގެ ގިނަ ގަސްތައް ހުންނަތަން.
ބާގަ
ނ. (1) ދަރިކޮޅުތަކެއްގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ނުވަތަ ބައިގަނޑެއް. (2) ދިޔާ އެއްޗެހި މިނުމަށް ބޭނުންކުރާ މިންގަނޑެއް. މިއީ އަޑުބައެއްގެ ދެބައިކުޅަ އެއްބައެވެ.
ބާގަނޑު
ނ. (1) ފަޅައިގެންގޮސް ފޫވެއްޓިފައިވާ ތަން. (2) ފޫގޮސްފައި އޮންނަ ތަންގަނޑު.
ބާގަބޯތަށި
ނ. ދެލާހި އެޅޭވަރުގެ ބޯތަށި.
ބާގައެރުން
މ. (ޏ،ސ) ކުރިކެޓާއި ސުވާ ފަދަ ކުޅިވަރުތަކުގައި ކުޅޭބައިގެ އެނެމެން ނުބައިވެ، ހޮވާބައިގެ މީހުން ކުޅެން އަރަން ޖެހުން. މިސާލު: މިހާރު އަހަރެމެން ބާގަ އަރައިފިއެވެ. ކުޅޭން ހިނގާށެވެ.
ބާގަތަށި
ނ. ބާގަބޯތަށި.
ބާގަޔަކުމީހުން
ނ. (1) ޖަމާޢަތެއްގެ މީހުން. (2) އެއްބަސް ވެގެން އުޅޭ ނުވަތަ އެއްކަމެއް ކުރުމަށް ގަސްދުގައި އުޅޭ ބައެއް.
ބާގިއްލާ
ނ. ފެހިއޮށް.
ބާގިޖެއްސުން
މ. ބައިބެހުމަށް ވަރުން އެޅުން.
ބާގުވާ
ނ. (ބ،ދ) ރާވެރިން.
ބާސަނަ
(ބ،ދ) ބައިމަތި.
ބާސަކަސަ
މ. (ބ،ދ) ބައިމަތި.
ބާސަލަ
ނ. (1) އެތެރެ ގިރިގެން ހެދިފައި އޮންނަ ބޮޑު ބާގަނޑު. (2) (ސ) ތަނަވަސް ކަނޑުއޮޅި.
ބާސާ
ނ. (1) ކިޔެވެލި ކިޔަވާއިރު، ތިމާގެ މަޤުޞަދު ފާޅުކުރުމާއެކު މާތް ރަސްކަލާނގެ ކިބަޔަށް ދަންނަވާ ޘަނާ. (2) ބައިސާ. (3) ތާސްބައިގައި ރަސްގެފާނުގެ ތަސްވީރު ހުންނަގަނޑު.
ބާސާބުނުން
މ. (1) "ބާސާ" ކިޔުން. (2) ކިޔެވެލި ކިޔަވާއިރު ތިމާގެ މަޤުޞަދު ފާޅުކުރުމާއެކު މާތް ރަސްކަލާނގެ ކިބަޔަށް ޘަނާ ދެންނެވުން.
ބާސް
ނ. ތިންތިން މަޑުލަށް ފަށަނާ އެއްކޮށް އަރުވާ އިލި.
ބާސް އެޅުން
މ. ފަށަނާ އެއްކޮށް ތިންތިން މަޑުލަށް އިލި ޖެހުން.
ބާސްކިހިލި
ނ. ކުޅިޖެހުމުގެ އުކުޅެއް. މިއީ ދަނޑިކޮށީ މީހުން ކުޅިޖަހާއިރު ދެމީހުން ދެމީހުންނަށް ޖަހާ އެތި ފަހަރެކެވެ.
ބާސްކީލި
ނ. އެއްފަރާތުގެ ކޮނޑުވަޅުން އަނެއްފަރާތުގެ ކިހިލިފަތީގެ ދަށާ ދެމެދު.
ބާސްކީލި ފައްޓަރު
ނ. ބާސްކީލިން އަޅާ ފައްޓަރު، މިއީ އިހުގައި ކުޑަކުދިންގެ ކަރުގައި އަޅައި އުޅުނު ގަހަނާއެކެވެ. މިފަށް އަޅަނީ ބާސްކީއްޔަށްވާ ގޮތަށެވެ.
ބާސްމަތީހަނޑޫ
މ. ހަނޑުލުގެ އެންމެ މޮޅު ވައްތަރު.
ބާސްމާ
ނއ. (ޏ) (1) ވިޔާނުދާ. (2) ބަސްނާހާ. (މިބަސް އާއްމުކޮށް ބޭނުން ކުރަނީ ކުޑަކުދިންނާ މެދުގައެވެ.) (3) (ބ،ދ) ހަތުރު.
ބާޑަ
ނ. (މަލިކު) (1) ކަމަކަށް ދައްކާ ފައިސާ. (2) ކުލި. (3) މަލިކުގެ އަވަށެއް.
ބާޑި
ނ. (1) ބާޑީ (2) (ޏ) ކެޔޮފަތުގެ ދަޅި.
ބާޑިފަށް
ނ. (1) ބަޑީގެ އުންޑައިން، ރަށް ދިފާޢު ކުރުމަށް، އަތިރިމަތީގައި ޖަހައިފައި ހުންނަ އުސްފަސްގަނޑާ ގުޅޭ ހިސާބު. (2) ހޭޅިފަށް. (3) އަތިރިޔާ އެންމެ ކައިރީގައި ގެތައް ހުންނަ ހިސާބުގަނޑު.
ބާޑިޖެހުން
މ. ބަޑީގެ އުންޑައިން ރަށް ދިފާޢުކުރުމަށް އަތިރިމަތީގައި އުސް ފަސްފަސް ގަނޑު ޖެހުން.
ބާޑީ
ާޢު ކުރުމަށް އަތިރިމަތީގައި ޖަހައިފައި ހުންނަ އުސް ފަސްގަނޑު، (2) ބަޑީގެ ޙަމަލާތަކުން ދިފާޢުވުމަށްޓަކައި ވެލި ބަސްތާތަކުން ޖަހާ ހުރަސް. (3) ރަށްރަށުގެ ގިރާ ދިމަދިމާގައި ގިރައިގެން ދިޔަ ނުދިނުމަށް ޖަހާހުރަސް. (4) ފަޅުތެރެއިން ބިން ހިއްކުމަށް ދޫކުރާ ހިސާބު.
ބާޑީ އެދުރު
ނ. ޖަމާޢަތްތެރިންގެ ވެރިމީހާ.
ބާޑީ ދުނބުރި
ރަނީ ފަލަ، ބޮޑެތި ދުނބުރިއެވެ. މިއީ، އިހުގައި ދުޝްމިނުންގެ ނުރައްކަލުން ސަލާމަތްކުރުމަށް ބުރުޒުތަކުގެ ފާރުނިވައިކުރުމަށް ކޮށްއުޅުނު ކަމެކެވެ. އަދި ރާޅު އަރާ ދުވަސްވަރުވަރަށް މާލޭގަޔާއި ރާއްޖެތެރޭގައިވެސް ބާޑީ ޖެހުމަށް މިގޮތަށް ދުނބުރި ބޭނުންކޮށް އުޅުނެވެ.
ބާޑީ މަގު
ނ. ރަށްވަށާ ހިނގޭނޭހެން ރަށުގެ ހޭޅިޔާ ރުއްކަރަޔާ ދޭތެރޭ އޮންނަ މަގު.
ބާޑީފަން
ނ. ފުނަވާރުގެ ތެރެއިން ހިމެނޭ ބިތްފަނެއް.
ބާޒާރީ ބަސް
ނ. ބަހުގެ ގަވާއިދާ ޚިލާފަށް މޮށެ އުޅޭ ދަށްބަހުރުވަ.
ބާޒާރު
ނ. (1) ފިހާރަތައް ހުންނަ ސަރަހައްދު. (2) ތަކެތި ގަނެ ވިއްކާ އުޅޭތަން.
ބާޒާރުކުރުން
މ. ބާޒާރަށްގޮސް އެއްޗެހިގަތުން.
ބާޒާރު މަތި
ނ. ފިހާރަތައް ހުންނަ ހިސާބުގަނޑު.
ބާޒީ
ނ. (1) މަސައްކަތެއް ކުޅައުމުގައި ނުވަތަ ކުޅިވަރެއް ކުޅުމުގައި ކިޔާ ވާދަ. (2) ވާދަކުރާ ކަންތަކުގައި ލިބޭ މޮޅު.
ބާޒު
ީގެ ބާވަތެއް. މިއީ ފައިން ވަކިހިއްޕައި ނޮޅައި ކައިއުޅޭ ދޫންޏެކެވެ. މިދޫނި ބޮޑުވަނީ ގާތްގަނޑަކަށް 55 ސެންޓިމީޓަރަށެވެ. މީގެ ސިފައަކީ މިދަރިކޮޅުގައި ހިމެނޭ "އެހެނޑަ" އާއި "ސުރުމުތި" ވެސް ތިބޭ ސިފައެވެ. މިވައްތަރުގެ ހުރިހާ ދޫނިވެސް އުދުހޭނީ ހޯރައަޅައިގެނެވެ.
ބާޒޫ ބަންދު
ނ. (1) މުލައްދަނޑީގައި އަޅާ ތަވީދެއް. މިއޮންނާނީ ފޮތި ކޮޅަކަށްލާފައި ބަންދެއްގެސިފައިގައެވެ. (2) މުލައްދަނޑީގައި އަޅާއުޅާ.
ބާޓަލް
ނ. ނާފަހަރުގެ ރިޔަލުގެ ފަސްބައިކުރެވި ނަގާން ޖަހާފައި ހުންނަވާ.
ބާޓާ
ނ. ދިދަ.
ބާޖީ
ނ. ކަމެއްގައި ދެރަވިމީހަކު މޮޅުMީހަކަށް އެއްޗެއް ދޭން ނުވަތަ ކަމެއް ކޮށްދޭން ބުނާ ބުނުން.
ބާޖީމެރުން
މ. ހަރާދު ކިޔުން.
ބާޖުމެރުން
މ. (1) ކަމެއްގައި ދެރަވިމީހަކު، މޮޅުވިމީހަކަށް އެއްޗެއްދޭން ނުވަތަ ކަމެއް ކޮށްދޭން ބުނުން. (2) ބާޖީމެރުން.
ބާޠިލު
ނ. (1) ހައްޤުގެ އިދިކޮޅު. (2) ކަމުނުދާ ނުދިއުން. (3) އުވޭ އުވުން.
ބާޠިލުކަންތައް
ދީނީގޮތުން އަސްލެއްނެތް ކަންތައް.
ބާޠިލުކުރުން
މ. (1) ކަމުނުދާ ކަމަކަށް ހެދުން. (2) އުވާލުން.
ބާޠިލުވުން
މ. (1) ކަމުނުދިޔުން. (2) އުވުން.
ބާޣީ
ނއ. ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަސައްކަތްކުރާ މީހާ.
ބާޣީން
ނ. ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރާ މީހުން.
ބިހަލަ
ނ. (1) އަލައާއި ހިތްތަލަފަދަ ގޮނޑި ފައިބާ އެއްޗެތީގެ ކާން ކަމުނުދާހައި ކުދި އެއްޗެތި. (2) ބިސުލަ.
ބިހާނޑާ
ނ. (ގ) ބިހުގެ ގޮބޮޅި.
ބިހި
) މޫނުގައި ޖަހާ އޮށާޅަ. (4) ގަސްގަހުގެ ފަތުގެ ދަށުގައި ހުންނަ އެތިއެތިކޮޅު. (5) ބައެއްތަކެތި ފެނުކެއްކީމާ ނުވަތަ ހޫނުކުރީމާ އުފުލޭ ކުދިކުދި ތަންކޮޅުކޮޅު. (6) ޒިންކާއި އެލްމެނިޔަމް ފަދަ ތަކެއްޗަށް ލޮނުގެ އަސަރުކުރުމުން އުފުލިފައި ހުންނަ ހަރު ތަންކޮޅުކޮޅު.
ބިހިނެގުން
މ. ބިހިތަކެއް އުފެދުން.
ބިހިކަސް
ބދ. ކުދިކުދިކޮށް ހުންނަ ކަސްބިހި.
ބިހިއެޅުން
މ. (1) ކަށިވިދުރިއެޅުން. (2) (ލ) ބިސްއެޅުން.
ބިހިއޮޑި
ނ. އޮޑިއެއްގައި ކަށިވިދުރި އޮތް އޮޑި.
ބިހިގަނޑު
ނ. ގައިގެ ތާކުން އެއްފަހަރާ ނަގައިފައި ހުންނަ ބޯ ބިހިތައް.
ބިހިޖެހުން
މ. ބިހިނެގުން.
ބިހުރަ
ނ. ނައިކަލީ ދަމާފޮތިގަނޑާއި، ކީމަކޮޅުފަދަ ތަކެތީގެ ދެހިރު ދޭތެރޭ ހުންނަ ކުރެހުން.
ބިހުރައެޅުން
މ. ދަމާފޮތިގަނޑާއެ ކީމަކޮޅުފަދަ އެއްޗެހީގައި ބިހުރަ ހަރުކުރުން.
ބިހުކަޑި
ނ. ދޯނި ފަހަރުގެ ފަށްދަމަން ނުވަތަ ކުރަހަން ކުކުޅުބިސް ނުވަތަ ވެލާބިސް އަޅައިގެން ގިރާ ކަޑި.
ބިހުތޮށި
ނ. (1) ބިހުގެތޮށި. (2) ބޭސްވެރިންގެ އިސްތިލާޙުގައި ގިނިކާމާދޫނީގެ ބިހުގެތޮށި.
ބިހުލަ
ނ. (ޏ) މާއަލައިގެ ގޮބޮޅި.
ބިނބިފަޅީތަފާ
ނ. މުޅިއަތްތިލައިގެ ބަޑުފުށުން ބޮނބިފަޅީގައިޖަހާ ޖެހުން.
ބިނދުން
މ. ހަރުއެއްޗެއް ހުރަހަށް ބުރިވެފައި ވަކިނުވެއޮތުން. ނުވަތަ ވަކިވުން.
ބިނދެލުން
މ. (1) ގަސްގަހުން، މާ ނުވަތަ މޭވާފަދަތަކެތި ބިނުން. މިބަސްލުއިކޮށް ބުނާގޮތް. (2) ކާށިފަދަ ތަކެތި ހަރުއެއްޗަކުންޖަހައި ހުރަހަށް ދެކިބަކޮށްލުން. (3) (ސ) އެއްޗެއްގެ އެއްކޮޅުގައި ނުވަތަ ދެކޮޅުގައިހިފައި ލަނބައި މެދުން މުގުރައިލުން.
ބިނާ
ނ. (1) އިމާރާތް. (2) ރާނައި ހިޔާކޮށްފައި ހުންނަތަންތަން. މަޖާޒު: (3) އަސްލެއްގެ މައްޗަށް ބުރަވާ ބުރަވުން. (4) އަސްލެއްގެ މައްޗަށް ލެނބޭލެބުން.
ބިނާކުރަނިވި
ނއ. (1) ހަރުދަނާކަންހުރި. (2) ހެޔޮބަދަލުތަކަށް މަގުފަހިކުރުވާ. މިސާލު: ބިނާކުރަނިވި ހުށަހެޅުމެއް. ބިނާކުރަނިވި ފާޑުކިޔުމެއް. ބިނާކުރަނިވި ފިޔަވަޅެއް. ބިނާކުރަނިވި ނިންމުމެއް.
ބިނާކުރުން
މ. (1) ޢިމާރާތްކުރުން. (2) ތަނެއްރާނައި ހިޔާކުރުން. މަޖާޒު: (3) އަސްލެއްގެމައްޗަށް ބުރަވެހުރުން. (4) އަސްލެއްގެމައްޗަށް ލެނބިހުރުން.
ބިނާވުން
މ. (1) އިމާރާތްވުން. (2) ތަނެއްރާނައި ހިޔާވުން. މަޖާޒު: (3) އަސްލެއްގެ މައްޗަށް ބުރަވުން. (4) އަސްލެއްގެ މައްޗަށް ލެނބުން.
ބިނާޓު
ނ. ހުސް ކަސަބުން ނުވަތަ ކަސަބާ ފަށުވިން ވިޔެގެން ދުންބޯނޮޅީގައި އަޅައިފައި ހުންނަ ކުރެހުމެއް.
ބިނާޓުނޮޅި
ނ. ބިނާޓުކޮށްފައި ހުންނަ ދުންބޯނޮޅި.
ބިނާޓުކުރުން
މ. ހުސް ކަސަބުން ނުވަތަ ކަސަބާ ފަށުވިން ވިޔެގެން ދުންބޯނޮޅީގައި ކުރެހުން އެޅުން.
ބިނުން
މ. (1) ގަސްގަހުން މާ، މޭވާ، ފަތް ފަދަ ތަކެތި އުފުރުން. (2) ކާށި ފަދަ ނާށިހަރު ތަކެތި މުގުރުގަނޑެއް ފަދަ އެއްޗަކުން ޖަހައި ދެކިބަކޮށްލުން. (3) (ހ) އަންހެނުން ދަރުކޮށުން. (4) ކަނަމަދާއި ކަށިކެޔޮއޮށް ފެޅުން.
ބިން
ނ. (1) ދުނިޔެ. (2) ދުނިޔޭގެ ހިކިފަސް ތަން.
ބިންހިމަ
ނ. ބިމުގައި ފެތުރެމުން ހެދޭ ފަތްކުދި ވިނައެއް.
ބިންހެދުން
މ. ގަސް އިންދަން ބިންގަނޑު ތައްޔާރުކުރުން.
ބިންހެލުން
ާޅުތަކާއި ޖައްވީ ފިއްތުންތަކުގެ ސަބަބުން އަތުވެދާނެ ެއެވެ. ބިންހެލުމުގެ ބާރުމިން މިނަނީ ރެކްޓަރ މިންގަޑުންނެވެ. މިއީ 1 ން 9 ށް ދަރަޖަބަހައިފައިވާ މިންގަޑެކެވެ. އިންސާނުންނަށް ބިންހެލުމެއް އިޙުސާސްވާނީ މި މިންގަޑުން އެންމެ ކުޑަވެގެން 5.1 އާ ހަމަވުމުންނެވެ.
ބިންބައި
ނ. (1) ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި. (2) ފާލައްބަކުރާ ރަށްރަށުން ބިމުން ބަންޑާރަޔަށް ނަގާފައި އޮންނަބައި.
ބިންބި
ީ އިނގިލިތަކެއްހެން ހުންނަ ކުރާގަނޑެއްގައި ގަންނަ ފުއްކުދި ގޮވާމެކެވެ. މިގޮވާމުގެ ބޭރުގައި ހިލަތޮށްޓެއް ހުންނާނެ އެވެ. މި ހަރުވީމާ ހުންނާނީ ގަދަރަތްކުލައިގައި ނުވަތަ މުށި ކުލައިގައެވެ. ނުވަތަ ކަޅު ރަތްކުލައިގައެވެ. މިގޮވާމުގެ ފުއްތައް ހުންނަނީ ވަށްކޮށެވެ.
ބިންބިމަރުވާ
ނ. ދަނޑުގައި ހެދޭ ތޮނައެއް. ބިންބި ދަނޑަކުން މީގެ ގަހެއް ފަޅައްޖިއްޔާ އެތާކުން ގަސްތައް މަރުވެ ބިންބިއެއް ނުހެދެ އެވެ. މި ހުންނާނީ ފަތް ހިމަ ދިގުކޮންނެވެ. މައު ހުންނާނީ ހުދުކޮންނެވެ.
ބިންބިމައު
ނ. ބިންބި ހަނާކޮށްގެން ޖައްސާމައު.
ބިންބިމާ
ނ. ބިންބިމައު.
ބިންބިމާވަހަރު
ނ. މާވަހަރުގެ ބާވަތެއް. މިހުންނާނީ ނީކުނޑިކުލައިގައެވެ.
ބިންބިމާވަރު
ނ. ކަޅުމާވަރު.
ބިންބިމާލެއްވުން
ބިންބިމާޖެއްސުން.
ބިންބިމޮށްގަނޑު
ނ. ހުންނާއި ހަކުރާއި އަޅައިގެން ބިންބިފުށުގައި ހިލާފޮނި ކާ އެއްޗެއް.
ބިންބިފަތަފޮޅި
ނ. ބިންބި ހިމުންކޮށް ފުނޑައިގެން އެ ފުށުގައި ހުނިލައިގެން ފިހާ ބޯ ރޮއްޓެއް. މި ކުޅިކޮންނާއި ފޮނިކޮށް ހުރެ އެވެ.
ބިންބިފުށް
ނ. ބިންބި ހިމުންކޮށް މުގުރައިގެން ހަދާ ފުށް. ބިންބި މުގުރާނީ އުޑިންނެވެ.
ބިންބިފޮޅި
ނ. ބިންބި ފުށުން ތައްޔާރުކުރާ ފޮޅި.
ބިންބިތެޅުން
މ. މޯފަދަ އެއްޗަކުން ތަޅައިގެން ބިންބިން ތޮށި ފިލުވުން.
ބިންބުޅަލަށްޖެހުން
މ. ބަށިކުޅޭއިރު ފޯލިޖަހާ ގޮތެއް. މި ޖަހަނީ ކޮނޑުމަތިން ނެއްޓުނީއްސުރެން ތިރިއަށް ދާނޭހެންނެވެ.
ބިންބުޅާ
ނ. ބަށިކުޅުމުގައި ކޮނޑުމަތީން ނެއްޓުނީއްސުރެ ތިރިޔަށްދާގޮތަށް ޖަހާޖެހުން.
ބިންބޯހަނދި
ނ. (އ) ހަނދީގެ ބާވަތެއް. މިއީ ފަނޑު މުށިކުލައިގެ ދަޅައެއް އަޅާ ފެހި ނޫކުލައިގެ މަހެކެވެ. ކަރުތާފަތުގެ މަތީގައި ކަޅުކުލައިގެ ލަފެއް ހުންނާނެ އެވެ.
ބިންކަހުނބު
ނ. (ޏ) ގުނބޯ.
ބިންކުރުން
މ. (ބދ) ވަޅުލުން.
ބިންކުކުޅު
ނ. އުކުނޑި ބުކުނޑި.
ބިންކޭލަދަ
ނ. ފަތްކޭލާއި ބިމަށް ގޮނޑި ފައިބާ ހުރިހާ ކާތަކެތި.
ބިންކޮންނަސޫފި
ނ. މައިންނަށް ފެންނުދޭ ސޫފި.
ބިންވަރުނަ
ނ. އިންދުމާ ނުލައި ބިމުގައި ހުންނަގަސްފެޅުމުގެ ބާރު.
ބިންވަޅު
ނ. (1) ފުއްޕުންލައި ކަނޑައިފައި ހުންނަ ލިޔުންގަނޑުގަނޑާއި ކުރެހުމުގައި އަޑިކޮށްފައި ހުންނަ ތަންތަން. (2) ބައެއް ކުރެހުމުގެ ތެރޭން ކުރެހުމަށްވާގޮތުން ބަތާނަފެންނަތަން. (3) މަޖާޒު: ނުފިލާގޮތަށް ހިތުގައިހަރުލާ ހަރުލުން.
ބިންވަޅުނެގުން
މ. (1) ގަލުގައްޔާއި، ލަކުޑިފަދަ ތަކެތީގައި އުފުލިފައި ހުންނާނޭގޮތަށް ކުރެހުން ގަނޑުގަނޑާއި، ލިޔުން ގަނޑުގަނޑު ކަނޑައިނެގުން. (2) މަޖާޒު: ނުފިލާގޮތަށް ހިތުގައި ކަމެއް ހަރުލުން.
ބިންވަޅުކެނޑުން
މ. ގަލުގައްޔާއި ލަކުޑިފަދަ ތަކެތީގައި ކުރެހުމާއި ލިޔުން، އަޑިކޮށް ހުންނާނެގޮތަށް ކަނޑައި ނެގުން.
ބިންވަޅުނަގާކުރެހުން
މ. ލިޔުންގަނޑާއި ކުރެހުންގަނޑު އުފުލިފައި ހުންނަހެން ފެންނަގޮތަށް ކުރެހުން.
ބިންމަތި
ނ. (1) ބިންގަނޑުގެމަތި. (2) ބިންގަނޑު. (3) ބިން.
ބިންމަތިފަސޭހަވުން
މ. ވެއްޓޭބަލީގައި ވެއްޓުން.
ބިންމަތިއަލިވުން
މ. (1) ފަޖުރަށްލައި ދުނިޔެ މަތިން އަނދިރިކަން ފިލުން. (2) ކުކުޅުހާ ގަހުން ފައިބާވަރަށް އަނދިރިކަން ފިލުން.
ބިންމަތިފަސޭހަވާބަލި
ނ. ވެއްޓޭބަލި.
ބިންމަތީއެއްޗެހި
ނ. (ބ) ބިމުސޫފި.
ބިންމަތީގެ
ނ. ބޮޑު މަސައްކަތެއް ނުވަތަ މަޝްރޫޢެއް ހިނގާ ސަރަޙައްދުގައި އެމަސައްކަތަކާއި ނުވަތަ އެމަޝްރޫޢަކާ ބެހޭ ކަންތައްތައް ހިންގުމަށް ހުންނަ އޮފީސް.
ބިންމަގޫ
ނ. ބިންހިމަ ގަހުގެ ފަތްހެން ފަތް ހުންނަ، އެއަށްވުރެ ތަންކޮޅެއް އުސްކޮށްހެދޭ، ފަތުގައި ތެޔޮގޮތް ހުންނަގަހެއް.
ބިންމަޑަ
ނ. (ލ) ގުގުރިފިލާ.
ބިންމާ
ނ. ހަންޑިހަތްފަޅާހެން ބިމުންފަޅާ އެއްޗެއް. މިހުންނާނީ މަލެއްގެ ސިފައިގައެވެ. މީގާ މީރުވަހެއް ހުންނާނެ އެވެ.
ބިންފަޅަ
ނ. ބިމަށް ގޮނޑި ފައިބާ ކާތަކެތި.
ބިންފާނު
ނ. ކުނިތަކުގެ ތެރޭގައި ހުންނަ ފަނި.
ބިންފާޅަ
ނ. (ޅ) ގަދަބިންފާޅަ.
ބިންފިލާ
ނ. ގުގުރިފިލާ.
ބިންފެހި
ނ. ގުގުރިފިލާ.
ބިންފެޅި
ނ. (އ) މީހަކު އިންދުމަކާނުލާ ބިމުން ފަޅައިގެން ހެދޭ ކުދި ގަސްގަސް.
ބިންފޮޅު
ނ. (ށ) ގާފޮޅު.
ބިންދަދު
ނ. ދަދުގެ ވައްތަރެއް. މިއީ ފައިގައި ނުވަތަ ކަށިމަތީގައި ނަގާ ދަދެކެވެ. މި ފުރަތަމަ ހުންނާނީ ބިހިބޮނޑިއެއް ހެންނެވެ.
ބިންދަދެ
ނ. (ގ) ބިންދަދު.
ބިންދާބަޑި
ނ. މެދުން ލަނބާ ހުޅުވާ އެތަނަށް ރޭޒާފުކެއް ލައިގެން އަމާޒު ހިފާން ދަސްކުރާން ގެންގުޅޭ ބަޑިއެއް.
ބިންދާލުން
މ. މުގުރާލުން.
ބިންދުން
(1) ދަނޑިއާއި ފިލާ ފަދަ ހަރުތަކެތި މުގުރުން. (2) ރާޅު ބީހިގެން މުގުރުން. (3) މުގުރުން މިބަހުގެ 2 ވަނަ މާނަ ބަލާ!
ބިންތަށަ
ނ. (ސ) ބިންގާ.
ބިންތަށަފެލާ
ނ. (ސ) ބިންގަލުގެ މަތީ ރާނާ ގާފޮޅު.
ބިންތަޅާއެތިގަނޑު
ނ. ބިންތެޅި.
ބިންތަޓާ
ނ. (ގ) ކަކުނި.
ބިންތުޅާކިލާޖެހުން
މ. ހޫރައިފައި ބިމުގައި ޖެހުން.
ބިންތެޅި
ނ. ބިންގަނޑު ހަރުކުރާން ތަޅާ އެތިގަނޑު.
ބިންތެޅުން
މ. (1) ބިންގަނޑު ހަރުކޮށް އެއްވަރުކުރާން ތެޅުން. (2) (ސ) ބިންހެލުން.
ބިންތޮޅުން
މ. ބިންހެލުން.
ބިންގަނޑު
ނ. ބިން ނުވަތަ ބިމުގެ ބަޔެއް.
ބިންގަރާސް
ނ. (1) ބިމުގެ އަޑީގައި ހަދާފައި ހުންނަ ކޮޓަރި، ނުވަތަ ގުދަން. (2) ބިމުއަޑީން އެއްތަނުން އަނެއް ތަނަށް ދެވޭނޭހެން ހަދާފައި އޮންނަ މަގު.
ބިންގައު
ނ. ބިންގާ.
ބިންގަދަފާޅަ
ނ. (ގ) މާފާޅަ.
ބިންގަލް
ނ. (ޏ) ބިންގާ.
ބިންގާ
ނ. (1) ބިންގަލަށް ވަޅުލާ ގާ. (2) އިމާރާތުގެ ބިމުގެ އަޑިޔަށް ރާނާބައި. (3) ގޭގެ ކަނެއްގައި އިރުވަރުން ބާއްވާ ގައު. (4) ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ރަމްޒެއްގެ ގޮތުން ބާއްވާ ގައު. (5) ތަރަހަ. (6) ތަރާ.
ބިންގައުއެޅުން
މ. (1) ބިންގަލަށް ވަޅުލާ ގާ ވަޅުލުން. (2) ޢިމާރާތުގެ ބިމުގެ އަޑިޔަށްވާބައި ރާނައިލުން. (3) ގޭގެ ކަނެއްގައި އިރުވަރުން ބާއްވާ ގައު ބޭއްވުން. (4) ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަމްޒެއްގެ ގޮތުން ބާއްވާ ގާ ބޭއްވުން. (5) މަޖާޒު: ކަމެއްގެ ފެށުން.
ބިންގާހެލުން
މަޖާޒު: ކަމެއްގެ މައިގަނޑަށް ލޮޅުމެއް އެރުން ނުވަތަ އެކަމަށް ކުށެއްވުން.
ބިންގާއެޅުން
މ. ބިންގައުއެޅުން.
ބިރާގަން
ނ. ވަކިބާވަތެއްގެ ރަނަކުން ހެދިފައިވާ ސިއްކައެއް. މިއީ އިހުގައި ފައިސާގެ ގޮތުން ބޭނުންކޮށްއުޅުނު އެއްޗެކެވެ.
ބިރިކައިގަތުން
މ. ބދ. ބާރުންއަތުލައިގަތުން.
ބިރިކި
ނ. (1) ދެކުނބަށް ފަރުމާނުއެޅިނައު. (2) އާގުބޯޓު ފަހަރުގެ އެންމެ މަތީ ފަންގިފިލާގެ ދިރުނބާ ކޮޅުގައި މައްޗަށް އަރުވައިފައި ހުންނަބައި. ބައެއް ބޯޓުގެކޮޅު ފަސްކޮޅުގައިވެސް ބިރިކި ހުރެ އެވެ.
ބިރިޑިޖިލީ
ނ. ބަލިމީހުންނަށް ކާންދޭން ކިރާ، ސާގާ އަޅައިގެން ހަދާ ކާއެއްޗެއް.
ބިރިޔާނީ
ނ. ގިތެލާއި، މަހާއި ބައެއް ހަވާދުލައިގެން ކައްކާ ބަތެއް.
ބިރިޔާން ކުރުން
މ. (1) ތެލުގައި ރަތް ކުރުން. (2) ރޯސްކުރުން.
ބިރިޖު
ނ. ތާސްބައިން ކުޅޭ ކުޅިވެރެއް.
ބިރު
ނ. ގެއްލުމަކާމެދު ނުވަތަ ނުރައްކަލަކާމެދު ހިތުގައި އުފެދޭ ސިހުން.
ބިރުހީވުން
މ. ބިރުގަންނަގޮތްވުން.
ބިރުހެޔޮވުން
މ. ބިރުފިލުން.
ބިރުބޮޑުވުން
މ. ގެއްލުމަކާމެދު ނުވަތަ ނުރައްކަލަކާމެދު ހިތުގައި އުފެދޭ ބިރުވެރިކަން އިތުރުވުން.
ބިރުވެރި
ނއ. (1) ބިރުހުރި. (2) ނުރައްކާތެރި.
ބިރުވެރިކަން
ނއނ. (1) ބިރުހުރިކަން. (2) ނުރައްކާތެރިކަން.
ބިރުވެރިއަޑު
ނ. (1) ނުރައްކާތެރި އަޑު. (2) ހިތުގައި ސިހުން އުފައްދާ އަޑު. (3) ނާމާން އަޑު.
ބިރުވެރިވުން
މ. ގެއްލުމަކާމެދު ނުވަތަ ނުރައްކަލަކާމެދު ހިތުގައި ސިހުން އުފެދުން.
ބިރުވެތި
ނއ. (1) ރައްކައުތެރި. (2) ތަޤްވާވެރި.
ބިރުވެތިކަން
ނއނ. (1) ރައްކާތެރިކަން. (2) ތަޤްވާވެރިކަން.
ބިރުވެތިވުން
މ. (1) ރައްކައުތެރިވުން. (2) ތަޤްވާވެރިވުން.
ބިރުދެއްކުން
މ. ބިރުގަންނާނޭ ކަންތައްތަކެއް ކުރުން. ނުވަތަ ބިރުގަންނާނޭ ވާހަކަ ދެއްކުން.
ބިރުގަތުން
މ. ހިތަށް ބިރުގެ އަސަރުކުރުން.
ބިރުގެންނެވުން
މ. ބިރުގަންނާނޭގޮތް ހެދުން.
ބިރުޑި
ނ. ގަނޑުވަރުތެރޭ ބޭފުޅުން ރައްކައުވާންވެގެން ހަދާތަރަފަނާގެ ބާވަތެއް.
ބިބީ
ނ. (1) ތާސްބައިގެ ގުލާމާ ބައިސާއާ ދޭތެރޭ އޮންނަ ގަނޑު. (2) ތާސްބައިގެ ކޮންމެ ރަނގައެއްގެ ބާރަވަނަގަނޑު. (3) މަހެއްގެނަން.
ބިބުނި
ނ. އަލިފާންކަނި.
ބިބޭރު
ނ. (ބ،ދ) އުއި.
ބިޅަކައި
(ބ،ދ) ގެއްލުން.
ބިޅި
ނ. (ސ) ބުޅި.
ބިޅިހެނބެރި
ނ. (ސ) ހިމެރީގެ ބާވަތެއް. މިވެލުގައި އަޅާ ތޮޅި ބުޅިއެއްގެ ސިފައިގައި ހުންނާތީ ބިޅި ހެނބެރި ކިޔަނީ އެވެ.
ބިޅިހެދުން
މ. (ސ) (1) ހީކަރުވައިގަނެގެންގޮސް ގުރުވުން. (2) ދޫނިސޫފާސޫފި ނަމަ ދެފިޔަގަނޑު އެލުން.
ބިޅިދިލިމިޔަރޮ
ނ. (ސ) ނިތްގަނޑުގެކޮޅު ވައްކޮށްހުންނަ މިޔަރު.
ބިކަ
ނއ. (1) ނިކަމެތި. (2) ފަޤީރު. (3) އުޅުންދަތި.
ބިކަހިގުން
ނ. (1) ސަލާންޖަހާން ހިނގުން. (2) ގެއެއް ދޮރެއް ނެތިގެން އެކިއެކި ގޭގޭގައި ނިދާއުޅުން.
ބިކަވުން
މ. އަޅާލާނެ މީހަކުނެތި އެކަނިވެރިވުން.
ބިކަތެޅުން
މ. (1) ގަނަތެޅުން. (2) އަޅާލާނެ މީހަކުނެތި އެކަނިވެރި ޙާލުގައި އެގޮތްމިގޮތަށް އުޅޭންޖެހުން.
ބިކުރު
ނ. ފަރުޖުގެ ތެރޭގައި ހުންނަ ތުނި ދުއްޔެއް.
ބިކުރުކެޑުން
މ. (1) ބިކުރެވެ ކިޔާދުލިފެޅުން. (2) ފުރަތަމަ ފަހަރު ޖިމާޢުވުން.
ބިކުރުވެރި
ނއ. (1) ބިކުރުހުރި. (2) މީހަކާ ނުއިނދެއިން.
ބިކުރުވެރިޔާ
ނ. ބިކުރުނުކެނޑިއިން އަންހެނާ.
ބިޔަރު
ނ. އަމަލުވާ ދިޔާ އެއްޗަކަށް ކިޔާނަމެއް.
ބިއްބަޅު
ނ. އަރިބިތްކައްޓަށް ހުންނަ ގުދު.
ބިއްބުޅަމަސް
ނ. ފަރުމަހުގެ ބާވަތެއް. މިއީ ރާބުޅާގެ ބައްޓަމަށް ބޮނޑިމަސްކޮށް ހުންނަ މަހެކެވެ. މަހުގެ ކުލައަކީ މަޑު އަޅިކުލައެވެ. މި މަސްގިނައިން އުޅެނީ ތޮށި ދޮށުގައެވެ.
ބިއްކަށި
ނއ. އަރިބިއްކަށި.
ބިއްކޮއްޓި
ނ. (1) އަންހެން ކުއްޖެއްކަން ދޭހަކޮށްދިނުމަށް ބުނެއުޅޭބަހެއް. (2) އުފަންވުމާ ގުޅިގެން އަންހެން ކުއްޖެއްކަން އަންގައިދޭން ބުނެއުޅޭބަހެއް.
ބިއްދަނޑިއެޑުން
މ. (ސ) ތޮށަލި ނުވަތަ ފަންޖަހާ ބިތް ބިތުގައި ބޭރުފަރާތުގައި، ރަހަށް އެއްކޮޅުން އަނެއްކޮޅަށް ދަނޑިއެޅުން.
ބިއްދަރަ
ނ. (ސ) (1) ދުރުފަރާތް. (ބިއްދޮށް) (2) މަގަތުގެ އިދިކޮޅު. (3) ރާއްޖެއިން ބޭރު.
ބިއްތު
ނ. (މަލިކު) އަލަ.
ބިއްތެރި
ނ. ހަތަރު ބިތް އެއްވަރު. މި ބަސް ބޭނުންކުރަނީ ބިޔަކޮށް ތިބޭ މީހުންނާ ނިސްބަތްކޮށެވެ.
ބިއްލަޑީ
ނ. އެއްތަނުން އަނެއްތަނަށް ގެންދާމުދާ އެމުދަލެއް އުފުލާ އުޅަނދަކަށް އެރުވިކަން ޔަޤީންކޮށްދީފައިދޭ ލިޔުން. މިލިޔުންދޭނީ މުދާއަރުވާ އެޖެންޓްގެ ފަރާތުންނެވެ.
ބިއްލި
ނ. ސޯބު އެނބުރުމަށްޓަކައި އޭގައި ހިފައިގެން އެނބުރޭ ދަނޑިބުރި.
ބިއްލޫރި
ނ. ތިމަރަ އިންނާނީ ވެލިން އުފައްދާ އެއްޗެއް. އާއްމުކޮށް މިހުންނާނީ އެތެރެ އެނގޭ ގޮތަށެވެ.
ބިއްލޫރިބަނޑިޔާ
ނ. ތަށިދިއްލައިފައި ބަހައްޓާން ނުވަތަ އުށްބައްތި ޖަހާންބިއްލޫރީން ގޮނިކޮށް ހަދައިފައި ހުންނަކަންވާރެއް. މިކިތަންމެ ސިފައަކަށް ހުރެއެވެ.
ބިއްލޫރިބޮކި
ނ. (1) ބިއްލޫރިން ހަދައިފައި ހުންނަ އެއްޗެއް. މީގެ އެތެރޭގައި ހޮއި އޮންނާނެވެ. (2) "ބޮކި" ބަލާ!
ބިއްލޫރިކަފާކަށި
ނ. ބިއްލޫރި ކަފަން ބޭނުންކުރާ އާލަތެއް.
ބިއްލޫރިއާ
ބިއްލޫރިތަށި
ނ. (1) ފެންބުއިމަށްޓަކައި ބިއްލޫރިންހަދާފައި ހުންނަތަށި. (2) ފެންބޯތަށި.
ބިއްލޫރިގަނޑަ
ނ. (ސ) ބިއްލޫރިން ހަދާފައި ހުންނަ ކަހަނބު.
ބިއްލޫރިގަނޑު
ނ. ވަކިސައިޒަކަށް ނުވަތަ ބައްޓަމަކަށް ކަފާފައި އޮންނަބިއްލޫރި.
ބިއްލޫރިގަސް
ނ. ބިއްލޫރިން އެކިއެކި ސިފަސިފާގައި ގޮފިގޮތްޕަށް ހަދާފައި ހުންނަ ސަމޭދާން.
ބިއްސާ
ނ. (ސ) (1) ޖަޑާ. (2) (ދ) މަހުގެބިސް.
ބިއްސާވެލި
ނ. އެތެރޭގައި ލޮނުގަނޑު އޮންނަގޮތަށް ވަށައިގެން އަޅާ ތުނޑި.
ބިމުނި
ނ. އަލިފާންގަނޑު ނިވިފައިވާ ހޫނު އަޅިގަނޑުގެ ތެރޭގައި ހުންނަ އަލިފާން ކަނިކަނި.
ބިމުކަންތައް
ނ. ދަދުނެގުން، ފެތުރިނެގުން ފަދަ ކަންކަމަށާއި، ކަންފަތު މަތީކައިރިޔާއި، ކަރުދޮށުގެ ރޮނގުތައް ކެނޑިފާރުވުމަށް ކިޔާނަމެއް.
ބިމުދާއްބަ
ނ. (1) ޤިޔާމަތުގެ ޢަލާމާތެއްގެ ގޮތުން ބިމުންނުކުންނާނޭ ދާއްބައެއް. (2) ފުލޯކު ވާހަކަތަކުގައި ޖާދޫ ހަދައިގެން ނުވަތަ ފަންޑިތަހަދައިގެން ބިމުން ނެރޭ ކަމަށްބުނާ ފުރޭތައެއް.
ބިމުދާއްބަނެގުން
މ. ފަންޑިތަހަދައިގެން ބިމުދާއްބަ ނެރުން.
ބިމުސޫފި
ނ. ކުޑަކުދިންނަންޖެހޭ ހަމުގެ ބައްޔެއް. މިއީ ގިނައިން ބިންމަތީގައި ބައިތިއްބައިފައި ތިބޭ ކުޑަކުދީންގެ ފައިން ނަގާ ބައްޔެކެވެ. މިހުންނާނީ ރުއްތޮށިގަނޑެއްހެން ބޯކުރަގަނޑެއްގެ ގޮތަށެވެ.
ބިމުޑިބާޅަ
ނ. ގަދަބިންފާޅަ.
ބިމެކަން
ނ. (ސ) ކުޑަކުދިންނަށްޖެހޭ ހަމުގެ ބައްޔެއް. މިޖެހުނީމާ މުޅިގައިން ބިހިތަކެއް ނަގާނެއެވެ.
ބިމެދެމުން
މ. (ސ) ފިރުކުން.
ބިދުޢަ
ނ. ދީނީ ކަމެއްގައި ހަދައިގެން އުޅޭ ދީނުގައި ނުވާކަންތައް.
ބިދުޢަވެރީން
ނ. ދީނީކަމެއްގައި ހަދައިގެންއުޅޭ ދީނުގައިނުވާ ކަންތައް ކުރާމީހުން.
ބިދޭސީ
ނ. (1) ރާއްޖެއިން ބޭރުމީހާ. (2) ނއ. ރާއްޖެއިންބޭރުގެ.
ބިދޭސީން
ނ. ރާއްޖެއިން ބޭރުމީހުން.
ބިތުފަންގިނެގުން
މ. މަޖާޒު: ކަމެއްހާމަކުރުން.
ބިތުފަންގެ
ނ. ބިތުގައި ދަމާފައިވާ ފަން.
ބިތޭރި
ނ. ބިއްތެރި.
ބިތް
ނ. (1) ގޭގެ ތަރަހައްދު، ނުވަތަ ގޭތެރޭގެ ބައިތައް ވަކިކުރުމަށްޓަކައި ހަދާފައި ހުންނަ ނިވާ. (2) ފަރާތް.
ބިތްބަންނަދުނބުރި
ނ. ގޭގޭގެ ބިތް ބަނުމަށްޓަކައި، ގާތްގާތުގައި އިންދައިގެން ހައްދާ ހިމަ ދުނބުރި.
ބިތްބަޅު
ނ. ބިއްބަޅު.
ބިތްކަށި
ނ. އަރިބިއްކަށި.
ބިތްކަށްޓަށް
ކއ. އަރިބިއްކައްޓަށް.
ބިތްކަނޑިންޖެހުން
މ. ކަނޑީގެ އަރިމަތިން ޖެހުން.
ބިތްކޮއްޓި
ނ. މަޖާޒު: އަންހެންދަރި.
ބިތްވުން
މ. އަރިއަށް ލައްވުން.
ބިތްފަން
ނ. ބިތުގައި ދަމާފަން. މިހުންނަނީ ތިން ރޯނަށް ވިދެފައެވެ.
ބިތްދަނޑިއެޑުން
މ. (ސ) ބިތުގައި ނުވަތަ ފުޅަފުގައި ކިހައް އެޅުން.
ބިތްދަރު
ނ. (ސ،ޏ) ބިތްދޮށް.
ބިތްދޮށް
ނ. (1) މަގަތް ފަރާތްނޫން އަނެއް ފަރާތް. (2) އެނދު އަށީގެ ބިތާ ކައިރި ފަރާތް. (3) މަގާދުރު ފަރާތް.
ބިތްތެރި
ނ. (1) އަރިއަރިޔަށް އޮތް ބޮޑު އެތިގަނޑެއްގެ ފަރާތެއް. (2) އަރިމަތި. (3) ފިލައިން ހަދާފައި ހުންނަ ބޮޑެތި ބިތްގަނޑުގަނޑު.
ބިތްގަނޑު
ނ. ތަނެއް ބައިކުރުމަށް ފިލާ ފަދަ އެއްޗަކުން ހަދާ ވަގުތީ ފާރު.
ބިތްޕަށް
ނ. ބޭރު ފަރާތުން ބިތުކައިރި.
ބިތްޖެހުން
މ. (1) އިންސާނާއާއި އަދި އެހެނިހެން ދިރޭތަކެތި ވަރުބަލިވެގެން ބިތަށްލައްވުން. (2) ފިކުރު ހުސްވެ ހުއްޓިފައި ހުރުން.
ބިލަކައި
ނ. (ބ،ދ) ގެއްލުން.
ބިލަވެޔޮ
ނ. ބިމުގައި ދުވާ ފަތް ކުދި ވެލެއް. މީގައި ނޫކުލައިގެ މަލެއް އަޅައެވެ.
ބިލަމަގު
ނ. (1) ފޯލިކޮށް ހުންނަ ހުތްރަހަގަދަ މޭވާއެއް. (2) މި އަޅާގަހުގެ ނަން.
ބިލަމަގުމާކުލަ
ނ. ރަތްދަނބު ކުލަ.
ބިލަތް
ނ. ބިލެތް.
ބިލަތްތޮނަ
ނ. ކަނދޮޅުފަތުގެ ބައްޓަމަށް ފަތް ހުންނަ މިނައެއް. ބިލެއް ކުރި އިންދައިފައިވާ ތަންތާނގައި މިވިނަ ހައްދާއުޅެއެވެ.
ބިލާހު
ނ. (1) ހަޤީޤަތެއް ނުވާކަމެއް. (2) އަޞްލެއްނުވާ ފެނުމެއް.
ބިލާދަރު
ނ. ބޮޑުސަލާމަތި.
ބިލިވަރޮހެދުން
މ. (ސ) ކެއުން މަޖާ ކުރުމަށް ސުފުރާމައްޗަށް ގިނަތަކެތި އެއްކޮއްގެން ކެއުން.
ބިލިމަގު
ނ. ބިލަމަގު.
ބިލިގާ
ނ. އެއަށް އެރިގެން ފެންވެރުމަށާއި އެއްޗެހި ދޮވުމަށް ހަދައިފައި ހުންނަ އެއްޗެއް. މިތަފާތު އެއްޗެހީން ތަފާތު ވައްތަރު ވައްތަރަށް ހަދައިފައި ހުރެއެވެ.
ބިލިޔަން
ނ. އެއްހާސް މިލިޔަން.
ބިލު
ނ. (1) ފައިސާ ދައްކަންޖެހޭ މިންވަރު އަންގައިދޭ ލިޔުން. (2) ޤާނޫނު ހަދާމަޖިލިހުން ފާސްކުރުމަށް ހުށަހަޅާ ޤާނޫނުގެ ދެލިކޮޕީ.
ބިލެއްބުރި
ނ. ބިލެތުހުއި.
ބިލެއްކައްޓަލަ
ނ. ބިލެތާ ވައްތަރުގޮތަކަށް ފަތްހުންނަ ވެލެއްގައި އަޅާ ހިމަ، ދިގު، ތަރުކާރީއެއް، މިވެލުގެ ގޮނޑިޔަށްވެސް ކިޔަނީ މިނަމުންނެވެ.
ބިލެއްވެޔޮ
ނ. (ހއ) ބިލަވެޔޮ.
ބިލެތާދިޔުން
މ. (1) މައުލޫދަށް ކިޔާން ބިލެތް ހިފައިގެން ދިއުން. (2) ހ. މަޢުލޫދަށް ބިލެތްބަލައި ކޮންމެވެސް ރަށަކަށް ދިއުން.
ބިލެތު ބޯ
ނ. ބިލެތްކަފާއިރު ކައިރިންނެގޭބައި.
ބިލެތުހުއި
ނ. ފަތް ހިމަދިގުކޮށް ކޮޅު ވައްކޮށް ކައިރިތޫނުކޮށް ހުންނަ ވިނައެއް.
ބިލެތުވިނަ
ނ. ބިލެތުހުއި.
ބިލެތް
ނ. (1) ދުފަންގެންގުޅޭ ފަތެއް. މިއަޅަނީ ވެލެއްގައެވެ. (2) އެއްޗަކަށް އަރުވައިފައި ހުރިބިލެތް.
ބިލެތް ހެދުން
މ. ދުފާން ބޭނުންވާ ތަކެތި ބިލެތްގަނޑަކަށް އަޅައި ތައްޔާރުކުރުން.
ބިލެތްބުރު
ނ. (ސ) ބިލެތުހުއި.
ބިލެތް ކަނޑާހަރު
ނ. ބިލެތް އަރުވާފައި ހުންނަ ޅޮހަށް، ނުވަތަ ރުއްގަހަށް ބިލެތް ކަނޑަން އެރުމަށް ގަޅިބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި.
ބިލެތްއެޅުން
މ. ބޮނޑިޔަކަށް ވާނޭހެން މަތި މައްޗަށް ބިލެތް ބެހެއްޓުން.
ބިލެތް އޮޑި
ނ. ހަނގުބޭކަލުން މަތީފޭލި އަންނަ ހެދުމުގައި ވާތްފަރާތުން އުނަގަނޑުގައި ޖަހާ އެއްޗެއް. މިހުންނާނީ، ކުޑަމާގަނޑެއް ބަދެފައި ކުރީކޮޅު ހިމަކޮށް ގުދުކޮށްނެވެ.
ބިލެތްމައްޗަށްޖެހުން
މ. ރަސްމީ މަޢުލޫދުގައި ހަރުގެހަދާ ތައްޔާރުކުރުމަށް ހަނގުބޭކަލުންގެ ބަޔަކު ޚާއްޞަ ކުރުން.
ބިލެތްހުނި
ނ. ދުފާން ގެންގުޅޭ ހުނި. މިއީ އުވަ ފުރާނައިގެން ނަގާ ހިމުންބައެވެ.
ބިލެތްރުމާ
ނ. ހެދިބިލެތް އަޅާފައިވާ ރުމާ.
ބިލެތްބޮނޑި
ނ. (1) 05 (ފަންސާސް) ގަނޑުބިލެތުން ބަނދެފައި އޮންނަ ބޮނޑި. (2) ފަންސާސް ގަނޑު ބިލެތް.
ބިލެތްޅޮސް
ނ. ބިލެތް އަރުވާފައި ހުންނަ ޅޮސް، ބިލެތް އަރާފައި ހުންނަ ރުއްގަހަށްވެސް މިހެންކިޔައެވެ.
ބިލެތްކައްޓަލަ
ނ. ބިލެތާ ވައްތަރުގޮތަކަށް ފަތް ހުންނަ ވެލެއްގައި އަޅާ ހިމަ، ދިގު، ތަރުކާރީއެއް. މިވެލުގެ ގޮނޑިޔަށްވެސް ކިޔަނީ މިނަމުންނެވެ.
ބިލެތްކާ
ނ. ބިލެތުވައް.
ބިލެތްކެފުން
މ. ބިލެތްގަނޑުގެ ސިފަ ރީތިކުރުމަށް ކައިރިފަށް ކަފައި ނެގުން.
ބިލެތްއަޅާތެލި
ނ. ބިލެތްތެލި.
ބިލަތްއާލާތް
ނ. (ސ) ބިލެތްއަރުވަން ހަދާފައި ހުންނައެތި.
ބިލެތްއުނި
ނ. (ހ) ބިލެތްޅޮސް.
ބިލެތްވައްގަނޑު
ނ. ބިލެތުދާމުލުން ފަޅާފައި ހުންނަހަކި ނުފަޅާ އޮފި.
ބިލެތްމައު
ނ. (1) ބިލެތްވެލުގައި އަޅާ މައު. މިހުންނާނީ ވަކިފުލެއްގެ ސިފައިގައެވެ. (2) ދެނަނު އެއްކުރުމަށް ބިލެތްމަލެއްގެ ސިފައިގައި ލާ ފައްތަރު.
ބިލެތްމަތީބޭކަލުން
ނ. ބިލެތްމައްޗަށް ނެގިފައި ތިއްބެވި ހަނގުބޭކަލުން.
ބިލެތްމަލާފަތް
ނ. ބިލެތް ޖަހާން ނުވަތަ އަޅާން ގެންގުޅޭ ކަންވާރެއް. މިއީ މަތިޖެހޭ ގޮތަށް ލޮއިން ހަދާފައި ހުންނަ ކުޑަ މަލާފަތެކެވެ. އެކި ސިފަސިފައިގައި މިހަދާފައި ހުރެއެވެ.
ބިލެތްމާ
ނ. ބިލެތްމައު.
ބިލެތްމާލުން
މ. ބިލެތްމަލުގެ ސިފައިގައި ދެނަނު ފަލަސްކުރުން.
ބިލެތްމާލޯފިނދު
ނ. ލޯފިނދުގެ ވައްތަރެއް. މީގެ މައިގަނޑާއި ފިޔަ ދޮންދޫންޏަށްވުރެ ބޮޑުވާނެއެވެ. އޭގެ ފިނދުގައި ބިލެތްމާގޮތަށް ތިކިތިކި ޖަހައިފައި ހުންނާނެއެވެ. ކުލައަކީވެސް ބިލެތްމަލުގެ ކުލައެވެ. ދޫނީގެ ބޮޑުމިނަކީ ގާތްގަނޑަކަށް ލޯފިނދުގެ ބޮޑުމިނެވެ.
ބިލެތްމީރުކުރުން
މ. އެއްޗެއް ކާލައި، ދުންބޮއި، ދުފައިލާ ހެދުން.
ބިލެތްމުށް
ނ. ބިލެތްދަފީގެ މެދުގައި ބިލެތްތަކުގެ ހުނގޫތައް މައްޗަށް ހުންނާނޭހެން ވަށްބުރު ހަމަޔަށް ކޮޅަށް ޖަހާފައި ހުންނަ ބިލެތްތައް.
ބިލެތްމުށްޖެހުން
މ. "ބިލެތްމުށް" ދަފީގައި ބެހެއްޓުން.
ބިލެތްމުރާކި
ނ. މުރާކީގެ ބާވަތެއް. ( މިއީ އާދައިގެ މުރާތްކަށްވުރެ ފަތްބޮޑެތި، ފަތުގެ ތުނޑު ތޫނުކޮށްހުންނަ ގަހެއްގައި އަޅާ އެއްޗެކެވެ.)
ބިލެތްދަޅި
ނ. ހަލާކުނުވެ ގިނަދުވަހު ހުންނާނެހެން ބެހެއްޓުމަށްޓަކައި ބިލެތް އަޅާފައި އޮންނަ ކެޔޮ ދަޅިގަނޑު.
ބިލެތްދަފި
ނ. ބިލެތްޖަހާދަފި. މިއީ ޚާއްޞަކޮށް ބިލެތްޖަހާން ހަދާފައި ހުންނަ ލޯކަންވާރެކެވެ.
ބިލެތްދަފިނެގުން
ހައްޓައި އޭގެވަށައިގެން ފިރިހެނުން ތިބެލަވަކިޔައި ނަށަމުން އެނެށުމާ ހަމަވާގޮތަށް އެދަފިނަގައި ކޮންމެވެސް އެކެއްގެ ބޮލުގައި ބަހައްޓައިގެން ނަށާ ނެށުމެކެވެ. ޢާއްމުކޮށް މިދަފިނަގައި އުޅެނީ ގާއޮޑި ލަވަކިޔާއިރު އަންބާބެރަށް ފެށުނީމާ އޭގެ ހަމައަށް ނަށަމުންނެވެ.
ބިލެތްދާމޫ
ނ. ބިލެތްވެލުގެ މައިތަނޑުގަނޑު.
ބިލެތްތަޅާވަން
ނ. (1) މަތީގައި، އިސްކުރުމައްޗެއް، ފުލުގައި އަގުޅިއެއްޖަހައި، މަތިގަނޑުގެ ތެރޭން ކޮޅުފަތި ކައްޓެއް މަހައިފައި އޮންނަ ހަރުމަތީ ބަނޑިއެއްގެ ފޫބުރިއެއްގެ ސިފައިގައިވާ ލޯކަންވާރެއް. (2) ކުދިވަރުގެ ދަގަނޑު ނުވަތަ ލޯ ވަން.
ބިލެތްތެޅުން
މ. ދުފުމުގެ ތަކެތި، ވަނަކަށް އަޅައިގެން ތަޅާ ހިމުން ކުރުން.
ބިލެތްތެލި
ނ. ބިލެތްއަޅަން ލޯއިން ހަދައިފައި ހުންނަ ބާވަތެއްގެ ކަންވާރެއް.
ބިލެތްގަނޑު
ނ. ބިލެތްވެލުގެ އެއްފަތް.
ބިލެތްގަސް
ނ. އައްޑުހު ދުޢާފަދަ ބައެއްރަސްމީ ކެއުމުގައި، ކޭން ކާމީހުންނަށް ލިބޭ ބިލެތްތަކުން އެމީހުންގެ ގޭގެޔަށް ފޮނުވުމަށް މަލެއްގެ ސިފައިގައި ރާވައިފައި ހުންނަ އެއްޗެއް.
ބިލެތްގޮށި
ނ. (1) ބޮންތިފަނުން ބިލެތް އަޅާން ހަތްފޫ ލައިގެން ވިޔާ ކުޑަގޮނެއް. (2) ހަދިޔާއަށްދޭ ބިލެތްއަޅަން ކަށިކެޔޮފަތުން މައްޗަށް ހިމަކޮށް ހަދާ ބާވަތެއްގެ ގޮއްޓެއް. (3) ބިލެތް އަޅާން ކަރުދާސްފަދަ ތަކެތިން ހަދާގޮށި.
ބިލެތްގޮށީވިޔަ
ނ. ފަސްމައިގަނޑު ވިޔައިގެ އުޞޫލުން ހަދާ ވިޔައެއް.
ބިލެތްޖެހުން
މ. ދަތްޕާއި ބިލެތް މަލާފަތް ފަދަ ތަކެތީގައި ތަރުތީބުކޮށް ކެފިބިލެތް އެތުރުން. މިގޮތަށް ބިލެތް ޖަހައިފައި ހުންނައިރު ހުންނާނީ، ބިލެތުގެ ހުނގޫތައް ބޭރަށެވެ.
ބިގަރު
ނ. ކަރާސީނުތެޔޮ އަޅައި ގުންބާކޮށްގެން ދިއްލާ އަލިގަދަ ބައްތިޔެއް. މިދިއްލިފައި ހުންނާނީ އަނދާ އަޅިޔަށްވެފައި ހުންނަ ދާގަނޑެއްގައެވެ.
ބިގަރުހޮޅި
ނ. ހޮޅި (1) ވަނަ މާނަ ބަލާ!
ބިގަރުފާނޫޒު
ނ. އެންމެ ކުދި ބިގަރު.
ބިސަހުރި
ނ. ތަރުތީބުން ކުރާ ކަމެއްގެ ތަރުތީބު އޮޅުވައިލައި ގަންނަ ސަކަރާތް.
ބިސަހުރި އެރުވުން
މ. ތަރުތީބުން ކުރާ ކަމެއްގެ ތަރުތީބު އޮޅުވައިލައި ސަކަރާތަކަށް ހެދުން.
ބިސަންމަ
ނ. (ބ،ދ) މަތިމަސް.
ބިސަގަނޑު
ނ. (މަލިކު) އުނދޯލީގެ ސަނދުވާ.
ބިސީ
ނ. (1) ދަތުރުމަތީގައި އެކުގައި ކާން އުޅޭ ބައިގަނޑު. (2) އެކުގައި ކައިބޮއި އުޅޭ ބައިގަނޑު.
ބިސީބަނޑޭރި
ނ. ބިސީގެ ތަކެތި ހަވާލުކޮށްފައިވާ މީހާ.
ބިސޮޅެ
ނ. (ގ) ފުންނަ.
ބިސް
ްޓެއްގެ ތެރޭގައި އޮންނަ ލޮނދިގަނޑަކާއި ގޮބޮޅިޔެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެކެވެ. (2) އަންހެނާގެ ނުވަތަ އަންހެންއެތީގެ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ދަރިމައިވުމުގެ ސެލް. (3) ބައެއް ކަހަލަ މޭވާއާއި ދިވެހި ހަކުރު ނުބައިވެގެން އުފެދޭ ކުދިކުދި ފުއްފުއް.
ބިސްހާލި
ނ. ބިސްހުންނަ ހާލި.
ބިސްހާލިތެޅުން
މ. މަޖާޒު: ކުރި ހުރިހައި މަސައްކަތް ގެއްލިދިޔުން.
ބިސްހިނި
ނ. ތުނބުން ބިސް ހިފައިގެން އުޅޭ ހިނި.
ބިސްހޯނު
ނ. (1) އަންހެން ހޯނު. (2) ބިހުން މާބަނޑުވެފައިވާ ހޯނު.
ބިސްރޮނޑު
ނ. ރޮނޑުގެ ބާވަތެއް. މަހުގެ ކުލައަކީ ކަޅު ކުލައެވެ. ބަނޑުދަށް ފަރާތުގައި ހުދުކުލައިގެ ބޮޑެތި ލައްތަކެއް ހުރެއެވެ. ތުނބުގެ ވަށައިގެން ހުންނަނީ ގަދަ ރީނދޫ ކުލައެވެ. މަހުގެ މޫނުމަތީގައި ކައްޗަށްވާގޮތަށް ރީނދޫ ކުލައިގެ ކުރެހުމެއް ހުރެއެވެ.
ބިސްބަތް
ނ. ވެލާ ބިހާ ކާށިހުންޏާ އަޅައިގެން ކައްކާ ބަތް.
ބިސްބޮނޑު
ނ. (1) އަންހެން ބޮނޑު. (2) ބިހުން މާބަނޑުވެފައިވާ ބޮނޑު.
ބިސްބޮލި
ނ. ބޮލީގެ ބާވަތެއް. މިބޮލީގެ ބޭރު ހުންނަނީ ހުދުކުލައިގައެވެ. އެތެރެ ފުށުގައި ހުންނަނީ ދަނބު މުށިކުލައެވެ. ބޮލީގެ ކުރީ ކޮޅާއި ފަހަތުކޮޅު ދުރަށް ނުކުމެފައި ހުރުމާއެކު މައްޗަށް ފުރޮޅިފައި ކަހަލަ ގޮތަކަށް ހުރެއެވެ.
ބިސްބޯކިބާ
ނ. ބިސްއަޅައިގެން ކުދިކޮށް ފިހާ ބޯކިބަލެއް. މިއެންމެ ވައްތަރުވާނީ ޒީނާރާއެވެ.
ބިސްކީމިޔާ
ނ. ތެލުލި ހެދިކާއެއް. މިއީ ފުށްގަނޑު މޮޑެ އެތެރެއަށް ކެބެޖާއި ކުކުޅުބިސް އަޅައިގެން ހަދައިފައި ހުންނަ ކީމިޔާއެކެވެ.
ބިސްކޮތަރު
ނ. އަންހެން ކޮތަރު.
ބިސްކޯދު
ނ. ފުށްގަނޑު ކަމީރުކޮށްގެން ފިހާ މުރަނަކޮށް ހުންނަ ކާއެއްޗެއް. މީގެ ކިތައްމެ ބާވަތެއް ހުރެއެވެ.
ބިސްކޯޒު
ނ. ބިސްކޯދު.
ބިސްއައްޕަން
ނ. (މަލިކު) ބިސްފަރާޓާ.
ބިސްއުޅާލި
ނ. ކުކުޅުބިސް އަޅައިގެން ހަދާ އުޅާއްޔެއް.
ބިސްއެޅުން
މ. (1) ބިސްއަޅާ ތަކެތީގެ ބަނޑުގައި ހުންނަ ބިސް ބަނޑުން ބޭރުކުރުން. (2) މަޖާޒު: ކުޑަކުދީން ކޮންމެވެސް ގޮތަކުން ވެއްޓުން ނުވަތަ އިނދަޖެހުން.
ބިސްވަރު
ނއ. (1) ބިސްއަޅާން އެކަށީގެންވާ ވަރު. މިބަސް ބުނެއުޅެނީ ކުކުޅާ މެދުގައެވެ. (2) ވިހާއުމުރު.
ބިސްވަޅު
ނ. (1) ވެލާއާއި ކަހަނބު ފަދަ ތަކެތި ބިސްއަޅައިފައި ހުންނަ ތަންތަން. (2) މަޖާޒު: ފަރުޖު.
ބިސްވައިގުގޫ
ނ. ދިވެހި ބޭހުގެ ބާވަތެއް. މިހުންނާނީ ހަރުކޮށް ފުއްކުދިކޮށް މަޑު ރީނދޫ ކުލައެއްގައެވެ.
ބިސްވިއްސުން
މ. މައިއެތީގެ އެހީޔާނުލައި، ބިހުން ދަރި އުފަން ކުރުވުން.
ބިސްވެލާ
ނ. (1) އަންހެން ވެލާ. (2) ބިސްއަޅަން ތައްޔާރު ވެފައިވާ ވެލާ.
ބިސްމަޅި ދުއްވުން
މ. (1) ކުކުޅެއްގެ ބިސްހާލި ހޯދުމަށް ކުކުޅުގެ ފައިގައި ދިގު ރޯނުގަނޑެއްޖަހާ ދޫކޮށްފައި، އެވަންނަތަކެއް ބަލާން ފަހަތުން ހިނގުން. (2) މަޖާޒު: ހީލަތުން ކަމެއް ހޯދާން އުޅުން.
ބިސްމަސް
ނ. (ސ) ފަރުމަހުގެ ބާވަތެއް. މިއީ ފަތާކޮށް ނަގޫކޮޅަށް ހިމަކޮށް ހުންނަ މަހެކެވެ. މިމަހުގެ އަނގަ ބޮޑުވެފައި ދަތްތައް ހިމަވާނެއެވެ. މަހުގެ ބަނޑުދޮށް ފަރާތުގައި ހުންނާނީ ރިހިކުލައެވެ. ބުރަކަށި މަތީގައި ގަދަނޫކުލައެވެ.
ބިސްމި
ނ. (1) ބިސްމިQ ހިއްރަހްމާން ނިއްރަހީމް. (2) ބިސްމިQ. (3) މަޖާޒު: ކަމެއްގެ ފުށުން. މިސާލު: މީ މިކަމުގެ ބިސްމިއެވެ.
ބިސްމިނާ
ނ. ރާޅު ބިސްހެން ހުންނަ ކުދި މިނާ.
ބިސްމިކިޔުން
މ. (1) ރާގު ކިޔުން. (2) ކަމެއްގެ ފަށައިގަތުމުގައި Q ގެ އިސްމުފުޅުން ފަށަމޭ ބުނުން.
ބިސްފަނި
ނ. (ސ) މާކަނާ ހޮޑު.
ބިސްފަތަފޮޅި
ނ. ހެދި ކާއެއްޗެއްގެ ނަން. މިއީ ރޮށިދަމާގޮތަށް ދަމާ ވަކި ސައިޒަކަށް ވައްކޮށް ކަނޑައި ފިހެފައި ހުންނަ އެއްޗެކެވެ. މި ފޮނިކޮންނާއި ކުޅިކޮންވެސް ހަދައިއުޅެއެވެ.
ބިސްފީވުން
މ. (1) ބިހުގައި ފިޔޮއް އުފެދުން. (2) ބިސް ކުނިވުން.
ބިސްފުޅު ކެއުން
މ. މަޖާޒު: ތިމާގެ ސާހިބުމީހާގެ އަނބި މީހާޔާ ނަހަމަ ގުޅުން ބެހެއްޓުން.
ބިސްފެއްތުން
މ. (ޅ) އެންދަމާ ދާ އަޑިއަށް ފައްތާއިރު ފުރިފައި އޮންނަ ގޮނި އަޑިއަށް ފޮނުވުން.
ބިސްދިނުން
މ. ކުކުޅުހާ ޖޯޑުވުން.
ބިސްދުލި
ނ. ކުކުޅު ފަދަ ތަކެތީގެ ބަނޑުތެރޭ ބިސް ހުންނަ ކޮތަޅު.
ބިސްތަގި
(ބ،ދ) ހިޔަ.
ބިސްތާނަ
ނ. މަހާނަ ވަށައިގެން ރާނައިފައި ހުންނަ ފާރާއި އޭގެ އެތެރެ.
ބިސްތުއްވުން
މ. ބިސްފީވެ ފިޔޮއް ނިކުންނަންވީމާ، ކުކުޅު ތުނބުން ތަޅައި ބިސްފަޅައިލުން.
ބިސްލަވަ
ނ. ކުކުޅު، ބިސްއަޅާން ކައިރިވީމާ ކިޔާލަވަ ނުވަތަ ލަވާކާކާ.
ބިސްގަނޑު
ނ. (1) ކުކުޅު ބިހުން އަޅާ ފޮޅިގަނޑު. (2) ބިހުގެ ގޮބޮޅި. (3) މަޖާޒު: ދޮންކޮށް ފަލަކޮށް، ލޮކިމަސްޖަހައިފައި ތިބޭ ކުދިންނާއި މީހުން.
ބިސްގަނޑުއެޅުން
މ. ބިސްގަނޑު ފިހުން.
ބިސްސަގި
ނ. (ބ،ދ) ހިޔަ.
ބިޑި
ނ. (1) ކުށްވެރިންގެ އަތްފައިގައި އަޅާ ކަސްތޮޅު. (2) ދުންފަތުގެ އިސްތިޢުމާލު ކުރުމަށްޓަކައި އެތެރެއަށް ދުންފަތް އަޅައިގެން ފަތުގައި، ނުވަތަ ކަރުދާހުގައި، އަނބުރާ އެއްޗެއް. (3) ދަގަނޑު ހޮޅިފަދަ އެއްޗެހި އެއްކޮށް ހަރުކުރުމަށް އަޅުވާ ތަޅެއް.
ބިޑިހަރުވާޅު
ނ. ފަޔަށް ބާރުކޮށް އެކުގާ ހިފާފާ ހުންނަ ހަރުވާޅު.
ބިޑިހެދުން
މ. (1) ޙައިޞުގައި އިން އަނބިމީހާޔާ ޖިމާޢުވުން. (2) ބިޑިއެނބުރުން.
ބިޑިއެޅުން
މ. (1) ބިޑިން އަތްފައި ބަންދުކުރުން. މިއީ ދަގަނޑުން ހަދައިފައި އުޅާގޮތަށް ދެއަތުގައި އަޅުވާ ތަޅުލާ އެއްޗެކެވެ. (2) ދަގަނޑު ހޮޅިފަދަ އެއްޗެހި އެއްކޮށް ހަރުކުރުމަށް ތަޅު އެޅުވުން.
ބިޑިވުން
މ. ދުންގަނޑެއް މާބޮޑަށް ދިލަވުން.
ބިޔަ
ނއ. (1) މާބޮޑު. (2) ބޮޑެތިމަސް.
ބިޔަކަން
ނއނ. މާބޮޑުކަން.
ބިޔަކޮށް
ކއ. މާބޮޑުކޮށް.
ބިޔަވުން
މ. ނުހަނު ބޮޑު ވުން.
ބިޔަދޮވި
ނއ. (1) ކަމުގެ ދޯހަޅި. (2) އެކަށީގެންނުވާ.
ބިޔަދޮވިކަން
ނއނ. (1) ކަމުގެ ދޯހަޅިކަން. (2) އެކަށީގެން ނުވާކަން.
ބިޔާއޮ
ނ. ބުޅާގޮވާ ގޮތް.
ބިޖިލީ
ނ. ކަރަންޓު.
ބިޖިލީބައްތި
ނ. ބަހައްޓާ ބައްތިއެއް. މިއީ އުސްމިނުގައި ގާތްގަނޑަކަށް 41 އިންޗި، ވަށަމިނުގައި ގާތްގަޑަކަށް 6 އިންޗި ހުންނަ ބައްތިއެކެވެ. މި ދިއްލަނީ ކަރާސީނު ތެޔޮ އަޅައިގެން ޗާބިދީގެން އެ ތެޔޮ ގޭހަށް ބަދަލުކޮށްގެންނެވެ.
ބިޖޯޑު
ނއ. ކޭލަހަމަނުވާ.
ބިޗާނާ
ނ. ތަންމަތި.
ބިޗުލެ
ނ. (ގ) ބިޗޫ.
ބިޗޫ
ނ. ހާސްފައިހެން ބޮޑެތިކޮށް ގަޅިޖަހައިފައި ހުންނަ ވިހަގަދަ ސޫތްޕެއް. މި ދައިގަތީމާ ވަރަށް ބޮޑަށް ދިލަނަގާނެއެވެ.
ބިޗޫވިނަ
ނ. (1) މިސުރުވިނަ. (2) ހުނިގޮނޑިވިނަ.
ބީ
ނ. (1) ގެއްލޭ ގެއްލުން. (2) ވަކިވާވަކިވުން. މިސާލު: އޭނާރަށުން ބީވެއްޖެއޭ، އެގުރާ އަހަރެން އަތުން ބީވެހިނގައްޖެއޭ. މިބަސް ބުނެއުޅެނީ އަނބުރާ ނުލިބޭ ފަދަ ގޮތެއްގައި ގެއްލުމަށެވެ. (3) ކިރު ހިއްޕި. (4) (ސ) ބޮއިފި.
ބީ.ސީ.ޖީ ވެކްސިން
ނ. ކެއްސުންބަލީ ވެކްސިން.
ބީހި
ނ. (ޏ) ބިހި.
ބީހިބަލި
ނ (ޏ) ހިމަބިހި.
ބީހިކުޅުން
މ. ދެޖިންސުގެ ދެމީހުން އެކަކު އަނެކަކަށް ގައިގައި ޖެހި ލޯބިކުރުން.
ބީހުން
ެ ގައިގައި ބީހުން. (3) ފުރާ ދުައްވާ އުޅަނދެއް ރަށެއްގެ ވެލިގަނޑުގައި ނުވަތަ ގޮނޑުއާނުގާޖެހުން ނުވަތަ ތޮށީގައި ނުވަތަ ފަޅުގެ އަޑީގައި ޖެހުން. މަޖާޒު (4) ކަރުގައި އަޅައިގަތުން. (5) ވައިރޯޅި އެއްޗެއްގައި ޖެހިލުން. (6) ރަށެއްގެ ގޮނޑުދޮށަށް ރާޅު އައިސް ނިމުން.
ބީނަ
ނ. މުސްކުޅިވެ ދުވަސްވެފައިވާ އަންހެނާ.
ބީނި
ނއ. ބީނިބަތް.
ބީނިބަތް
ނ. ވާބަތް.
ބީނުން
ނ. (ޏ) އެކަކަށްވުރެ ގިނަ އަންހެން ދަރީން. މިސާލު: ދެބީނުން، ތިންބީނުން.
ބީރަށްވެހި
ނއ. (1) ތަނުގެ ވަޒަންވެރިންނަށް ނުވާ. (2) ތަނުގެ އާދަކާދައާއި ޚަބަރު ނޭނގޭ.
ބީރަށްވެހިން
ނ. ތިމާގެ ރަށްނޫން އެހެން ރަށްރަށުގެ މީހުން.
ބީރައްޓެހިން
ނ. (1) ނުރައްޓެހިން. (2) ރަށްވެހިނޫން މީހުން. (ތިމާގެ ރަށްނޫން އެހެން ރަށްރަށުގެ މީހުން.)
ބީރައްޓެހި
ނއ. (1) ނުރައްޓެހި. (2) ތިމާގެ ރަށްނޫން އެހެންރަށެއްގެ. (3) ކަމަށް ނުފަރިތަ.
ބީރައްޓެހިކަން
ނއނ. (1) ނުރައްޓެހިކަން. (2) ތިމާގެ ރަށްނޫން އެހެން ރަށެއްގެމީހެއްކަން. (3) ކަމަށް ނުފަރިތަކަން.
ބީރައްޓެހިވުން
މ. (1) ކަމަށް ނުފަރިތަވުން. (2) ނުރައްޓެހިވުން. (3) ތިމާގެ ރަށްނޫން އެހެން ރަށެއްގެ މީހަކަށްވުން.
ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާނެ
"ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާނެ" (މިސާލބަހެއް) ރާއްޖެތެރޭގެ މީހުންނަށް ކަންތައްތައް އޮޅުންނުފިލާތީ ދެރަކޮށްލުމުގެ ގޮތުން މާލޭމީހުން ބުނެއުޅުނުބަހެއް.
ބީރިކެއުން
މ. ބީހުމުގެ ޙިއްސު ކެނޑުން.
ބީރު
ނއ. އިވުން ކޮށި. (2) މަންމަނު.
ބީރުކަން
ނއނ. (1) އިވުން ކޮށިކަން. (2) މަންމަންކަން.
ބީރުއައްސި
ނ. ބީހުމުގެ ޙިއްސު ކެނޑޭކެނޑުން.
ބީރުއަޑު
ނ. (1) ބައިމަނުން ނެރޭ އަޑު. (2) އެ އެއްޗެއްގައި ހުންނަންވީ އަޑަށްވުރެ މައްއަޑު.
ބީރުވުން
މ. (1) އިވުން ކޮށިވުން. (2) މަންމަންވުން.
ބީކިހެއްވެރިނިރަ
ނ. (ބ،ދ) (1) ނޫފަންނަދަރި. (2) ނޫފަންނަ ދަރީން.
ބީކު
ނ. ބުނެކިޔައިގެން މީހުންއަތުން އަތުލާތަކެތި.
ބީކުނެގުން
މ. ބުނެކިޔައިގެން މީހުން އަތުން އެއްޗެހި އަތުލުން.
ބީކޮށްލުން
މ. (1) ނައްތާލުން. (2) ނަގާލުން. (3) ވަކިކޮށްލުން. (4) އަތްމަތީން ދޫކޮށްލުން.
ބީއްސުން
މ. (1) ފުރާދުއްވާ ތަކެތީން ބައެއް އެހެލުން. (2) ފުރާދުއްވާ ތަކެތީގެ ފަށަން ފަސްގަނޑުގައި ޖެހޭވަރަށް އެއްގަމަށް ގެނެސް ތިލަ ހިސާބަށް އެރުވުން. (3) ރާޅާ ފުންނުވާ ވަރަށް އެއްގަމަށް އެރުވުން.
ބީވާ
ނ. (1) ރަށްރަށުގެ މީހުންއުޅޭ ހިސާބުން ބޭރުގައި ވަރުވާއަށް ލިޔެދޭ ރުއްތައް ހުންނަތަން. (2) ހިބަރުގެބިސް.
ބީވާމަތި
ނ. (ސ) ރަށްރަށުގެ މީހުން އުޅޭ ހިސާބުން ބޭރުގައި ރުއް އިންދާފައި އޮންނަ ތަން.
ބީވުން
މ. (1) ވަކިވުން. (2) ގެއްލުން. (3) ނެތިދިއުން.
ބީވެދިޔުން
މ. (1) ވަކިވެދިއުން. (2) ގެއްލިދިއުން. (3) ނެތިވެދިޔުން.
ބީމަހީމަ
ާ ޖަނަވާރެއްގެ އުރަވަޅިން ނެގޭ އެއްޗެއް. މިއީ ބޭހަށް ބޭނުންކުރާ، މަޑު މީރުވަހެއް ދުވާ އެއްޗެކެވެ. މިޖަނަވާރު ދިރިއުޅެނީ ފެނުގައެވެ. މީގެ އުރަވަޅީގައި މާމުއި ކަހަލަ ތެތްކަމެއް ހުރެއެވެ. އުރަވަޅި ދުލިގަނޑާއެކު ނަގައިގެން ހިއްކައިގެން ބޭހަށް ބޭނުން ކުރެއެވެ.
ބީފާނު
ނ. އާދައިގެ އަންހެނުންނަށްވުރެ ތަންކޮޅެއް މޮޅު އަންހެނުންނަށް ކިޔާ އުޅުނު ވަނަމެއް.
ބީދަ
ނ. (1) ކަހަލަ. (2) ވައްތަރު. (3) ފަދަ.
ބީތާ
ނ. (1) ހައިރާން. (2) ގަބު. (3) ގަމާރު. (4) ބުރާންތި.
ބީތާ ކަން
ނއނ. (1) ބުރާންތިކަން. (2) ގަބުކަން. (3) ހައިރާންކަން. (4) ގަމާރުކަން.
ބީތާވުން
މ. (1) ހައިރާންވުން، (2) ގަބުވުން، (3) ގަމާރުވުން، (4) ބުރާންތިވުން.
ބީލަން
ނ. ނީލަމެއްގެ ސިފައިގައި މަސައްކަތެއް ކުރުމަށް ނުވަތަ ތަނެއް ކުއްޔަށް ހިފުމަށް އަގު ހުށަހެޅުމުގެ ކަންތައްތައް. މިސާލު: ސަރުކާރުން ކުރުނބާވިލެޖް މިހާރުވަނީ ބީލަމަށް ލައިފައެވެ.
ބީޑި
ނ. (.) ފަންތޮށި.
ބީޑިބޮލްމޭރެ
ނ. (ޏ) ކާލިގަނޑު މިޔަރު.
ބީޓުރޫޓު
ނ. ތަރުކާރީގެ ބާވަތެއް. މިއީ މައްޗަށް ގަސްގަނޑު ހެދިފައި އަޑިއަށް ފައިބާ ރަތްކުލައިގެ ގޮނޑިއެކެވެ. ފަތްތައް ފެހިކުލައިގައި ހުރެފައި ފަތުގެ ބުޑު ހުންނަނީ ރަތްކުލައިގައެވެ. މިތަރުކާރީ ޢާއްމުގޮތެއްގައި ހުންނަނީ ބުމަރެއްގެ ސިފައިގައެވެ.
ބުހާ
ނ. (ބދ) ފެން.
ބުހި
ނ. (ވ) ރުކުއަޅުވަންދާމީހާ.
ބުހިވަސް
ނ. (ސ) ގުނބުވަސް.
ބުހިލުން
މ. (ސ) ކުޑަކުދިން އެކުދިންގެ އުމުރަށްވުރެ ދޮށީ މީހުން ދައްކާ ވާހަކަ ދައްކައި އުޅުން.
ބުހު
ނ. (ބދ.) ފެން.
ބުހުނ
ބދ. ފެން
ބުހުންފާރު
ނ. ބ، ދ ފެންވަޅު.
ބުހުތާން
ނ. (1) ރޯމަރުދޮގު. (2) ބޮޑެތިދޮގު. (3) ކަނޑައެޅިގެންވާ ދޮގު.
ބުހުތާންއެޑުން
މ. (ސ) ރޯމަރު ދޮގުހެދުން.
ބުހުތާންދޮގު
ނ. ރޯމަރުދޮގު.
ބުށްބަޅަން
(ބދ) އުއިފޭލި.
ބުނާބަސްއެހުން
މ. (1) ބަސްއެހުން. (2) ކިޔަމަންތެރިވުން. (3) ނަޞޭޙަތް ގަބޫލުކުރުން.
ބުނުން
މ. (1) އަނގައިން ބަސްބޭރުކުރުން. (2) ބަސްތަކަކުން އެއްޗެއް އެންގުން. (3) އިޝާރާތަކުން އަޑަކުން ލިޔުމަކުން އެއްޗެއް އެންގުން.
ބުނުއްވުން
މ. ބުނުން މިބަހުގެ މާތްގޮތް.
ބުނުވުން
މ. (1) ބާރުއަޅައިގެން މީހަކުގެ ދުލުން ބަހެއް ބޭރުކުރުވުން. (2) މީހަކުލައްވައި އަނެކަކު ގާތުގައި ވާހަކައެއް ދެއްކެވުން.
ބުނެހެދުން
މ. ބުނެއުޅުން.
ބުނެކިޔުން
މ. މީހަކުއަތުން އެއްޗެއް އަތުލާންވެގެން ފަށްފަށުން ބުނުން.
ބުނެވުން
މ. އިޚްތިޔާރަކާ ނުލައި އަނގައިން ބަހެއް ދޫކުރެވުން.
ބުނެދިނުން
މ. (1) އޮޅުންފިލުވައިދިނުން. (2) އަންގައިދިނުން.
ބުނެލުން
މ. ބުނުން މިބަސް ލުއިކޮށް ބުނާ ގޮތް.
ބުން
ނ. (1) ގަހުވަހަދާއޮށް. (2) ނާފަހަރުގެ ގޯސީގެ ދަންމާނު ދަމާން ދުއްވާފައި އޮންނަ ގަސް. (3) ސަބުދެރިޔާ މަތީން ދިރުނބަލަށް ނެރެފައި އޮންނަ ގަސް. (4) ޒީލައިގެ އިދިކޮޅު. (5) (ބދ) ބަޑި. (6) މަޒާޖު: ރުޅި މައްޗަށް ގޮސްގެން އަނގައިން ނުބުނާ ނުބުނުން.
ބުންހިއްޕިލަވަބައި
ނ. ނެއްޓިޔަށް އަނބުރާލާ ލަވަބައި. މި ލަވަބައި ޖަހާނީ ދަނޑިގަނޑުގެ ބަދަލުގައި އަތުންނެވެ.
ބުންހިއްޕުން
މ. އަޑުޒީލަނުވާނޭހެން ބެރުގައި އަތްތިލަ ހިއްޕުން.
ބުންނަރު
ނ. މިއުޒިކު ކުޅެން ބޭނުންކުރާ، ނަރުފުރާފައި ހުންނަ ބައެއް އާލާތުގެ އެންމެ ފަލަނަރު.
ބުންބަރު
ނ. (ހ) މިސްކިތު ދޮށުގައި ނުވަތަ މިސްކިތާ މީހުން އުޅޭ ހިސާބާ ދޭތެރޭގައި ހުންނަ މިންބަރު. މިއީ ހުކުރަށް ގޮވަން ހަދާފައި ހުންނަ ތަނެކެވެ.
ބުންބަޅަން
ނ. (ބދ) އުއިފޭލި.
ބުންބައިޓީ
ނ. ބުންބާސައި.
ބުންބާ
ނ. (1) ގުންބާ. (2) އިންޑިޔާގެ ބޮމްބެއިއަށް ދިވެހިން ކިޔާނަން.
ބުންބާ މަރުވަޅި
ނ. ހުރަސްވަދު ޖަހައިފައި ހުންނަ މަރުވަޅި.
ބުންބާބާޒާރު
ނ. ވޯރާ ވިޔަފާރިވެރިން މާލޭގައި ވިޔަފާރިކޮށް އުޅުނު ބާޒާރު. އެއީ އިސްމާއީލް ބާޒާރާއި އަޙުމަދީ ބާޒާރެވެ.
ބުންބާއަވަލި
ނ. އަވަލީގެ ބާވަތެއް. ބަންގާޅު އަވެއްޔަށްވުރެ ތުނިކޮށް ފަތިކޮށް ހުދުކޮށް ހުންނަ އަވެއްޔެކެވެ.
ބުންބާއަލަ
ނ. ގޮބޮޅި އަލައިގެ ބާވަތެއް. މިއީ އޭގެ އެންމެ ކުދި ވައްތަރެވެ. އިހުގައި މި ގެނެސް އުޅުނީ ބުންބާ މީހުންނެވެ. މިހެންވެ ބުންބާ އަލަކިޔުނީ އެވެ.
ބުންބާމަލަން
ނ. ރޯލުރޯލަށް ހަދައިފައި ހުންނަ މަލަމެއް.
ބުންބާމީހުން
ނ. (1) އިންޑިޔާއިން ރާއްޖެ އައިސް އުޅުނު ވޯރާ ޖަމާޢަތުގެ މީހުން. (2) ވޯރާ ވިޔަފާރިވެރިން.
ބުންބާތާކިހާ
ނ. މަޚުމާފޮތިން ފަހާފައި އަގުޅިވަށްކޮށް ހުންނަ ތިރި ތާކިހަލެއް. މި ތާކިހާ ހުންނާނީ ކަސަބުން ޖަރީކޮށްފަ އެވެ.
ބުންބާސައި
ނ. (1) ސައިފަތު ކުލަގަދަކޮށް ގިނައިން ކިރު އަޅައިގެން ފޮނިމަޑުކޮށް ހަދައިފައި ހުންނަ ސައި. (2) މިއީ ބުންބާ މީހުން މާލޭގައި އުޅުނު ޒަމާނުގައި އެމީހުން ހަދައި އުޅުނު ސައެކެވެ. (3) ބުންބާޓީ.
ބުންބެރު
ނ. (1) ބުންބެރުޖަހައިފައި ފުރެއްދެލަވަ ކިއަމުން ކުޅޭ ކުޅިވަރު. (2) ފުރެއްދެ ލަވަކިޔާއިރު ޖަހަން ގެންގުޅޭ ބެރު.
ބުންޅަބުޑި
ނ. ގޯސީބުން ފަރާތްފަރާތަށް ދިޔަނުދިނުމަށް ފަހަތުގައި ދެފަރާތަށް ހުންނަ ޔާރީ.
ބުންކަރާސް
ނ. ދުންކަރާސް.
ބުންކަރު
ނ. (ބދ) ދަންވަރު.
ބުންކުރަ
ނ. (ބދ) ކައިތުވައްބަޑި.
ބުންކެޅަ
ނ. (ސ) ކާޅިވައް.
ބުންކެޅަޖެހުން
މ. (ސ) ކާޅިވައް ދިއްލުން.
ބުންކޮޅު
ނ. ބެރުގެ އަޑުބަރު ކޮޅު.
ބުންއަޑު
ނ. (1) ޒީލައަޑުގެ އިދިކޮޅު. (2) ތަނެއްގައި އެއްއަޑަކަށް ހިފައިފައި ހުންނަ ބަރުއަޑު. (3) ބެރުގެ ތޮއިކޮޅުގައި ޖެހީމައި އިވޭ އަޑު.
ބުންވަރު
ނ. މަސައްކަތެއް ކުރުމަށް މީހާގައި ދެމިހުންނަ ބާރު.
ބުންވުން
މ. (1) އަޑުބަރުވުން. (2) އަޑުގެ ބުންކަން އިތުރުވުން. މަޖާޒު: (3) ރުޅިމައްޗަށް ގޮސްގެން އަނގައިން ނުބުނުން.
ބުންފެން
ނ. (1) ކިރާއި ހަކުރު ނާޅާ ހުންނަގަހުވަ. (2) ހަކުރު ނާޅާ ހުންނަ ކަޅުކޮފީ.
ބުންދަޅަ
ނ. (ބދ) ކުރުނބާ.
ބުންދު
ނ. އޮޑިފަހަރުގެ ދެތަލުގެ ދެފަރާތުގައި ހުންނަ ކަލިވަތް.
ބުންލަބުޑި
ނ. ގޯސީގެބުން ފަރާތް ފަރާތަށް ދިއަނުދިނުމަށް ފަހަތުގައި ހުންނަޔާރީ.
ބުންޒީލަ
ނ. ބަރުއަޑާއި ތޫލި އަޑު.
ބުންޓަކި
ނ. ލަވަޔާ ހަމަވާގޮތަށް ބެރުގެ ބުންކޮޅުގައި ޖަހައިލުމުން ނުކުންނަ އަޑު.
ބުންޔާދު
ނ. (1) އަސްލު. (2) ތަރަހަ. (3) ބިންގާ.
ބުރަ
ނ. ކަމަކަށް އުފުލަންޖެހޭ އުނދަގޫ.
ބުރަހަމަނުން
ނ. "ބުރަހަމަން" މި ބަސް ގިނަކުރުމުގެ ގޮތުން ކިޔާ ގޮތް.
ބުރަހަމަން
ނ. ހިންދީންގެ އެންމެ މާތް ދަރިކޮޅު.
ބުރަހި
ނ. ފަތްޕިލާވެލީގެ ބާވަތެއް. މިގަހުގެ މަލާއި ފަތާއި އޮށާއި ކުރިއާއި މޫ ބޭހަށް ބޭނުންކުރެއެވެ. މިއީ މާ ބިޔަކޮށް ހެދޭ ގަހެއް ނޫނެވެ. މިގަސް ހެދެނީ ވަލުތެރޭގައި ހޭޅި ފަށުގައެވެ.
ބުރަހެލި
ނއ. ބަރުހެލި.
ބުރަހެލިކަން
ނއނ. (1) ހަށިގަނޑު ބަރުކަން. (2) ބަރުހެލިކަމުގެ ސަބަބުން ހަށިގަނޑަށް ވެރިވާ ކަންނެތްކަން. (3) ވަރުބަލިކަން.
ބުރަހެލިވުން
މ. (1) ހަށިގަނޑު ބަރުވުން. (2) ބަރުހެލިކަމުގެ ސަބަބުން ހަށިގަނޑަށް ކަންނެތްކަން ވެރިވުން. (3) ވަރުބަލިވުން.
ބުރަނދަ
ނ. (1) ބޮނޑު ނަގުލަށް އޮންނަ ގޮނޑިޔެއް ފައިބާ ބިމުގައި ފެތުރެމުން ދުވާ ވެލެއް. (2) (ބ،ދ) ތިރިފަތި.
ބުރަނދަފިލާ
ނ. ބުރަނދަ.
ބުރަނދަގޮނޑި
ނ. ބުރަނދަވެލުގެ ގޮނޑި. މިއީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.
ބުރަނދު
ން ބަރިއަށް ހުޅުނބުހުރެފައި ކޯތާފަތްގަނޑާއި ދިމާއިން ބަނޑުދޮށް ފަރާތުގައި ހުންނަ ކޮތަރީގެ ދިގުމިން މަހުގެ ކަންފަތް ގަނޑާއި އެއްވަރުވާނެ އެވެ. މަހުގެ ހުރަހަށް ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރުމާއެކު ކަންފަތްގަނޑު ފަޅާފައިވާ ހިސާބުގައިވެސް ކަޅުލަފެއްހުރެއެވެ.
ބުރަންމާ
ނ. (ޏ) ޓައްކަނޑާމަޑި.
ބުރަންމާނި
ނ. (1) ރަމަލުޖަހާ ފާލުބަލާ އުޅޭ މީހުން. (2) ދުނިޔެއަޅައިފައި ތިބޭ ޣައިރު ދީނުގެ އަޅުވެރިން.
ބުރަކަށި
ނ. ބުރިކަށި.
ބުރަކަން
ނއނ. ބަރުކަން.
ބުރަކި
ނ. (1) ދުއްވާ އެއްޗެއް، ނުވަތަ ފުރޮޅެއްފަދަ އެއްޗެއްގެ ދުވެލި ނުވަތަ، އެނބުރުން މަޑުކުރަން، ނުވަތަ ހުއްޓާލަން ބޭނުންކުރަން ހުންނަ އެތި. (2) އެމުގެ ބާވަތެއް. މިއީ ހިމަދިގުކޮށް ބޯކޮޅަށް ވަށްކޮށް ހުންނަ މަހެކެވެ.
ބުރަކިރަނިން
ނ. ފަސްވަނަ ޢަލީ ރަސްގެފާނު. (ދޮންބުޅާފާށަނާ) ގެ ދައިތާފުޅު ކަޅު މުޙައްމަދު ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުން، މިބޭފުޅަކީ ކަޅު ބުރުސޫރަ ރިވެތި ލޯފުޅު ބޮޑު ބޭފުޅެކެވެ. ބުރަކިރަނިން ކިއުނީ ލޯފުޅު ބޮޑުކަމުގެ މައްޗަށް ބުރެކީގެ ލޮލަށް ނިސްބަތްކޮށްގެންނެވެ.
ބުރަކިރަބަރު
ނ. ބުރަކި ޖެއްސުމަށް ބައިސްކަލުގެ ފުރޮޅުގެ ވޮށީގައި ޖެހެން ހުންނަ ރަބަރު.
ބުރަކިބޯޅަ
ނ. (1) ކްރިކެޓް ކުޅޭއިރު ފެނުޖެހިފައި ވަކިދިމާއަކަށް ބޯޅަދާގޮތަކަށް އަނބުރާފައި އެއްލާބޯޅަ. (2) ޓެނިހާއި ޓޭބަލްޓެނިސް ކުޅުމުގައި ބޯޅަވަކިއަތަކަށް އެނބުރޭގޮތަށް ޖަހާބޯޅަ.
ބުރަކިކުރުން
މ. (1) ކުރިކެޓް ކުޅޭއިރު ފެނުޖެހިފައި ވަކި ދިމާއަކަށް ބޯޅަދާގޮތަށް އަނބުރައިފައި ބޯޅަ އެއްލުން. (2) ޓެނިހާއި ޓޭބަލް ޓެނިސް ކުޅުމުގައި ވަކިއަތަކަށް އެނބުރޭގޮތަށް ބޯޅަޖެހުން.
ބުރަކިޖެހުން
މ. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި ބައިސްކަލު ފަދަ ތަކެތި މަޑުކުރުމަށް ބުރަކީގެ ބޭނުން ކުރުމުން ހުއްޓުން.
ބުރަކިޖެއްސުން
މ. އެއްޗެއްގެ ދުވެލި މަޑުކުރަން ނުވަތަ ހުއްޓާލުމަށް ބޭނުންކުރަން ހަދައިފައި ހުންނަ އެތީގެ ބޭނުން ކުރުން.
ބުރަކެޓު
ނ. (1) ލިޔެކިޔުމުގެ ނިޝާނެއް. މިއީ ލިޔުމުގައި ބޭނުން ކުރާ ބަހެއްގެ އިތުރު ތަފުޞީލު އޭގެތެރޭގައި ލިޔުމަށް ބޭނުންކުރާ ނިޝާނެކެވެ. (2) ޤައުސު.
ބުރައިގަތުން
މ. (1) ހިމުން އެއްޗެތިތަކެއް ނުވަތަ ދިޔާ އެއްޗަކުން ތިކިތަކެއް އަރައިގެން ދިއުން. (2) މެހި ކުނަމެހިފަދަ ތަކެތި ބޮނޑިޔަކަށް ތިބެފާ އެކީ އުދުއްސައިގަތުން. (3) ދުން އަރައިގަތުން. (4) ބުރުން.
ބުރައުހުލުން
މ. ކަމަކަށް އުފުލަންޖެހޭ އުނދަގޫ އުފުލުން.
ބުރަވި
މ. ބުރެވި.
ބުރަވުން
މ. ކަމަކަށް އުނދަގޫ އުފުލަންޖެހުން.
ބުރަވެހުރުން
މ. ވަކިފަރާތަކަށް ބޮޑަށްޖެހިފައި ހުރުން.
ބުރަވެލުން
މ. (1) ބުރަވުމުގެ ލުއިގޮތް. (2) ބަރުޖެހިލުން.
ބުރަމަހަ
ނ. (ގ) ތުނިޔަ.
ބުރަފަތި
ނ. (1) ހިމަދިގު އެއްވަރުގެ ދޭތިކޮޅުވާކާލި. (2) ވައިގެބާރުން ނުވަތަ އިންޖީނުގެ ބާރުން އެނބުރޭ ފިޔަފަތް. (3) ފަރިވަޅުމަތީ ބާއްވާން ކާލިކޮން ފަންވަތުން ވިޔެފައި ހުންނަ އެއްޗެހި. (4) ބޮލުގައި ހުންނަ ކާފަ.
ބުރަފަތިހުއި
ނ. (ހ،އ) ބުރަފަތި ވިނަ.
ބުރަފަތިކުރުން
މ. ހިމަދިގު، އެއްވަރުގެ ދެއެތިކޮޅު ކާލިވާނެހެން ހެދުން.
ބުރަފަތިވަކަރު
ނ. ގޭގޭގެ ދެފަތްފޮއްޓާ އެއަށް ފައްތައިފައި އޮންނަ ދެކޮޅުގެ ހުރަސް.
ބުރަފަތިވިނަ
ނ. ދަނޑުމަތީގައި ހެދޭ ވިނައެއް. މި މަލުގެ ތަނޑުވަރަށް ދިގުވާނެ އެވެ. މީގެ މާ ހުންނާނީ ބުރަފައްޗެއްގެ ސިފައިގައެވެ.
ބުރަފަތިވުން
މ. ހިމަދިގު، އެއްވަރުގެ ދެއެތިކޮޅު ކާލިވުން.
ބުރަފަތިލަފުޒުގެ އަރަތް
"ބުރަފަތިލަފުޒުގެ އަރަތް " ނ. ހުދުގޮޅިއާއި ކަޅުގޮޅި ޖަހައިފައި ހުންނަކުރެހުމެއް. މިއީ ދީފައި އޮންނަ ތަޢާރަފަކާ އެއްގޮތަށް ހުދުގޮޅިތަކުގައި މަތިންތިރިއަށާއި، ހުރަހަށާއި ކަނުން ކަނަށް އަކުރުލިޔެގެން ބަސްބަސް ހަމަޖައްސާގޮތަށް އޮންނަ އަރަތެކެވެ.
ބުރަދަން
ނ. ބަރުދަން.
ބުރާ
ނ. (1) ކިރުހިއްޕި. (2) ބުރުން - މިބަހުގެ ވާކަން.
ބުރާންތި
ނ. ބޮލަށް ލިބުނު ގެއްލުމަކުން ތަންދޮރުނޭނގޭ ގޮތްވެފައިވާވުން.
ބުރާންތިއެރުން
މ. ބޮލަށް ލިބުނު ގެއްލުމަކުން ހިސާބަކަށް ތަންދޮރު ނޭނގޭގޮތްވެލުން.
ބުރާންތިވުން
މ. ބޮލަށްލިބުނު ހާނީއްކައަކުން ނުވަތަ ހޫނަކުން ތަންދޮރުނޭނގޭ ގޮތްވުން.
ބުރާލު
ނ. (1) ނަވުގެ ދިޔަބަލާން ވައްޓާލާ ފަތިގަނޑުގައި ކަނޑާފައި ހުންނަ މިންތަކުގެ ތެރޭން މިނެއް. (2) ހިންޗި.
ބުރާލުން
މ. (1) ބުރުން މިބަސް ލުއިކޮށް ބުނާގޮތް. (2) އައިސް ފެނިލާފައި ދިއުން.
ބުރާސްފަތި
ނ. (1) ހުކުރު ދުވަހުގެ ކުރީ ދުވަސް. (2) ހުކުރުހަތްދުވަހުގެ ނިމޭދުވަސް.
ބުރާޤުފުޅު
ނ. ރަސޫލުQގެފާނު އިސްރާއާއި މިޢުރާޖުގެރޭ ދަތުރުކުރެއްވި ސަވާރީ.
ބުރި
ނ. (1) ފުރަގަސްފަރާތު ދޮރު. (2) ދިގުއެއްޗެއްގެ ބައެއް. (3) ހުރަހަށް ބުރިކޮށްލި އެއްޗެއްގެ އެއްބައި. (4) ޢިމާރާތެއްގައި އެއްބައިގެ މައްޗަށް އަނެއްބައި ހުންނަގޮތަށް އިތުރު ކޮށްފައި ހުންނަ ބައި.
ބުރިހަރަވަޅި
ނ. (ސ.) ސޯޓު.
ބުރި ބިންދައިގެން ދާވަރަށް މަސައްކަތްކުރުން
"ބުރި ބިންދައިގެން ދާވަރަށް މަސައްކަތް ކުރުން" މަޖާޒު: ކުރާ މަސައްކަތުގެ ބުރަކަން ދެއްކުމުގެ ގޮތުން ބުނެއުޅޭ ބަހެއް.
ބުރިހަނޑޫ
ނ. ހަނޑޫ ފޮޅީމާ މޫހަނޑުލާއި ނީހަނޑުލާ ދެމެދުން ނެގޭ ބައި.
ބުރިހަންނެގުން
މ. ބަނޑު ބިންމަތީ ޖައްސައިގެން ހަތަރުފަށް އެއްތެލުން ބުރިކަށީގައި ތެޅުން. މިއީ އިހުގައި ސިޔާސީ ކުށްކުށަށް ދައުލަތުން ދެއްވި އެންމެބޮޑު ޢުޤޫބާތެވެ.
ބުރިހަންގަތުން
މ. ބުރިހަންނެގުން.
ބުރިހަރަވަޅި
ނ. (ސ) ހަރުވާޅުބުރި.
ބުރިބިތެ
(ޏ) ފުރަގަސް.
ބުރިބުރިވުން
މ. (1) ދިގު އެއްޗެއް ހުރަހަށް ބައިބައިވުން. (2) ތޫނު ހަތިޔާރަކުން ނުވަތަ ތޫނު އެއްޗެއް ކައިގެން ނުވަތަ ތޫނު އެއްޗެއް ބޮއިގެން ހަށިގަނޑުގެ ގުނަވަނެއް ތަނަކުން ކަނޑަ ކަނޑައިގެން ދިއުން.
ބުރިކަށި
ނ. (1) މީހާގެ ފުރަގަހުން ކަނދުރާއާ އުނަގަނޑާ ދެމެދު. (2) ކަށިފޮތި.
ބުރިކަށިފުށް
ނ. (1) ބުރިކަށި ފަރާތް. (2) ފޮތުގެ ހީރަސްމަތި.
ބުރިކަށިދަމާލުން
މ. (1) އޮށޯވެލުން. (2) އަރާމަށް އޮވެލުން.
ބުރިކަށިޖައްސާލުން
މ. ބުރިކަށި ދަމާލުން.
ބުރިކަށިޖެހުން
މ. ގަދަބައްޔަށް ހިފައި އޮޅުލުމުގެ ތެރޭގައި ބަލިވިމީހާގެ ބުރިކަށި ބިންމަތީގައި ޖެހުން.
ބުރިކަށީފަތި
ނ. ފިރިހެނުން ލާ ލިބާހުގެ ފުރަގަހު ބަދަނުގެ މެދުގައި ދިގަށް ހުންނަ ފަތި.
ބުރުރިކަރަވަޅި
ނ. (ސ) ސޯޓް.
ބުރިކާނޓު
ނ. (ގ) ބުރިކަށި.
ބުރިކީސް
ނ. އަތްމަތީ ކުރު ކީސް.
ބުރިކުރާސައިބޯނި
ނ. ހަތަރު އަރިޔަށް ދިގުކޮށް ހަދައިފައި ހުންނަ ދޮންނަ ސައިބޯނި.
ބުރިކުރުން
މ. (1) ދިގު އެއްޗެއްގެ ބައެއް ތޫނު އެއްޗަކުން ހުރަހަށް ވަކިކުރުން. (2) ތޫނު އެއްޗަކުން ކޮޅަށް ހުރި ގަހެއް ނުވަތަ ދަނޑިއެއް ފަދަ އެއްޗެއް ކެނޑުން. (3) މޫދު މަސް ބޭނުމަކަށްޓަކައި ފަޅައި ކޮށުން.
ބުރިއިންނަފަތް
ނ. މަސްދޯނީގެ ތަލުގެކޮޅުގައި އޮންނަ އިންނަ ފަތްބުރި.
ބުރިއެވައި
ނ. (ޏ،ސ) ބުރީވައި.
ބުރިއެދޮރޮ
ނ. (ޏ،ސ) ބުރީދޮރު.
ބުރިވަރު
ނ. (1) އެއްޗެއްގެ ބުރިއެއް. (2) ދިގުއެއްޗެއްގެ އެއްބައި.
ބުރިވުން
މ. (1) ދިގު އެއްޗެއްގެ ބައެއް ވަކިވުން. (2) އެއްޗެއް ހުރަހަށް ވަކިވުން.
ބުރިމަތި
ނ. (ސ) (1) ކަތިކޮށް ހުންނަ ރުއްފަދަ ގަސްގަހުގެ މައްޗަށްވާ ފަރާތް. (2) ވެލާ ކަހަނބުފަދަ ތަކެތީގެ ބުރަކަށި ފަރާތް.
ބުރިމެކުނު
ނ. ޅަމެކުނު. (މިއީ ހަތަރު އިންޗިއާއި ހައިންޗިއާ ދެމެދުގެ ސައިޒުގެ މެކުނެވެ.)
ބުރިފަން
ނ. ފުޅަފުގެ ފަންބާވީމާ މެދުކެހައިގެ ތިރީގައި ޖަހާފަންބުރިބުރި.
ބުރިފަންޖެހުން
މ. ފުޅަފުގެ ފަންބާވީމާ މެދުކެހައިން ތިރީގައި ފަންބުރިޖެހުން.
ބުރިފަތާނޑާ
ނ. (ގ) އިސްފިލާ.
ބުރިފުށް
ނ. ބުރަކަށިފަރާތް.
ބުރިފެލެޔާ
ބުރިފޭބުން
މ. ފުރަގަސްފަރާތް ބޭރަށް ނުކުތުން.
ބުރިތައްޓު
ނ. ކަމަރާގޭބިތާ ބޯރުދުއާ ދޭތެރޭގެ ފަންގިފިލާ.
ބުރީބަލިކަން
ނ. (1) ފުރަގަސް ފަރާތުގެ ބަލި. (2) ބަވާސީ.
ބުރީވައި
ނ. (1) ފުރަގަސް ފަރާތުބަލީގެ ބާވަތެއް. މިބަލިޖެހުނީމާ އުނަގަނޑުގައާއި ފުރަގަސްފަރާތުގައިވެސް ރިއްސާނެ އެވެ. އަދި ވައިބޭރުވުން ގިނަވާނެ އެވެ. (2) ދުރަނުވައި.
ބުރީދޮރު
ނ. ފުރަގަސްފަރާތުދޮރު.
ބުރު
ަތިކޮށް އޮންނަ އެއްޗެއް. (2) ވަށްކޮށް އަޅާ ރޮނގު. (3) ދައުރު. (4) ފަހަރު. (5) ފިޔަވަހި. (6) އެންމެން ހިމެނޭގޮތަށް ފަހަރަކު މީހަކަށް ޖެހޭގޮތަށް އޮންނަ ކަމެއްގައި އެންމެންކޮށް އެކަމެއް ފުރިހަމަވާވުން. (7) ވައްތަރު. (8) ސިފަ. (9) (ޏ) ދޮންދޫނި. (01) (ސ) ވިނަ.
ބުރުހާނު
ނ. (1) ހެކި. (2) ދަލީލު.
ބުރުނދު
ނ. (ލ) ބުރަނދަ.
ބުރުނާލު
ނ. ފަންގިފިލާ ތައްޓުފަދަ ތަންތަނަށް އެޅޭފެން ބޭރުވާން ހުންނަލޯވަޅު.
ބުރުނީ ރައިވަރު
ނ. ރައިވަރު ބައިން ކިޔައިފައި އޮންނަ ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ.
ބުރުނު
ނ. (1) އަށާވީސް ނަކަތުގެ ތެރެއިން ދެވަނަ ނަކަތް. (2) އައްސިދައާއި ކެއްޗާ ދެމެދުގެ ނަކަތް (ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް).
ބުރުނުބޮލި
ނ. (މ) މަތީގައި ކަޅުތިއްކާއި ހުދު ތިކި ޖަހައިފައި ހުންނަ ބޮލި.
ބުރުނުވިލާ
ނ. ބުރުނުނަކަތް ލައިގަތުމުން އަންނަ ކޮޅިގަނޑު.
ބުރުނުވިލާޖެހުން
މ. ބުރުނުވިލާގެ ކޮޅިގަނޑު އައުން.
ބުރުން
ސާލު: (ހ) ކުނޑިބުރުން. (ށ) ހިރަފުސްބުރުން. (2) ވައިގެތެރެއަށް އެއްޗެއްގެ އަސަރު ފެތުރިގެންދިއުން. މިސާލު: (ހ) ހިރަފުސްބުރުން. (ށ) ދުންބުރުން. (3) މެހި މާބުރު ފަދަ ތަކެތި އެއްޗެއްގެ ވަށައިގެން ނުވަތަ އެއްޗެއްގެ ކައިރީގައި އުދުހުން. މިސާލަކަށް: މެހިބުރުން.
ބުރުން ފަޅާނީ ބުރު
(މުސްކުޅިބަހެއް) އެއްޗެއްގައި ހުންނާނީ އެ އެއްޗެއްގެ އަސްލުގައި ހުރިގޮތެކޭ ބުނަން ބުނެއުޅޭ ބަހެއް.
ބުރުބާލަށްވަނުން
މ. ބުރުބާލުއުކުޅަށް ވެދެގަތުން.
ބުރުބާލު
ނ. ހެވިކަމުގެ އުކުޅެއް.
ބުރުބުރުޖަހާފައިދިއުން
މ. (1) ކުކުޅުހާ ފަދަތަކެތި އެގޮތް މިގޮތަށް އުޅެގެންފައި އުދުހިގަނެގެން ދިއުން. (2) ރުޅިއަރައިގެން ތެޅި ފޮޅިގެންފައި ދުވެފައި ދިއުން.
ބުރުބުރުޖައްސައިގަތުން
މ. ނުގަބޫލުވެގެން ހަޅޭއްފަޅޭއްލަވައިގަތުން.
ބުރުބުރުޖެހުން
މ. (1) ރުޅިއައިސްގެން އެއްޗިހި ކިޔަމުން އެގޮތް މިގޮތަށް އުޅުން. (2) ހުން އަންނާން ހީކަރުވައިގަނެގެން ގުޑުގުޑު އެޅުން.
ބުރުޅިއަމަސް
ނ. ފަޅުތެރޭގައި އުޅޭ ކިރުޅިޔަމަހާ ވައްތަރުމަހެއް. މީގެ މަސް ވަރަށް މީރުވާނެ އެވެ. މި މަސް ކިރުޅިޔަމަހަށްވުރެ ކުޑަވާނެ އެވެ.
ބުރުއަޅުވައިލުން
މ. (1) ވިއްސައިލުން. (2) ކަމޭނުހިތާ ގޮތުގައި އެއްލައިލުން.
ބުރުއެޅުން
މ. (1) ވަށާޖެހުން. (2) ވަށްކޮށް އަޅާރޮނގު އެޅުން. (3) ދައުރުވުން. (4) އިދިފުށަށް އެއްލުން. (5) ބަނޑުވަތަށް އެއްލުން.
ބުރުއްސުން
މ. ވިހުރުވުން.
ބުރުވަ
ނ. (ތ) މޫދުގެ ހުއިގަނޑު ތެރޭއުޅޭ ހިމަދިގުކޮށް ހުންނަ ކުޑަކުޑަ މަހެއް. މިއީ ވިނަގަނޑާއި އެއްކުލައިގެ މަހެކެވެ.
ބުރުވާލުން
މ. (1) ވިހުރުވައިލުން. (2) ހިމުން އެއްޗެހިތަކެއް ނުވަތަ ދިޔާ އެއްޗަކުން ތިކިތަކެއް ބުރުއްސައިލުން. (3) ވައިގެ ތެރެއަށް އެއްޗެއްގެ އަސަރު ފަތުރުވައިލުން. މިސާލު: (ހ) ހިރަފުސް ބުރުވައިލުން. (ށ) ދުންބުރުވައިލުން.
ބުރުވުން
މ. (1) ވިހުރުވުން. (2) ހިމުން އެއްޗެހިތަކެއް ނުވަތަ ދިޔާ އެއްޗަކުން ތިކިތަކެއް ބުރުއްސުން. (3) ވައިގެ ތެރެއަށް އެއްޗެއްގެ އަސަރު ފެތުރުވުން. މިސާލު: (ހ) ހިރަފުސް ބުރުވުން. (ށ) ދުން ބުރުވުން.
ބުރުމާ
ނ. ކަރަންޓުން ނުވަތަ އަތުން އަނބުރައިގެން ތޮރުފާން ގެންގުޅޭ އާލާތެއް. މިހަދާފައި ހުންނަނީ އެކިވަރުވަރުގެ ކަށިން ތޮރުފޭގޮތަށެވެ.
ބުރުމާކަށި
ނ. ތޮރުފުމަށްޓަކައި ބުރުމާގައި ޖަހަން ހަދައިފައި ހުންނަ ކަށި.
ބުރުމާލަ
ނ. (ސ) ބުރުނާލު.
ބުރުމިން
ނ. ވަށް ރޮނގެއްގެ ވަށްމިން.
ބުރުދާ
ނ. އަލް އިމާމު ބޫޞީރީގެފާނު ކީރިތި ރަސޫލާއަށް މަދަހައިގެ ގޮތުން ހައްދަވައިފައިވާ މަޝްހޫރު ޅެންބައި.
ބުރުދާވަކަރު
ްނަނީ ތުނޑުތުނޑުލާފަ އެވެ. މިއީ ހުދުކުލައިގެ މަލެއްއަޅާ ގޮފިބަލިގަހެކެވެ. މިގަހުގެ އާރު ހުންނަނީ ދޮންމުށިކުލައެއްގައެވެ. އާރުގައި މާޒާން ކުރެހުންހުރެއެވެ. އާރުގެ ބޭރުއޮޅުފަށްހުންނަނީ ދޮންހުދުކުލައެއްގައެވެ. ލަކުޑިގަނޑު މަށައިލުމުން މީރުވަހެއް ދުވާނެ އެވެ.
ބުރުދާވެރިން
ނ. ބުރުދާ ކިއުމުގެ ހުއްދަ އޮންނަ ބުރުދާކިޔާ އުޅޭމީހުން.
ބުރުދާގައިމުކުރުން
ނ. (މަޖާޒު): ކަމެއްގެ ޝައްކު ފިލުވާން ސުވާލުކޮށްބެލުމަށް ބުނެއުޅޭގޮތެއް.
ބުރުގަނޑު
ނ. ނަކަތްތެރީން މެދުހުރި ނަކަތެއް ބަލާން ކުރަހައިގެން ގެންގުޅޭ ބުރެއް.
ބުރުގާ
ނ. އަންހެނުންގެ ބޮލާ ކަނދުރާމައްޗާއި މޭމަތި ނިވާވާގޮތަށް އަޅާ ފޮތިގަނޑު.
ބުރުގާއެޅުން
މ. ބުރުގާއިން އަންހެނުންގެ ބޮލާއި ކަނދުރާމައްޗާއި މޭމަތި ނިވައިކުރުން.
ބުރުސޫރަ
ނ. (1) މީހާ ހެދިހެދިހުރި ވައްތަރު. (2) ބައްޓަން.
ބުރުސޫރަހުރި
ނއ. އުފެދުމުގައި ފުރިހަމަކަން ލިބިފައިވާ.
ބުރުސޫރަހުރިކަން
ނއނ. އުފެދުމުގައި ފުރިހަމަކަން ލިބިފައިވާކަން.
ބުރުސޫރަރިވެތި
ނއ. (1) ހެދިހުރިވައްތަރުރީތި. (2) ރޫފަވެތި. (ރޫފަރީތި)
ބުރުސް
ނ. (1) އެއްޗެތި ތާހިރުކުރަން ނަރުން ހަދާފައި ހުންނަ ފިހި. (2) ޖަހަޑު.
ބުރުސްއެޅުން
މ. ބުރުހުން އެއްޗެތި ސާފުކުރުން.
ބުރުޒު
ނ. ބޮޑުބަޑި ޖެހުމަށާއި ރުކުރުވުމަށް އުސްކޮށް ހަދާފައި ހުންނަތަން.
ބުރުޒުބަނޑޭރި
ނ. (1) ހަވަރަށް އެކިއެކި ކަންކަމަށް އަންގަން ފޮނުއްވާމީހާ. (2) ބުރުޒާބެހޭ ކަންތައްތައް ބަލަހައްޓަން ހުންނަމީހާ.
ބުރުޒުބަޑޭރިކަން
ނ. (1) ސަރުކާރުން ދެއްވާ ވަޒީފާއެއް. (2) ހަވަރަށް މަސައްކަތުގޮވާކަން.
ބުރުޖު
ނ. (1) ރާހި. (2) ފަލަކު.
ބުރުޖެހުން
ގެ ކައިރިން ސައިކަލެއް ފަދަ އެއްޗެއްގައި ގިނަގިނައިން ދުއްވުން ނުވަތަ ހިނގުން. (3) އެންމެން ހިމެނޭގޮތަށް ފަހަރަކު މީހަކަށް ޖެހޭގޮތަކަށް ކަމެއް ހިނގަމުން ދިއުން. (4) މުނިފޫހިފިލުވުމުގެ ގޮތުން ނުވަތަ ވަކިކަމަކު ރަށުތެރޭގައި ދުއްވައިލުން، ނުވަތަ ހިނގައިލުން.
ބުރޫ
ނ. (1) ނަނު، ވާ، ފަދަ ތަކެތި އަނބުރާ ހަރުވެފައި އޮއްވާ ދޫޖެހިގެން އެ އަރާގޮށް. (2) މަޖާޒު: ކަމެއް ހިނގުމަށް އަރާ ދަތި.
ބުރޫބޭލުން
މ. ބުރޫ ފިލުވުން.
ބުރޫއެރުން
މ. (1) ރޮދިނަނު ފަދަ ތަކެތި އަނބުރާ ހަރުވެފައި އޮއްވާ ދޫޖެހިގެން ގޮށް އެރުން. މަޖާޒު: (2) ކަމަކާ ހިތާނުވެގެން ހިސާބަކަށް ނުރުހިފައި ހުރުން. (3) ކަމެއް ކުރުމަށް ދަތިވުން.
ބުރޫޖު
ނ. (ޅ) ދަވާދުލާން ގެންގުޅޭ ފިހި.
ބުރޫޖެހުން
މ. (1) ރޮދި، ނަނު، ވައު ފަދަ އެއްޗަކަށް ބުރޫއެރުން. (2) (ގ) ފާރުގަނޑުފަދަ ތަކެތި ދޮހަށް ރިހޭ ރިހުން.
ބުރެހިވައް
ނ. ބުރެހިގަހުގެ އޮށް.
ބުރެކި
ްނަ މަހެކެވެ. މަހުގެ ނަގޫ ވަރަށް ބޮޑަށް ކަފިވެފައި ހުރެ އެވެ. އަދި ނަގޫކޮޅު ހިމަވެގެން ގޮސް ނަރުވާޔަކަށް ބަދަލުވެފައިވެ ެއެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުޑަތަންކޮޅެއް ކުރުވާނެ އެވެ. މަހުގެ ބުރަކަށި މަތީގެ ކުލައަކީ ފެހިކުލައަކަށްދާ ދަނބު ކުލައެކެވެ.
ބުރެކިރަބަރު
ނ. އާންމުކޮށް ބައިސްކަލުގައި ބުރަކިޖެއްސުމަށް ބައިސްކަލްގެ ފުރޮޅުގެ ވޮށީގައި ޖެހެން ހުންނަ ރަބަރު.
ބުރެކިފާނަ
ޑުހާލުގެ ބާވަތެއް. މިއަށް ދޮންބުރެކި ފާނަވެސް ކިޔާއުޅެ އެވެ. މަހުގެ ކުލައަކީ ނާރިނގު ކުލަ އެވެ. މަހުގެ ބޮލާއި ދެ އަރިމަތީގައި ފަނޑުނޫކުލައިގެ ތިކިތަކެއްހުރެ އެވެ. ނިގޫފަތުގެ ކޮޅު ހުދު ކުލައިގައި ހުރުމާއެކު، ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮންނެވެ.
ބުރެކިޕަމްޕު
ނ. (ސ) ލޮރީކާރުފަދަ ތަކެތީގެ ބުރެކި ޖައްސަން ޙަރަކާތްކުރާ ޕަމްޕު.
ބުރެކިޕެޑަލް
ނ. ބުރެކި ޖެއްސުމަށް އޮބާ ފިޔަވަޅުގަނޑު.
ބުރެއިޖެހުން
މ. މާބަނޑުން ފިރުކިފައި އޮތުން.
ބުރެވި
ނ. ކަނޑޫގަހާ ވައްތަރުގަހެއް. މިއީ އުސްކޮށްހެދޭ، ލަކުޑިހަރު ގަހެކެވެ. ފަލަމިނަކީ ދެކައިވަތްހާވަރެވެ. ގިނައިން، މި ގަސް ހެދިފައި ހުންނަނީ ކަނޑޫފާ ކައިރީގައެވެ.
ބުރޮޅި
ަށްކޮށް އެއްކޮޅު ތަނޑެއްގެ ސިފައަށް ކުޑަކޮށް ދިގުވެލައިފައި ހުންނަ އެއްޗެކެވެ. ބޭރު ހުންނާނީ އޮމާންކޮށެވެ. މީގެ ކުލައަކީ މުށިކުލައަކަށްދާ އަޅި ކުލައެކެވެ. ޢާއްމުކޮށް ބޭހަށް ބޭނުން ކުރަނީ ބުރޮޅީގެ ބޭރެވެ. ބައެއްކަހަލަ ބޭހަށް މީގެ މަދުވެސް ބޭނުން ކުރެއެވެ.
ބުރޯޑުކާސްޓު
ނ. ރޭޑިޔޯއިން ދުރަށް އަޑު ފަތުރާ ފެތުރުން.
ބުރޯޑުކާސްޓު ކުރުން
މ. ރޭޑިޔޯއިން ދުރަށް އަޑު ފެތުރުން.
ބުބި
ނ. (ސ) ނޭވާ ނުލައި ހުރެވޭ އެންމެ ގިނައިރު.
ބުބިފެޑުން
ނ. (ސ) ބައްފެޅުން.
ބުބު
ނ. (ޏ) ނޭވާ ނުލާހުރެވޭ އެންމެ ގިނައިރު ފީނުމުގެ ބުންވަރު.
ބުބުޅި
ނ. (ސ) ފެނުތެރޭން އަރާބޮކި.
ބުބުފެޑުން
މ. (ޏ) ބައްފެޅުން.
ބުޅަވެރި
ނ. (ބދ) ގޮވާންކުރާމީހާ.
ބުޅަވެރިން
ނ. ބުޅަވެރި މިބަހުގެ ގިނަގޮތް.
ބުޅަވެރީ
(ބ،ދ) (1) ފެމުސްވެރި. (2) ދަރަނިވެރިވުމަކުން ބަދެވިފައިވާ މީހާ.
ބުޅަމަ
ނ. ބިއްބުޅަމަސް.
ބުޅަދެލި
ނ. (އ) ފަޅުބޭރު ތޮށިމަތީގައި އުޅޭ، ލަނޑާވައްތަރުގެ މަހެއް. މިއީ މަޑު ފެހިކުލައެއްގައި ހުންނަ، ލޮނދި މަހެކެވެ. އެންމެ ބޮޑެތިކޮށް ހުންނަނީ، ގާތްގަނޑަކަށް ކައިވަތެއް ވަރަށެވެ.
ބުޅަލުހަނގުރާމަ
ނ. ދެމީހަކު ވަކިއަޅާ ދާނާ ހަދަމުން ވާ އަރާރުން.
ބުޅަލުބުޑުގައި އުނބުންޖެހީމާ ދާހެން ދިޔުން
"ބުޅަލުބުޑުގައި އުނބުން ޖެހީމާ ދާހެން ދިޔުން" (މިސާލުބަހެއް) (1) ބިރުން ފަސްބަލާނުލައި، ހަރުކޮށް ދުވެފައި ދިޔުން. (2) ފަސްބަލާނުލައި ދުވެފައިދިއުން.
ބުޅަލުފާނަ
ނ. ކޮވެލިފާނަ.
ބުޅަލުދޫ
ނ. އާދަކޮށް ހަދާ ވަރަށްވުރެ ކުދިކޮށް ހަދާފައި ހުންނަ ހުނިހަކުރު ފަތަފޮޅި.
ބުޅަލުލޯ
ނ. ޖަވާހިރެއްގެ ނަން. މިހުންނާނީ ބުޅަލެއްގެ ލޯހެންނެވެ. މީގެ ކުލައަކީ މަޑުނޫކުލަ އެވެ. އަނގޮޓީގައި ޖަހާ އެހަކަށް މިބޭނުންކޮށް އުޅެއެވެ.
ބުޅިގަނޑު
މ. ބައެއް ކަހަލަ އެއްޗެހި އަޅުވަން ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ ބުޅި. މިސާލު: (ހ) އެނދުގެ މަސާރީ ކަހައިލާފައި އަޅުވާލާ ބުޅިގަނޑު. (ށ) ދޮރުފަތް ހުޅުވާލާފައި އަޅުވާ ބުޅިގަނޑު.
ބުޅިލާރި
ނ. ބުޅިއެއްގެ ސިފައިގައި ރިހިނަރުން ޖަހައިގެން އިހުގައި ގެންގުޅުނު ލާރި.
ބުޅާ
ނ. މިނިކާވަގާ ވައްތަރު ގޮތަކަށް އޮންނަ ކުޑަޖަނަވާރެއް. މިއީ ބަނޑު އަޅައިވިހާ އޮޅު ކުރެވޭ ޖަނަވާރެކެވެ.
ބުޅާހައްޖުވުން
މ. (މިސާލުބަހެއް) ތިމާކޮށްކޮށްހުރި ނުބައިކަމެއް ދެން ނުކުރާނޭސިފަތައް ދައްކައިގެން އުޅޭމީހުނާ މެދުގައި ބުނެއުޅޭގޮތެއް.
ބުޅާނަގޫ
ނ.ބުޅަލެއްގެ ނަގޫހެން ހުންނަ ހިމަދިގުރަތްމަލެއް. މިމާ އަޅާ ގަހަށްވެސް މިހެން ކިޔައެވެ.
ބުޅާކަންފަތް
ނ. (އ) ހަންޑިހަތް.
ބުޅާކުޅުވުން
މ. (1) ފިހިކޮޅެއްފަދަ އެއްޗެއްގައި، ރޮއްޖެއްބައްދައިގެން ޅަބުޅަލުގެ ކުރިމަތިން ބިންމަތީގައި ދެކޮޅަށް ކާއްތައިގެން އެޔާ ކުޅޭން ފަރިތަކުރުވުން. (2) މަޖާޒު: ނުވިސްނޭވަރުގެ ކުޑަކުދީން ޝަހުވާނީ އެދުމަށް ހޭނުވުން.
ބުޅާކޯޅުން
މ. (1) ދެބުޅާރުޅިއައިސްގެން އަރާރުންވުން. (2) ދެބުޅާ ޖޯޑުވުމުގައި ހޭރިގަނެ ވަކި އަޅައިގަތުން.
ބުޅާއަޑު
ނ. ތިމާގެއަޑު ނޭންގުމަށްޓަކައި ބުޅާގޮވާހެން ނެރޭއަޑު.
ބުޅާމަރަންޖެހުން
މ. މަޖާޒު: އެއްވެސްފާޑެއްނެތި ހޫރާފައި ޖެހުން.
ބުޅާފިލާ
ނ. ފަތްފޮށި ވަކަރުމަތީ އަރިޔަށް އިންދާފައި އޮންނަ ވަކަރު.
ބުޅާގޮހޮރު
ނ. ވަޅިފަންކޮށާއިރު ފަނުން ދިގުކޮށް ހަދާފައި ހުންނަ އެއްޗެއް.
ބުޅާގޯނިންބޭރުވުން
މަޖާޒު: ބޭޒާރުވުން.
ބުޅި
ނ. ކޮޅު، ގުދުކޮށް އޮންނަ، އޭގައި އެއްޗިހި އަޅުވަން ބޭނުންކުރާ އެއްޗެއް. މިސާލު: މަސްބާނާބުޅި ފުރާޅުގެޓިނު ހިފަހައްޓާން އަޅުވާބުޅި.
ބުޅިހަދު
ނ. މަސްދޯނީގައި ބުޅިއަޅާން ހުންނަ އެތި.
ބުޅިހަލައިލުން
މ. (ޅ) ބާނާމަހުގެބުޅި އަތުން ނައްޓައިލުން.
ބުޅިހޫލަ
ނ. ނަކަތްތެރިން ގެންގުޅޭ ތާވަލެއް.
ބުޅިބޯ
ނ. (1) އިސްތަށިތައް ބޮޑަށް އޮޅިފައި ހުންނަބޯ. (2) ރާޅުބާނީ އިސްތަށިގަނޑު ހުންނަބޯ.
ބުޅިކަ
ނ. (މަލިކު) ބުޅިތުނބި.
ބުޅިކަނޑާލާފައިދިއުން
"ބުޅިކަނޑާލާފައިދިއުން" މަޖާޒު: ލިބިފައިވާ ކަމަށްހީކޮށްހުރި އެއްޗެއް އަތުން ބީވުން. (މަޤާމަށްވެސް ލޯބިލިބުމަށްވެސް މިހެންބުނެއެވެ.)
ބުޅިކާފު
ނ. ޢަރަބިއަކުރު ލިޔުމުގައި ކާފު ލިޔެއުޅޭ ގޮތެއް. މިއަކުރު އޮންނާނީ މިގޮތަށެވެ.
ބުޅިކޫޑުހޯފު
ނ. (ގ) ތުންދިގުތޮޅި.
ބުޅިކެ
ނ. (ޅ) ބޮލިކެ.
ބުޅިކެނޑޭނީ ކެޔޮޅުންއަތުން
"ބުޅިކެނޑޭނީ ކެޔޮޅުންއަތުން" (މުސްކުޅިބަހެއް) އެއްޗެއް ގިނަފަހަރަށް ހަލާކުވާނީ، އެއެއްޗެއް ގެންގުޅޭ މީހުންގެ އަތުންނޭ ބުނަން ބުނެއުޅޭބަހެއް.
ބުޅިކޮޅު
ނ. (އ) ބޮޑުބުޅި.
ބުޅިއަޅާކެއުން
މ. ފައިދަށަށް ލައިގެންވަކި ތަކުން ހިފަހައްޓައި ދަމާވީ ދާކެއުން.
ބުޅިއިނގިލިރާކަނި
ނ. ރާކަނީގެ ބާވަތެއް. މިރާކަނީގެ އިނގިލިތަކުގެ ކޮޅުތައް ހުންނާނީ އެކިގޮތަށް އެކިއަތަށް ބުޅިވެފަ އެވެ.
ބުޅިވުން
މ. އެއްޗެއްގެ ކޮޅު ބޮޑަށް ލެނބުން.
ބުޅިމަތިކުރުން
މ. (1) މަސްބާނާއިރު އެންގަޑު ކައްވަންދިނުން. (2) މަޖާޒު: އަތްމަތި ވާންދެން ބަލަހައްޓައިގެން ހުރުން. (3) މަޅިމަތިކުރުން.
ބުޅިމަސް
ނ. (ވ) ބޭނގު ވައްތަރަށް ހުންނަ ހުދުކުލައި ކުޑަމަހެއް. މި ވައްތަރުގެ މަސްއުޅޭނީ ބައިބައި ގަނޑަށެވެ. މިމަސް ހުއްޓި ތިބޭއިރު ނަގުލުގެ ކޮޅު ހުންނާނީ ބުޅިއެއްހެން ބަޅުކޮށްލާފައެވެ.
ބުޅިފަނި
ނ. އެއްކޮޅުބުޅިޔެއްހެން ހުންނަ، ފަންޏެއް. މިއީ ވަރަށް ކުޑަކުޑަ ފަންޏެކެވެ. މި އުޅެނީ ބިމުގެ ތެތްކޮށްހުންނަ ތަންތަނުގައެވެ. ހަށިގަނޑަށް މިފަނި ވަންނަނީ ހަމުގެ ތެރޭންނެވެ. ވަދެގެންގޮސް އުޅެނީ ގޮހޮރުގެ ތެރޭގައެވެ.
ބުޅިފަތި
ނ. ކަހަނބަށް ފައްތާން ގެންގުޅޭ ބުޅިތައް ހަރުކޮށްފައި އޮންނަ ބަރިގަނޑު.
ބުޅިފޮށި
ނ. މަސްބާނާ ބުޅިއާއި މިޔަވާއްޔާއި ކިރިލި ފަދަ ތަކެތި އަޅަން މަސްފިލާގަނޑުގައި ކަނޑައި ފައްތާފައި ހުންނަ ފޮށި.
ބުޅިދިލި
ނ. (ގ) ކުދި މާހިނބުޅަ މަސް.
ބުޅިދު
ނ. (ބ،ދ) މޮޔަ.
ބުޅިތަންޑު
ނ. ދޮރުފަތް ހުޅުވުނަ ނުދިނުމަށާއި ވައިތަންޑެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް. މި ތަންޑު ހުންނާނީ އެއްކޮޅު ބުޅިގަނޑެއްހެން އަނެއްކޮޅު އިސްކޫރު ކަނދައިފާ ހުންނަ ބޮލެއްގައި ލައިފައެވެ. މި ތަންޑު އެޅުވޭނީ އަރުގޯލައެއްގައެވެ.
ބުޅިތުނބި
ން ދެފަތް ކިރުޅިވެފައި ހުރެއެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މިއީ ބައެއް ދުވަސްވަރަށް ގިނަގިނައިން ގޮވާލަގޮވާލާ އިންނަ ދޫންޏެކެވެ. އެގޮތަށް ގޮވަން ފެށީމާ ވިއްސާރަ މޫސުން ކައިރިވަނީކަމަށް ލަފާކޮށް "ފެނަށްގޮވަނީއޭ" ދިވެހިން ކިޔައިއުޅެއެވެ.
ބުޅިތުން
ނ. ބުޅިތުނބި.
ބުޅިތުބެ
ނ. (ގ) ބުޅިތުނބި.
ބުޅިތޮނަ
ނ. (ގ) ތުނބުޅިވިނަ.
ބުޅިލާމު
ނ. ޢަރަބި ބަހުގެ ލިޔުމުގައި ލާމުގެ މަތީކޮޅު ތެދަށް ހުންނަހެން ތިރީކޮޅު މަސްބާނާ ބުޅިއެއްހެން ލަބާލާފައި އޮންނަ ލާމު.
ބުޅިގަނޑުމިޔަރު
ނ. ދަތްބުޅި މިޔަރު.
ބުޅިގަނޑުތުޅު
ނ. ގަޑީތުޅު.
ބުޅިގޮށް
ނ. އެއްފަޅި އަނެއްފަޅީގައި އެޅުވޭގޮތަށް ދެފަޅިން ހަދާފައި ހުންނަ ގޮށް.
ބުޅިގޮޅަޔާ
ނ. (ގ) ބުޅިއުނބު. (މިހުންނަނީ މަސްދޯނީގައި ބުޅިއަޅާށެވެ.)
ބުޅިސަނަ
ނ. (ބ،ދ) ކަންހުޅި.
ބުޅިޖެހުން
މ. (1) މަސްބާނާ ބުޅިހެދުން. (2) ދޮށީގެ މިޔަވާލީގައި ލާފައި އޮންނަ ބުޅި މަސްބޭނުމަށްޓަކައި ހޫރާފައި ކަނޑަށްޖެހުން.
ބުކުން
މ. (ބ،ދ) އިންދުން.
ބުކުންފަތް
ނ. ހުނިގޮނޑިފިލާ.
ބުކެއްވެރި
ނއ. (ބ،ދ) އެއްކިރުވުމުގެ ގޮތުންގާތް.
ބުކޮޅުމާކުރުން
މ. (ރ) އެންބޮނޑިބަނުން.
ބުއި
ނ. (1) އަބުއި. (2) ބުއިން. މިބަހުގެ ނިމިނިމުނުކަން.
ބުއިން
ުއްޓާ، ސިގިރެޓް، ގުޑުގުޑާ ފަދަ ތަކެތިން ދުން އަނގަޔަށް ދެމުން. (8) އެއްޗެއްގައި ނުވަތަ ތަނެއްގައި އަނގަ ޖަހައިގެން އެތެރެއަށް ދެމުން. (9) އެއްޗެއްގާ ހުރި ހިމަލޯވަޅަކުން އޭގެ ތެރެއަށް ފެންވަނުން. (01) ލަކުޑިގަނޑެއް ހުޅުރޯނުވެ ވަކިގޮތަކަށް އަނދަމުން ދިއުން.
ބުއް
ނ. (1) އަންހެނުންގެ އުރަމަތި. (2) ކުޑަކުދިންގެ ބަހުރުވައިގައި ކިރު.
ބުއްރާސް
ނ. (1) ކުކުޅުހައު ކުއްލިއަކަށް އަޑުގޮއްވަމުން އުދުހިގެންދާ ދިއުން. (2) މަޖާޒު: ރުޅިގަދަ އަންހެނުން ރުޅިއައިސްގެން ހަޅޭލަވައިގަންނަ ގަތުން.
ބުއްރާސްޖެހުން
މ. (1) ކުކުޅު ހައު ކުއްލިއަކަށް އުދުހިގެން ދިއުން. (2) މަޖާޒު: ރުޅިގަދަ އަންހެނުން ރުޅިއައިސްގެން ހަޅޭލައިގަތުން.
ބުއްބަޅަން
ނ. (ބ،ދ) އުއިފޭލި.
ބުއްފުޅި
ނ. ކުޑަ ކުދިންނަށް ދިޔާ ތަކެތި ދޭން ބޭނުންކުރާ ފުޅި.
ބުއްދާ
ނ. ބުދުދީން ނިސްބަތްކުރާ ފަރާތް.
ބުއްދި
ނ. (1) ތަންދޮރު ވަކިކޮށް ދެނެގަތުމުގެ ބާރު. (2) ދޭހަވުމުގެ ބާރު. (3) ވިސްނުމުގެ ބާރު. (4) ހައިވާނުންގެ ތެރެއިން އިންސާނުން ތަފާތުކޮށް ދޭބާރު.
ބުއްދިރަންވުން
މ. ރަންބުއްދިވުން.
ބުއްދިބޯ
ނ. (1) ވިސްނުންތެރިޔާ (2) ތިމާ ބޭނުންވެގެން އުޅޭކަމެއް ހާސިލުކޮށް ގަތުމަށް ކުޅަދާނަ މީހާ. (3) ހީލަތްތެރިޔާ. (4) މަކަރުވެރިޔާ.
ބުއްދިކުރުން
މ. (1) ރަނގަޅަށް ވިސްނުން. (2) ކަމަކާމެދު ވިސްނައިގެން ގޮތެއްހޯދުން.
ބުއްދިވެރި
ނއ. (1) ތަންދޮރުވަކިކޮށް ދެނެގަތުމުގެ ބާރުލިބިހުރި. (2) ދޭހަވުމުގެބާރު ލިބިހުރި. (3) ވިސްނުމުގެ ބާރު ލިބިހުރި. (4) ޙައިވާނުން ގެތެރެއިން އިންސާނުން ތަފާތު ކޮށްދޭ ބާރު ލިބިހުރި.
ބުއްދިވެރިން
ނ. ވިސްނުންތެރިން.
ބުއްދިވެރިކަން
ނއނ. (1) ތަންދޮރުވަކިކޮށް ދެނެގަތުމުގެ ބާރު ލިބިހުރިކަން. (2) ދޭހަވުމުގެ ބާރު ލިބިހުރިކަން. (3) ވިސްނުމުގެ ބާރު ލިބިހުރިކަން. (4) ހައިވާނުންގެ ތެރެއިން އިންސާނުން ތަފާތުކޮށްދޭ ބާރު ލިބިހުރިކަން.
ބުއްދިވެރިވުން
މ. (1) ތަންދޮރު ވަކިކޮށް ދެނެގަތުމުގެ ބާރު ލިބިހުރުން. (2) ދޭހަވުމުގެ ބާރު ލިބިހުރުން. (3) ވިސްނުމުގެ ބާރު ލިބިހުރުން. (4) ހައިވާނުންގެ ތެރެއިން އިންސާނުން ތަފާތުކޮށް ދޭބާރު ލިބި ހުރުން.
ބުއްދިވެރިޔާ
ނ. ވިސްނުންތެރިޔާ.
ބުއްދިފިލުން.
މ. ބުއްދި ސަލާމަތުންހުރި މީހެއްގެ ވިސްނުމުގެ ނުވަތަ އެނގުމުގެ ބާރު ފިލައިދިޔުން.
ބުއްދިލައިދިނުން
މ. (1) ވިސްނައިދިނުން. (2) ގޮތްކިޔައި ދިނުން.
ބުއްލަބުޑި
ނ. އޮޑިފަހަރުގެ މަތީ ރިޔަލުގެ ބުންފަރުމާނުގެ ކޮޅުގައިޖަހާފައި ހުންނަވާ އައްސާފައި ހުންނައެތި. މިއީ ހުންގާނުގޭ ގެދެފަރާތުގައި މައްޗަށް އުފުލިފައި ހުންނަގޮތަށް ހަރުކޮށްފައި ހުންނަ ދެގަނޑު ވަކަރެކެވެ.
ބުއްގުޑި
ނ. އަބަދު ކިރުބޯންވެގެން އުޅޭ ކުއްޖާ.
ބުއްޑާ
ނ. ހުތުރުބަހުގައި މުސްކުޅި ފިރިހެނާ. މިބަސް ނަންއިތުރަކަށްވެސް ހިމެނެއެވެ.
ބުއްޑެވި
ނ. ޚިޔާލީ ފުރޭތައެއް. އިހުމީހުން ބުނެއުޅެނީ މިއީ މީހުންނަށް ބަލިޖައްސާ އެއްޗެއް ކަމަށެވެ.
ބުމަ
ނ. ލޮލާ ދިމާ މަތީގައި ފަޅާފައި ހުންނަ އިސްތަށިފަށް.
ބުމަހެދުން
މ. (1) ޒީނަތްތެރިވުމުގެ ގޮތުން ބުމަޔަށް ރީތި ސިފަ ގެނައުން. (2) މަޖާޒު: ދެބުމަގޮށްޖެހުން.
ބުމަރު
ބިންމަތީގައި އަނބުރާން ގެންގުޅޭ އެއްޗެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. މިސާލު: ތަޅާބުމަރު ، ކަށިބުމަރު، ފިހިގަނޑުބުމަރު.
ބުމަރުރޯކުރުން
މ. ތަޅާބުމަރު އެނބުރޭގޮތް ހެދުން.
ބުމަރު ޖަހައިގެން އިނުން
"ބުމަރު ޖަހައިގެންއިނުން" (މިސާލުބަހެއް) އެއްދިމާއެއް ބަލަހައްޓައިގެން އަނގައިން ނުބުނެ ހައިރާންވެފައި އިންނަ އިނުމަށް ބުނާބަހެއް.
ބުމަރުޖެހުން
މ. ނަނުގަނޑުބުމަރު އެނބުރޭގޮތަށް ބިންމައްޗަށް އެއްލުން.
ބުމާ
ނ. (ސ) ނާފަހަރުގެ ކޮޅުފަސްކޮޅު ބުން.
ބުދަ
ނ. ހުކުރުހަތްދުވަހުގެ ހަވަނަ ދުވަސް.
ބުދައަނބުރައިލުން
މ. (1) ބުދަދުވަހުގެ ކުރަން ހަމަޖައްސާފައިވާކަމެއް، ދިމާވިގޮތަކުން އެހެން ދުވަހެއްގައި ކުރުން. (2) ވަކިދުވަހެއްގައި ކޮށްއުޅޭކަމެއް، ނުވަތަ ކުރަން ހަމަޖެހިފައިވާ ކަމެއް އެހެން ދުވަހެއްގައި ކުރުން.
ބުދަތޮޅި
ނ. (ހ) ފަނޑިޔާރުތޮޅި.
ބުދި
ނ. (1) ބޮލީގެ ބާވަތެއް. (2) ބައެއް ރުއްގަހުގައި ގަންނަ ތަކެތީގެ ތެރޭން ހުލިވެ ކަމުނުދާގޮތް ވެފައި ހުންނަ ތަކެތި. (3) (މަލިކު) ރުކުގައި ގަންނަ ނަގުރު.
ބުދިކަޅު
ނ. (ބ،ދ) (1) ފުރާނަ. (2) އަންހެންދެވި.
ބުދު
ނ. ދިރޭ އެއްޗެއްގެ ސިފައިގައި ހަދާފައި ހުންނަ ސޫރަ.
ބުދުހާ
ނ. ބުއްދާ.
ބުދުހާލި
ނ. ނަވުގެ ދެފަރާތު ކަންކަށީން މައްޔަލުގެކޮޅާ ސަބުދެރިޔާއާ އެއްކޮށް ހަރުކޮށްފައި އޮންނަ ދެފިލާ. ނުވަތަ ދެގަނޑުޖާލި.
ބުދުބުރާފިލާ
ނ. ނާޒޯގު ފަހަރުގެ ދިރުބާނމަތީ ކަތިކޮށް އަޅާފައި އޮންނަ ކުރެހިފިލާ.
ބުދުކޯލު
ނ. ބުދުފައްޅި.
ބުދުމަޒުހަބު
ނ. ބުދުދީން.
ބުދުފައްޅި
ނ. ބުދަށް އަޅުކަން ކުރާ ދީންދީނުގެ މީހުން، އަޅުކަން ކުރުމަށް ބުދުބަހައްޓާ ފައިހުންނަ އިމާރާތް.
ބުދުދަރި
ނ. (މަލިކު) ކުޑަކުދިން ކޮއްކޮއަކަށް ހަދައިގެން ގެންގުޅޭ ބުދު.
ބުދުދީން
ނ. ބުދު މަޒުހަބު.
ބުލަޑްބޭންކު
ނ. ނުބައިނުވާގޮތަށް ލޭ ރައްކާކޮށްފައި ބަހައްޓާތަން.
ބުލިބުލި
ނ. ބޯތަށްޓަށްވުރެ ފުންކޮށް، ފުޅާމައްޗާ ދާދި އެއްވަރަކަށް ހުންނަ، މަތިޖެހި ކަންވާރެއް.
ބުލޫ
ނއ. (1) ނޫކުލަ. (2) ޅ. ބުލޫނި.
ބުލޫނި
ނ. (1) ވެސްނޫ. (2) (ޅ) ބުލޫ.
ބުލޫކިޔާ
ނ. ފަތް ހިމަދިގު ކޮށް ކައިރީގައި ތުނޑު ތުނޑު ލައިފައި ހުންނަ، ވައިފިލާޒާތުގެ ތޮޅިއެއް އަޅާ، ވާކޮށްހެދޭ ކުޑަ ގަހެއް.
ބުލެކުބޯޑު
ނ. (1) މަދަރުސާފަދަ ކިޔަވައިދޭ ތަންތާނގައި ދަރިވަރުންނަށް މަށިފޯލިން އެއްޗެތި ލިޔެދޭން ހުންނަ ކަޅުފިލާގަނޑު. (2) ވަގުތީގޮތުން އެކިއެކި ތަކެތިލިޔެ އިޢުލާނު ކޮށްހެދެމަށް މަށިފޯލިން ލިޔާން ބަހައްޓައިފައި ހުންނަ ކަޅުފިލާގަނޑެއް.
ބުލެކްމޭލުކުރުން
މ. މީހުން ސިއްރުން ކޮށްފައިހުންނަ ކުށްތަކާ، އަބުރާ އިއްޒަތަށްޓަކާ ނުވަތަ ލިބިދާނެ ގެއްލުމަކަށްޓަކައި ވަންހަނާކޮށްފައި ހުންނަ ކަންތައްތަކުގައި މަޢުލޫMާތު ލިބިފައިވާކަމުގެ ބިރުދައްކައިގެން ފައިސާއާ ތަކެތި ހޯދުން.
ބުލްބުލް
ނ. އަޑުރީތި ކުޑަކުޑަ ދޫންޏެއް. މިއީ ފައިކުރު ފިޔަގަނޑުވަށް އަނދިރިކުލައެއްގެ ދޫންޏެކެވެ.
ބުގިސް
ނއ. (1) ޢިބާރާތް ނުވަތަ ބަސްމަގު އެތުރި އެކުލެވިފައިވާ ބަދަހިކަން. (2) ފޭރާން ވިޔެފައި ހުންނަ މޮޅުކަމާއި، ގޮޅިޖަހައިފައި ހުންނަ ބާވަތެއްގެ ގޮތް.
ބުގިސްކަން
ނއނ. (1) ޢިބާރާތް ނުވަތަ ބަސްމަގު އެތުރި އެކުލެވިފައިވާ ގޮތުގެ ބަދަހިކަން. (2) ފޭރާން ވިޔެފައި ހުންނަ ބަދަހިކަމާއި، ގޮޅިޖަހައިފައި ހުންނަ ބާވަތެއްގެ މޮޅުކަން.
ބުގިސްވުން
މ. (1) ޢިބާރާތް ނުވަތަ ބަސްމަގު އެތުރި އެކުލެވިފައިވާ ގޮތް ބަދަހިވުން. (2) ފޭރާން ވިޔެފައި ހުންނަ ގޮތުންނާއި، ގޮޅިޖަހައިފައި ހުންނަގޮތް ބަދަހިވުން.
ބުގިސްމުންޑު
ނ. ހަތަރެސްކަން ހަމަ، ކުދިގޮޅި ހުންނަ ރަތް ކަޅު މުންޑު.
ބުސީ
ނ. ހައްދުފަހަނަޅާ ދަރަޖައަށް އަންހެނުންނާ ވާ ދޯޅު.
ބުސީ ކަން
ނއނ. ހިސާބަށްވުރެ ބޮޑަށް އަންހެނުންނާ ދޯޅުކަން.
ބުސީވުން
މ. އަންހެނުންނާ ދޯޅުވެގެން ލަދުހަޔާތް ނެތިގެން އުޅުން.
ބުސްކޯޓު
ނ. ބޯފޮއްޗަކުން ފަހާފައި ހުންނަ، އަތްކުރު ލިބާހެއް. މީގައި ހުންނާނީ ޚުންޘާ ގިރުވާނެކެވެ. ކުރިމަތީ ބަދަނުގައި ދެފަޅީގައި މެ، މަތީގަޔާއި ތިރީގައި ޖީބު ހުންނާނެއެވެ. މީގެ އަޞްލުގޮތަކީ، ކޮންމެ ޖީބެއްގައިވެސް މަތިގަނޑު ހުރެފައި އޭގައި ގޮށްލާފައި ހުރުމެވެ. ފުރަގަހު ބަދަން ހުންނާނީ މެދާދިމާއިން ހުޅުވޭގޮތަށެވެ. މުޓިޔާ ހުންނާނީ، މެދަށް ތުނޑުލާފައެވެ. އުނަގަނޑާ ދިމާއިން ބަންދެއް ހުންނާނެއެވެ. މިބަންދު ކުރުކޮށްވެސް ހުރެއެވެ. ދެކޮޅު ހފ
ބުސްގަމީސް
ނ. ބަނޑުފަޅާލާފައި ހުންނަ ގަމީހެއް. މީގެ ފަސްބައި ހުންނާނީ އެއްވަރަށެވެ.
ބުޑި
ނ. (ލ) ބުޑު.
ބުޑިސްޓުން
ނ. ޤައުތަމްބުއްދާއަށް ތަބާވާމީހުން.
ބުޑު
ައި، ފުޅައްބުޑުގައި، މުނިބުޑުގައި، ފައިބުޑުގައި. (4) ފިނދުމަސްގަނޑު. (5) ދަނޑި ނުވަތަ ރިތްފަދަ އެއްޗެހީގެ ފަލަކޮޅު. (6) އެއްޗެއް ބިމަށް ގަދަކުރުމަށް ކޮންކްރީޓުން ބިމުއަޑީގައި ހަދާބައި. (7) ބިމަށްޖަހާ އެއްޗެއް ގަދަކުރަން ބިންމަތީގައި ހަދައިފައި ހުންނަބައި.
ބުޑުހަކި
ނ. ބުޑުވަކާ އިހިގަނޑާ ދޭތެރޭގައި ޖަހައިފައި ހުންނަތޭރި.
ބުޑުހެދުން
މ. މަޖާޒު: ލިވާޠު ކުރުން.
ބުޑުކޮޅު
ނ. (1) ފަހަތުކޮޅު. (2) ގަސްގަހުގެ ބިމާ ގުޅިފައި ހުންނަ ކޮޅު. (3) ފޫކޮޅު. (4) ފިނދުމަސްގަނޑު.
ބުޑުވައް
ނ. ފަށަނުން މައްޗަށް ދެފަރާތަށް ވާނޭހެން ދެކަތްޕަށް ހުންނަ ވައް.
ބުޑުވަކާ
ބުޑުފަށްގަނޑު (ބަޑިފަށް)
"ބުޑުފަށްގަނޑު (ބަޑިފަށް)" ނ. މަސްއޮޑި ފަހަރުގެ ފަޑި ހުންނަ ގޮތަށް ފަޑިއަޅައިގެންޖަހާ އުސްފަށްގަނޑު.
ބުޑުދަށް
ނ. (ހ) ކުނބުކަފީގެ ކޮޅު ފަހަށް އޮންނަ ތަން.
ބުޑުދޮށް
ނ. (1) ކޮޅަށްހުރި އެއްޗެއްގެ ތިރީކޮޅު. (2) ބިމުން ފަޅާފައިހުރި އެއްޗެއްނަމަ ބިމުގައި ޖެހޭތަން.
ބުޑުތެޅުން
މ. (ޅ) ދަލުގައި ތަތްވެފައި ހުންނަ އެންތައް ފިލުވުމަށް ތެޅުން.
ބުޑުގަނޑުހަރުކުރުން
މ. މަޖާޒު: ތަ ނެއްގައި ވަޒަންވެރިވެ ހުރެވޭނޭގޮތް މެދުވެރިކުރުން.
ބުޑެ
ނ. (ގ) ބުޑު.
ބުޑެހެދުން
މ. (ގ) ތާކުންތާކު ނުޖެހޭ ކަންތައް ކުރުން.
ބުޓީ
ނ. ކުރެހުމުގެ ތެރޭގައި ހުންނަ ވައްބޮޅުބޮޅު.
ބުޖާ
ނ. ހަނޑޫ މާޖައްސައިގެން ހަދާފައި ހުންނަ ކާއެއްޗެއް. އިހުޒަމާނުގައި މިގެނެސްއުޅުނީ ބަންގާޅުންނެވެ.
ބުޖާކުރުން
މ. ބުދަށް އަޅުކަންކުރުން.
ބުޗާ
ނ. ބުޖާ.
ބޫހި
ގ. (1) ނިދިގުގުރި. (2) މިނި ކިރުގައި ދުވާވަސް.
ބޫހިލުން
މ. (ގ) ނިދިގުގުރިދެމުން.
ބޫނި
ނ. އަލިފާންކަނި.
ބޫނުން
ނ. (ސ) އަންހެން، ބެއިން.
ބޫން
ނ. (1) މާބުރު މަދިރި ފަދަތަކެތި އުދުހޭއިރު އެ އިވޭފަދަ އަޑު. (2) ކުޑަކުދިންގެ ބަހުރުވައިގައި ވަޔާއި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތި. (3) ބާރަށް ވައިޖެހޭއަޑު. (4) ބާރަށް ދަތުރުކުރާ އެއްޗެއް ވައިކަފާފައި ދާ އަޑު.
ބޫންބޫން
ނ. "ބޫން" މި ބަސް ގަދަކުރުމަށް ބުނާގޮތެއް.
ބޫންބޫންލެއްވުން
މ. ބޫންބޫން އެޅުވުން.
ބޫންބޫންއެޅުވުން
މ. ބޫންއަޑު ގޮއްވުން.
ބޫންއަޑު
ނ. ދިގުރާގެއްގައި ކެނޑިނޭޅި އޮމާންކަމާއެކު އިވޭ ބުންއަޑު.
ބޫންއެޅުން
މ. "ބޫން" އަޑުއިއްވުން.
ބޫރި
ނއނ. (ބދ) ފަރުވާވެރިކަން.
ބޫރިޔާ
(ނ،ތ) ގުރުވަ.
ބޫތު
ނއ. (1) ކަމަކަށް ބޮޑުވާ އެދުން. (2) ކަމެއްގެ މައްޗަށްވާ ނުހަނު ދަހިވެތިކަން. (3) ނ. ފޯނުބޫތު.
ބޫތުހިފުން
މ. ބޫތުކެއުން.
ބޫތުކެއުން
މ. (1) ކަމެއްގެ މައްޗަށް ނުހަނު އެދުން ބޮޑުވުން. (2) ކަމަކާ ހުރެ ހެސްގަތުން.
ބޫތުގަތުން
މ. (1) ކަމަކަށް އެދުން ބޮޑުވުން. (2) ކަމެއްގެ މައްޗަށް ނުހަނު ދަހިވެތިވުން.
ބޫލޫންވާގަނޑު
(ބ،ދ) ރިޔަލުގެ އައްތެލީގެ ބަދަލުގައި ހުންނަ ވާގަނޑު.
ބޫސް
ނ. (1) ފުރޮޅުފަދަ އެއްޗެހީގެ ލޯވަޅު ތެރެޔަށް އަރުވައިފައި އޮންނަ ހޮޅި. (2) އ. ބުޅަލަށް ގޮވާ ގޮތެއް. މިސާލު: ބޫސްބޫސް.
ބޫސްބޫސް
އ. ބުޅާ ގެންނަން ބޭނުންވީމާ ބުޅަލަށް އަންނަން ގޮވާލާގޮތް.
ބޫޑި
ނ. (ގ) ފަންބުޑު.
ބޫޓު
ނ. ފައިތިލަ އެކީ ނިވައިވާ ގޮތަށް ހަދާފައި ހުންނަ ފައިވާނެއް. މިއީ އާއްމުގޮތެއްގައި ހަމުން ނުވަތަ ރަބަރުން ހަދައިފައި ހުންނަ އެއްޗެކެވެ.
ބޫޓުޕޮލިސް
ނ. ފައިވާނާ ބޫޓުފަދަތަކެތި ފާލީސްކޮށް އޮފުއެރުވުމަށް ހާކާއެއްޗެއް.
ބެހި
ނ. (ބދ) (1) ކަމުދާބަސް. (2) ބެހުން މިބަހުގެ ނިމިނިމުނުކަން.
ބެހިކޭން
ނ. އޮޅިމެދު މީހުން ބަހައި އަވަދިވެގެން ކެއުމަށް އެއޮޅި މެދެއްގެ ވެރިއެއްގެ ގޭގައި ކައްކާ ކޭން.
ބެހިގެންދިއުން
މ. (1) ދަތުރުކުރާ އުޅަނދަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން މިސްރާބު އޮޅިގެން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ދެވޭނުދެވޭ ތަނެއް ނޭނގި ދެވުން. (2) ފުރާދުއްވާ އެއްޗެއް އަޅައިފައި އޮއްވާ، ވައުކެނޑިގެން އޮޔާދިއުން.
ބެހުން
ކި ބައިބަޔަށް އަޅައި އެކި މީހުންނަށް ދިނުން. (3) ތިމާޔާ ނުބެހޭ ކަމެއްގެ ތެރެއަށް ވަނުން. (4) ކަމަކާނުލާ މީހަކާ ފޮށުން ނުވަތަ ގަޔަށް އެރުން. (5) ޖިންސީގޮތުން ގޯނާކުރުން. (6) ބައިބަޔަށް އެޅުން. (7) ގުޅޭ، މިސާލު: (ހ) ފޮތާބެހޭ ލިޔުން. (ށ) ކިޔެވުމާބެހޭ ސާމާނު.
ބެހެނިވެރިން
ނ. މުދާ ބަހައިގެން ލިބެންވީ މީހުން.
ބެހެކީނދި
ނ. (ޏ) ބިހުގެ ގޮބޮޅި.
ބެހެއްޓުން
މ. ހުންނާނެގޮތް ހެދުން.
ބެހޭ
ނއ. (1) ގުޅޭ. (2) ގުޅުންހުރި. (3) ބެހުން މިބަހުގެ ވާކަމާއި އަމުރު.
ބެނދެވުން
މ. (1) އަމިއްލައަށް އެއްސިގެންވުން. (2) ކަމެއްގައި ބެދި އެކަމެއްގައި ހައްޔަރުވުން.
ބެނޑި
ކޮށް ފޮތިން ފަހައިފައި އޮންނަ ކުޅެން ގެންގުޅޭ ގުޅައެއް. (3) މަހުގެ ކަށިފޮތި ކަހައިގެން ހަދައި ހިއްކައިފައި ހުންނަ ގުޅަ. (4) އެއްބާވަތެއްގެ އެތައް އެއްޗެއް އެއްކޮށް ބަނދެފައި އޮންނަ ބަންޑެލި. (5) ފޯލިކޮށް ހަދައި ބޭރުގައި ފަތްލައިފައި ހުންނަ ފޮނިކާއެއްޗެއް.
ބެނޑިތާން
(ސ) ބޮނޑިތާން.
ބެނޮވުން
މ. (ޏސ) އުރުން.
ބެނޮވައިގެން
މ. (ޏސ) ގޮވައިގެން.
ބެން
ނ. ތޮށީބޭރުން ކަނޑާގުޅިގެން ތިލަކޮށް ހުންނަ އެތެރެ އެނގޭ ފަށަލަ.
ބެންބޮޅު
ނ. ވެންބޮޅު
ބެންކު
ނ. ފައިސާ ބަލަހައްޓައި ދިނުމާއި ލޯނު ދޫކުރުމާއި އެއްވައްތަރެއްގެ ފައިސާ އަނެއް ވައްތަރެއްގެ ފައިސާއަށް ބަދަލުކޮށްދިނުމުގެ ފައިސާގެ ވިޔަފާރިކުރާ އިދާރާ.
ބެންކުކުރުން
މ. (1) ބޭންކުގައިވާ އެކައުންޓެއްގައި ފައިސާ ޖަމާކުރުން. (2) ބެންކަށްލުން.
ބެންތެޔޮ
ނ. ހައިވަކަރު ފާޑުގެ އެއަށްވުރެ ދެރަ ލަކުޑިއެއް.
ބެންތޭކި
ނ. ބެންތެޔޮ.
ބެންގު
ނ. (ޏ) ބެންކަށް ކިޔައިއުޅުނު ނަމެއް.
ބެންޗު
ނ. (1) ބައެއް ކުޅިވަރުގައި ޓީމުގައި ހިމެނޭ ރިޒާވު ކުޅުންތެރިންނާއި ކެމީން ދަނޑުން ބޭރުގައި ނުވަތަ ކޯޓުން ބޭރުގައި ތިބޭ ގޮނޑި. (2) ދިގު ގޮނޑި.
ބެރާންތި
ނ. (ޏސ) ބުރާންތި.
ބެރާންތިއެރުން
މ. ބުރާންތިއެރުން.
ބެރާންތިވުން
މ. (ޏސ) ބުރާންތިވުން.
ބެރި
ނ. (1) ގޭގެ މަތިވަޑާންގަނޑުމަތީ ހުރަހަށް އަޅާ ވަކަރު. (2) ފިލަޔާއި ފައްޗަށްވުރެ ބޯކޮށް ހަތަރު އަރިއަށް ކީހައިފައި ހުންނަ ލަކުޑި. (3) ފަންގިފިލާ ހިފަހައްޓަން ހުރަހަށް އަޅާ އެއްޗެހި.
ބެރިދެމުން
މ. ބެރިއެޅުން.
ބެރު
އި ހަން ނުވަތަ އެފާޑުގެ އެހެން އެއްޗެއް އަޅައިގެން ހަދާ އެއްޗެކެވެ. މީގެ އަޑު ނެރެނީ ޖަހައިގެންނެވެ. (2) މިޔުޒިކުގެ ހަމަޔާ ގުޅޭގޮތަށް ވަކި ތަރުތީބަކުން ޖަހާ އަޑު. (3) ކަރަންޓު ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކުން ބެރުގެ އަޑު ނެރެން ހަދައިފައިވާ އެތި.
ބެރުހަމުނާ
(1) ދިވެހިންކިޔައި އުޅޭ ފުލޯކު ވާހަކައެއްގައި އަންނަ ނަމެއް. މި ނަން ކިޔައި އުޅުނު މީހަކުވެސް، ތަންކޮޅެއް ކުރީގައި އުޅުނެވެ. (2) ދެ ބުމަ އެއްކޮށް ފަލަކޮށް އަނދުންއަޅައި ފަލަފަލަކޮށް ކޫރުދަމައިފައި ހުންނަ މީހާއަށް ކިޔާ ނަމެއް.
ބެރުހުއްޓާލަވަބައި
ނ. ސަމާ ހުއްޓުމަށާއި، އަދިވެސް އެހެނިހެން ގޮތްގޮތުން ޖަހާ ދަނޑިބެރު ހުއްޓާން ޖަހާ ލަވަ.
ބެރުން
މ. (1) ވެޔޮވަޅު ފަދަ ތަންތަނަށް އެއްޗެތި އަޅާ ފޮރުވައިލުން. (2) ކައްޕިއަށް ވާލެއްވުން.
ބެރުކަނިގަނޑު
ނ. ޢީދާއި ހިތީގައި ރަދުން ވަޑައިގަންނަވާ ތަނެއްގެ ކައިރީގައި ބެރު އަޅުވަން ހުންނަ ކަނިގަނޑު. މި ކަނިގަނޑު ހުންނަނީ ޚާއްޞަގޮތަކަށް ހަދާފައި ކުރަހާފަ އެވެ.
ބެރުކޮޅުބޭލުން
މ. އިހުގައި ގަޑުވަރުތެރޭ ބޭފުޅަކު ބެރުކޮޅު ޖައްސަވާން ވެގެން ނާބުސް ޚާނުން އެތަނަކަށް ބެރުގެންގޮސް ބެހެއްޓުން.
ބެރުއެޅުން
މ. ބެރުގެ އޮނިގަނޑު ދެކޮޅުގައި ހަންހަރުކުރުން.
ބެރުއެދުރު
ނ. ބެރުވެރިންގެ އެދުރު މީހާ.
ބެރުއެދުރުކަން
ނ. ބެރުވެރިންގެ ވެރިކަން. (މިއީ ސަރުކާރުން ދެއްވާ އުޅުއްވި ވަޒީފާއެކެވެ.)
ބެރުއޮނި
ނ. ބެރުއަޅާ އޮނިގަނޑު.
ބެރުވެރިން
ނ. އިހުޒަމާނުގައި ރަސްމީ ބެރުތައް ޖަހައި އުޅުނު މީހުން. މިއީ ސަރުކާރުން ވަޒީފާ ދެއްވާފައިވާ ބައެކެވެ.
ބެރުވެރިންނަށް ކެހިދިންލަވަ
"ބެރުވެރިންނަށް ކެހިދިންލަވަ" ނ. ދަނޑިބެރުގެ ލަވަމަތީ ލަވަތަކުތެރޭން ލަވައެއް.
ބެރުމުސްކުޅިކަން
ނ. ރަސްމީބެރުޖަހާ މީހުންގެ ވެރިކަން.
ބެރުމުސްކުޅިގޭ ހަންގަނޑު
"ބެރުމުސްކުޅިގޭ ހަންގަނޑު" ނ. ބެރުޖަހަން ދަސްކުރަން ހަމުން ކެހެރި ނުފިލުވައި އަޅާފައި އޮންނަ ބެރު.
ބެރުފަށާލަވަބައި
ނ. ސަމާފެށުމާއި ތިންފުޅި ބެރުފަށާންޖަހާ ލަވަތައް.
ބެރުފިޔަފާޅި
ނ. ސަމާގައި ބެރުޖަހަން އަޅާފިޔަފާޅި.
ބެރުދަނޑި
ނ. ބެރުޖަހަން ގެންގުޅޭ ދަނޑިގަނޑު. މިހުންނަނީ ގަދަ ލަކުޑިއަކުން ކުޑަކޮށް ގުދުކޮށް ހަދައިފަ އެވެ.
ބެރުދުންމާރިތާޅަފިލި
ނ. އިހުގައި ރަސްކަލުން ތަންތަނަށް ވަޑައިގެންނެވުމުގެ ރަސްމީ ޢިއްޒަތުގައި ބެރުގައި ޖަހާ ހަރުބިޔާ، އެޔާއެކު ފުމޭ ދުންމާރިއާއި ތާޅަފިލި.
ބެރުދެމުން
މ. ބެރުގެ ނަނުތަކަށް ދަމައި ހަންބާރުކުރުން.
ބެރުލަވަ
ނ. (1) ސަމާތާރާގައި ޖަހާއާދައިގެ ލަވައެއް. (2) ބެރުގައިޖަހާ ރާގު.
ބެރުގުޑުގުޑާ
ނ. ގަނޑުވަރު ތެރޭގައި ނޮޅިކޮޅުން ހިއްޕަވާ ވަރުނޫން މީހުން ދުންބޯން ހުންނަ ގުޑުގުޑާ.
ބެރުޖެހުން
ާޑުގެ އެހެން އެއްޗެއް އަޅައިގެން ހަދާ އެއްޗެއްގައި ޖެހުން. (2) މިއުޒިކުގެ ހަމަޔާ ގުޅޭގޮތަށް ވަކިތަރުތީބަކުން އެއްޗެއްގައި ނުވަތަ ތަނެއްގައި ޖެހުން. (3) ކަރަންޓު ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކުން ބެރުގެ އަޑު ނެރެން ހަދާފައިވާ އެއްޗަކުން އަޑުނެރުން.
ބެރޫ
ނ. (ސ) ބުރެވި.
ބެރެ
ނ. (ސ) ބެރު.
ބެރެބެދި
ނ. ރަތްމަލެއް އަޅާ ކަށި ހުންނަ ބިޔަ ގަހެއް. މީގެ ކަށި ނުހުންނަބާވަތެއްވެސް ހުރެ އެވެ.
ބެރެބެދިރައިވެރިމަސް
ނ. ރައިވެރިމަހުގެ ބާވަތެއް. މި މަހުގެ ކުލައަކީ ރަތްކުލައާއި ރިހިކުލަ ގުޅިގެން ފެންނަ ރަތްކުލައެކެވެ. މަހުގެ ދެއަރިމަތީގައި ގަދަރަތްކުލައިގެ (ބެރެބެދިމަލުގެ ކުލައިގެ) ރޮނގުތަކެއް މަހުގެ ދިގަށް ހުންނާތީ މި މަހަށް ބެރެބެދި ރައިވެރިމަސް ކިޔަނީ އެވެ.
ބެރެބެދިމަޑި
ނ. މަޑީގެ ބާވަތެއް. މީގެ ނަގޫ ކުރުވެފައި ނަގުލުގެ ބުޑުދޮށް ފަލަވާނެ އެވެ. ބުރަކަށި މަތީގައި ކަށި ހުންނާނީ ކައްޗަށެވެ. އެއްކޮޅަށް އޮމާންކޮށް އަނެއްކޮޅަށް ކަށިކޮންނެވެ.
ބެރެބެދިދަންބޮޑު
ނ. ދަންބޮޑުގެބާވަތެއް. މިއީ ބެރެބެދިކުލައާއި އެއްފަދަ ރަތްކުލައެއް ހުންނަ ކުޑަވަރެއްގެ މަހެކެވެ. ހުޅުނބުތަކުގެ ކައިރިފަށާއި ކަރުތާފަތުގެ މަތީ ކައިރިފަށް ގަދަމުށިކުލައެއްގައި ހުރުމާއެކު ނިގޫފަތް ހުންނަނީ ހުދުކުލައިގައެވެ.
ބެރެބޭވުން
މ. (ޏސ) (1) ކާށިގަބުޅި ކުރުނބާ ކަރާ ބަރަބޯ ފަދަ ތަކެތީގައި ޅަ ތޯ، ނުވަތަ ހަރު ތޯ ބަލަން ޓަކިޖެހުން. (2) (ޏ) އިހުގައި ވަރުގަދަ މީހުން ބަލަން ބަނޑުގައި ފުއްޓަކި ޖެހުން.
ބެރެކި
ނއ. އަވަގުރާނަ.
ބެރެކިކިއުން
މ. އަވަގުރާނަ ރައިވަރުކިއުން.
ބެރެކިރައިވަރު
ނ. އަވަގުރާނަ ރައިވަރު.
ބެރެވެދި
ނ. (ގ) ބެރެބެދި.
ބެރެލި
ނ. (ޏ) ރަތްފާނަ.
ބެރެޑާވަޑާ
ނ. (ގ) ވަންވަތް.
ބެބުޅުން
މ. ވިދުމުގެ ދަޅައެޅުން.
ބެޅައު
ނ. (ސ) ބުޅާ.
ބެޅަލް
ނ. (ޏ) ބުޅާ.
ބެޅެދިލި
ނ. (ސ) މުދިފުޅުކޭލަނޑާ.
ބެޅެދިލްމޭރެ
ނ. (ޏ) މިޔަރުގެ ބާވަތެއް. މި މިޔަރުގެ މޭގަނޑުވަރަށް ބޮޑުވާނެއެވެ. ވަސްމަޑުވާނެއެވެ.
ބެކްޓީރިއާ
ުތައް ހިމެނެނީ ތަފާތު ބަލިތައް ޖައްސާ ޖަރާސީމުގެ ތެރޭގައެވެ. އަނެއްބައި ވައްތަރުތަކަކީ އިންސާނުންނާއި ޙަހައިވާނުންގެ ހަޖަމުގެ ނިޡާމަށް ނުވަތަ ޗީޒްފަދަ ކާނާ ތައްޔާރުކުރުމަށް ނުވަތަ ގަސްގަހާގެހީގެ ކާނާ ހޯދުމުގެ ނިޡާމަށް ކޮންމެހެން ބޭނުންވާ ވައްތަރުތަކެކެވެ.
ބެއަސްނުބެއަސް ހައިވަކަރުއޮޑި ނަންވާނެ
"ބެއަސްނުބެއަސް ހައިވަކަރުއޮޑި ނަންވާނެ" ރަނގަޅުކަމެއް ކުރިޔަސް ނުކުރިޔަސް ބޮޑަށް ނަންވާނީ އެކަމަށް މަޝްހޫރުވެފައިވާ މީހެކެވެ. މިބަސް މީގެ އިދިކޮޅަށްވެސް ބުނެއުޅެއެވެ.
ބެއި
(ބދ) ގުދުކަން.
ބެއިން
ނ. އެކަކަށްވުރެ ގިނަ ދަރިން.
ބެއިންދުން
މ. (1) އިށީންދުވުން. (2) ނަކަތްގެ ލެއްވުން.
ބެއިވެޔޮ
ނ. ރަތްކުލައިގެ އޮށެއް އަޅާވެލެއް. މިއީ އެއްތެޔޮހެން ތަނޑުގަނޑު ދެމެމުން ވެލަށް ހެދޭ ބާވަތެކެވެ.
ބެއްޅަ
ނ. (ހ) އޮޅުފަށް.
ބެއްފިލާ
ނ. (ޏ) ވެއްޕިލާ.
ބެއްދުން
ުން. (4) މުށްލައްޕައި ބާރުކުރުން. (5) ނިވާކުރުން. (6) މަސްތަކެއް ދަލަކަށް ނުވަތަ ކޮށިގަނޑަކަށް ވައްދައި ބަންދުކުރުން. (7) ބަންދުކުރުން. (8) ކުރިމަތި ބަންދުކޮށްގެން ކުރިޔަށް ދިޔަނުދިނުން. (9) ދައްކާ ވާހަކައަކުން އަނެކަކު ދެރަކޮށްލުން. (01) ކަޑައްތު ކުރުން.
ބެއްލަ
ނ. (މަލިކު) ވެވުގެ ތުންފަތް.
ބެއްލުން
މ. މީހަކުލައްވާ ބެލުވުން.
ބެއްލެވުން
މ. (1) ބެލުން މިބަސް މާތްކޮށާއި އެންމެ މާތްކޮށް ބުނާގޮތް. (2) ބުއިން މިބަސް މާތްކޮށް ބުނާގޮތް.
ބެއްސުން
(1) ބައިވެރިކުރުން. (2) ބެއްސުވުން.
ބެއްސެވުން
މ. އެއްޗެއް އެކިބައިބަޔަށް އަޅައި އެކި މީހުންނަށް ދިނުމަށް Mާތްކޮށާއި އެންމެ Mާތްކޮށް ބުނާގޮތް.
ބެއްޔާ
ނ. ބޭބެ.
ބެވުން
މ. (1) ހުތުރުބަހުން އެއްޗެހި ގޮވުން. (2) "އެއްޗެހިގޮވުން" މިބަހަށް ހުތުރުބަހުން ކިޔާގޮތް. (3) މޮށެގަތުން.
ބެމަ
ނ. (ސ) ބުމަ.
ބެދި
ނ. (ސ) (1) ރަށުގެ މައިފަރާ ރަށާދޭތެރޭ ހުންނަފަރު. (2) (ސ) ހިތަދޫގައި އޮންނަ ފުން ކުޅިއެއް.
ބެދިހަރު
ނ. (ބ،ދ) ބިތް.
ބެދިގަނޑަ
ނ. ބަދިގަނޑު.
ބެދުން
. މިސާލު: ފިނދަނަ މަޅިފަތީގައި ބެދިއްޖެއެވެ. (9) ކަޑައްތުވުން. މިސާލު: މާލެއަތޮޅުން ބ. އަތޮޅަށް ދެވޭނީ ކާށިދޫ ކަނޑު ބައްދައިގެންނެވެ. (01) ކުރިޔަށްނުދެވޭ ގޮތްވުން. މިސާލު: އޭނާ ހިނގަމުން ދަނިކޮށް މަގުމަތީގައި ދުއްވާ އެއްޗިހީގެ ސަބަބުން މަގު ބެދިއްޖެއެވެ.
ބެދޭމަޅިއެއް ނުފެންނާނެއެވެ.
"ބެދޭމަޅިއެއް ނުފެންނާއެވެ." (މުސްކުޅިބަހެއް) ކަމެއްގައި ދެރަގޮތެއް ވާން އޮންނަ ފަހަރު ރައްކާތެރިވާކަށްވެސް ނޭގޭނެއޭ ބުނަށް ބުނެއުޅޭ ބަހެއް.
ބެލުން
އެއްޗަކަށް ނަޒަރު ހުއްޓައިލުން. (2) ބެލެހެއްޓުން. (3) ކާންދީގެން ގެންގުޅުން. (4) ކަން ހިނގާފައިވާގޮތް ހޯދުން. (5) ކަމެއްކުރެވޭތޯ ބެލުން. މިސާލު: ތިޔަގެއަށް ދެވޭތޯ ބަލާނަން. (6) އަދަބު ބެހެއްޓުން މިސާލު: މީނާ މަންމަޔަކަށް ބައްPަޔަކަށްވެސް ބެލުމެއްނެތެވެ.
ބެލޫނި
ނ. ގޭސް ނުވަތަ އަލިފާނުގެ ވައިން ފުއްPައިގެން މައްޗަށް އަރުވާއެއްޗެއް. މި ގިނައިން ހަދައިއުޅެނީ ފޮތިން ނުވަތަ ރަބަރުންނެވެ.
ބެލެހެއްޓުން
މ. (1) މީހަކު ނުވަތަ އެއްޗެއް ރައްކާތެރި ކަމާއެކު ގެންގުޅުން. (2) ފަރުވާތެރިކަމާއެކު ކަމެއް ހިންގުން. (3) އެއްޗެއް ގެއްލުނަނުދީ އެއަށްވާނުވާގޮތް ބެލުން.
ބެލެނިވެރިޔާ
ނ. މީހަކު ނުވަތަ ކުއްޖަކު ބަލަހައްޓާން ހަވާލުވެފައިވާ މީހާ.
ބެޑުޝީޓު
ނ. (1) ތަންމަތީގައި ފަތުރަން ބޭނުންކުރާ ފޮތިގަނޑެއް. (2) ފަލަނގުފޭލި.
ބެޓު
ނ. ކިރިކެޓް ކުޅޭ ފިލާގަނޑު.
ބެޓެރީ
ްޗިއްސާއި އިލެކްޓްރިކް ބާރުން ހިނގާބައެއް އެއްޗެއްސަށްލައްވަން ނުވަތަ ބޭނުންކުރަން ހަދައިފައި ހުންނަ އެއްޗެއް. މިހުންނަނީ ކަރަންޓް އުފައްދައިދޭ ބާވަތްތަކާއި، ނުވަތަ އެބާރު ހިފަހައްޓައިދޭ ބާވަތްތައް އެތެރެއަށް އަޅާފައެވެ. މީގެ ތަފާތު ވައްތަރުތައް ހުރެއެވެ.
ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރުއޮޑިއެވެ.
"ބެޔަސް ނުބެޔަސް ނަންވާނީ، ހައިވަކަރުއޮޑިއެވެ." (މުސްކުޅިބަހެއް) އެހެން މީހަކު ކުރިކަމެއް އެރޮނގަކުން މަޝްހޫރުވެފައިވާ މީހަކަށް ނިސްބަތް ކުރުމުން (ނިސްބަތްވުމުން) ބުނެއުޅޭ ބަހެއް.
ބެޖު
ނ. ބައެއް ޖަމާޢަތް ވަކިވެ އެނގުމަށްޓަކައި ހެދުމުގައި ޖަހާ ނިޝާން.
ބެޗުން
މ. (1) ސަލާމަތްވުން. (2) ރެކުން.
ބޭ
ނ. (1) ދުވަސްވެ މުސްކުޅިވެފައިވާ ފިރިހެންމީހާ. (2) ބޭބެ ކިޔާ މީހުންނަށް ކިޔައި އުޅޭގޮތެއް. މިސާލު: ދޮންބޭ، ކުޑަބޭ، ކަތީބުބޭ.
ބޭހެއްތި
އމ. (ސ) އައުން އެދޭކަން ދޭހަކޮށްދިނުމަށްޓަކައި ބުނާގޮތެއް.
ބޭހޯސް
ނ. (1) އިންތިހާ ދަރަޖައަށްވާ އަޖައިބު. (2) ހޭނެތޭ ހޭނެތުން.
ބޭހޯސްވުން
މ. ބޭޚޯސްވުން.
ބޭނގު
ނ. ފެނަށް ދިރޭ މޫދުމަހެއް. މިއީ ކަށިގިނަ މަސްމީރުމަހެކެވެ. މިމަސް ހުންނާނީ މެކުނު ފާޑަށެވެ.
ބޭނޑަ
ނ. ބޭނޑު.
ބޭނޑި
ނ. (ޏ) ފޯލިކޮށް ހަދައި ބޭރުގައި ފަތްލައިފައި ހުންނަ ފޮނިހެދިކާ އެއްޗެއް.
ބޭނޑު
ޏެކެވެ. މިދޫނީގެ ފިޔައިގެ މަތީ ފަރާތާއި ބޮލާއި ކަނދުރާ މަތީގައި ހުންނާނީ ކަޅުކުލައާއި ގާތް ގަދަ މުށިކުލައެވެ. ބަނޑުދޮށް ހުންނާނީ ހުދުކުލައިގައެވެ. ފަޔާއި ތުނބުގައި ހުންނަނީ ކަޅުކުލައެވެ. މިދޫނީގެ ބޮޑުމިނަކީ، ގާތްގަނޑަކަށް ފަނަރަ، ނުވަތަ ސަތާރަ އިންޗިއެވެ.
ބޭނިގަތުން
މ. ތިމާޔާ ނުބެހޭ ކަންތަކުގެ ތެރެޔަށް އަމިއްލަޔަށް ވަދެގަތުން.
ބޭނުން
ް. (6) ހިތްކިޔާކިޔުން. މ. (7) އެއްޗެއްގެ ތެރެއަށް އަނެކައްޗެއް ވެއްދުން. ނުވަތަ ކޮއްޕުން. (8) ބުޅީގައި ގަނުވައިގެން މަސްހިފުން. (9) ކުރުނބާ ކިހައް ފަދަ ތަކެތި އިހާ އޮތްގޮތަށް ވާޖަހައިގެން ރުކުން ބޭލުން. (01) ކަމެއްގެ ތެރެއަށް މަތިންބައިން ޖެހިގެން ވަނުން.
ބޭނުންފުއްދުން
މ. (1) މުހުތާދު ފުއްދުން. (2) މަޖާޒު: ޝަހުވާނީ އެދުން ފުއްދުން.
ބޭނުންކުރުން
މ. މުހުތާދު ކުރުން.
ބޭނުންވުން
މ. (1) މުހުތާދުވުން. (2) ކަމަކަށް އެދުން.
ބޭނުންތެރި
ނއ. (1) މުހުތާދުވާ. (2) ހާޖަތްތެރި. (3) ހިތްއެދޭ. (4) ކަމުދާ.
ބޭނެތިވުން
މ. (ގ) ނިދީގައި ވާހަކަދެއްކުން.
ބޭން
ކަކަށްވުރެ ގިނަ ދަރިން. މިސާލު: ދެބޭން، ތިންބޭން. (4) ބޭނުން- ތިމާއަށް ނިސްބަތްވާގޮތަށް އޮންނަ މިބަހުގެ ނިމިނިމުނުކަން. މިސާލު: އަހަރެން މަސްބޭން. (5) ގާތްތިމާގެ މީހުން. (އެކަކަށްވުރެގިނަ) ދެބެންގެ ދެދަރިދެބޭން، ތިންބޭން، އަޚުން، އުޚުތުން، ބޭބޭންގެދަރިން.
ބޭންދުން
މ. (1) އިށީނުން މި ބަސް ކުރުވުމުގެ މާނައިގައި ބުނާގޮތް (އިށީނދުވުން). (2) ޚިތާނުކުރުން. (3) ވަކިތަނަކުން ނުނިކުމެވޭގޮތަށް މީހަކު ތަނެއްގައި ވަގުތީ ގޮތުން ހިފެހެއްޓުން.
ބޭނގުފަނި
ނ. ބޭނގުގެ އެންމެ ޅައެއްޗެހި.
ބޭންޑު
ނ. (1) މިޔުޒިކް ކުޅޭ ސާމާނާ އެކުގައިވާ މިޔުޒިކް ގުރޫޕް. (2) ބޮލުގައި އަޅަން ހަދައިފައި ހުންނަ ބަންދު. (3) ބޮލުގައި ނުވަތަ ހެދުމުގެ ތަނެއްގައި އަޅާފޮތިފަށް.
ބޭންޕާޓީ
ނ. ބޭންޖަހާމީހުން.
ބޭރަށްހިންގުން
ނ. އާދަޔާ ޚިލާފަށް ގިނައިން ބޮޑުކަމުދާންވާ ބައްޔެއް.
ބޭރަށްދިއުން
މ. (1) އެތެރެއިން ބޭރަށް ނުކުމެގެން ދިއުން. (2) ރާއްޖެއިން ބޭރަށް ދިއުން. (3) މަޖާޒު: ބޮޑުކަމު ޙާޖިތަށް ދިއުން.
ބޭރަށްލުން
މ. (1) ތަނަކުން ނެރެލުން. (2) ނޯކިރީކަމުން ވަކިކުރުން. (3) ވިހައިގެން ހަތްދުވަސްވާ ދުވަހު އާދަކާދައިގެ މަތިން މައިމީހާޔާ ދަރިފުޅު ގޭތެރެއިން ބޭރަށް ނެރުން.
ބޭރާ
ނ. (ގ) ބޭރު.
ބޭރި
ނ. (1) ކަނޑުން އަރާކަމަށް ހީކުރާ ޚިޔާލީ ފުރޭތައެއް. މިއީ، ހުރިހާ ކަމަކާ ވާހަކަދައްކައި، އެއްޗެހިކިޔައި އުޅޭ ކަމަށްބުނާ ފުރޭތައެކެވެ. (2) މަޖާޒު: މީހަކާ ހިތާވެގެންމެ އެވައްތަރު ނުދައްކާ އެމީހާގެ ފަހަތުން އަޅައިގަނެގެން އުޅޭ މީހާ.
ބޭރިހެދުން
މ. މަޖާޒު: ކުރާހިތްވާކަމެއް ނުކުރާން އުޅޭވައްތަރު ދެއްކުން.
ބޭރު
) އެތެރެޔަށް ނުވާތަން. މިސާލު: ގެއިން ބޭރު. ބޭރުމަތި. (2) ވަތްހޭލާ ހިސާބު. (3) ގަނޑުވަރުތެރޭ ބޭފުޅުން ތިއްބަވާ ތަންތާނގައި ބޭރުން އަންނަ ޚާއްޞަ ރައްޓެހިފުޅު މީހުންނަށް ކައްކާ ބަތް. (4) ނއ. އެކަމެއްގެ، އެތަނެއްގެ، އެއްޗެއްގެ، އެބައެއްގެ ތެރޭގައި ނުހިމެނޭ.
ބޭރުހުލި
ނ. ވޭރުހުލި.
ބޭރުންބޭރަށް
ކއ. ދޮރުމައްޗަށް ހުއްޓިލައިފައި ނުވަދެ ދާ ދިއުމަށް ބުނެއުޅޭ ގޮތެއް.
ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެ
"ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެ" (މުސްކުޅިބަހެއް) ގެއަށް ނުވަދެ ބޭރުގާ ހުންނަ މީހަކަށް ގެއިން ދެވޭ ޚިދުމަތެއް ނުދެވޭނެޔޭ ބުނުމަށް ބުނެއުޅޭ ބަހެއް.
ބޭރުންދާ އޮޑިޔަކަށް ނިމައެއް ނޯންނާނެއެވެ.
"ބޭރުންދާ އޮޑިޔަކަށް ނިވައެއް ނޯންނާނެއެވެ." (މުސްކުޅިބަހެއް) ބޭރުންދާ އޮޑިއަކަށް ނިމަލެއް ނޯންނާނެ.
ބޭރުރަބަރު
ނ. ވައިޖަހާގޮތަށް ފުރޮޅުލައިފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ފުރޮޅުގެ ބޭރު ފަށަލަ.
ބޭރުބަނޑަހަ
ނ. އިހުޒަމާނުގައި ހަވަރުގެ ތެރޭން ބޮޑު މުސްކުޅި ބޭކަލަކު ނެތްވަރެއްނަމަ އެވަރަކަށް ކައްކާ ކެއްކުން ތަކުގެ ކަންތަކާއި ސިލޭހަބަތް ކެއްކުމާއި ކުދި ބޭކަލުންގެ ކޮއްތުގެ ކަންތައް ބަލަހައްޓައި މިކަންކަމުގެ ތަކެތި ރައްކާކުރާން ގަނޑުވަރު ތެރޭގައި ހުންނަ ބަނޑަހަ.
ބޭރުބަނޑޭރި
ނ. (1) އިހުގައި ގަނޑުވަރުތެރޭގައި ބާޒާރާ ބެހޭކަންތައް ބަލަހައްޓާ އުޅޭ މީހާ. (2) ގެއެއްގެ ބާޒާރު ކުރުމާއި ބެހޭ ކަންތައްތައް ބަލަހައްޓާ މީހާ.
ބޭރުބަންޑާރަ
ނ. އިހުގައި ސަރުކާރުގެ ނާފަހަރުން ބަންގާޅަށް ފޮނުވައިދޭ އަމިއްލަ ފަރާތްތަކުގެ ކާށްޓާއި ކުފުރާ.
ބޭރުބައްތި
ނ. (1) ނާފަހަރު ބަންގާޅަށް ދަތުރުކުރި ދުވަސްވަރު، ބަންގާޅު ކޯރަށް ވަންނަން ދާއިރު އެންމެ ބޭރަށް ހުންނަ ބައްތި. (2) ކަނޑުއޮޅިތަކާއި، ބޭރުދުނީގެ ފަރުފަރާއި މުލިފަދަ ތަންތަން ފާހަގަކުރުމަށް ޖަހައިފައި ހުންނަ ބައްތި.
ބޭރުބަސް
ނ. (1) ރާއްޖޭގެ ބަސްނޫން އެހެން ބަސްބަސް. (2) ދިވެހި ބަސް ނޫން އެހެން ބަސްބަސް.
ބޭރުބޮޑުއަށި
ނ. އިހުގައި ގަނޑުވަރުތެރޭ ހުރި އަށްޓެއް. މިއީ ހަނގުބޭކަލުން ދަމަށް ދުރުވާ ފަސްއަށިން ހިއްތަން ދޮރޯށިން ބޭރުގައި ހުންނަ އަށްޓެވެ.
ބޭރުކަނޑު
ނ. ރާއްޖޭގެ އެތެރެވަރިނޫން ކަނޑު.
ބޭރުކިހިލި
ނ. ދަނޑިކޮށީގެ ދެމީހުން ކުޅީގައި ޖަހާއެތި ފަހަރެއް. މި އެތި ފަހަރުން އަނެކަކު ރެކޭނީ ބާސް ކީއްޔަށް ވާގޮތަށް ދަނޑި ހިފަހައްޓައިގެން ހުރެ އެއިން ޖައްސައިގެންނެވެ.
ބޭރުކުރުން
މ. (1) އެތެރޭން ބޭރަށް އެއްޗެއް ނެރުން. (2) ބޭރަށް އެއްޗެތި ފޮނުވުން. (3) ކަމުން ދުރުކުރުން. (4) އުޅޭތަނުން ބޭރަށްލުން.
ބޭރުއެން
ނ. ހަރުއެން.
ބޭރުއެރުން
މ. ރަށުގެ ހޭފަށަށް އައުން.
ބޭރުއޮއި
ނ. ބޭރަށްދަމާއޮއި.
ބޭރުވަޒީރު
ނ. (1) ބޭރާބެހޭ ވަޒީރު. (2) ޚާރިޖީ ވަޒީރު. (3) ވެލާނާކަން މަތިކުރައްވާފައިވާ ބޭކަލެއް. (ވެލާނާ)
ބޭރުވުން
މ. އެތެރެއިން އެއްޗެއް ނުކުތުން.
ބޭރުމަތި
ނ. (1) ތޮށީބޭރުން ވަތްހޭލާ ހިސާބު. (2) އެއްބައްރެއްގައި ހިމެނޭ ވަކިވަކި ރަށްރަށުގެ އާބާދީއާ ދުރު ހިސާބު.
ބޭރުމީހާ
ނ. އެތަނެއްގެ، އެބައެއްގެ، ނުވަތަ އެކަމެއްގެ ތެރޭގައި ނުހިމެނޭ މީހާ.
ބޭރުމީހުން
ނ. (1) ބިދޭސީން. (2) ގޭ މީހުން ނޫން މީހުން.
ބޭރުމެށުން
މ. އޮޑިވަޑާމުގެ ބަހުރުވައިގައި، އުޅަނދެއް ބަނދެ ނިމިގެން އޭގެ ބޭރުމަށާ ބައްޓަން ރީތިކުރުން.
ބޭރުފަނާ
ނ. (1) އޮޑިދޯނިފަހަރު އަޅާއިރު ކަނޑުފަރާތަށްލާ ފަނާ. (2) ގެނބުރަށްލާފަނާ.
ބޭރުފުށް
ނ. (1) އެތެރެނޫން ފުށް. (2) ފާޅުގައި ފެންނަގޮތް.
ބޭރުފުށް އޮމާންކުރުން
މ. މަޖާޒު: މަތިއޮމާންކުރުން.
ބޭރުފެންޑާ
ނ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ގެދޮރު އެޅުމުގައި މައިގެއަށް ވަނުމުގެ ކުރިން ވަދެވޭ ތަން. (ފެންޑާ)
ބޭރުދަޅި
ނ. (ގ) ބޭރުފަރާތަށްލާފަނާ.
ބޭރުދަތުރު
ނ. (1) ރާއްޖެއިން ބޭރަށް ކުރާ ދަތުރު. (2) ބޯޓުދަތުރު.
ބޭރުދަތުރުކުރުން
މ. (1) ރާއްޖެއިން ބޭރަށް ދަތުރުކުރުން. (2) ބޯޓު ދަތުރުކުރުން.
ބޭރުދުނި
ނ. އަތޮޅުގެ އެންމެބޭރު ފަރު.
ބޭރުތެރެ
ނ. (1) ރަށުތެރެ. (2) ކަމާނުބެހޭތަން.
ބޭރުތޮށި
ނ. ރަށެއްގެ އުރަފަށުގައި އޮންނަ މައިތޮށި.
ބޭރުގެ
ނ. ރާއްޖޭގައި ކުރީގައި ގޭގެ އަޅާއިރު، ބޮޑުއަށްޓާއި ކުޑައަށި ހުންނަބައި.
ބޭރެ ހެރަހަ
ނ. (ޏ) (1) އެންދަމާން ފައްތާފައި އޮންނަ ދަލުގެ އަރާމަތީ ކުރެވި. (2) މަތިވަޑާންގަނޑުގެ ކޮޅު ބިތުގައި ހުރަހަށް އަޅާ ދެ ވަކަރު.
ބޭބަންގާޅީ
ނ. (1) ބަންގާޅު ގޮނި. (2) ބަންގާޅު ގޮނި ކުރަހައިފައި އޮންނަ ޗާޓު.
ބޭބެ
ނ. (1) އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ، ނުވަތަ އެއްބަޑު ދޮށީ ފިރިހެނާ. (2) ތިމާގެ މީހުންގެ ތެރެއިން ދޮށީ ފިރިހެނާ. (3) ތިމާއަށްވުރެ ދޮށީ ފިރިހެނުންނަށް ކަމޭހިތުމުގެ ގޮތުން ކިޔާއުޅޭ ނަމެއް.
ބޭބޭންގެ ދަރި
ނއ. ދެބޭންގެ ދެދަރިޔަށްވުރެ އެއްދަރިކޮޅު ދުރު.
ބޭބޭކަނބަލުން
ނ. އަދަދު ބަޔާންކުރުމަކާ ނުލައި ބޭކަނބަލުން ގިނަކުރުމަށް ބޭނުން ކުރެވޭބަހެއް.
ބޭބޭކަލުން
ނ. އަދަދު ބަޔާންކުރުމަކާއި ނުލައި ބޭކަލުން ގިނަކުރުމަށް ބޭނުން ކުރެވޭބަހެއް.
ބޭބޭފުޅު
ނ. ބޭބެ މިބަސް އެންމެމާތްކޮށް ކިޔާގޮތް.
ބޭކަ
ނ. (ގ) ބޭނގު.
ބޭކަނބަލުން
ނ. އަންހެނުންގެ ޖަމާޢަތަށް މާތްކޮށް ބުނާގޮތް.
ބޭކަލުން
ނ. ފިރިހެނުންގެ ޖަމާޢަތަށް މާތްކޮށް ބުނާގޮތް.
ބޭކާރު
ނއ. (1) ބޭނުމެއްނެތް. (2) ތާކުންތާކުނުޖެހޭ. (3) ކުޑަވެސް ފައިދާއެއްނެތް.
ބޭކާރުވުން
މ. (1) ބޭނުންނެތުން. (2) ފައިދާއެއް ނެތުން. (3) މަސައްކަތެއް ނެތިފައި ހުރުން.
ބޭކި
ނ. (ޏ) ބޭނގު.
ބޭކެނބި
ނ. ފޫޅުމައި.
ބޭކެނބިވެޔޮ
ނ. ބޭކެންބާވެޔޮ.
ބޭކެނބިފިލާ
ނ. ފެންފެހަނޑަ.
ބޭކެންބާވެޔޮ
ނ. (1) ފެންފެހަނޑަވެޔޮ. (2) ބޭކެނބިފިލާ.
ބޭއިންސާފު
ނ. (1) ހަމަޔާ ޚިލާފު. (2) އިންޞާފުނެތް.
ބޭއިޚުތިޔާރު
ނ. (1) އިޚުތިޔާރެއްނެތި. (2) އިޚްތިޔާރާ ނުލައި. (3) ގަސްތެއްނެތި.
ބޭއް
ނ. (ސ) ބޭނގު.
ބޭއްވުން
މ. (1) އެއްޗެއް ނުވަތަ މީހެއް ތަނެއްގައި އޮންނާނެގޮތް ހެދުން. (2) ނަކަތްގެ ލެއްވުން.
ބޭވަރު
ނ. އަންހެނުންކުދިންނާ އަޅައިގަނެގެން އުޅޭ މުސްކުޅި ފިރހެނުންނާ ދިމާޔަށް އެކުދިން ރުޅިއައިސްގެން ބުނެއުޅޭގޮތެއް.
ބޭވަފާ
ނއ. ވަފާތެރިނުވާ.
ބޭވަފާތެރި
ނއ. ވަފާތެރިކަމެއްނެތް.
ބޭވަފާތެރިކަން
ނއނ. ވަފާތެރިކަމެއްނެތްކަން.
ބޭވަފާތެރިވުން
މ. ވަފާތެރިނުވުން.
ބޭވުން
މ. (ޏ) (1) މަސްބޭނުން. (2) ލިބިގަތުން. (3) (ސ) ބޭލުން. މިސާލު: އޮޑި ބޭވުން، ތުނބުޅި ބޭލުން.
ބޭފަރާ ދަތުރު
ނ. ފިލާއަޅާއިރު ގަޑިޔާއަޅައި ހިސާބުކޮށްގެން ކުރާދަތުރު. ނިޔަމިކަމުގައި ބޭނުންކުރާ ގަޑިޔަކީ، ކަރުނާ މާޓަރެވެ. މިގަޑި ހަމަކޮށް ފާހުންނާނީ، ޖީ،އެމް.ޓީ. އާއެވެ.
ބޭފަރުވާ
ނ. ފަރުވާކުޑަ.
ބޭފާނު
ނ. މަލިކުގެމާތް ބަހުރުވައިގެ ބޭބެ.
ބޭފުޅުން
ނ. ވާހަކަ ދެއްކުމުގައި އާދެވަޑައިގަންނަވަން ކިޔާވަރުގެ މޮޅުމީހުން.
ބޭދަނާ
ނ. އަހިއޮށްހެން ހުންނަ އޮށެއް. މިއޮށް ފެނަށް އެޅީމާ މަސްލައިގެން އޮލަވާނެއެވެ. މިއީ ބޭހަށްވެސް ބޭނުންކުރާ އެއްޗެކެވެ.
ބޭދި
ނ. (ގ) ބަދިގަނޑު.
ބޭތަރުތީބު
ނ. (ސ) ތަރުތީބުނެތް.
ބޭތެލްމާލު
ނ. ސަރުކާރުގެ ޚަޒާނާ.
ބޭލާ
ާއި އެފޮއްޓަށް ހަރުކޮށްފައި އޮންނަ ދަނޑިއެކެވެ. މީގައި އާންމުކޮށް ހުންނާނީ ހަރުނަރު ފުރައިފައެވެ. މީގެއަޑު ނެރޭނީ މިނަރުތައް އޭތީގެ ދަނޑިޔާލައި އިނގިލި އޮބައި ކެހެރި ނުވަތަ އެފަދަ އެއްޗެހިވާންކޮށް ފުރައިފައި އޮންނަ ދަނޑިއެއް ނަރުތަކުގައި ކާއްތައިގެންނެވެ.
ބޭލިކޭން
ަވަދިވީމާ ހަރުގެއިން ނެރޭކޭން. މިއީ މާލޫދުގެ ރަސްމިއްޔާތަށް ހަރުގެއަށްގެންދާ، އިރާކޭން ދަމުކޭން އަވަލިކޭން ފަދަ ކޭން ކައިނިމުނީމާ ހަރުގެއިން ނެރުމުން އެކޭކަމަށް ކިޔާއުޅޭނަމެކެވެ. (2) މަޖާޒު: އިނދެގެންއުލެ ދުވަސްދިއުމަށްފަހު ވަރިކޮށްފައި އިން އަންހެންމީހާ.
ބޭލުން
އެހެން އެއްޗަކަށް ނުވަތަ ތަނަކަށް ގެންދިއުން. (7) ރަށެއްގައި ދިރިއުޅޭބަޔަކު އެރަށުން ބޭރުކުރުން. (8) އެހެލުމުގެ އިދިކޮޅު. (9) ކުޅިވަރުކުޅޭ ދަނޑަކުން ނުވަތަ ކޯޓަކުން މީހަކު ނުވަތަ ބަޔަކު ބޭރުކުރުން. (01) ފޭރާމުގެ ގޮތުގައި ލައިއުޅޭ އެއްޗެހި ގަޔާވަކި ކުރުން.
ބޭގަރާރު
ނ. (1) ހިތް ނުތަނަވަސް ވެފައިވާ. (2) ހިތްހަމަ ނުޖެހިފައިވާ.
ބޭސް
ނ. (1) ބަލި ފަސޭހަކުރުމަށް ނުވަތަ ލުއިކުރުމަށް އެތެރޭން ނުވަތަ ބޭރުން ބޭނުންކުރާ ތަކެތި. (2) ބަޑިބޭސް. (3) ރޭޑިޔޯއާއި ޓޯޗު ފަދަ އެއްޗަށްސައްލައްވާ ބެޓެރީ.
ބޭސްނެގުން
މ. (1) ބޭސްގަތުން. (2) ވަކިބޭހެއް ހެދުމަށް ދިވެހި ބޭހުގެ ބާވަތްތަކުން ވަކި ވަރަކަށް ބޭސްހޮވުން.
ބޭސް އަޅާނީ އައްސިމަތީގައެވެ.
"ބޭސް އަޅާނީ އައްސިމަތީގައެވެ" (ހަރުބަހެއް) ކަމެއްގެ ފުރުޞަތު ނުގެއްލެނީސް އެކަމެއް ކުރުމުގެ މައްޗަށް ބުނާ ބަހެއް.
ބޭސްއުށް
ނ. މާމުއި ކުޅަނދުރުގެ ހަތައިން ނަގައިގެން ހަދާ އުށެއް. މިހުންނަނީ މަޑުދޮން ކުލައެއްގައި އެތިއެތިގަނޑަށެވެ. މިއީ ދިވެހިބޭހަށާއި ފާލީސްކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
ބޭސްއެޅުން
މ. ލޮލަށާއި ނޭފަތަށާއި ކަންފަތަށް، ނަމަ ބޭހުން ތިކި ޖެއްސުން. ހަށިގަނޑުގެ އެހެން ތަނެއްގައިނަމަ، ބޭސްގަނޑު ބޭއްވުން، ނުވަތަ ހިއްޕުން.
ބޭސްފަރުވާކުރުން
މ. ބޭސްކުރުމާއި އެކަމާބެހޭ ގޮތުން ކުރާ ކަންތައްތައް ކުރުން.
ބޭސް ސުންބުލި
ނ. (1) ޔޫނާނީ ބޭހުގެ ބައެއް ބާވަތް އަޅާން ތާރުކުފަނުން ވިޔެފައި ހުންނަ ކޮތަޅު. (2) މަޖާޒު: އަބަދު ބަލިވެ އުޅޭ އަންހެންމީހާ.
ބޭސްހެދުން
މ. (1) ބޭސް. (2) ބޭސްކުރުން.
ބޭސްބޯޅަ
ނ. ތިން މުގޯލި ކުޅޭގޮތަށް ކުޅޭ ކުޅިވަރެއް. މިކުޅިވަރު ކުޅުމުގައި ބޯޅަޖަހަނީ މަންޑިދަނޑި ގޮތަށް އޮންނަ އެއަށްވުރެ ބޮޑު އެއްޗަކުންނެވެ.
ބޭސްކަރަ
ކަފަތް ފެނުކައްކައިގެން ނުވަތަ ޅައަންނާރު ފޮޅިކޮށްގެން ހިއްތަލަފުށް ނުވަތަ ގޮދަން ފުށުގައި، މަތިކަރާބޭހާ ދިޔާ ހަކުރު އަޅައިގެން ހިލާ ބޭހެކެވެ. މިބޭސް ހިލުމުގައި ފޮނިތޮށި ކާފޫރުތޮޅި އަޅައެވެ. ފޮނިތޮށި ކާފޫރުތޮޅި އަޅާނީ ބޭސްގަނޑު ހަރުވަމުން އަންނަ އިރުއެވެ.
ބޭސްކަޅު
ނ. ކަޅުނޫން އެހެން ކުލައެއްގެ ފަތެއް ނެތް ހާލެއް، ނުވަތަ ކުކުޅެއް.
ބޭސްކުރުން
މ. ޖެހޭ ބައްޔަށް ބޭސްހަދައި ފަރުވާ ކުރުން.
ބޭސްވެރި
ނއ. ދިވެހިބޭހުގެ މަޢުލޫމާތު ހުރި.
ބޭސްވެރިން
ނ. ދިވެހިބޭސްކޮށް އުޅޭ މީހުން.
ބޭސްވެރިކަން
ނ. (1) ދިވެހިބޭސް ކުރުމުގެ މަސައްކަތް. (2) ނއނ. ދިވެހި ބޭހުގެ މަޢުލޫމާތު ހުރިކަން.
ބޭސްވެރިޔާ
ނ. ބޭސްކޮށް އުޅޭ މީހާ.
ބޭސްމަލަން
ނ. ހަނިދިގުކޮށް އޮންނަ ތެރަސް ފޮތިކޮޅެއްގެ މެދުގައި ބޭސްފޮތިކޮޅެއް ހަރުކޮށްފައި ހުންނަ ތައްޔާރީ މަލަން.
ބޭސްފަރުވާ
ނ. ބޭސްކުރުމާއި އެކަމާބެހޭ ގޮތުން ކުރާ ކަންތައްތައް.
ބޭސްފިހާރަ
ނ. ބޭސްވިއްކާތަން.
ބޭސްފޮތް
ނ. ބަލިބައްޔާއި، އޭގެ ބޭސް ބަޔާންކޮށްފައިވާ ފޮތް.
ބޭސްދަމުއި
ނ. ހިތިދަމުއި.
ބޭސްލުން
މ. (1) މީދާ މަރަން ކޮކަޑިލުން. (2) (ސ) ބޭސް އެޅުން ނުވަތަ ބޭސް ވެށުން. (3) ޓޯޗާއި، ރޭޑިޔޯ ފަދަ އެއްޗެއްސަށް ބެޓެރީލުން.
ބޭސްގުޅަޖެހުން
މ. މަޖާޒު: (1) އަފިހުން ގުޅައެއް ކައިލުން. (2) މަސްތުވާ ހިކި އެއްޗެއް ކެއުން.
ބޭސްގޯނބިލި
ނ. އޮށް ބޭހުގެ ތެރޭން ހިމެނޭ ކުޑަވަރެއްގެ އޮށެއް. މިހުންނާނީ ގޯނބިލީގެ ސިފައިގައެވެ.
ބޭޑު
ނ. (އ) އުދުހޭ ވާލި.
ބޭޒާރު
ނއ. (1) ފަޟީޙަތް. (2) ނ. އެކަމަކުން ތިމާ ނުރުހޭނޭ ސިއްރެއް ފާޅުވާ ފާޅުވުން.
ބޭޒާރުކުރުން
މ. (1) ފަޟީޙަތްކުރުން. (2) ސިއްރު ފާޅުކުރުން.
ބޭޒާރުވުން
މ. (1) ފަޟީޙަތްވުން. (2) ސިއްރު ފާޅުވުން.
ބޭޚޯސް
ނ. ބޭހޯސް.
ބޭޚޯސްވުން
މ. (1) ބޭހޯސްވުން. (2) ހޭނެތުން. (3) ނުހަނު ބޮޑަށް އަޖައިބުވުން.
ބޭޤަރާރުކަން
ނއނ. (1) ނުތަނަވަސްކަން. (2) ހިތްހަމަނުޖެހޭކަން.
ބޭޤަރާރުވުން
މ. (1) ނުތަނަވަސްވުން. (2) ހިތްހަމަނުޖެހުން.
ބޭޢިއްޒަތް
ނ. (1) ފަޟީހަތް. (2) ބޭޒާރު. (3) އަބުރު ގެއްލޭ ގެއްލުން.
ބޮހ
އ. ކޮބާ ކިހާވަރެއްވި. އަހެރެންބުނިގޮތަށް ނޫންމިވީ? މިހެން ބުނެއުޅެނީ ދެމީހަކު ޒުވާބުކުރަމުންގޮސް ތިމާބުނިގޮތް ވީމައެވެ.
ބޮހުމަލަ
ނ. ކުރިބޯށި.
ބޮހޮރި
ނ. (ހ) (މަލިކު) ބޯށި
ބޮހޮލާ
ނއ. މޮޔަފަރީގެ ބުއްދިހަމަނުވާމީހާ.
ބޮހޮލާކަން
ނއނ. (1) ސޭކުކަން. (2) ބުއްދި ހަމަނުވާކަން.
ބޮހޮލާވުން
މ. (1) ސޭކުވުން. (2) ބުއްދި ހަމަނުވުން.
ބޮށި
ނ. (1) ކޭލުބޯށި. (2) ބޯށިގަހުގެ ބޯށި. (3) (މ) ރިނދަ.
ބޮށިފަތް
ނ. (ސ) ކެޔޮގަހު ކުރުއްޕަތް.
ބޮށިފިޔަ
ނ. (ސ) ބޯށިފިޔަ.
ބޮށިގަނޑަ
ން ތައްޔާރުކުރާ ބޭހެއް. މިއީ، މަތިކަރާ ބޭހާއި، ގަސްގަހުގެ މޫ އެއްކޮށްގެން ހަދާ ބޭހެކެވެ. މިބޭހަށް "ބޮށިގަނޑަ" މިހެން ކިޔަނީ، މައިގަނޑު އެއްޗަކަށް ވަނީ ބޯށިގަހުގައި އަންނަ ޅަ ބޯށިގަނޑުކަމަށް ވާތީއެވެ. (2) ގަސްގަހުގައި އެއްތަނޑަކަށް، ނުފޮޅި ހުންނަ މާގަނޑު.
ބޮށިގަނޑު
ނ. (1) ބޯށިގަނޑު. (2) (މ.ޅ) ވެލަޔާއި ކަހަނބުގެ ތޮށިގަނޑު.
ބޮނބި
ނ. (1) ކާށި ގަބުޅި ފަދަތަކެތި ހެހިގެންނަގާ ތޮށިގަނޑު. (2) ވިޔާމީހުންގެ ބަހުރުވައިގައި ތާންލާން ގެންގުޅޭ ފިހި.
ބޮނބިހަށޮ
ނ. (ސ) ކިހައްޑިޔަ.
ބޮނބިނަރު
ނ. ބޮނބީގައި ހުންނަ ހިމަފަށްފަށް.
ބޮނބިކަޅިހި
ނ. ބޮނބިން ހަދައިގެން ކިއްސަރު ވަޑާމުގައި ބޭނުންކުރާ ކަޅިހި.
ބޮނބިކާށި
ނ. ނުހެހިއޮންނަކާށި.
ބޮނބިކީ
ނ. (1) ބޮނބިނަރު. (2) (ސ) ބޮނބިކުނޑި.
ބޮނބިކުނޑި
ނ. ބޮނބީގެކުނޑި.
ބޮނބިކޭލި
ނ. (ސ) ބޮނބިނަރު.
ބޮނބިއަރި
ނ. ކާއްޓާއި ކުރުނބާ ފަދަތަކެތި ހެހޭއިރު އޭގެ ބޮނބިގަނޑުން ފަހަރަކު ނައްޓާބައި.
ބޮނބިއެޅުން
މ. (1) ބޮނބި ފާލުގައި ބޮނބި ވަޅުލުން. މިއީ ބޮނބި ފާކޮށްގެން ތަޅައިގެން ނަރުނެގުމަށް ކުރާކަމެކެވެ. (2) (ބ) ވިޔާން ފުރައިފައި ހުންނަ އުއިގަނޑުގެތާން ހިއްކާން ފިހިކޭއްތުން.
ބޮނބިއޮޅު
ނ. ބޮނބިފާ.
ބޮނބިއޮޑި
ނ. އޮޑިޔެއްގެ ސިފައިގައި ރިޔާނަގައިގެން ދުވާނޭހެން ހަދާފައި އޮންނަ ބޮނބިގަނޑު. މިއީ ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެކެވެ.
ބޮނބިފަންތޮށި
ނ. ދަރަށް ބޭނުންކުރާ ބޮނތްބާއި ފަންތޮށި.
ބޮނބިފަޅި
ނ. މެދުބުރަކަށިން މަތީގެ ދެފަރާތުގައި އުސްކޮށް އޮންނަތަން.
ބޮނބިފަޅިބޭސް
އޮށްބޭސް.
ބޮނބިފަޅީކެއްސުން
ނ. ބޮނބި ފަޅިޔަށް ތަދުވެފައި ވިދިފައި ކެއްސާ ކެއްސުން.
ބޮނބިފަޅީވައި
ނ. ހާނީއްކައެއް ދުޅައެއްނުވެ ބޮނބިފަޅީގައި ރިހޭރިހުން.
ބޮނބިފަޅީލޮޑުކަން
ނ. ބޮނބިފަޅީ ކެއްސުން.
ބޮނބިފަޅީތަފާ
ނ. މުޅިއަތްތިލައިގެ ބަޑުފުށުން ބޮނބިފަޅީގައި ޖަހާ ޖެހުން.
ބޮނބިފަތް
ނ. އޮޑިދޯނިފަހަރު ބަންނައިރު ފަތޮޅާއި ހިންމިއަށްލުމަށް ހިލަތޮށިނުލައި ބޮނބީން ނަގާފޮތި.
ބޮނބިފަތްކަޅިހި
ނ. އޮޑިދޯނިފަހަރު ބަނުމުގައި ބޮނބިފަތްކަފާފާއޮންނަ ހިލަތޮށިގަނޑުން ހަދައިގެން، ކިއްސަރު ވަޑާމުގައި ވަޑިންގެންގުޅޭ، ދެލިޖައްސައިގެން ފާހަގަލާ ކަށަވަރު.
ބޮނބިފާ
ނ. ބޮނބިފާކުރަން އަޅާފައި ހުންނަތަން.
ބޮނބިދެލި
ނ. ބޮނބި އަންދައި ދެއްޔަށްވީމާ އަޅިޔަށް ނުވަނީސް ފެންޖަހައި ނިއްވާފައި ހުންނަ ދެލި.
ބޮނބިތަޅާމުގުރު
ނ. ބޮނބިތަޅާން މުށްވަޅު ލައިފައި އޮންނަ ކުރެދިގަނޑު.
ބޮނބިތަޅާގަނޑު
ނ. ތަޅާބޮނބިގަޑު ބާއްވާން އޮންނަލަކުޑި ގަނޑު.
ބޮނބިތެޅުން
މ. ބޮނބިގަނޑުން ނަރު ވަކިކުރުމަށްޓަކައި ބޮނބިފާކޮށްގެން ތަޅާ ކުނޑި ފިލުވުން.
ބޮނބިގަނޑު
ނ. (1) ބޮނބީގެ އަރިއެއް. (2) ފޭލިއުގުޅަން ހަދާފައި އޮންނަ ޚާއްސަ ބޮނބިކޮޅު. (3) ތަންތަން އުނގުޅާން ހަދާފައި އޮންނަ ބޮނބި އަރިއެއްގެ ބުރިވަރެއް.
ބޮނބިގަނޑުފުރުވުން
މ. (1) މީދާ މޫދުގައި ހުންނަ ކާށިގެއަށް އަރާން އޮއިހުންނަގޮތް ބެލުމަށްޓަކައި ބޮނބިގަނޑު މޫދަށް ބޭލުން. (2) މަޖާޒު: ތިމާފާޅުނުވެހުރެގެން މީހަކު ލައްވައި ތިމާއަށް ކަމެއް ފަހިވޭތޯ ބެއްލުން.
ބޮނބެ
ނ. (ލ) ބޮނބި.
ބޮނދައިގެންއުޅުން
މ. (1) ފިލައިގެން އުޅުން. (2) މަޖާޒު: މީހުންގެ ތެރެއަށް ނުފެންނަ ގޮތަކަށް އުޅުން.
ބޮނދާލުން
މ. ދަނޑީކޮށީ ކުޅިޖަހާއިރު ހަދާގޮތެއް. މިއީ ދެދަނޑިބުރީގެ ދެކޮޅު ގޮތަކަށް ޖައްސާލާފައި ދެމީހުން އޮރިވެލައިގެން ހަދާގޮތެކެވެ.
ބޮނދި
ނ. (1) ޖިފުޓި. (2) ރާބޮނދި. (3) (ކ) ބަނދި.
ބޮނދު
ނ. (1) ރާޒުވާކުޅިބައިގެވެރިކުޅި. (2) ކަނޑުމަތީގައި އުޅޭ ކުޑަވަރެއްގެ ދޫންޏެއް. މިދޫނީގެ ފިޔަހުންނާނީ ހަނިކޮށެވެ. ވަރަފަތްތައް ހުންނަނީ ތޫރިކޮށެވެ. (3) މަޖާޒު: ރަނގަޅަށް ބޮޑުނުވެ ހުންނަމީހާ. (4) (ގ) ލަނޑާ.
ބޮނދުން
މ. (1) ފިލާންތިރިވެ އެއްޗަކާ ނިވާވުން. (2) ފިލުން.
ބޮނދުބުޑަށްސައިކިޔުން
(1) ރާޒުވާކުޅުމުގައި ބޮނދަށް ރައްކާނުވެވޭގޮތަށް ބޮނދާ އެންމެކައިރީގެ ޔަކަށް ސައިކިޔުން. (2) މަޖާޒު: މީހަކަށް ސަލާމަތް ނުވެވޭވަރުގެ ބޮނޑިއެއްދިނުން.
ބޮނދުދޫނި
ނ. ކަނޑުމަތީ ދޫންޏެއް: މިއީ އައިންމަތިން ފެންނަ އެންމެ ކުޑަ ދޫންޏެވެ. މިދޫނީގެ ފިޔަ ހުންނަނީ ހަނިކޮށް ވަރަށް ފަތްތައް ތޫރިކޮންނެވެ. ފިދުފަތުގެ ކަފިކަން ވަރަށް ބޮޑެވެ. ޢާއްމު މޫސުމުގައި ތުން ދޮންކޮށް، ކުރީކޮޅު ކަޅުކޮށް ފައިދޮންކޮށް ތިބެއެވެ. ނިތްމަތި ހުދުކޮށް ތަލަމަތިން ކަނދުރާއާ ހަމައަށް ކަޅުކޮށް އަދި އެކަޅުކަން ލޯދޮށުން ތުބާއި ހަމައަށް ހުރެއެވެ. ބިސްއަޅާ މޫސުމުގައި ފަޔާއިތުން ގަދަ ރީނދޫ ކުލަަށް ބަދަލުވެއެވެ. ދޫނީގެ ކުލައަކީ
ބޮނދޮ
ނ. (ސ) ކުދިލަނޑާ.
ބޮނގަރަ
ނ. ފަލޯ، ބަނބުކެޔޮ ފަދަ ތަކެތީގައި، މަދު ހަވާދުކޮޅެއް ލައިގެން ކައްކާ ލައިގެން ކާއެއްޗެއް.
ބޮނގޮބޮނގޮ
ނ. ބަނޑިޔާފަދަ ތަކެތި އަރިކުރެވޭ ގޮތަކުން އޭގައި ހުންނަފެން ހިފެހެއްޓެމުން ފައިބާއިރު އިވޭއަޑު.
ބޮނގޮބޮނގޮއެޅުން
މ. ބަނޑިޔާފަދަ ތަކެތި އަރިކުރެވޭ ގޮތަކުން އޭގައި ހުންނަ ފެން ހިފެހެއްޓުމުން ފައިބާއިރު އިވޭ އަޑުއިވުން.
ބޮނޑަހިނަ
ނ. (ސ) ކަނޑާ.
ބޮނޑަނަ
ހަށިގަނޑު ބޮނޑިމަސްކޮށް ހުންނަ، ތުންކުރު، ދޫންޏެކެވެ. މިދޫނީގެ ދެފިޔައިގެ މަތީ ފަރާތާއި، ބުރިކަށިމައްޗާއި ބޮލުތަލަމަތީ ގައި ހުންނަނީ އަޅިކުލައެވެ. ކަރު ދަށުން ފެށިގެން ބަނޑުދަށާއި ފިނދުފަތް ހުންނަނީ ހުދުކުލައެއްގައެވެ. ތުންހުންނަނީ ކަޅުއަޅި ކުލައިގައެވެ.
ބޮނޑަންއިލޮޅި
ތުން ދިގުވެފައި ތުނބުގެކުރީކޮޅު ހުންނަނީ ތިރިއަށް ލެނބިލާފައެވެ. ތުނބުގެކުލައަކީ، ކަޅުދަނބުކުލައެވެ. ދޫނީގެ ބުރަކަށިމަތީގައި ހުންނަނީ އަޅި މުށި ކުލައެވެ. ބަނޑުދޮށް ހުންނަނީ ހުދުކުލައެއްގައެވެ. ފިޔައިގެ ކުރުފަތްބައިގެމަތީ ކައިރި ހުންނަނީ ހުދުކުލައިގައެވެ.
ބޮނޑަބޮލި
ނ. (ސ) ފެންކައްކާ ބޮލި.
ބޮޑަވަކި
ދެނީ ގާތްގަނޑަކަށް 01 މީޓަރާ 51 މީޓަރާ ދެމެދު އުސްމިނުގައެވެ. މިގަހުގެ ލަކުޑިއަކީ ވަރުގަދަ ހަރު ލަކުޑިއެކެވެ. (2) ބޮޑަވަކި ގަހުގެ ވައް، މިވައް ހުންނަނީ އަރިއަރިޔަށް ހިމަދިގުކޮށެވެ. ކަނޑޫވަކަށްވުރެ ބޮޑުވާނެއެވެ. ވަކުގެ ފޫޅުގަނޑު ހުންނާނީ ވަކިގަނޑެއްހެނެވެ.
ބޮނޑަދިޔަ
(ސ) ބޮޑުދިޔަ.
ބޮނޑަލޯގަނޑަ
ނ. (ސ) ކުޑަކުދިންގެ ބަހުރުވައިގައި، ލޯފިނދު.
ބޮނޑި
ަ ފޮނި، ހެދިކާއެއްޗެއް: ޢާއްމުކޮށް މިހަދައި އުޅެނީ، ގަބުޅި ހުންޏާއި ދިވެހި ހަކުރާ އެއްކޮށް ހިލައިގެންނެވެ. މިސާލު: ހުވަދޫބޮނޑި. (6) މީހުންނާއި ޖަނަވާރުގެ ގައިގައި ޖަހާ އެތިފަހަރު. (7) ލިބޭކެހި، ނުވަތަ، ދޭކެހި. (8) ފޮނިބޯކިބާ. (9) (ސ،ޏ) ބޭނޑި. (01) ވެށުން.
ބޮނޑިބަނުން
މ. (1) އެއްޗެހިތަކެއް އެއްކޮށް ބަނުން. (2) މަޖާޒު: ތަނެއްގައި އުޅެމުން އެތަނުގެ އެއްޗެހި ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ސިއްރުން އެއްކޮށް ޖަމާކުރުން.
ބޮނޑިބަންދަނޑި
ނ. ލޮންސީން ޖަހާން ފަރިތަކުރާން. ކޮޅުގައި ފޮތިން ބޮނޑިއެއް ބަނދެގެން ގެންގުޅުނު ދަނޑިއެއް.
ބޮނޑިބަރަނި
ނ. (1) ކަރުދާހު ސިއްކައެއް ކޮޅަށްލައި ވަށްކޮށް އޮޅާފައި އޮންނަ ކުޑަ ބަރަންޏެއް. (2) ކަޅުސިއްކަބަރަނި.
ބޮނޑިބަތް
ނ. ހަނޑުލާއި، ގޮދަނާއި ސާގާއި ބަނބުކެޔޮ ފަދަ ތަކެތިން ކައްކާ ފޮނިކާއެއްޗެއް. ބަނބުކޭލުގައި ކައްކަނީ ކުދިކޮށް ކޮށައިގެންނެވެ. ގޮވާމުގެ ބާވަތްތަކުގައި ކައްކަނީ ހުރިގޮތަށެވެ. މިކެކުނީމާ ހުންނާނީ ތަތްކޮންނެވެ.
ބޮނޑިބަތްހިރި
ނ. ވަށްކޮށް ރީތިކޮށް ހުންނަ ކުދިހިރި.
ބޮނޑިބަތްހިތި
ނ. ބޮޑުހިތި.
ބޮނޑިބަތްބޮލި
ނުގެ، ތޮށިގަނޑު ވަރަށް ބޯކޮށް ހުންނަ ބޮއްޔެކެވެ. މިބޮލީގެ ބުރިކަށިމަތި ހުންނަނީ ދޮންކުލައިގެ ތިކިތަކަކުން މާތަކެއް ޖަހައިފައި ހުންނަ ކަހަލަ ގޮތަކަށެވެ. މިތިކިތައް ހުންނަގޮތުން ވައްތަރުވާނީ ކުދިބަތު ބޮނޑިބަތް ތައްޓަށް އަޅައިފައި ހުންނައިރު ފެންނަ ގޮތާއެވެ.
ބޮނޑިބަތްގަނޑު
ނ. ކަނަމަދާ ހިކިމޭބިސްކަދުރާ އަންނާރު އޮށުން ކުރަހައިފައި ހުންނަ ބޮޑެތި ބޮނޑިބަތްތަށި.
ބޮނޑިބަތްޖެހުން
މ. (1) ތަތްވެލި ނާއްޓަކަށް އަޅައި، އެ ބަންޑުން ޖަހައިފައި ނާށީގެ ސިފައިގައި ވެލިތައް ހުންނާނޭހެން ނާށި ނެގުން، މީ ކުޑަކުދިން ކުޅޭއިރު ކުރާ ކަމެކެވެ. (2) ތަތް ބޮނޑިބަތް ފަތުގައި ޖެހުން.
ބޮނޑިބުއިން
މ. ކެއްސެއް ނުވަތަ ދެރައެއް ލިބުން.
ބޮނޑިބޮނޑިކުރުން
މ. ގުޅަގުޅަކުރުން.
ބޮނޑިބޯ
ނ. ތާސްބައިން ކުޅޭކުޅިވަރެއް.
ބޮނޑިބޯށި
ނ. ބޯށި ގަހުގައި ނުފޮޅި ހުންނަ މާގަނޑު.
ބޮނޑިކަނދޮޅު
ވާނެއެވެ. ގަސް ވައްތަރުވާނީ ލިލީ ގަހާއެވެ. ލިލީއަށްވުރެ ކުދިވާނެއެވެ. މާ ހުންނާނީ ތިރީބައި ތާޅަފިލިމާ ހުންނަ ގޮތަށެވެ. މަތީބައި ހުންނާނީ ލިލީމަލާ އެއްގޮތަށެވެ. މަލުގެ ކުލަޔަކީ ހުދު ކުލައެވެ. މިއީ ބޮޑު ފިޔާގެ ސިފައިގައި އޮންނަ ގޮނޑިއެއް އޮންނަ ކަނދޮޅެކެވެ.
ބޮނޑިކުރުން
މ. (1) އެއްޗެއް ގުޅަ ކުރުން. (2) ގާތަށް ލެފުން. (3) މަޖާޒު: ދަހިވެތިކަމުން ތަކެތި އެއްކުރުން.
ބޮނޑިކުޅުން
ޅުން. މިކުޅިވަރުކުޅޭނީ މީހުން ދެބަޔަށް ބަހާލައިގެންނެވެ. ކުޅޭނީ ބިންމަތީގައި ބޯޅަޖަހައިގެން މައްޗަށް އެރީމާ އަތުން ކަނދު ހުރަސްކޮށް ޖަހައިގެންނެވެ. މީގައި، ސައްޕު ޖަހާނީ ފައިންނެވެ. އަތްމަތި ފޯލީގައި އަތް ޖެހިއްޖެނަމަ، ނުބައިވެފައިތިބި މީހުން ދިރޭނެއެވެ.
ބޮނޑިކެރުވުން
މ. (1) ބޮނޑިކުރުން. (2) ގުޅަކުރުން.
ބޮނޑިކެޔޮފޮތި
ނ. ހާލުގައި ބޮނޑި މަސްކޮށް ހުންނަ ކެޔޮފޮތި.
ބޮނޑިކޮލި
ނ. (ބ) ތެޔޮފިލާ.
ބޮނޑިކޮޕީ
ނ. ތަރުކާރީގެ ބާވަތެއް. މިއީ ގަސްގަނޑު (ބޭރަށް) ވަކިން ނުފެންނަ ގޮތަށް ފަތްތައް އެކަތިގަނޑަކަށް (ބޯޅައެއްގެ ސިފަޔަށް) ބޮނޑިވެފައި، އޮންނަ ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ ކުޑަ ގަހެކެވެ.
ބޮނޑިކޮޕީގާ
ބޮނޑިއެޅުން
މ. (1) ތަފާލެއްޖެހުން. (2) (ހ) މަޖާޒު: ތިމާ އަދައިގެން އުޅޭ ކަމެއް ޙާޞިލުވުން.
ބޮނޑިވަރު
ނ. އެއްކޮށްފައިވާ އެއްޗެހިތަކެއް.
ބޮނޑިވުން
މ. (1) ގުޅަ ޖެހުން. (2) ގުޅަވުން.
ބޮނޑިމަސް
ނ. (1) ނއ. ފަތިހަށިކަމުގެ އިދިކޮޅު. (2) ހަށިގަނޑު މެދުމިނަށްވުރެ ބޯ. (3) ގަނޑުވަރުތެރޭގެ ބަހުރުވައިގައި ކަނޑުކުކުޅު.
ބޮނޑިމަސްކާށި
ނ. ރޯދަޔަށް ހަނދުބަލާރޭ ފައިންޕުޅު ހިފައި ނިމޭއިރަށް ދާލަބޮޑުއަށި ކައިރީގައި، ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ މާހެފުން، މީގައި ހުންނާނީ ބޮނޑިއާއި އާރޮހާއި މަހާއި ކާއްޓެވެ.
ބޮނޑިފޮރުވުން
ަނޑު ހަމަވީމާ، ބޮނޑި ފޮރުވަނީއެވެ. ދެރަވިމީހުން ބޮނޑި ހޯދަމުންގޮސް ފެނިއްޖެނަމަ، މޮޅުވިބައިގެ މީހުން، ރިހަޔާބަތާ ކައްކައިފައި އަނެއްބަޔަށް ކާންދޭން ޖެހުނީއެވެ. ބޮނޑިނު ފެނިއްޖެނަމަ، އެމީހުން، ބޮނޑިފޮރުވި މީހުން ރިހަޔާބަތާ ކައްކައިފައި ކާންދޭން ޖެހޭނެއެވެ.
ބޮނޑިދިނުން
މ. (1) ކެހި ދިނުން. (2) ދެރަދިނުން.
ބޮނޑިތާން
ނ. (1) އެތެރެއަށް ބޭސްއަޅައި ފޮތީން ބަނދެފައި އޮންނަ ބޮނޑިޔެއް. (2) ބޮނޑިތާންކުރާ ފޮތިގަނޑު.
ބޮނޑިތާންކުރުން
ެއް ހޫނުފެނުން ތެންމައިގެން ނުވަތަ ފިނިކުރިފެން ތެންމައިގެން ގައިގައި އޮބުން. (2) ބޮނޑިތާން ހޫނުކޮށްގެން ފަރުވާޔަކަށްޓަކައި ގައިގައި އުނގުޅުން. (3) ފަރުވާޔަކަށްޓަކައި ކޮންމެވެސް އެއްޗަކުން މާލީސް ކުރުން. (4) ފަރުވާޔަކަށްޓަކައި، އެއްޗަކުން ގައިގައި އޮބުން.
ބޮނޑިތާންދެމުން
މ. ބޮނޑިތާން ގައިގައި އުނގުޅުން.
ބޮނޑިސޮރު
ނ. ލިބޭދެރަ.
ބޮނޑު
ރެސްފައި ހުންނަ ސޫތްޕެއް. މިއީ ހޯނާ ވައްތަރުގޮތަކަށް އޮންނަ ހޯނަށްވުރެ ބޮޑު ސޫތްޕެކެވެ. މީގެ ނަގޫދިގެވެ. މިއީ ހަންގަނޑުބޯ ހަމުގައި ހުޅުނބު ވައްތަރު އެއްޗެއް ހުންނަ އެއްޗެކެވެ. މީތި ބިސްއަޅަނީ ބިމުގައި ވަޅު ކޮނެގެންނެވެ. މިޢާންމުކޮށް އުޅެނީ ގަސްގަހުގައެވެ.
ބޮނޑުނަގުލަށްވުން
މ. މަޖާޒު: ބޮނޑުނަގުލަށް ދިއުން.
ބޮނޑުނަގުލަށްދިއުން
މ. މަޖާޒު: ކަމެއް ފަށާ އިރަށްވުރެ ފަހަށް ދިޔަދިޔަހެން ހުލިވަމުން ދިއުން.
ބޮނޑުބިސްހިމެރި
ނ. ހިމެރީގެ ބާވަތެއް. މިބާވަތުގެ ހިމެރީގެ އޮށް ހުންނާނީ ބޮނޑުބިހުގެ ސިފައިގައެވެ.
ބޮނޑުބިސްމެޓާ
ނ. ބޮނޑުބިސްހެން ހުންނަ މެޓާ.
ބޮނޑުބެއްޔައު
ނ. (ސ) ލެބުރު.
ބޮނޑެހި
ނ. (ހ) ކަނޑުލާއި ބޮޑަވަކިފަދަ ގަސްގަހުގައި އަޅާ ފަންޏެއް. މިއީ ލަކުޑިވެސް ކާފަންޏެކެވެ.
ބޮނޑެވާމާވާ
ނ. (ގ) ވައިފިލާ.
ބޮނޑޮރަޅަ
ނ. (ސ) ބޮޑުރާޅު.
ބޮނޑޮރަޅަގޮނޑި
ނ. (ގ) ގޮށްކުޅަނދުރު.
ބޮނޑޮރާޅަ
ނ. (ސ) ބުރަނދަގޮނޑި.
ބޮނޑޮބުރު
ނ. (ޏ) ލޯފިނދު.
ބޮނޑޮބޮލް
ނ. (ޏ) (1) އެމުގެ ބާވަތެއް. މިމަސް ހުންނާނީ ބޯކޮޅަށް ތަންކޮޅެއް ބޮޑުކޮށް ނިގޫކޮޅަށް ހިމަކޮށެވެ. (2) ބޮޑުބޯ (ރާޒުވާގެ).
ބޮނޑޮމޭހި
ނ. (ޏ) މާބުރުމެހި.
ބޮނޑޮދިރި
ނ. (ސ) ދަވިއްގަނދު.
ބޮނި
އމ. (1) ބުއިން މިބަހުގެ އަމުރު. މިއީ އިހުގައި ބޭނުންކޮށް އުޅުނު ގޮތެކެވެ. (2) ރޯފަންފުޅަނގީގެ ޅައެއްޗެހި.
ބޮން
ނ. ހަތިޔާރެއް. މިއީ ތަންތަން ގޮއްވާލަން ބޭނުންކުރާ އެއްޗެކެވެ. މީގެ ތަފާތު ވައްތަރުތައް ހުރެ އެވެ.
ބޮންއެޑާބޯޓު
ނ. (ސ) ބޮންއަޅާބޯޓު.
ބޮންފަޅި
ނ. (ސ) ބޮނބިފަޅި.
ބޮންތާޓު
ނ. (ގ) ބޯތަށި.
ބޮންތި
ނ. (1) ގަސްގަހުގެ މޯޅި. (2) ފަތްކޭލާއި ރުކުގެ ނުފޮޅި ހުންނަ ޅަފަނާއި ޅަފަތް (3) ހިރުބޮލިލާފައި ހަދައިފައި ހުންނަ ލަޓި ނުވަތަ އެއްތެޔޮ.
ބޮންތިންޖެހުން
މ. ސިލުވާނަށްތެޅުން. (ސިލުވާނު އެރިމީހާގެ ގައިގައި ފިރިމީހާ ބޮންތިގަނޑަކުން ޖެހުން.)
ބޮންތިރަތްކެޔޮ
ނ. ފަތްކޭލުގެ ބާވަތެއް. މިބާވަތުގެ ކެޔޮއަންނަ ގަހުގެ ބޮންތީގަޔާއި ދަޅީގައި ކުޑަ ރަތްކަމެއް ހުންނާނެ އެވެ.
ބޮންތިކަނދޮޅު
ނ. ބޮނޑިކަނދޮޅު.
ބޮންތިފަންވަތް
ނ. ދިވެހިރުކުގެ ބޮންތިން ވަކިކުރެވޭ ފަންވަތް.
ބޮންތިގަނޑު
ނ. ހިރުބޮލި ލައިފައި ހުންނަ ބޮންތި.
ބޮންތިޖެހުން
މ. ހެވިކަން ދަސްކުރުމުގައި ބޮންތިން ބޭނުންކުރާ ގޮތްތައް ދަސްކުރާން އެއްޗެހީގައި ޖެހުން.
ބޮންޑަ
ނ. (1) މަހާ އަޅައިގެން ތިބޭ ދަނޑިފުޅު ދޫނި. (2) މަލިކު ބޮނޑި.
ބޮންޑާފާނަ
ވުރެ ބިޔަ، ނިގޫފަތުގެ ކޮޅު އެއްވަރަކަށް ހުންނަ، އަނގަ ބޮޑު، ދަތްތޫނު، ގަދަރަތްކުލައިގެ މަހެކެވެ. މަހުގެ ވަށައިގެން ގަދަ މުށިކުލައިން ކައިރިއެޅިފައި ހުންނަ ނޫކުލައިގެ ތިކިތަކެއް ހުރެ އެވެ. އަދި ބުރިކަށިމަތީގައި ހުރަހަށްވާގޮތަށް، ފުޅާ ދެތިން ގަޅި ހުރެ އެވެ.
ބޮންޑޮލަސް
ނ. (ޅ) ދަނޑިފުޅުދޫނި.
ބޮރި
ނ. (ބ) (1) ކަައްކާ ހުންނަ ރިހި ފަދަ ދިޔާތަކެތި ގިނައިރުވެ ނުބައިވުމުން ދިޔަގަނޑުގެ މައްޗަށް އަރާ ބޮކިތައް. (2) ފެންގަނޑަކަށް ދޮއްޓެއް ނުވަތަ ދަޑިއެއްގެ ކުއްލިއަކަށް ކޮއްޕާ ހަލުވައިގަތުމުން އަރާ ބޮކިތަައް.
ބޮބޮބޮބޮ
ނ. ގިތެޔޮ ގޮއްވާއަޑެއް.
ބޮޅަލެ
ނ. (ގ) ބުޅާ.
ބޮޅު
ސައިފައި އޮންނަފަށް. (2) ރިހާކުރާއި ކަރު ހަކުރު ފަދަ އޮލަ އެއްޗެހި އިނގިޔަށް އޮޅާލައިގެން ނެގޭމިންވަރު. (3) އުޔާއި ފަށުތްވާއި ބާދަލާފަދަތަކެތި އެކިމިންވަރަށް އޮޅާފައި އޮންނަ ފަށްތައް. މިހުންނާނީ މެދުން ގޮށެއް ޖަހާލާފައި، ނުވަތަ އެއްޗަކުން އައްސާލާފަ އެވެ.
ބޮޅުހޫނކު
ނ. ބޮޅުހޫކު.
ބޮޅުހޫކު
ނ. ވަށްހޫނކު.
ބޮޅުއުކުން
މ. ކާނިވާ ފަދަ ތަންތާނގައި ކުޅޭ ކުޅިވަރެއް. މިއީ، ވަކިދުރުމިނެއްގައި، ފިލާގަނޑެއްގައި ހަރުކޮށްފައި ހުންނަ ވަކި އުސްމިނެއްގެ ދަނދިބުރިތަކަށް، ވަކި ދުރު މިނެއްގައި ހުރެ އުކާ އުކުމެކެވެ.
ބޮޅުވޮށި
ނ. އެކިވަރުގެ ބޮޅު، ވަށްކުރާންގެންގުޅޭ އެކި ވަރުގެ ދަގަނޑުކޮޅު. (މިއަށް "މުދިވޮށި" މިހެންވެސްކިޔައެވެ.)
ބޮޅުފަތި
ޅަށް ލާމެހިފައި އޮންނަ ކޮންމެ ބޮޅެއްގައި މާވަތެއް ޖަހާފައިވާ ބޮޅުތަކެއް. (2) ލަނބާފައި އޮންނަ ނަރުގަނޑަކަށް އަޅުވައި ނައްޓާ ހެދުމަށް މަހާފައި އޮންނަ ބޮޅުތަކެއް. މިއީ ކުޅިވަރެއްގެ ގޮތުންނާއި ފޫހިފިލުވަން ގެންގުޅޭ އެއްޗެކެވެ. (3) ލާމަހާފައި އޮންނަ ބޮޅުތައް.
ބޮޅުފަތިނެއްޓުން
މ. އިހުގައި ކުޅެއުޅުނު ކުޅިވަރެއް. މިއީ ނަރުގަނޑަަށް މަހާފައި އޮންނަ ބޮޅުފަތި އެކުގައި ނަރުގަނޑުން ވަކިކޮށްލުން. މިއީ ހިކުމަތަކުންނޫނީ ވެވޭކަމެއްނޫނެވެ.
ބޮޅުފަތިރޭވުން
މ. ބޮޅުފަތިނެއްޓުން.
ބޮޅުފަތިއަނގޮޓި
ނ. ބޮޅުފަތިން ހަދާފައި އޮންނަ އަނގޮޓި.
ބޮޅުޖެހުން
މ. (1) އުއި، ފަށުވި، ކަސަބު ފަދަ ތަކެތި ބޮޅުބޮޅަށް އޮޅާފައި ގޮށްޖެހުން. (2) ދިޔާހަކުރު ފަދަ އޮލަ ތަކެތިން އިނގިލި ގުދުކޮށްލައިގެން ނެގޭވަރަކަށް ނެގުން.
ބޮޅޮ
ނ. (ސ) ބޮޅު.
ބޮކަށްއެރުވުން
މ. އަތުންޖަހާބަޑި ގޮއްވާލަން ހުންނަތަން ފާލަށް އެރުވުން.
ބޮކަނާ
ނ. (ގ) ބޮކަން.
ބޮކަން
ނ. ކަނޑުމަހުގެ ތެރޭގައި ހުންނަ ފަނި.
ބޮކަރު
ނ. (1) މީރުވަސްދުވާ ލަކުޑިއެއް. މިއީ ދުންއެޅުމަށާއި ބޭހަށް ބޭނުންކުރާ އެއްޗެކެވެ. މި ހުންނަނީ ކަޅުރަތްކުލައަކަށްދާ ކުލައެއްގައެވެ. މިއީ އަތަރު ހެދުމަށް ބޭނުންކުރާ ލަކުޑިއެކެވެ.
ބޮކަރުއަތަރު
ނ. ބޮކަރުން އުފައްދާ އަތަރު.
ބޮކަރުމާ
އެވެ. މި މަލުގައި ބޮކަރު ވަހާގާތް މަޑުލުއި މީރުވަހެއް ދުވައެވެ. މި ގަހުގެ ފަތަކީ އަރިމަތީގައި ވަރަށް ގިނަ ތުނޑުލާފައި ކޮޅަށް ތޫރިކޮށް ހުންނަ ހިމަދިގު ފަތެކެވެ. (2) ތުނި ފޮނިތޮށިހެން ހުންނަ ބޮކަރުވެސް ދުވާ އެއްޗެއް. މިއީ ދުން އަޅާން ގެންގުޅޭ އެއްޗެކެވެ.
ބޮކަރުގަސް
ނ. ފަތްތައް ބޮނޑިބޮނޑިއަށް ހުންނަ، ގަސްގަނޑުދިގު ލަކުޑީގައި މީރުވަސްދުވާ ގަހެއް. މިއީ ވަރަށް އުމުރުދިގު ގަހެކެވެ. މީގެ ލަކުޑީން އަތަރުހަދައެވެ.
ބޮކަމަޑި
ނ. (އ) ކާޅުދޮންކެޔޮ.
ބޮކި
ންޓުން ދިއްލޭގޮތަށް ހުންނަ ނަރުކޮޅެއްލައިފައިވާ ބިއްލޫރި އެއްޗެއް. އާންމުގޮތެއްގައި ހުންނާނީ މީގެ ފޫ ހޯލްޑަރަކަށްޖެހޭ ގޮތަށެވެ. މީގެ ވަރަށް ގިނަ ވައްތަރުހުރެއެވެ. (3) އެތެރެ ހުހަށް އޮންނަގޮތަށް ބިއްލޫރިން ނުވަތަ އެހެނިހެން ތަކެތިން ހަދައިފައި އޮންނަ ބޯޅަ.
ބޮކިނަނު
ނ. ބޭރުކަނޑު ކަނޑުގައި ލޭނުއެޅުމަށް ހަދާފައި ހުންނަ ތާރުލީ ނަނެއް.
ބޮކިއެނދުން
މ. (1) އެލެކްޓްރިކް ބޮކީގައި ހުންނަ ނަރުކޮޅު އަނދައިގެން ނުދިއްލޭގޮތްވުން. (2) މަޖާޒު: ލޯކަނުވުން.
ބޮކިއެރުން
މ. ދިޔާ އެއްޗެއްގެ މައްޗަށް ބޮކި ނުކުތުން.
ބޮކިއެރުވުން
މ. ވައިފޮނުވައިގެން އުފައްދާ ބޮކިވައިގެ ތެރެޔަށް ދޫކުރުން.
ބޮކިފަތިގަނޑު
ނ. ރަހަފަތިގަނޑު.
ބޮކިދަނޑި
ނ. މަގުމައްޗަށް ނުވަތަ ހާމަ ތަންތަނަށް އަލިކުރަން ހޮޅިބުރި ނުވަތަ ބޮކި ހަރުކޮށްފައި ހުންނަ ދަނޑި.
ބޮކިލުން
މ. (1) އެއްޗެއް ރާމާވެގެން ނުވަތަ ކުނިވެގެން އޭގެ މައްޗަށް ބޮކިއެރުން. (2) އެލެކްޓްރިކް ބޮކިޖެހުން ނުވަތަ ހަރުކުރުން. (3) ބޮކިފަތިދެމުން.
ބޮކިޖެހުން
މ. (1) އެއްޗެއް ކެކެމުން އަންނައިރު އަޑިން އަރާބޮކި މައްޗަށް ފާޅުވުން. (2) އެއްޗެއް ވިރުވާ އަޅާއިރު އޭގައި ކުދިކުދި ބިހިހެން ތަންތަން ހުރުން. (3) ބޮކި ހަރުކުރުން.
ބޮކުބާރު
ނ. މަޖާޒު: ތިމާގައި ހުރިކަމަށް ހީކުރާ ޙަޤީޤަތުގައި ނެތްބާރު.
ބޮކުސަންބޮނޑި
ނ. ގުޅަކޮށް ބަނދެފައި އޮންނަ ފޮތިބޮނޑި.
ބޮކުސާ
ނ. (1) ބޮޚުސާ. (2) ފޮތިގަނޑަކަށް ލައިފައި ހުންނަ ފޭރާން ބޮނޑި.
ބޮކުސާރުމާ
ނ. (1) ބޮކުސާ ބަންނަން ގެންގުޅޭ ޚާއްޞަ ރުމާލެއް. (2) ނަވުރުމާ.
ބޮކުސާބަނުން
މ. އަންނައުނު ފަދަ ތަކެތި ބޮޑު ފޮތިގަނޑަކަށް ނުވަތަ ރުމާލަކަށްލައި ބަނުން.
ބޮކުސާބޮނޑި
ނ. ތަރުތީބު ކުޑަކޮށް ބަނދެފައި އޮންނަ ބޮކުސާ.
ބޮކުސިން
ނ. ކުޅިވަރެއްގެ ނަން. މިއީ ވަކި ގަވާއިދެއްގެ މަތީން ދެމީހަކު ގޮށްމުށްކަވާފައި އެކަކު އަނެކަކުގެ ގައިގައި ތަޅާ ތެޅުމެކެވެ.
ބޮކޮބޮކޮޖެހުން
މ. ގަޑަގަޑަލުން.
ބޮކްސިންތެޅުން
މ. ބޮކްސިންނެވެ. ކިޔާ ކުޅިވަރުކުޅުން.
ބޮއި
ފަހަރު އެޅުމަށް ފެންމަތީ އޮންނާނެހެން ހަރުކޮށްފައި އޮންނަ ކޮންމެ އެއްޗެއް. (2) އުޅަނދުފަހަރު ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހިގެން ގެއްލުމެއް ވިޔަނުދިނުމަށް ކައިރިފަށުން ބޭރުން އެލުވައި ހަރުކޮށްފައި އޮންނަ އެއްޗެއް. (3) ބުއިން. މިބަހުގެ ވާކަމާއި އަމުރު.
ބޮއިބައްތި
ނ. ބައްތި ހަރުކޮށްފައި ހުންނަބައި.
ބޮއިކަނދު
މ. ދަތުވަލުގައި އައްސަން ގެންގުޅޭ ލަކުޑިގަނޑު.
ބޮއިކޮޅު
ނ. (އ) ކިރުގެ ވައްގަނޑު.
ބޮއިފައް
ނ. (ސ) ޅަފިޔޮއް، ދޫނި ފަދަ ތަކެތި ވިހައިގެން އުޅޭއިރު ހުންނަ ކެހެރި.
ބޮއިފަތާނޑާ
ނ. (ގ) ކުނަލުގައި ޖަހާފައި ހުންނަ ބޮއިފަތް.
ބޮއިފަތްބުރު
ނ. (1) ބޮއިފަތުގެ ބައްޓަން. (2) ބިލެތްކަފާ ގޮތެއް. މިގޮތަށް ބިލެތް ކަފާ އިރު ބިލެތްގަނޑު އޮންނާނީ ބޮއިފަތެއްގެ ބައްޓަމަށެވެ.
ބޮއިފަތްޖެހިކުނާ
ނ. ހަތަރު ކަނުގައި ބޮއިފަތް ޖަހައިފައި ވިޔާ ތުނޑު ކުނާ. މިއީ ކުނަލުގެ ވަރަށް މޮޅު ބާވަތެކެވެ.
ބޮއިތިރި
ނ. (ސ) ގޮނޑުދޮށުގައި އުޅޭ ދޫންޏެއް. މިއީ ބައިބައި ގަނޑަށްއުޅޭ، ރީތި ކުޑަކުޑަ ދޫންޏެކެވެ. ދޫނީގެ ކުލައަކީ އަޅިކުލައެވެ. ދެފިޔަ ގަނޑުގެ ދަށްފަރާތާއި ބަނޑުދަށުގައި ހުންނަނީ ހުދުއަޅިކުލައެވެ.
ބޮއިތޮށި
ނ. (ސ) ރުކުމަޑީގެ ސިފައިގައި ކަޅުކަލައިގައި ހުންނަ މެއްސެއް.
ބޮއިލަރު
ނ. އިންޖީނު ހިންގުމަށް އާވި އުފައްދާ ތާނގީ.
ބޮއިލުން
މ. (1) ދިޔާއެތި ފޮދެއް ދިރުވައިލުން. (2) އެއްޗެއްލޮވެލުން. (3) މޫދުގައި ނުވަތަ ކަނޑުގައި ބޮއިހަރުކުރުން.
ބޮއިގަނޑު
ނ. ބޮއިކަނދު.
ބޮއިގައިހިފުން
މ. ލައިފައި އޮންނަ ބޮޔެއްގައި ފުރާދުއްވާ ތަކެތި ހަރުކުރުން.
ބޮއިގަސް
3 މީޓަރު އުސްމިނަށް، ބޯކޮށް ފެތުރިހެދޭ ގަހެއް. މިގަހުގެ ފަތް ހުންނާނީ ހިތެއްގެ ސިފައިގައި ކުޑަތަންކޮޅެއް ފުލަށް ދިގު ކޮށެވެ. ފަތުގެ ނާރުތައް ފާޅުކޮށް އެނގެން ހުންނާނެއެވެ. މިގަހުގައި އަޅަނީ ދަނބުކުލައަކަށް ދާއޮށެކެވެ. މިއޮށް ނުކުންނަނީ ފަތްވަޅުތަކުންނެވެ.
ބޮއް
ނ. (1) ފެނުގައްޔާއި އެއްގަމުގައި އުޅޭ ފުމެމުން ހިނގާ އަނގަބޮޑު ސޫތްޕެއް. (2) އަތްމަތީ ހަތިޔާރު (އަތުންޖަހާބަޑި) ގޮއްވައިލަން ނައްޓައިލާ ތަން. މިއީ އިހުގައި ކިޔާ އުޅުނު ގޮތެއް. (3) މަޖާޒު: ޅަކުދިން.
ބޮއްރަވަ
ނ. (ސ) ބޮއްފަތި.
ބޮއްބޯ
ނ. (ސ) ކިރުއެރިފައިވާ އުރަމަތި. މިއީ ކުޑަކުދިން ވާހަކަދައްކާއިރު ކިޔައިއުޅޭ ގޮތެކެވެ. ފެން، ނުވަތަ ދަޅު ކިރުފަދަ އެއްޗެހި ބޯން ބޭނުންވީމާވެސް މިހެން ކިޔައެވެ.
ބޮއްބޯކެޑާ
ނ. (ސ) ކުޑަކުދިންގެ ބަހުރުވައިގައި އުރަމަތީގެ ވައްގަނޑު.
ބޮއްކަނދި
ނ. ކަނދީގެ ބާވަތެއް. މިއަށް އަޅާން ހަދާފައި ހުންނަ އުފުލި ހުންނާނީ ނަގޫ ނުވެއްޓޭ ބޮކެއްގެ ސިފައިގައެވެ.
ބޮއްކަނި
ނ. (ދ) ރާބޮނދި.
ބޮއްކަންވަޅި
ނ. ކެޔޮލިޔާ ވަޅިއަށްވުރެ ކުޑަ އެފާޑުގެ ވަޅިއެއް. މީގެ ތިލައިގެ ކޮޅު ހުންނާނީ ކަތިވަޅީގެ ތިލައިގެ ކޮޅު ހުންނަގޮތަށެވެ.
ބޮއްކުރާ
ުންނަ ކުޑަ އުޅަނދެއް. މި ބަނދެފައި ހުންނަނީ ކޮލި ބޮޑުކޮންނެވެ. މިއީ، ފަލިޖަހައިގެން ނުވަތަ ރިތުގެ ބޭނުންކޮށްގެން ދުއްވާ އެއްޗެކެވެ. މި ކުރިން ޢާއްމުކޮށް ބޭނުންކޮށް އުޅެނީ ދަތުރުވެރިން އޮޑިފަހަރަށް އަރާ ފޭބުމަށެވެ. މީގައި ކުނބެއް ހުންގާނެއް ނުހުންނާނެއެވެ.
ބޮއްކުރާދޮށަށް އޮޑިކެނބުން
"ބޮއްކުރާދޮށަށް އޮޑިކެނބުން" މ. މަޖާޒު: (1) ފިރިހެނުން ހޯދަން އަންހެނުން ދިއުން. (2) ނޯކަރު މީހާގާތަށް ސާހިބުމީހާ ކަންތަކާ ދިއުން.
ބޮއްކޮއްޔާ
ނ. (ގ) ދިޔަހިއްކާފައި.
ބޮއްކޮރާ
ނ. ބޮއްކުރާ.
ބޮއްކޮއި
ނ. (ގ) ދިޔަހިއްކާފައި.
ބޮއްކޮއިފައިވާނެ
ނ. (ގ) ބޫޓު.
ބޮއްވަރު
މ. (ސ) ބޮއްފަތި.
ބޮއްވާމަޅި
ނ. (ސ) އަވަހަށް ބާރުވާ ފަސޭހައިން ބެދޭ މަޅި.
ބޮއްވުން
މ. އެއްޗެއް ބޯންދިނުން.
ބޮއްފަނި
ނ. ފަނީގެ ބާވަތެއް. މިއަށްއަޅާ އުފުލި ހަދާފައި ހުންނަނީ ނަގޫ ނުވެއްޓޭ ބޮކެއްގެ ސިފައިގައެވެ. މި އުފުލި ހަދަނީ ފުށުންނެވެ.
ބޮއްފަތި
ނ. (1) ވިހައިފައި ވަކިވަކި ނުވެ ހުންނަ ޅަބޮއްތައް. (2) މަޖާޒު: ޅަކުދިންތަކެއް.
ބޮއްދަށަ
ނ. (ސ) ލޮބާޑި.
ބޮއްދަށަލެއްވުން
މ. (ސ) ލޮބާޑިލުން.
ބޮއްތައިލުން
މ. ކުޑަކުދިންގެ ބަހުރުވައިގައި އޮށޯތުން.
ބޮއްތޮޑާ
ނ. (ގ) (1) ހިކިމަހުގައި އަޅާކެޔޮޅު. (2) ބޮއިތޮށި.
ބޮއްތޮޑޮ
ނ. (ސ) ބޮއިތޮށި.
ބޮއްލޮއްލޯ
ނ. (ސ) (1) ތަނެއް ޒީނަތްތެރިކުރާއިރު ފަންވަތުންނާއި ގަސްގަހުގެ ފަތުން ހަދާފައި އެލުވާއެތި. (2) ފުށުން ހަދާ ފޮނިކާއެއްޗެއް.
ބޮއްސުންލުން
މ. (1) ކަމެއް ހިނގާންވީގޮތަށް ނުހިނގައި ދޯދިޔާވުން. (2) އެއްޗެހިތަކެއް ބަހައްޓާފައިހުރި ތަރުތީބުންނެއްޓި ވިއްސިވިހާލިވުން.
ބޮއްޔާދިއުން
މ. ވާރުނަގައި އުޅުނު ޒަމާނުގައި އެކިއެކި އަތޮޅު އަތޮޅުން ފުނަވާރަށްނެގޭ ބޮލި ބަލާ، ރަސްމީ ގޮތުން ހަނގުބޭކަލުން ދިއުން.
ބޮވަނަ
ނ. (ބ،ދ) (1) ފެންހިއްކެވިހައިތަން. (2) ހަތްބިން. (3) ހަތްފާތަޅާ.
ބޮވައިގަތުން
މ. ބުއިމަކަށް މާބޮޑަށް ބޭނުންވުން.
ބޮވުން
މ. (1) ބޯހިތްވުން. (2) ބޯންބޭނުންވުން. (3) ތިމާގެ އިޚުތިޔާރަކާ ނުލައި ދިޔާއެއްޗެއް އަރުތެރެޔަށް ދިއުން. (4) ބޮއިނިމުން. (5) (ޏ.ސ) މަޅިމެހުން.
ބޮމަ
ނ. ބަމަ.
ބޮމަށި
ނ. މަސްދަތް ފިޔޮހީގެ މުށްގަނޑު.
ބޮމަކަނދު
ނ. އަރިއަން ލިޔާން ލަކުޑިގަނޑު ހިއްޕާދަތި.
ބޮމަކަނދުލިއުން
މ. އަރިޔަން ލިއުން.
ބޮމެޔާ
ނ. (ގ) ބުމަ.
ބޮފަކަށަވަރަނިވުން
މ. (ސ) ބަފާކަށަވަރުނުވުން.
ބޮފައިމީހާ
ނ. (ސ) (1) ބަފާބޭ. (2) ބަފާކަލޭގެ.
ބޮދަޅު
ނ. (ބ،ދ) ބުޅި.
ބޮދު
ނ. (ބ،ދ) ލަނޑައި.
ބޮލަށް އެރުން
މ. މީހަކަށް ބަހައްޓާންވީ އަދަބު ނުބަހައްޓާ އުނދަގޫކުރުން.
ބޮލަށްކޮށްޕި
ނ. (1) ބޮލުގައި އަޅާން ކައިރީގައި ރޫޖައްސައިފައި ގޮނިކޮށް ފޮތިން ފަހައިފައި ހުންނަ އެއްޗެއް. (2) މޫނު ފިޔަވައި، ބޮލާއި ކަނދުރާޔާއި ކަރާއެކު ނިވާވާނޭހެން ބޮލަށް ފައްތާން ވިޔެފައި ހުންނަ އެއްޗެއް.
ބޮލަށްއުނބުވެރޭ ރުކެއް ކެނޑުން
"ބޮލަށްއުނބުވެރޭ ރުކެއް ކެނޑުން" (މިސާލުބަހެއް) މީހަކަށް އުނދަގޫ ވޭވޭހުރިކަމެއް ފިލައިގެންދިއުން.
ބޮލަށްއުނދަގޫވުން
މ. ސިކުނޑިއަށް ހާސްކަންލިބި ނުތަނަވަސްވުން.
ބޮލަށްވަނުން
މ. (1) ވިސްނުމަށް އައުން. (2) ދޭހަވުން. (3) ތިމާގެބަހަށް އަނެކަކު ހައްލައިލުން.
ބޮލަށްވައިއެރުން
މ. ވައިލެވޭގޮތްވެ ބޮލަށް އެނބުރުން އެރުން.
ބޮލަށްތުރާވުން
މ. ބޮލަށް އުނދަގޫވުން.
ބޮލަށްސަވާރުވުން
މ. މަޖާޒު: ވަސްވާސްދީގެން ނުބައިމަގަށް އަނބުރައިލުން.
ބޮލަރުވުން
މ. (1) (ބ،ދ) ބޮލަށް އެރުވުން. (2) ކަމެއްގެ ޒިންމާ އުފުލުން.
ބޮލާކީނި
ނ. ތެތްފިނިކަމުން ސަލާމަތްކުރުމަށް ބަތާނެއްގެ ގޮތުގައި ލާން ގެންގުޅޭ ކަލުކުލައިގައި ހުންނަ ދަވާދުފާޑު ގެ ތަތް އެއްޗެއް.
ބޯލާކޮޅު
ނ. އެނދު އަޑި ފަދަތަންތާނގައި އާދަވެގެން އޮށޯވެ ތިބޭއިރު ބޯބާއްވާ ކޮޅު.
ބޮލާކޮޓިޔާ
ނ. (ސ) ޒިނޭކޮށްއުޅޭމީހާ. ބަދުއަޚުލާޤި އަމަލު ހިންގާމީހާ.
ބޮލާކޮޓުން
މ. (ސ) ބަދުއަޚުލާގީ އަމަލު ހިންގާ އުޅުން. ޒިނޭކުރުން.
ބޮލާއެރުން
މ. މީހެއްގެ އެއްޗަކާ އެމީހާގެ އަމުރާ ނުލައި ބެހިގަތުން.
ބޮލާއެޅުން
މ. (1) ގުޑިފަދަތަކެތި އަރުވައިފައި ހުއްޓާ ބޯކޮޅު ވަތަށް ތިރިޔަށް އައުން. މަޖާޒު: (2) މީހެއްގެ ނަސީބު ދެރަވާން ފެށުން. (3) ފަސޭހަނުވާނެޔޭ ހީވާވަރުގެ ބައްޔެއް ޖެހުން.
ބޮލާމަކަނަ
ނ. ބޮލާފޮށާ.
ބޮލާފޮށާއެޅުން
މ. (1) އަނދެގެން ހުންނަ އެއްޗެއްގެ ތިރީކައިރި ފުރަގަހުން ނަގައި މޫނާއި ބޮލާ ނިވާކުރުން. (2) ބޭޒާރުވުން. މަޖާޒު: (3) އަލިފާން ނުފެންނަ ވަރަށް މަތީގައި އަޅިބުރުން.
ބޮލާލާޖެހުން
މ. މީހަކުދިން އެއްޗެއް ނުވަތަ ހަވާލުކުޅަކަމެއް، ޤަބޫލުވެވޭފަދަ ޢުޛުރެއް ދެއްކުމަކާއި ނުލައި ރައްދުކުރުން.
ބޮލި
ިރޭ އެއްޗެއް. މިހުންނަނީ އެކިބޮޑުމިނުގައި އެކި ކުރެހުމުގައި އެކި ކުލަކުލައިގައެވެ. މީގައި ވަރަށް ރީތި އޮފުވެސް ހުރެއެވެ. މީގެ ތެރެއިން ރާއްޖޭގައި، އެންމެ މަޝްހޫރު ވެގެންވަނީ، ހުދުކުލައިގައި ހުންނަ ކުދި އެއްޗިއްސެވެ. (2) (ސ) ނއ. ބޯ. ނުވަތަ ތުނީގެ އިދިކޮޅު.
ބޮލި ދިއްލުން
މ. ފަޅުމަތީގައި ތިބޭ ބޮލި އޭގެ ބުރަކަށި ފެންނަވަރަށް މަސްގަނޑު ހާމަކޮށްގެން ތިބީމާ ކިޔާގޮތެއް.
ބޮލިހި
ނ. އަޑުބައެއްގެ ހަތަރުބައިކުޅަ އެއްބައި.
ބޮލިހިލުން
މ. ފަރުހިލުން.
ބޮލިހިޔަ
ނ. (1) 52 އަގި، (2) ސަތޭކަ ފަންސާސް ފުށްބޮލި.
ބޮލިރަވަ
ނ. ކުޑަކުދިން މަސަލަސްކުރާން އެތެރެޔަށް ބޮލިފަދަތަކެތި އަޅައިގެން ތަޅުވާން ގެންގުޅޭ އެއްޗެއް. މިކިތަންމެ ގޮތަކަށް ހަދާފައި ހުރެއެވެ.
ބޮލިރޯވުން
މ. ފަރުގައި ދިރޭބޮލި ގިނަވުން.
ބޮލިބަނުން
މ. (1) ބޮލިންކޮއްޓޭ ހެދުން. (2) އޮޅިމެދު ރަށްރަށުން އަހަރުއަހަރަށް ދޭންވާބޮލި ހަނގުބޭކަލުން ދުރުވެ ނެންގެވުން.
ބޮލިކަން
ނއނ. (ޏ) (1) ބޯކަން. (2) އޮލަކަން.
ބޮލިކިރި
ނ. (ޏ،ސ) ބޯކިރު.
ބޮލިކެ
ނ. ރަތްމަހަށްވުރެ ބޮނޑިމަސްކޮށް ހުންނަ އެއަށްވުރެ ރަތްކަންކުޑަ މަހެކެވެ. މިމަސް އާންމުކޯށް ކައިއުޅެނީ ބޮލީގެ ބާވަތްތަކެވެ.
ބޮލިކެބޮލި
ނ. "ބޮލިކެ" މިނަންކިޔާމަހުގެ ބަނޑުން ނަގާބޮލި.
ބޮލިކެއުން
މ. ފިހިގެން ކައިއުޅޭ އެއްޗެތި ފިހުމުގެ ތެރޭގައި ކާންކަމުދާ ވަރަށް އެނދުން.
ބޮލިކެއްކުން
މ. ފެންކައްކާ ބޮއްޔަށް ބޭސް އަޅައިގެން ކެއްކުން.
ބޮލިކޮއްޓޭ
ނ. ބާރަފައު ބޮލި އަޅައިގެން ތިނެސް ކަނަށް ބަނދެފައި ހުންނަ މުޅި.
ބޮލިކޮއްޓޭމުޅި
ނ. ބޮލިކޮއްތޭ ބަންނަމުޅި.
ބޮލިއްސަތަށި
ނ. ބޮލިއްސެއް އެޅޭވަރުގެ ތަށި. ބޮލިއްސަކީ، 1 ލާއްސެވެ.
ބޮލިވަޅު
ނ. (1) ބޮލި ވަޅުލައިފައިވާ ތަން. (2) އޮށްވަޅު
ބޮލިވުން
މ. (ޏ،ސ) (1) ބޯވުން. (2) އޮލަވުން.
ބޮލިމަލާފަތަށްނެށުން
މ. ދިވެހިސަގާފީ ނެށުމެއް. މިނެށުން ނަށާނީ ކުޑަލޯމަލާފަތަކަށް ބޮލި އަޅައިގެން ލަވަޔަކަށް ހަމަވާނޭހެން އެތަޅުވަމުންނެވެ. މިނެށުން ނަށާނީ އަންހެނުންނެވެ. ނުވަތަ ފިރިހެނުން އަންހެން ހެދުން އަޅައިގެންނެވެ.
ބޮލިމަލާފަތުނެށުން
މ. ބޮލިމަލާފަތަށްނެށުން.
ބޮލިމަސް
ނ. ބޮލިކެ.
ބޮލިފަތި
ނ. ނުހިނގޭވަރު ޅަކުދިންލާކޮށީގެ ދަނޑީގައި އައްސާން ރޮއްޖެއްގައި ހަރުކޮށްފައި ހުންނަ ބޮލިކޯޅި.
ބޮލިފާ
ނ. (1) ބޮލިކޮއްޓޭއެއްގެ ބާރަބައިކުޅަ އެއްބައި. (2) އެއްހާސް ފުއް ބޮލި.
ބޮލިފުއް
ނ. ކޮއްޓޭ ބަންނަވަރުގެ ބޮލީގެ އެއްބޮލި.
ބޮލިފެން
ނ. ކަރުތާފަތު ވިހަޔަށް، ބޯންދޭ ފެނެއް. މިއީ ފެންކައްކާ ބޮއްޔަށް އެކަމަށް ބޭނުންކުރާ ބޭސްއަޅައިގެން ކައްކާ ފެނެކެވެ.
ބޮލިގަނޑު
ނ. (1) ބޮލިގަނޑާއި ފަޗިސްކުޅުމަށް ބޮލީގެ ތެރެއަށް ތިމަރަ އަޅައިގެން ގެންގުޅޭ ތަންކޮޅެއްބޮޑު ހަބޮލި. (2) ބޮލިން ކުޅޭ ކުޅިވަރެއް.
ބޮލިގަނޑު ކުޅުން
ތުރޭ ގޮތަކުން މެދުގައި ހުންނަބަންޑާރަ ގަނޑޭކިޔާ އާދައިގެ ކުދިބޮލިތަކުން ބޮލި ލިބެމުންދާނެއެވެ. އެއްބޮލިބަންޑުންޖެހި އަނެއް 5 ބޮލި އުއްޑުން އޮވެއްޖެނަމަ އެއެޅުނީ ފައްސިއްސެކެވެ. އެކަތި އުއްޑުން ޖެހިފައި އަނެއްފަހެތި ބަންޑުން ޖެހިއްޖެނަމަ އެއެޅުނީ ދަހެކެވެ.
ބޮލީ ދަތުރު
ނ. އޮޅިމެދު ރަށްރަށުން އަހަރަށް ދޭންވާބޮލި ބަންނާން ތިލަލީ ދަނޑި ހިއްޕަވައިގެން ހަނގުބޭކަލުން ދުރުވާ ދަތުރު.
ބޮލުހުޅި
ނ. ހުޅި، މިބަހުގެ 1، 2، 3 މާނަ ބަލާ!
ބޮލުރޮދި
ނ. ގުޑިއާއި ތެލަނގަފަދަ ތަކެތީގެ މައިދުނީގެ މަތީކޮޅުން ބޮލަށް ވާހިސާބު ދޫކޮށް ލަނބާދުނީގެ ދެފަރާތަށް އައްސާފައި ހުންނަ ރުދި ނުވަތަ ޖަހާފައި ހުންނަ ރޮދި.
ބޮލުރޮދިކެނޑުން
މ. (މަޖާޒު) މީހެއްގެ ދެކޮނޑު ރީތިވަރަށް ވުރެން ބޮޑަށް އެލުން.
ބޮލުރޯނު
ނ، ބިތް ފަންގަނޑުގެ އެންމެމަތީ ރޯނު.
ބޮލުކަށިހެފުން
މ. (މަޖާޒު) (1) މީހަކަށް ބޮނޑިއެއްދޭން އަނެކަކު ގާތު ވާހަކަ ދެއްކުން. (2) ކުޓުވުން.
ބޮލުއެޅުން
މ. (މަޖާޒު) ކަމަކާ ހަވާލުވުން.
ބޮލުފިލާ
ނ. ކޯއްޓޭ ކޯއްޓޭގެ ދެބުރި އެއްކުރާން، ތިރީބުރީގެ މަތީކޮޅަށް އެއްކޮޅުލައްވާފައި، އަނެއްކޮޅަށް މަތީބުރީގެ ފަހަތުކޮޅު މަހާން އޮންނަ ފިލާގަނޑު.
ބޮލުފޭލި
ަ ފޭއްޔާ އެއްވައްތަރަށް އެއަށްވުރެ، ކުދިކޮށް ހަނިކޮށް ބޮލުގައި އަޅަން ވިޔެފައި ހުންނަ ފޭލި. މީގެ ތެރެއިން ފިރިހެނުން ބޮލުގައި އަޅާފޭލީގެ މެދު ހުންނަނީ ރަތްކޮށެވެ. އަންހެނުން އަޅާފޭލީގެ މެދު ހުންނަނީ ކަޅު ކޮށެވެ. މިއީ ރަސްމީގޮތުން އަޅައި އުޅުނު އެއްޗެކެވެ.
ބޮލުފޮތިކޮޅު
ނ. ދިވެހި އަންހެނުން ލާ ނަންބަރުހެދުމާ އެކު ބޮލުގައި އަޅާ ތުނި ފޮތިކޮޅެއް. މި އޮންނާނީ ބޮލުގައި އަޅާ ކޮޅުގައި ގޮނިވެލާވަރަށް ރޫކޮޅެއް ޖައްސާފައެވެ.
ބޮލުގައިއެޅުން
މ. (1) ތާކިހަލާއި ރުމާ ފަދަތަކެތި ބޮލުގައި ބޭއްވުން. (2) މަޖާޒު: ކަމަކާ ހަވާލުވުން.
ބޮލުގައިރިހުން
މ. މަޖާޒު: ކަމަކާހުރެ ބޮލަށް އުނދަގޫވުން.
ބޮލެރިހުން
މ. ބޮލުގައިރިހުން.
ބޮލެކޮޑިޔާ
ނ. (ގ) ބޯކެނޑި. (އިސްކުރުޖަހާތަން ތާނގައި އިސްކުރުގެ ބޯފެއްތުމަށް ކަނޑާބައި.)
ބޮލެވާޅިޖެހުން
މ. (ޏ) ކުއްޖާ ވިހައިގެން ހަތްދުވަސްވާ ދުވަހު އެކުއްޖާގެ ބޯބޭލުން.
ބޮލެޖެހި
ނ. (ސ) (1) މަސްމެރުމަށް މަހުގެ ބޮލުގައި ޖަހާން ގެންގުލޭ މުގުރު ގަނޑު. (2) ސާމަރާ މިބަހުގެ 2 ވަނަ މާނަ ބަލާ!
ބޮލޮއެރުވިޔާ
ނ. (ގ) ބޯއަރުވާ ވައްގަނޑު.
ބޮލް
ނ. (ޏ) އެއްޗެތީގެ ބޯ.
ބޮގޮބޮގޮ
ނ. ކުރުނބާ އުނބެއްފަދަ އެއްޗެއް ފެނަށް ވައްޓާލީމާ އެއަށް ފެން ވަންނަ އަޑު.
ބޮގޮބޮގޮލުން
މ. ކުރުނބާ އުނބެއްފަދަ އެއްޗެއް، ފެނަށް ވައްޓައިލީމާ އެއަށް ފެންވަންނަ އަޑު އިވުން.
ބޮސަރު
ނ. މިޔަވާލީގައިލާ އުފުލި، ނުވަތަ ކާވިޔާ.
ބޮސް
ނ. (1) މާތްކޮށް ހިތުމުގެ ގޮތުން އެއްޗެއްގައި ނިތްޖައްސާ ޖެއްސުން. ނުވަތަ އެއްޗެއްގައި އަތްލައިފައި، ނިތުގައި އަތް ޖައްސާ ޖެއްސުން. (2) ހުރުމަތްތެރިކަމުގެ ލޯބިން، އެއްޗެއްގައި މޫނު ޖައްސައިފައި ދެތުންފަތުން ދަމާލާ ދަމާލުން. (3) ދޮންދޭދިނުން.
ބޮސްވަރަށްކޮޑުން
(ސ) މުޅި ދޯނި އެކީއެކަށް ކޮޅުން.
ބޮސްދިނުން
މ. (1) މާތްކޮށް ހިތުމުގެ ގޮތުން އެއްޗެއްގައި ނިއްޖެއްސުން ނުވަތަ އެއްޗެއްގައި އަތްލައިފައި ނިތުގައި އަތްޖެއްސުން. (2) ހުރުމަތްތެރިކަމުގެ ލޯބިން އެއްޗެއްގައި މޫނު ޖައްސައިފައި ދެތުން ފަތުން ދަމާލުން. (3) ދޮންދިނުން.
ބޮޑަހަނދި
މަހުގެ ބާވަތެއް. މިއީ ފަޅުފަޅާއިފަރުގެ ގާތަކުގެ ތެރޭގައި އައިން ހަދައިގެން އުޅޭމަހެކެވެ. މިމަހުގެ ލޯބޮޑުވެފައި ހުޅުނބު ގިނަވާނެއެވެ. ތާފަތުގެ ކައިރީގައި ކަށްޓެއްހުންނާނެއެވެ. މިއީ ރީނދޫ މަހާއި ދާދިއެއް ވައްތަރަކަށްދާ މަޑު ފިޔާތޮށިކުލައެއް ހުންނަ މަހެކެވެ.
ބޮޑަން
ނ. ބޮނޑަނަ.
ބޮޑަބަފޯ
ނ. (ލ) މަންމަގެ ބައްޕަ.
ބޮޑަބޭބެ
ނ. (ލ) ބޮޑުބޭބެ.
ބޮޑަބޭއް
ނ. (ސ) ބޮޑެތި ބޭނގު.
ބޮޑައި
ް. މިއީ މޫދުގެ ތިލަ ހިސާބުގައި (ހުދުފަޅުމަތީ) އުޅޭ މަހެކެވެ. އާންމުކޮށް މިމަސް ތިބެނީ ގާދަށުގައެވެ. މިމަސް ދުވެ ހަދަނީ ފަސްގަނޑާއި ވަރަށް ކައިރިން ނަގޫފަތްޖެހޭ ހިސާބުންނެވެ. މަހުގެ ކުލައަކީ ކަޅު އަޅި ކުލައެވެ. ކުރިކީލަ މަހަށްވުރެ މިމަހުގެ ބޯ ބޮޑުވާނެއެވެ.
ބޮޑައިބުރަކި
ނ. (ވ) ބުރަކީގެ ބާވަތެއް. މިބުރަކި އާދައިގެ ބުރެއްކަށްވުރެ ތަންކޮޅެއް ބޮޑެތިވާނެއެވެ. މީގެ ބޮޑުމިން، ގާތްގަނޑަކަށް ދޮޅު އިންޗި ވަރުވާނެއެވެ.
ބޮޑައްޓާ
ނ. (ގ) ބޮޑުއަށި.
ބޮޑަވެލި
ނ. (ލ) ކަށިވެލި.
ބޮޑަދިޔަ
(ލ) ބޮޑުދިޔަ.
ބޮޑާދެއްކުން
ގޮތް ދޫނުކޮށް އުޅުން. (2) ކަމެއް ކުރާހިތުން ހުރެ ގޮތްދޫނުކުރުމުގެ ގޮތުން އެކަމެއް ނުކުރާން ބުނުން. (3) ބޭނުންވުމާއެކުވެސް ބޭނުންނުވާގޮތް ދެއްކުން. (4) ގާތްމީހަކު ލައްވައި ތިމާ ބޭނުންކަމެއް ކުރުވުމަށްޓަކައި، ނުކިޔަމަންތެރިކަމެއް ނުވަތަ ނުރުހުމެއް ދެއްކުން.
ބޮޑާ
ނއ. ތިމާގެ މިންވަރަށްވުރެ މޮޅުވެގެން އުޅޭ.
ބޮޑާހޭކުން
މ. ބޮޑާދެއްކުން.
ބޮޑާކަން
ނއނ. ތިމާގެ މިންވަރަށްވުރެ މޮޅުވެގެން އުޅޭކަން.
ބޮޑާވުން
މ. (1) ތިމާގެ މިންވަރަށްވުރެ މަތިވެރިވެގަތުން. (2) ކިބުރުވެރިވުން.
ބޮޑު
ނއ. (1) ކުޑައެވެ ބުނާ ބަހުގެ އިދިކޮޅު. (2) ކޮންމެ މިނަކުންވެސް އިތުރު. (3) މޮޅު. (4) ޢިއްޒަތްތެރި.
ބޮޑުހަނގުރާމަ
ނ. މީލާދީން 4191 ވަނަ އަހަރުން ފެށިގެން 8191 ވަނަ އަހަރާ ހަމައަށް ހިނގި ހަނގުރާމަޔާއި މީލާދީން 9391 ވަނަ އަހަރުން ފެށިގެން ވަނަ 5491 އަހަރާ ހަމަޔަށް ހިނގި ހަނގުރާމަ. މި ދެ ހަނގުރާމައިގައި ދުނިޔޭގެ ބޮޑެތި ދައުލަތްތައް ބައިވެރިވިއެވެ.
ބޮޑުހާލުރާވަޅި
އ. އެއްވެސް ފަރުވާލެއްނެތްކަން ދެއްކުމަށް ބުނާބަހެއް. މިސާލު: މީހަކު މީހަކާ ދިމާއަށް " މިފަހަރު ކަލެއަށް އޮތީ ސިންގަޕޫރު ދަތުރެއް " މިހެން ބުނުމުން އެމީހާ " މަށަށް ބޮޑު ހާލުގޭ ރާވަޅި " މިހެން ބުނެއުޅެއެވެ.
ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ
"ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ" (މިސާލުބަހެއް) ރަށުގެ މަތީ ދަރަޖައިގެ ދެމީހަކު ދެމެދުގައި ދެކޮޅުވެރިކަމެއް ހިނގަންޏާ ދަށުގައި ތިބޭ މީހުންނަށް ގެއްލުން ލިބޭނޭކަން އެންގުމުގެ ގޮތުން ބުނެއުޅޭ ބަހެއް.
ބޮޑު ދެގެރި ތަޅަންޏާ މަހާނަގަލަށް ބާރުކުރާނެ
"ބޮޑު ދެގެރި ތަޅަންޏާ މަހާނަގަލަށް ބާރުކުރާނެ" (މިސާލުބަހެއް) ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ.
ބޮޑު ގަނޑުވަރު
ނ. އިހުގައި، މާލޭގައިހުރި ރާއްޖޭގެ ރަސްކަމުގެ ކޮއިލު.
ބޮޑުހަނޑޫ
ނ. ކަމުވޮށި ބޭފުޅުންނާއި، ބޮޑުބޭކަލުންނާއި ކަނބަލުންނަށް ސަރުކާރުން އިހުގައި އިނާޔަތެއްގެ ގޮތުގައި ދެއްވި އެއްޗެއް. މިއީ މަހަކު 03 ނާޅިމަގުން ދެއްވި ހަނޑުލެކެވެ.
ބޮޑުހާޖިވެރިކަން
ނ. އިންސާނުންގެ ބޮޑުކަމު ނަޖިސް.
ބޮޑުހިނި
ނ. ހިނީގެ ބޮޑެތި ބާވަތް.
ބޮޑުހިއްތަންގުރާބު
ނ. ކަލާސީންގެ އަށްގުރާބުގެ ތެރެއިން އެއްގުރާބުގެ ނަން.
ބޮޑުހިތި
ނުޒިޔާރަތްކޮޅުގައި ހުންނަ ޙަބުޝީގެފާނުގެ މަޤާމުފުޅަށް ޒިޔާރަތްކުރައްވައި ފާތިޙާ ވިދާޅުވާށެވެ. މާފަންނު ބޮޑުހިތިވިލޭރޭ ރަދުން ޢިއްޒަތުގައި ވަޑައިގަންނަވަނީ ޢަލިރަސްގެފާނުގެ ޒިޔާރަތަށް ފާތިޙާ ވިދާޅުވާށެވެ. (2) މާލެއަތޮޅުގެ ފަޅުރަށެއް. (3) އާދައިގެ ހިތިގަސް.
ބޮޑުހިސާބަށްދިއުން
މ. މަޖާޒު: ބޮޑުހިސާބުގައި ޖެހުން.
ބޮޑުހިސާބު
ނ. މަޖާޒު: ޒިނޭ.
ބޮޑުހިސާބުގައިޖެހުން
މަޖާޒު: (1) ދެކެވޭ ވާހަކައެއް ކުށްވެރިވާ ހިސާބަށް ދިއުން. (2) ދެކެވޭ ވާހަކައަކަށް އަޑު އަހާމީހާއަށް ޖަވާބުނުދީ ނުހުރެވޭ ހިސާބަށްދިއުން.
ބޮޑުހިޔާކުރުން
މ. އަނގަމަތި ދޯނިފަހަރު ގެހެރި ކުރުން.
ބޮޑުހުންގާނަށްހެދުން
މ. މަޖާޒު: ފައްސިޔަ ކޮށްލުން.
ބޮޑުހުޅު
ނ. އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު ކުޑަބަންޑާރައިންގެ ރަސްކަމުގައިވީ ސިޔާސީ ގަޑުބަޑުގައި، މާލޭގެ ގޭގެ އެންދި އެންދުން.
ބޮޑުހުޅުދޫ މީހުންގެ ވަކިވުން
"ބޮޑުހުޅުދޫ މީހުންގެ ވަކިވުން" (މިސާލުބަހެއް) އެކީގައި ތާކަށް ގޮސްގޮސްހުރެފައި އަނެކަކުގާތު ބުނުމަކާނުލައި ވަކިވެގެން ދާދިޔުމަށް ބުނެއުޅޭބަހެއް.
ބޮޑުހުއްސަރިބައި
ނއ. މަޖާޒު: ފިރިމީހާ ރާއްޖޭގައިނުވާ.
ބޮޑުހޭވަތް
ނ. (އ) ހޭވަތް.
ބޮޑުހޯގުޅާ
ެ. ފައިގެ ކުލައާއި ހަށިގަނޑުގެ ކުލަ އެއްގޮތްވާނެއެވެ. ދޫނީގެނިސްބަތުން ތުންދިގުކޮށް ގަދަފަދަކޮށް ދައްކައެވެ. ފިނދުފަތް ހުންނާނީ ކުރިއަށް ފޭހިފައި ހުންނަގޮތަށެވެ. ބިސްއަޅާއުމުރުގެ ދޫނީގެ ފިޔައިގެ ދަށްފަރާތާއި އެކުބަނޑުދޮށް ފަރާތް ހުންނާނީ ހުދުކުލައިގައެވެ.
ބޮޑުނައިބު
ނ. (1) ފަނޑިޔާރުގޭ ނައިބުންކުރެ އިސްނާއިބު. (2) އަތޮޅުގެ ނައިބުންކުރެ އިސްނާއިބު.
ބޮޑުނަވުރާތީބު
ނ. ރާތިބުގެ 2 ވަނަ މާނަ ބަލާ!
ބޮޑުނަސީބު ފިޔޮހީންޖެހުން
"ބޮޑުނަސީބު ފިޔޮހީންޖެހުން" (މިސާލުބަހެއް) ނޭނގިހުރެ ކުރެވޭ ކަމަކުން ތިމާޔަށް ރީތި ލިބޭނޭގޮތް ދިމާވުން.
ބޮޑުނާބަ
ނ. އިހުގައި ބޮޑު ދެހިތީގައި ޖަހާއުޅުނު ނާބައެއް. ބޮޑުނާބަ ޖަހަނީ ހިތިގެ ދޮށުގައި ބޮޑުދެހިތީގައެވެ.
ބޮޑުން
ނ. (1) ރަސްކަމުގެ ބޮޑެތި ކަންތަކާދޭތެރޭ ރަދުން މަޝްވަރާ ކުރައްވާ މީހުން. (2) ދައުލަތުގެ އިސްވެރިން. (3) ޖަމާޢަތުގެ ޤަދަރުވެރިން.
ބޮޑުންގެމަޖިލިސް
ނ. ދައުލަތުގެ ކަންތައްތަކާމެދު، ރަދުން މަޝްވަރާކުރައްވާ މަޖިލިސް. މިމަޖިލިސް ދެމިއޮތީ ޤާނޫނު އަސާސީ ފާސްވުމަށް ދާންދެނެވެ.
ބޮޑުރާޅުފަށް
ނ. އައްޑަނައިގެ ކައިރީގައި މާފަލަކޮށް އަޅާ ރާޅުފަށް. މިއީ ކޮށީގެ އެންމެ ދަށްމީހުންގެ އައްޑަނައިގައި އޮފުކަރުދާހުން އަޅައި ކުރެހުމެކެވެ.
ބޮޑުރާކަނި
ނ. ރާކަނީގެ ބާވަތެއް. މީގެ ދިގުމިނުގައި ގާތްތަނޑަކަށް ފޫޓެއް ހުންނާނެއެވެ. މީގެ އިނގިލިތައް ހުންނާނީ ތެދަށެވެ.
ބޮޑުރިހި
ނ. ބޮޑުލާރި.
ބޮޑުރިޔާ
ނ. ރިޔާ ބައިގެ އެންމެ ބޮޑުރިޔާ.
ބޮޑުރުއް
ނ. އަޑުބާ ކެނޑޭވަރުގެ ކާށިގަންނަ ރުށް.
ބޮޑުރެވި
ނ. ރެވީގެ ފުއްބޮޑު ބާވަތް.
ބޮޑުރޯނު
ނ. މާފަލަކޮށް ވަށައިފައި ހުންނަ ކިފުޅިރޯނު. މިއީ އިހުގައި ގެންގުޅުނު އެއްޗެކެވެ.
ބޮޑުރޯނުކަން
ނއނ. ފޭރާމުގެ އުއިފަލަކަން.
ބޮޑުރޯގާ
ނ. 1431 ހ. ވަނަ އަހަރު. 2291 މ. ވަނަ އަހަރު. މާލޭގައި ޢާއްމުކޮށް ފެތުރުނު އިންފުލުންޒާއާއި ނިއުމޯނިޔާ ބަލި.
ބޮޑުބަނޑުއޮޑި
ނ. ކަލާސީންގެ ގުރާބެއްގެ ނަން.
ބޮޑުބަނޑޭރި
ނ. އިހުގައި ދައުލަތަށް ލިބޭހައި މުދަލަކާއި ފައިސާއެއް ބަލަހައްޓާމީހާ.
ބޮޑުބަނޑޭރިކަން
ނ. ދައުލަތަށް ލިބޭހައި ތަކެއްޗެއް ބެލެހެއްޓުމާއި އެއިން ހޭދަކުރުމާއި، ވާރުނެގުމާއި ގޮއިވަރުވާއާއި ފަޅުރަށްރަށުގެ ކަންތައްތައް ބެލެހެއްޓުމާ މިކަންކަން ބެލެހެއްޓުމުގެ ވެރިކަން.
ބޮޑުބަނޑޭރިގެ
އިހުގައި ސަރުކާރުގެ ޚަޒާޏާއާއި ތަކެތި ރައްކައުކޮށް، އަދި ސިޔާސީ ކުށްވެރިންގެ ޝަރިޔަތްކޮށް ކުށްވެރިން ބައިތިއްބާތަން.
ބޮޑުބަރަނި
ނ. (1) ތިންއުޅީގައި އަނބުރާފައި ހުންނަ ނަނުބަރަނި. (2) ފެކްޓަރީތަކުގައި ފަހަންބޭނުންކުރާ ބޮޑެތި ބަރަނި.
ބޮޑުބަދިގެ
ނ. ގަނޑުވަރު ތެރޭގައި ހުރި ހަތަރު ބަދިގޭން އެއްބަދިގެ. ހަވަރަށް ކައްކާ ކެއްކުންތައް ކައްކަނީ މިބަދިގޭގައެވެ.
ބޮޑުބަދިގެއަށް ކާޅުވަނުން
"ބޮޑުބަދިގެއަށް ކާޅުވަނުން" މަޖާޒު: ކަނޑިކީގެ ދަށު ކަންގަނޑު ވެއްޓިފައި އޮވެއްޖެނަމަ ބުނެއުޅޭ ބަހެއް.
ބޮޑުބަޑި
ނ. ހަރުގައި ނުވަތަ އެހެންވެސް ތަނެއްގައި ބާއްވައިގެން ގޮއްވާ ކަންފަތްލީ ބަޑި.
ބޮޑުބާރީ
ނ. އޮޑިފަހަރުގެ ދެބާރީންކުރެ މަތީބާރީ.
ބޮޑުބާރު
ނ. ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ބާރުގެ ގޮތުން ނަގާ ކިޔާ ޤައުމު.
ބޮޑުބާލީސް
ައްޓައިފައި ހުންނަ ބާލީސް. މިބާލީސް ހުންނާނީ އަށީގެ ފެންޑާއާ ވީ ފަރާތުގައެވެ. މިބާލީހުގެ ދިގުމިނަކީ ހުރަސްކުނަލުގެ ފުޅާމިނެވެ. ފުޅާމިނަކީ، އޭގެ މަގަތުގައި އޮންނަ ބޮޑުކަންނޭލުގައި މެދު ބުރަކަށި ޖައްސައިލީމާ ބޮލާއި ކަނދުރާ ބާލީހުގައި ޖެހިފައި އޮންނަވަރެވެ.
ބޮޑުބިސްކޯދު
ްކޯދު. (2) ދޫނިޖެހި ބިސްކޫދު. މިއީ ގާތްގަނޑަކަށް 3 ސޫތުހާ ބޯމިނުގައި ފަރާތެއްގައި 3 އިންޗި ހުންނަވަރުގެ ހަތަރެސްކަނަށާއި ވައްކޮށް ހުންނަ ބިސްކޯދެކެވެ. މިހުންނަނީ ކުޑަވަރެއްގެ ޑަބިޔާއެއްގައެވެ. ފަހަކަށް އައިސް ފާރޮށިގޭގޭގައިވެސް މިބިސްކޯދު ހަދައި އުޅުނެވެ.
ބޮޑުބުނުން
މ. (1) ބޮޑުތޮޅުން. (2) ފޮނިކެނޑުން.
ބޮޑުބުރަކި
ނ. އެމުގެ ތެރޭގައި އުޅޭ ބޮޑެތި ބުރަކި. މިހުންނަނީ ބޯވައްކޮށް ކަޅުކޮށް ފަތިކޮށެވެ.
ބޮޑުބުރުގާ
ނ. މޫނާދިމާގައި ދޯހަޅި ފޮތިކޮޅެއް ހަރުކޮށްފައި އޮންނަ މުޅިމީހާ ނިވާވާވަރުގެ ބޮޑުދޮޅިއެއް.
ބޮޑުބުމަރު
ަ ކޮޅު ފިލާ ފޮތީގެ މެދުގައި ހުންނަ ލޯވަޅަކުން މަގަތު ފަރާތަށް ލައްވައި ފިލާ ފޮއްޗާއެކު ހިފަހައްޓައިފައި، ބާރަށް ދަމައިގަތުމާއެކު ބުމަރު ހިފަހައްޓަން ޖައްސައިފައި ހުރި އިނގިލި ނައްޓައިލަނީއެވެ. މިބުމަރު އެނބުރެމުންދާއިރު ވަރަށް ރީތި ބޫން އަޑެއް އިވޭނެއެވެ.
ބޮޑުބެރު
ނ. ކާސިމަޖާގައި ޖަހާބެރު.
ބޮޑުބެރުލަވަ
ނ. (1) ކާސިމަޖާ ކުރާއިރު ބޮޑުބެރުގައި ޖަހާބެރު. (2) ކާސިމަޖާ ކުރާއިރު ކިޔާ ލަވަ.
ބޮޑުބެއި
ނ. (ދ) ބޮޑުބޭބެ.
ބޮޑުބޭރަށްހިންގުން
މ. 2131ހ. ވަނައަހަރު މާލެއާއި މާލެއާކައިރި ރަށްރަށުގައި އުޅުނު ބޭރަށް ހިންގުމުގެ ރޯގާ.
ބޮޑުބޭރު
ނ. ގޯތީންބޭރު.
ބޮޑުބޭބެ
ނ. މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ ފިރިހެން މީހާ.
ބޮޑުބޭކަނބަލުން
ނ. އިހުގައި ބޮޑު ހަނޑޫ ދެއްވާފައި ތިބޭ އަންހެނުން. މީގެ ތެރޭގައި ކަމުވޮށި ކުރައްވާފައިވާ ބޭފުޅުންނާއި ކަމުވޮށި ބޭފުޅުންގެ އަނބި އަނބިކަނބަލުންނާއި، މެދުރީ މުސްކުޅިޔާގެ އަމުރުގެ ދަށުން ރަސްމީ ބައެއް ކަންތައް ކުރައްވާ އަންހެން ބޭފުޅުން ހިމެނެއެވެ.
ބޮޑުބޭކަލުން
ނ. ހަވަރުގެ ހަބައިންކުރެ ކޮންމެ ބައެއްގެ ވެރިއެއްގެ ގޮތުން ތިއްބަވާ ބޭކަލުން. މިއީ ކޮލިލައްވައި، ބޮޑު މުސްކުޅިކަމުގެ އަސާ ދެއްވައިފައި ތިއްބަވާ ބައެކެވެ. ރަދުން ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި މިބޭކަލުން ތިއްބަވަން ޖެހެއެވެ.
ބޮޑުބޮލި
ނ. (1) އިހުގައި ދައުލަތުން ހަނގުބޭކަލުންނަށް މުސާރައަށް އަހަރަކު އެއްފަހަރު ބައްސަވާ ބޮލި، މިބަހަނީ ކޮއްޓެކޮއްޓޭންނެވެ. މިބޮލި ހުންނަނީ ގުޅަކުޅޭ ފަސްގަނޑުގައި ވަޅުލައިފައެވެ. (2) ބޮޑެތިކޮށް ހުންނަ ބޮލި.
ބޮޑުބޮލިބެހުން
މ. ދައުލަތުން ހަނގުބޭކަލުންނަށް ދެއްވާ ބޮލި އަހަރަކު އެއްފަހަރު އެބޭކަލުންގެ މެދުގައި ބައިކުރުން.
ބޮޑުބޯ
ނ. ރާޒުވާ ކުޅިބައިގައި ހުންނަ އެންމެ ދިގުކުޅި. މިއީ ކުޅިތައް އަތުރާއިރު ބޭރުން ތިންވަނަ ކުޅިއެވެ. މިކުޅި ހިނގާނީ ކަންކުއްޗަށެވެ.
ބޮޑު ކަނޑޫ
ނ. (1) ކަނޑުލުގެ ވައް ފަލަ ބާވަތް. (2) ފަލަކޮށް ހުންނަ ކަނޑޫމުޑި.
ބޮޑުކަން
ނއނ. (1) ކުޑަކަން މިބަހުގެ އިދިކޮޅު. (2) ކޮންމެ މިނަކުން ނަމަވެސް އިތުރުކަން. (3) މޮޅުކަން. (4) ޢިއްޒަތްތެރިކަން.
ބޮޑުކަންނަ
ނ. (ބ،ދ) ގަސްބުޑު.
ބޮޑުކަންނެލި
މ. މާކަންނެލި.
ބޮޑުކަމުދިއުން
މ. (1) މާގެފިލިކުރުން. (2) ސީލުން. (3) ބޮޑުހާޖިވެރިކަމުދިއުން.
ބޮޑުކަފަ
ނ. ކަފަގަހުގެ ބާވަތެއް. މިގަހުގެ ފަތް ހުންނާނީ ވަރުކަނދު ގަހުގެ ފަތްހެންނެވެ. މިއީ ވަރަށް ބިޔަކޮށް ހެދޭ ގަހެކެވެ.
ބޮޑުކާށި
ނ. (1) ބާގަޔަކަށްވުރެ ބޮޑެތިކާށި. (2) މާލިއްޔާއަށް ކާށިން ވަރުވާ ބަލައިގަތް ދުވަސްވަރު ބައިލާއްސަށްވުރެ ބޮޑެތިކޮށް ހުންނަ ކާށި.
ބޮޑުކާށިބިނުން
މ. މަޖާޒު: (1) ފޮނިކެނޑުން. (2) ބޮޑުތެޅުން.
ބޮޑުކާފަ
ނ. (ބ) ހުއިފިލަނޑާގެ ބާވަތެއް. މިއީ ދޮންކޮށް ތުނިކޮށް ހުންނަ ހުއިފިލަނޑައެކެވެ.
ބޮޑުކިބާ
ނ. ބޮޑު ގަނޑުވަރު ތެރޭގައި ހުރި ގެކޮޅެއް. މިއީ ރަސްގެފާނު އުޅުއްވާ ގެކޮޅެވެ.
ބޮޑުކިބާދާރީ
ލައި އުޅުނު އޮފުގަދަ ފޮއްޗެއް. މިއީ ފަށުތްވާއި ސުތުލިން ވިޔެފައި ހުންނަ ރޮނގުދެމި ފޮއްޗެކެވެ. ރޮނގުބައި ހުންނާނީ ފުޅާކޮށެވެ. ރޮނގުބައި އެކުލެވިފައި ހުންނަނީ، ދޮން ކުލަޔާއި ފެހިކުލަޔާއި ނޫކުލައިންނެވެ. ޢާއްމުކޮށް ހުންނަނީ، މީގެ ފެހި ފޮއްޗާއި ރަތް ފޮއްޗެވެ.
ބޮޑުކިޔެވެނިން
ނ. އިހުގައި. ދުޢާ ވެރިކަމާ، އޮލީއާ، މިބާވަތުގެ ރަސްމީ ކިޔެވުން ކިޔަވަން ދައުލަތުން ޚާއްޞަ ކުރައްވާފައިވާ ބައެއް. މިޖަމާޢަތް އެކުލެވިގެންވަނީ ދެ ޚަތީބުންނާއި، ދެމަލިމުންނާއި، ފަނޑިޔާރުގޭ ހަތަރު ނާއިބު ބޭކަލުންނާއި، އަދި ފަސްމުދިން ބޭކަލުންގެ މައްޗަށެވެ.
ބޮޑުކުނާ
ނ. ރަސްމީގޮތުން އެކިއެކި ބޭނުމަށްޓަކައި، ރާއްޖޭގައި ވިއުއްވާކުނާ. މިކުނާ ހުންނަނީ ރޯލު ކުނާހެން ދިގުކޮށެވެ.
ބޮޑުކުންނާރު
ނ. އާފަލު.
ބޮޑުކުރިކައްޓަލަ
ނ. ކައްޓަލައިގެ ބާވަތެއް: މިއީ ބޭރުތޮށިގަނޑު ދަނބުރަތްކުލައެއްގައި ހުންނަ ކައްޓަލައެކެވެ. ފަތުގައި ފެހިކުލަ ގަދަވާނެއެވެ. ކައްޓަލައިގެ އެތެރެ އޮންނާނީ ހުދުކުލައެއްގައެވެ.
ބޮޑުކުރުން
މ. (1) ސައިޒުން އިތުރުކުރުން. (2) ކުދިން ބެލުން. (3) މަޖާޒު: ހައްދައިލުން.
ބޮޑުކުކުޅު
ނ. މުޑު ކުކުޅު.
ބޮޑުކުޑަކޮޅު
ނ. ރަސްމީ ބައެއް ކަންތަކުގައި ގުޅަކުޅޭ ފަސްގަނޑުގައި ޖަހައި އުޅުނު ކުޑަކޮޅެއް.
ބޮޑުކެނޑުން
މ. (1) ބޮޑާބަސް ބުނުން. (2) ފޮނިކެނޑުން.
ބޮޑުކެކުރި
ނ. (1) ކެކުރީގެ ބާވަތެއް. މިހުންނާނީ ފޯލިކޮށް ތޮރާހެން އެއަށްވުރެ ފަލަކޮށެވެ. (2) ބޯވަޅުއެޅި ލިބާސް ކަނޑާ ފޮއްޗެއްގެ ނަން.
ބޮޑުކެޔޮ
ނ. ފަތްކޭލުގެ ބާވަތެއް. މިއީ ދިގުކޮށް ސީދާކޮށް ވައްތައް ހުންނަ ފޮނިރަހަ މަޑުކޭލެކެވެ. ވަކުގެ ތޮށިގަނޑު ހުންނާނީ އަރިއަރިއަށެވެ.
ބޮޑުކޭން
ނ. ދެކުކުޅުލައި، ދެފަރާތުގައި ފުއްޕިޖަހައި، ބޮޑެތި މަލާފަތަށް އަޅައިފައި ހުންނަ ކޭން.
ބޮޑުކޭމުގައިބޭންދުން
މ. (1) ރަސްމީ ކެއުމުގައި ބޮޑުބޭކަލުންނާއި، އަތްހަމަ ކުރެއްވުން. (2) ބޮޑުބޭކަލުން ތިއްބަވާ ރަސްމީކޭމުގައި ބޭންދެވުން.
ބޮޑުކޮށުން
މ. (1) ލަކުޑިގަނޑެއް އެއްޗަކަށް ވަރުކުރުމަށް ނުވަތަ ސިފަގެންނަން ފުރަތަމަ ކޮށުން ކޮށައިލުން. (2) މަޖާޒު: ކަމެއް ފުރިހަމަ ކުރުމަށްޓަކައި ކުރިން ކުރަންޖެހޭ މައިގަނޑު ކަންތައްތައް ކޮށްލުން.
ބޮޑު ކޮތަރު
ނ. ފައިން ފަތްފަޅާފައި ހުންނަ ބޮޑެތި ކޮތަރު.
ބޮޑުކޮލި
ނ. ދަނޑުމަތީގައި ހެދޭ ވެލެއް. މިއީ އަލަ ނިރުގެ ފަތްހެން ފަތް ހުންނަ ވެލެކެވެ.
ބޮޑުކޮޓަރި
ނ. (1) ޢާއިލާގެ މެމްބަރުން ޢާއްމު ބައްދަލުވުން ބައްދަލުވާން ގޭގޭގައި ހުންނަ ކޮޓަރި. (2) ގޭގައި މެހުމާނުންނާ ބައްދަލުކުރާން ހުންނަ ކޮޓަރި.
ބޮޑުކޯއްޓޭ
ނ. އިހުގައި ބޭރުން އަންނަ ނައުޒޯނގުފަހަރު އެތެރެއަށް ވަނީމާ ދިދަނަގާން މާލޭ ބޮޑުކޯއްޓޭ ބުރުޒުމަތީ ކަސްޓަމުގެ އުތުރުން ހުރި ކޯއްޓޭ.
ބޮޑުކޯއްޓޭ ބުރުޒު
ނ. އިހުގައި މާލޭގައި ކަސްޓަމުގެ އުތުރުން ހުރި ބުރުޒު.
ބޮޑުކޯމަސް
ނ. ބޮޑުމަހުގެ ތެރޭގައި ހިމެނޭ މަހެއް. މިމަހުގައި ގާތްގަނޑަކަށް 01 ވަރަކަށް ފޫޓު ހުންނާނެއެވެ.
ބޮޑުއަށި
ނ. (1) ދިވެހި ގޭގޭގެ ބޭރުގޭ ދޮރުގެ އިރުމަތިން ހުރަހަށް ހުންނަ ދިގު އަށި. (2) މުށިކުޅޭއިރު އަޅާފައި ހުންނަ މުށި ގޭގައި ފައިފުއްސާ ޖެހިގެން ކަނާތް ފަރާތުން ހުންނަ ގެ ނުވަތަ ގޮޅި.
ބޮޑުއަށިކޮޅުއެނދު
ނ. ބޮޑުއަށީގެ ފައިލާކޮޅުން ތިރިއަށިމަތީގައި ހުންނަ އެނދު.
ބޮޑުއަރިފަތް
ނ. (މަލިކު) ބޮޑުއަށި.
ބޮޑުއަށީޚިތާނުވަޅު
ނ. ބޭރުން ގެއަށް ވަންނަ ދޮރާއި ކައިރިއަށް ހުންނަ ބޮޑުއަށީގެ ކޮޅު.
ބޮޑުއަށީހިތާމަވަޅު
ނ. ބޮޑުއަށީ ޚިތާނުވަޅު.
ބޮޑުއަކުރު
ނ. ލިއުމުގައި ފަލަކޮށް އެކި ސިފަސިފައަށް ބޮޑެތިކޮށް ލިޔާއަކުރު.
ބޮޑުއަކުރުން ލިޔުން
މ. މަޖާޒު: އޮޅުމެއްނެތި ސާފުކޮށް ބުނުން.
ބޮޑުއާވި
ނ. ބޮޑުއާވި ގަހުގެކުރި ބޭނުންކޮށްގެން ހަދާ އާވި ތެލެއް.
ބޮޑުއާވިމެޓާ
ނ. ބޮޑުއާވި ރަހަދޭ މެޓާ.
ބޮޑުއާވިގަސް
ނ. ފަރުބަދަމަތީގައި ހެދޭ އަބަދަށްފެހި ގަހެއް. މިގަހުގެ އެކި ބައިތައް ބޭހަށް ބޭނުން ކުރެއެވެ. ގަހުގެ ފަތް ހުންނަނީ ހިމަކޮށް ތޫރިކޮށެވެ.
ބޮޑުއާމަނަކަ
ނ. މާބޮޑެތިކޮށް ފުސްކުލައިގައި ހުންނަ އާމަނަކަ.
ބޮޑުއިންނަފަތް
ނ. ދޯނި ފަހަރުގައި މަތީ އިންނަފަތާ އިއްސާ ދޭތެރޭ އޮންނަ އިންނަފަތް.
ބޮޑު އުނދޯލި
ނ. އިށީނދެ އޮށޯވެ ހެދުމަށް އެލުވާފައި ހުންނަ އެއްޗެއް. މީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެއީ، ތޭރިޖަހައި ފަޑި ހުންނަ އުނދޯއްޔާއި ފަޑިނާޅާ ހުންނަ އުނދޯއްޔެވެ. އެންމެ މޮޅުކޮށް ހުންނާނީ މޮޅު ލަކުޑީން ޖަހާފައި ތޭރިތަކާއި ފަޑި ލިޔެލާޖަހާފައެވެ. އާދައިގެ ބޮޑު އުނދޯލި، ރޯނުފުރާފައިވެސް ހުރެއެވެ. ފަޑިލީ އުނދޯލީގައި ވަށައިގެން ކަންނެޔޮ ބަަހައްޓާލައިފައިވެސް ހުރެއެވެ.
ބޮޑުއީދުމަސް
ނ. ހައްޖުމަސް. މި މަހަށް މިހެން ކިޔުނީ، މިމަހުގެ ތެރޭގައި ބޮޑު އީދު އަންނާތީއެވެ.
ބޮޑުއުނގުރިޖެހިފުޅި
ނ. ވަރަށް އަނގަބޮޑު ބިއްލޫރި ފުޅިއެއް. މީގެ އުނގުރި ހުންނަނީ ބިއްލޫރިންނެވެ.
ބޮޑުއެސްމާ
ނ. ރާއްޖެ ބައްޔަށާ ބަނޑުގެ ވައިފިލުވައި ޞިއްޙަތު ރަނގަޅު ކުރަން ހިލާ މޮޅު މަޢުޖޫނެއް. މީގެ މައިގަނޑަކީ އެސްމަލެވެ.
ބޮޑުއޮޅަންނަބައިމަތި
ނ. އައްތާރަފަނީންގެ ތެރޭން ބައެއް.
ބޮޑުވަރިހަމަ
އކ. ކޮންމެ ގޮތެއްވިޔަސް ފަރުވާލެއްނެތް.
ބޮޑުވަޅި
ނ. (ދ) ކަތިވަޅި.
ބޮޑުވަޅުބޯކުޅިގަނޑު
ނ. އޮށްވަޅުގެ ކުޅިގަނޑެއް، މިކުޅިގަނޑު ނިމޭނީ ބޮޑުވަޅު ބޯގޮތަށެވެ.
ބޮޑުވަކި
ނ. ބޮޑަވަކި.
ބޮޑުވައި އިނގިލި
ނ. އަތްތިލަޔާއި ފައިތިލައިގައި ހަށިގަނޑާ ގާތްފަރާތުން ފުރަތަމަ އިނގިލި.
ބޮޑުވަތް
ނ. ހޭވަތުގެ ކޮޅު ފަހަށް އޮންނަ ވަތް.
ބޮޑުވަޒީރު
ނ. އެންމެ އިސް ވަޒީރު.
ބޮޑުވަޒީރުކަން
ނ. އެންމެ އިސް ވަޒީރުކަން.
ބޮޑުވިނަ
ނ. މޫދު ހުއިގެ ބާވަތެއް. މިއީ ވަރަށް މަދުން ފެންނަ ކަޅުކުލައިގެ ހުޔެކެވެ. މިފަތުގެ ފުޅާމިނުގައި ބައިއިންޗި ދިގުމިނުގައި ހައިންޗިވަރު ހުންނާނެއެވެ.
ބޮޑުވިއްސާރަ
ނދަރުގައި ހުރި ބޯޓު ފަހަރުގެ ތެރޭން އެކި ރަށްރަށުގެ ފަރަށް އަރައި ހަލާކުވިއެވެ. އެއްބޯޓް ކަނޑުގެ އަޑިއަށް ފެތިގެން ދިޔައެވެ. އެކަކު ގެއްލުނެވެ. (2) މަޖާޒު: އައްސުލްތާނު މުހައްމަދު މުޢީނުއްދީނު (ކުޑަބަންޑާރައިން) ގެ ރަސްކަމުގައި ހިނގި ސިޔާސީ ބޮޑު ގަޑުބަޑު.
ބޮޑުވުން
މ. (1) ހުރިހައި މިނަކުން އިތުރުވުން. (2) ދަރަޖައުފުލުން. (3) ބާލިޣުވުން.
ބޮޑުވެލިވެޔޮ
ނ. (ތ) އަސްމިޔަ ތަނބުރު.
ބޮޑުމަހުތެޔޮ
ނ. ކޮޑުކިޔާ މަހުގެ މޭގަނޑު ވިރުވައިގެން ނަގާ ތެޔޮ. މިއީ ވިޓަމިން އޭ އާއި ވިތަމިން ޑީ ގިނައިން ހުންނަ ތެލެކެވެ.
ބޮޑުމަޅު
ނ. ދޯނިފަހަރުގައި ކުޑަ މަޅާ ޖެހިގެން ދިރުނބަލަށް އޮންނަ މަޅު.
ބޮޑުމަޅުއޮޅި
ނ. މަސްދޯނި ފަހަރުގެ ބޮޑު މަޅުމަތީގެ މަޅުތަކުގެ ކޮޅުހިފަހައްޓަން އޮންނަ ހުރަސްފިލާ.
ބޮޑުމަޅުމަތި
ނ. ދައްމަޅުމަތި، މަސްދޯނި ފަހަރުގެ ދަންމަޅުމަތީގައި މަޅުއަޅައިފައިވާ ސަރަހައްދު.
ބޮޑުމައްސާގު
ނ. މައްސާގުގެ ބާވަތެއް. މިއީ އެއްތަނޑަށް ހެދޭ ފަތްބޮޑެތި ގަހެކެވެ. މީގެ ފަތަކީ ކެއުމަށް ބޭނުން ކުރާ އެއްޗެކެވެ.
ބޮޑުމަތާދަތި
ނ. ވަޑާމުގެ މަސައްކަތުގައި އިލިޖެހުމަށްޓަކައި ދެލަކުޑިގަނޑު ކައިރިކޮށް ޖައްސައި ހިމުން ކުރުމަށް ތިއްބާ އާލާތް. މިއީ ކިއްސަރު ވަޑާމުގައި ބޭނުންކުރާ އާލާތެކެވެ.
ބޮޑުމަތިމަސްތެޔޮ
ނ. ތެލުގެ ބާވަތެއް. މިތެޔޮ ތަދުއަރާ ތަންތާނގައި އުނގުޅާ އުޅެއެވެ.
ބޮޑުމަލާފަތް
ނ. ފާރުދޮށުކޭން އަޅާމަލާފަތަށްވުރެ ބޮޑެތި މަލާފަތް.
ބޮޑުމަސް
ނ. (1) ބޭރު ކަނޑުގައި އުޅޭ ބިޔަ ބޮޑެތިމަސް. (2) ދުންލާމަސް. (3) ފޯކުޅޭއިރު ފަނުން ވިޔެފައި އޮންނަ މަސް. (4) (ނ،ކ) ދުނިޔެ ވަށައިގެން ހިނގާކަމަށް ހީކުރާ ޚިޔާލީ މަހެއް.
ބޮޑުމަސްހިނގުން
މ. (1) ބޮޑުމަސް އުޅުން. (2) ދުނިޔެ ވަށައިގެން ބޮޑުމަސް އެނބުރުން.
ބޮޑުމަސްދުއްވުން
މ. އީދުތެރޭގައި ބައެއް ރަށްރަށުގައި ކުޅޭ ކުޅިވަރެއް. މިކަން ކުރާގޮތަކީ، ފަނުން ވިޔެފައި އޮންނަ ބޮޑު މަހެއްގެ ތެރެޔަށް މީހުން ވަދެ ތިބެގެން، އެމަސް ހިފައިގެން، ބޮޑެތިމަގު ތަކުގައި ހިނގަނީއެވެ. މަހުގެ ދެފަރާތުން އެލިފައި އޮންނަ ފަންތަކުން އެމީހުންގެ ފައިތައް ހުންނާނީ ނިވާ ވެފައެވެ. މިކުޅިވަރު ނިމޭނީ މަސް ބޭނުމުންނެވެ.
ބޮޑުމަސްތިލަވުން
މ. (1) ބޮޑުމަސް ހަށި އެނގޭ ހިސާބަށް ފެންމައްޗަށް އެރުން. (2) މަޖާޒު: ގެޔެއްގެ ދޮށުގައި އަންހެނެއްގެ އެދުމުގައި، މާމޮޅު މީހަކު އުޅުން.
ބޮޑުމަޖިލިސް
ނ. ޢިއްޒަތްތެރީން ވަޅުލުމުގެ އެންމެ މަތީ ދަރަޖަ.
ބޮޑުމަޖިލީހުގައިއެޅުން
މ. ބޮޑުމަޖިލީހުގެ ޢިއްޒަތުގައި ވަޅުލުން.
ބޮޑުމާމަ
ނ. (ރ) ހުއިފިލަނޑާގެ ބާވަތެއް. މިއީ ދޮންކޮށް ތުނިކޮށް ހުންނަ ހުއިފިލަނޑައެކެވެ.
ބޮޑުމާލި
ނ. (1) ބޮޑުމާލި ނެރުމަށް ހެދުން އަޅައިގެން ހުންނަ މީހާ. (2) ކުޑަކުދިން ކިޔަމަންތެރިކުރުމަށް ކިޔާ ލަވައެއްގައި އަންނަ ޚިޔާލީ ފުރޭތައެއްގެ ނަން.
ބޮޑުމާލިނެށުން
މ. އުނަގަނޑުން ތިރި، ވަށައިގެން އެއްވަރަށް ބޮޑުކޮށް ފުއްޕާފައި ހުންނަ ރޫބައެއް ލައިގެން ކޮނޑުމާޖަހާފައި، ބޮލުގައި ވައްތަރެއްގެ ތާޖެއް އަޅައިގެން ބެރުގައިޖަހާ ލަވަޔާ ކިޔާލަވަޔާ ހަމަވާގޮތުން ނެށުން.
ބޮޑުމާލިމީ
ނ. (1) އިހުގައި ބޭރު ދަތުރުކުރާ ދިވެހި ނާފަހަރާއި އޮޑި ފަހަރުގެ، ދަތުރު ކުރުމުގެ އެންމެ މަތީ ވެރިމީހާ، ނުވަތަ އެންމެ ބޮޑު ނިއަމި. (2) ކައްޕިތާން.
ބޮޑުމާލިލަވަ
ނ. ބޮޑުމާލި ނަށާއިރު ކިޔާ ޚާއްޞަލަވަ.
ބޮޑުމާލޫދު
ނ. ރަށްފުށުގައި، އެހެން ރަށްރަށުގެ މީހުންނަށް ކިޔައިގެން ކިޔާއުޅޭ މާލޫދު.
ބޮޑުމިރުސް
ނ. (1) މިރުހުގެ ބާވަތެއް. މިއީ ބޮޑެތިކޮށް ތޮށިބޯކޮށް ހުންނަ ކުޅިރަހަ މަޑު މިރުހެކެވެ. މީގެ ދެބާވަތެއް ހުރެއެވެ. އެއް ބާވަތެއްގެ މިރުސް ހުންނަނީ ވަށްކޮށެވެ. އަނެއްބާވަތް ހުންނަނީ ދިގުކޮށެވެ. (2) (ޏ) ގިތެޔޮމިރުސް.
ބޮޑުމިރުސްރިހަ
ނ. ރޯމަހުގައި އަނބިހިލައިގެން ކައްކާ ރިހައެއް.
ބޮޑުމީހަކަށްވުން
މ. ބާލިޣުވުން.
ބޮޑުމުރާކި
ނ. މުރާކީގެ ބާވަތެއް. މި މުރާކި އާދައިގެ މުރާތްކަށްވުރެ ބޮޑެތިވެފައި ފޮނިވާނެއެވެ.
ބޮޑުމުސްކުޅި ބޭކަލުން
ނ. އިހުގައި ވަޒީރުކަމަށް ކޮލިލައްވައިފައި ތިއްބަވާ ބޮޑުބޭކަލުން.
ބޮޑުމުސްކުޅިކަން
ނ. ބޮޑުމުސްކުޅި ބޭކަލުންގެ ވަޒީފާ.
ބޮޑުމުސްކުޅިކަމުގެ އަސާ
"ބޮޑުމުސްކުޅިކަމުގެ އަސާ" ނ. ބޮޑު މުސްކުޅިކަމަށް ކޮލިލައްވައިފައި ދެއްވާ އަސާ.
ބޮޑުމެދުރިޔާ
ނ. ބޮޑުރިޔަލާއި މެދުރިޔަލާ ދެމެދުގެ ރިޔާ.
ބޮޑުމޭބިސްކަދުރު
ނ. އޮށް ހުންނަ މޭބިސްކަދުރު.
ބޮޑުފަށްގަނޑު (ބަޑިފަށް)
ނ. މަސްއޮޑިފަހަރުގެ ފަޑިހުންނަގޮތަށް ފަޑިއަޅައިގެން ޖަހާ އުސްފަށްގަޑު.
ބޮޑުފަނި
ނ. އަނބުގަހާ ބަނބުކެޔޮގަހުގެ ފީވާތަންތާ އުފެދޭ ފަންޏެއް. މިއީ ގާހުއްޔަށް ބަދަލުވާ ފަންޏެވެ. މިއީ ގަދަ ރީނދޫ ކުލަޔަކަށްދާ ފަންޏެކެވެ. ބޮޑުމިން ކާޅުދޮންކެޔޮ ވަރުވާނެއެވެ.
ބޮޑުފަންކާ
ނ. ވިހޭފަށް ފުޅާ، އެލުވާ ފަންކާއެއް. މިފަންކާ ހުންނަނީ ހިމަދިގުކޮށް ހަތަރުކަނަށެވެ.
ބޮޑުފަންވަތް
ނ. ހަނގުބޭކަލުންގެ ތެރޭން އިސްމީހުން. މިބޭކަލުން ދަމަށްދާކަށް ޖެހޭނެއެވެ.
ބޮޑުފަޅޯ
ނ. ފަޅޮލުގެ ބާވަތެއް. މިއީ އޮށްމަދު، ފޮނިމަޑު، އެތެރެ ރީނދޫ ކުލައިގައި ހުންނަ ދިގު ފަޅޮލެކެވެ.
ބޮޑުފައި އިނގިލި
ނ. (ތ) ބޮޑުވައި އިނގިލި.
ބޮޑުފަތަފޮޅި
ނ. ހަވަރު ތިނަދޫ ވަރުވާގެ ތެރޭގައި، އަހަރަކު އެއްފަހަރު ހަވަރަށް ގެނެސް އުޅުނު ފަތިރޮއްޓެއް.
ބޮޑުފަތަފޮޅިބެހުން
މ. ބޮޑުފަތަފޮޅި ހަވަރަށް ބެހުން. މިއީ ވަރަށް ބޮޑު ރަސްމީ ގޮތެއްގައި، ކޮށް އުޅުނު ކަމެކެވެ.
ބޮޑުފަތަފޮޅިކުނާ
ނ. ބޮޑުފަތަފޮޅިޔާއެކު ގެންނަ ފޭރާން ދެރަކުނާ. މިއީވެސް ބޮޑުފަތަފޮޅި ފަދައިން ގެންނަ އެއްޗެކެވެ.
ބޮޑުފަތަފޮޅިއޮޑި
ނ. ހަވަރުއޮޑި.
ބޮޑުފަތް
ނ. ބޮޑެތިކޮށް ދިގުކޮށް ހުންނަ ދުންފަތް. މި ދުންފަތް ކުދިދުންފަތަށްވުރެ ރަހަ މަޑުވާނެއެވެ.
ބޮޑުފަޓާސް
ނ. ބަޑިކޮށިކޮށީގެ މީހުން ދިގުކާއްޓެއްގެ ސިފައިގައި ހަދައި އުޅުނު ފަޓާސް.
ބޮޑުފާނަ
ނ. (1) ލޮނދިފާނަ. (2) (ވ) ކަދިފާނަ.
ބޮޑުފާރު
ނ. އިހުގައި މާލޭގެ ވަށައިގެން ބުރުޒުތަކާއި ގުޅިގެން އެކި ހިސާބު ގަނޑުގައި ލައިފާ ހުރިފާރު.
ބޮޑުފާފަ
ނ. މާތް ރަސްކަލާނގެ ނަހީ ކުރެއްވި ބޮޑެތި ނުބައި ކަންތައް.
ބޮޑުފާތިހާ
ނ. (1) ގިނަ މީހުންނަށް ކާންދީގެން ކިއުއްވާ ފާތިޙާ. (2) ވަޖިދުވާ ތާރަޖަހާ މީހުން ޢަބްދުލްޤާދިރުގެފާނުންގެ އަހަރުމަތި ދުވަހު ކިޔަވާ ފާތިޙާ.
ބޮޑުފާގަ
ނ. ފާގައިގެ ބޮޑެތި ވައްތަރު. މިހުންނާނީ އާދައިގެ ފާގަޔަށްވުރެ އުންތައް ތަންކޮޅެއް ފަތާކޮށެވެ. ބޮޑުމިން އާދައިގެ ތޮރަޔާ ގާތްކުރާނެއެވެ.
ބޮޑުފިނިހައް
ަސްގަހަށް ގެއްލުންދޭ އެއްޗެކެވެ. މިފިނިހަކައަކީ، ވަރަށް އަވަހަށް ގިނަވާ ވިހަ އެއްޗެކެވެ. މީގެ ތޮށިގަނޑު އާދައިގެ ފިނިހަކުގެ ތޮށިގަނޑަށްވުރެ ތުނިވާނެއެވެ. މިފިނިކަމުގެ ތޮށިގަނޑުގައި ހުންނަނީ ގަދަމުށިކުލައެވެ. ތޮށިގަނޑުގައި ފަނޑު މާޒާން ކުރެހުމެއް ހުރެއެވެ.
ބޮޑުފިނިހައްގަސް
ނ. ރާނބާގަސް ފާޑަށްހެދޭ ފަތުގައި ދޮންރޮނގު ހުންނަ ގަހެއް. ބޮޑުފިނިހައް މާލެ ގެނެވުނީ މިކަހަލަ ގަހެއްގައިކަމަށް ބުނެއެވެ.
ބޮޑުފިޔާ
ނ. ފިޔާގެ ބޮޑެތި ބާވަތް.
ބޮޑުފުޅަ
ނ. (1) ކާޅުދޮންކެޔޮ. (2) މަޖާޒު: މާބޮޑަށް ކަންނެތް މީހުން.
ބޮޑުފުފޫ
ނ. (1) ފެފޫ. (2) ފުސްކުލަގަދަ ފުފުލުގެ ބާވަތެއް.
ބޮޑުފުފޭތަޅައިލުން
މ. މަޖާޒު: މީހަކު ފަޟީހަތް ކުރުމުގައި އެމީހާ އެންމެ ދެރަވާނޭ ވާހަކައެއް ބުނުން.
ބޮޑުފެހި
ފޮއްޗެއްގައި ހިމަރޮނގު ބަޔެއްގެ މެދުތެރޭގައި އެއަށްވުރެ ކުޑަތަންކޮޅެއް ފުޅާ ރޮނގެއްހެން ހުންނަ ފޮއްޗެކެވެ. ރޮނގުބައި ހުންނާނީ ކަޅުފެއްސަށްވުރެ އަޅި ފެހިކުލައެއްގައެވެ. މިގޮތަށް ރޮނގު ހުންނަ ރަތްކުލައިގެ ފޮތިވެސް ހުރެއެވެ. އެއަށް ކިޔަނީ ބޮޑުފެހީގެ ރަތެވެ.
ބޮޑުފެއްސަންގޮތްހެދި
ނ. އިހުގައި ބޯވަޅު އެޅި ލިބާސް ލައިއުޅުނު ފޭރާމެއް. މިއީ، މުޅި ފޮތިގަނޑު، ކަޅުފެހި ނުވަތަ ރަތްކުލައިގައި ހުރެފައި، ބޮޑުފެހީގެ ރޮނގުބަޔާ ވައްތަރު ގޮތަކަށް ރޮނގުބައި ހުންނަ ފޮއްޗެކެވެ.
ބޮޑުފޭލި
ނ. ފިރިހެނުން އަނދެއުޅުނު ފޭއްޔެއް. މި ފޭލި އާދައިގެ ފޭއްޔަށްވުރެ ބޮޑެތިވާނެއެވެ. މިއީ ރަސްމީ ކަންކަމުގައި އަނދެ އުޅުނު ފޭއްޔެކެވެ.
ބޮޑުފޮތިކެނޑުން
މ. (1) ހިލާތަކެތި ވަރުވެގެންއައިސް ދޭފަތް އުފުލާލީމާ ފޮތިފޮއްޗަށް ވެއްޓޭ ވަރުވުން. (2) އޮލަވުން. (3) ހިލާތަކެތި ކުނިނުވާ ވަރުވުން.
ބޮޑު ދަނޑުމަތި
ނ. އިހުގައި މާލޭގެ އިރުމަތީ ފަރާތު ފާރުން އަތިރީން އުތުރުބައި.
ބޮޑުދަންމަތި
ނ. ހަކުރާ ދެވަރުގެ ކަލާސީން.
ބޮޑުދަޅު
ނ. ފަންތޮށިދަޅު.
ބޮޑުދައިތަ
ނ. މަންމަ، ނުވަތަ ބައްޕަޔާ އެއްބަނޑު، އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަންހެނާ.
ބޮޑުދަތި
ނ. ބޮޑެތި އެއްޗެހި ތިއްބާން ބިމަށްޖަހާފައި ހުންނަ އެތިގަނޑެއްގައި ހަރުކޮށްފައި ހުންނަ ދަތި.
ބޮޑުދާލިޖެހުން
މ. ލަކުޑިއާއި ރުއްވަކަރު ފެޅުމަށް ހޮނދުޖަހައިގެން ކޮށުމުގައި ފުރޮއިން ގަޅި ޖަހައިގެން ދާލި ވަކިކުރުން
ބޮޑުދިރި
ނ. ދަވިއްގަނދު.
ބޮޑުދިޔަވުން
މ. ދިޔަވަރު ބޮޑުވުން.
ބޮޑުދުން
ނ. (1) ބޮޑުދުމާދާއިރު އަޅާން ތަޅައިފައި ހުންނަދުން. (2) ބޮޑުދުންދޭ ޒިޔާރަތަށް ބަހާދުން.
ބޮޑުދުންބެހުން
މ. ބޮޑުދުންދޭ ފަންސަވީސް ޒިޔާރަތަށް ދުންފޮނުވުން.
ބޮޑުދުންފަތް
ނ. (1) ބޮޑެތިކޮށް ހުންނަ ދުންފަތް. (2) ބޫޑުފަތް.
ބޮޑުދުންދޭ ޒިޔާރަތް
ޒިޔާރަތް. (91) މާފަންނު އާމިސްކިތްތެރޭ ޒިޔާރަތް. (02) ޤާޟީ ޢީސަލްޔަމަނީގެ ޒިޔާރަތް. (12) ޢަލީ ރަސްގެފާނުގެ ޒިޔާރަތް. (22) ޢުމަރުމާފަތް ކަލޭފާނުގެ ޒިޔާރަތް. (32) ދޮނަކުޅީޝައިޚުކަލޭފާނުގެ ޒިޔާރަތް. (42) ދޮންބުޅާފާށަނާގެ ޒިޔާރަތް. (52) ދެބޭރަނިންގެ ޒިޔާރަތް.
ބޮޑުދުމާދިޔުން
މ އިހުގައި ރަސްމީގޮތުން ބޮޑުދުންދޭ 52 ޒިޔާރަތްދޮށަށް ދުންމުޖުމަރާ ހިފައިގެން ދުޢާވެރިކަން ކިޔަވާންދިޔުން.
ބޮޑުދުޢާވެރިކަމުދިޔުން
މ. އިހުގައި ބޮޑުދުންދޭ 52 ޒިޔާރަތްދޮށަށް ރަސްމީގޮތުން ދުޢާވެރިކަމު ކިޔަވާން ދިޔުން.
ބޮޑުދޫނި
ނ. މާދޫނި.
ބޮޑުދެލަވަ އެއްކުރާލަވަ
"ބޮޑުދެލަވަ އެއްކުރާލަވަ" ނ. ދަނޑިބެރުގެ ލަވައެއް.
ބޮޑުދޮރޯށި
ނ. (1) ގަނޑުވަރުތެރެޔަށް ދެކުނު ފަރާތުން ވަންނާން ހުންނަ ދޮރޯށި. (2) ގޭގެޔަށް ފިރިހެނުން ވަދެ ނުކުމެ އުޅޭން ހުންނަ ދޮރޯށި.
ބޮޑުދޮޅި
ނ. (1) އަންހެނުން ނަމާދުކުރާއިރު އަޅާން ދޮޅިޖަހައިފައި ހުންނަ ފޮށާ. (2) ނަމާދުފޮށާ. (3) ނަމާދުދޮޅި.
ބޮޑުދޮލަނގުކޮޅު
ނ. (1) ހިތިވިލޭރޭ ފަރިއްކޮޅު ގެންދާއިރު އެންމެ ކުރީގައި ހުންނަ މީހާގެ ބޯމަތީގައި، ބަހައްޓައިގެން ގެންދާ ބޮޑު ދޮލަނގު. މިހުންނަނީ މުކައްބަ ޖަހައި، ހުދުފޮތިން ބަނދެފައެވެ. (2) ބޮޑުދޮލަނގު މިބަހަށް އެންމެ މާތްކޮށް ކިޔާގޮތް.
ބޮޑުދޯލިކުރުން
މ. ބޮޑުކަމުދިއުން.
ބޮޑުދޯލިކެޑުން
މ. (ސ) ބޮޑުދޯލިކުރުން.
ބޮޑުތަރި
ނ. (1) ފަޖުރުތަރި. (2) ހަސަނާތުތަރި.
ބޮޑުތަރުތީބު
ނ. ދީނީ ތަޢުލީމާ ބެހޭގޮތުން އަލީއެދުރުތަކުރުފާނު ލިޔުއްވާފައިވާ ފޮތެއް. މިފޮތުގެނަމަކީ "ޒުހުރުލް ކާމިލާތު ފީ އަހާމުލް އިބާދާ".
ބޮޑުތަކުރު ޔާސީމަށް އަރާއިނުން
"ބޮޑުތަކުރު ޔާސީމަށް އަރާއިނުން" (މިސާލުބަހެއް) ކެއުމުގެ ޖަމާޢަތަކަށް ވަގުތުގެ މާކުރީންގޮސް ކާން ހަދާފައި ހުރިތާނގައި ހިތްގައިމުކޮށް އިނުން.
ބޮޑުތަކުރުފާނު
ނ. (1) އުތީމު ބަންޑާރައިން. (2) އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން. (3) ޣާޒީ ބަންޑާރައިން.
ބޮޑުތަކުރުފާނު ވާހަކަ
ންގެ ހަޔާތާއި، އެރަދުން އަނދިރި އަނދިރީންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ވާހަކަ. މިވާހަކަ އާބަކުރު ރަސްގެފާނުން ފެށިގެން ކަލާފާނާ ހަމައަށް ވެސް ކިޔައެވެ. އަދި ކޮއިމަލާއިން ފެށިގެން އައްސުލްޠާނު މުހައްމަދު މުޢީނުއްދީނުލް އައްވަލާ ހަމަޔަށްވެސް ކިޔައެވެ.
ބޮޑުތަކުރުދަން
ނ. ދަމުހަރުގެޔަށް ދަމަށްއެރި ޒަމާނުގައި ހެންވޭރު ރައްޔިތުން ބައިކޮށްފައި އޮންނަ 4 ބައިން ކުރެއެއްބައި.
ބޮޑުތަކުބީރު
ނ. ޒުލްހައްޖާމަހު 9 ވަނަރޭ ފަތިސްނަމާދުން ފެށިގެން އެމަހުގެ ތޭރަވަނަ ދުވަހުގެ ޢަޞުރުނަމާދާއި ދެމެދުގައި ކޮންމެނަމާދެއްގެ ފަހުގައި ކިޔާ ތަކުބީރު.
ބޮޑުތަވީދު
ނ. ކޮންމެވެސް ބޮޑުބައްޔަކަށް ފަންޑިތަ ހަދައި އެކަން ފަސޭހަވީމާ، އެކަމުގެ ރައްކަލަކަށް އެންމެފަހުން އަޅާ ތަވީދު.
ބޮޑުތަދު
ނ. 6331ހ. ވަނައަހަރު 4191މ. ން 8191މ. އަށެވެ. ހުއްޓުނު ބޮޑު ހަނގުރާމަޔާ ވިދިގެން ރާއްޖެއަށް އައި ތަދު. މިތަދު ގާތްގަނޑަކަށް 2 އަހަރެއްހައި ދުވަސް ވާންދެން ދެމިއޮތެވެ.
ބޮޑުތަގަރި
ނ. (1) ފެނަށް އެރޭން ހަދާފައި ހުންނަ ދިގު އުސްތަގަރި. (2) ބޮޑެތިތަގަރި.
ބޮޑުތަސްބީހަ
ނ. ސުބްޙަނަQ ވަލްޙަމްދު Q ވަލާއިލާހަ އިލަQ ވަQ އަކްބަރު ވަލާ ޙައްލު ވަލާ ޤުއްވަތަ އިލަQ ބިQ ޢަލިއްޔުލް އަޡީމް.
ބޮޑުތާހީދު
ނ. އެދުރު ޢުމަރު މާފަތް ކަލޭގެފާނު ހެއްދެވި ތާހީދު ރައިވަރުފޮތް.
ބޮޑުތާކިހާ
ނ. ތާކިހާ ހަދާންގެންގުޅޭ ޚާއްޞަ ފޮތީން އުސްކޮށް ހަދާފައި ހުންނަ ތާކިހާ.
ބޮޑުތިނޯސް
ނ. ތިނޯހެއްގެ ސިފައިގައި އޮންނަ ފަގަލީ ކައްޓެއް.
ބޮޑުތުރާ
ނ. ވެއްޓޭބަލި.
ބޮޑުތުރާވުން
މ. ވެއްޓޭބަލި ޖެހިގެން ވެއްޓުން.
ބޮޑުތެޅުން
މ. ފޮނިކެނޑުން.
ބޮޑުތެލީބައިން
ނ. ބޮޑެތި ތެލި އުފުލާން އޭގައި ޚާއްޞަގޮތަކަށް ޖަހާބައިން.
ބޮޑުތޮޅި
ނ. (1) ފަރުމަހުގެ ބާވަތެއް. މިއީ ތުންގަނޑު ކުރުކޮށް ހުންނަ ތޮޅިޔެކެވެ. (2) ވަރަށް ބިޔަކޮށް ހެދޭ ލަކުޑި ދެރަ ގަހެއް. މިގަހުގެ ތޮޅި މުށެއްހާ ދިގުވާނެއެވެ. (3) (މަލިކު) ވަލުތޮރާ.
ބޮޑުލަކި
ނ. (1) ބޮޑެތި ތެލަނގަ އެއްލާފައި ހުންނައިރު ލަސްލަހުން އެއް ހަމަޔަކުން ހެލޭ ހެލުން. (2) ގުޑި ދަމާއިރު ވަކިގޮތަކަށް މަޑުމަޑުން ހެލޭހެލުން.
ބޮޑުލަވަ
ނ. ޚާއްޞަ ދިގު ރާގެއްގައި ކިޔާ ޛިކުރު މަޢުލޫދުގެ ޅެން.
ބޮޑުލަވަބައި
ނ. ނެއްޓީގައި ހަތަރުވަނައަށް ޖަހާ ލަވަބައި. މިއީ ދަނޑިބެރުގައި ޖަހާ ލަވަބައެކެވެ.
ބޮޑުލާރި
ނ. ހަތަރުލާރީގެ އަގުހުންނަ ލާރި.
ބޮޑުލިބާސް
ނ. ބޯފޮތީގެ ދިގު ކޯޓެއް. މިއީ އިހުގައި ފަނޑިޔާރުންނާއި ބޮޑު ނައިބުން ރަސްމީ ޢިއްޒަތުގައި ބައިވެރިވާއިރު ލައިއުޅުނު ލިބާހެކެވެ.
ބޮޑުގަސްރަށް
ނ. (ޅ) ކުރެންދޫއަށް ދަތުރުވެރިން ކިޔާ ނަމެއް.
ބޮޑުގާވިޔާ
ނ. ދެ ގާވިޔާއިން ތިރީ ގާވިޔާ.
ބޮޑުގާދޫނި
މިއީ ބޮލުގެ ނިތްމަތި ހުދުކޮށް ހުރެފައި ތަލައިން ފެށިގެން ކަނދުރާމައްޗަށް ކަޅުކޮށް ހުންނަ ދޫންޏެކެވެ. ފިޔަގަނޑު މައްޗާ ބުރަކަށިމަތި ހުންނަނީ އަޅިކުލައިގައެވެ. ބަނޑުދޮށް ފިޔަދަށާއެކު ހުންނަނީ ހުދުކުލައިގައެވެ. މިއެންމެ އެއްގޮތްވަނީ އައިންމަތީ ގާދޫންޏާއެވެ.
ބޮޑުގިފިލިކުރުން
މ. ބޮޑުކަމުދިޔުން.
ބޮޑުގިތެޔޮފުޅުހެދުން
މަޖާޒު: ލަދެއްނެތިގެން ފެންނަހާ އަންހެނަކާ އަޅައިގެނެގެން އުޅުން.
ބޮޑުގުންބާ
ނ. ބޮޑުކަމުބޭރަށް ދެވޭނެގޮތް ހެދުމަށާއި އެހެނިހެން ބޭނުމަށްޓަކައި. ފުރަގަސްފަރާތުން ދިޔާތަކެތި ފޮނުވާން ގެންގުޅޭ އާލަތެއް.
ބޮޑުގުންބާކުރުން
މ. ބޮޑުގޮހޮރު ސާފުކުރުމަށްޓަކައި ފުރަގަސް ފަރާތު ދޮރުން އެތެރެހަށްޓަށް ލޮނު ނުވަތަ ސައިބޯނިފެން ފަދަ އެއްޗެއް ފޮނުވުން.
ބޮޑުގުރާބު
ނ. ކަލާސީން ބައިކޮށްފައިވާ އަށްބައިން އެއްބައި. މިއީ ރަނަހަމާންތި ބޭކަލަކަށް އޮންނަ ބައެކެވެ.
ބޮޑުގުގުރީގައި ވާޖެހުން
"ބޮޑުގުގުރީގައި ވާޖެހުން" މ. މަޖާޒު: ނިދީގައި ބާރަށް ގުގުރި ދެމުން.
ބޮޑުގޮތްވުން
މ. ވެއްޓޭބަލީގައި ވެއްޓުން.
ބޮޑުގޯނބިލި
ނ. އިހުގައި ބޯވަޅު އެޅިލިބާސްލާ އުޅުނު ފޭރާމެއް. މިހުންނަނީ ފަލަ ދެރޮނގު ދޭތެރޭ ހިމަރޮނގެއް ހުންނަ ގޮތަށެވެ.
ބޮޑުސަނދުވާ
ނ. އިހުޒަމާނުގައި ގޭގޭގެ ބޮޑުއަށްޓާދިމާ މަތީގައި އޮންނަ ސަނދުވާ.
ބޮޑުސަވާ
ނ. (1) ބޮޑެތި ބަނޑުއޮޑި ފަހަރުގައި ކުނބުދަމަށް ހުންނަ އެންމެފަލަ ވައު. (2) ނާފަހަރުގައި ދެކުނބުދޭތެރޭގައި ހުންނަ ކަތި ރިޔާ.
ބޮޑުސަމާ
ނ. (1) ރަސްކަމަށް ކޮލިލުމުގެސަމާ. (2) ކުޅިޖަހާ ސަމާ.
ބޮޑުސާހިބުން
މ. ހަތްކޮޅު ނެގިބޭފުޅުންގެ ދަށަށްތިއްބަވާ މަތީ ދަރަޖައިގެ ބޭފުޅުން.
ބޮޑުސާގު
ނ. ސާގުގެ ބާވަތެއް. މިސާގު ފުއްތައް ކުދި ސާގަށްވުރެ ބޮޑެތިވާނެއެވެ.
ބޮޑުސިންގާ
ނއ. (1) މާބޮޑު. (2) މާސިންގާ.
ބޮޑުސުވާމީންގެ
ނ. މާތްރަސްކަނލާގެ.
ބޮޑު ސޯޅަ
ނ. އެއްވެސް އަގެއްނެތް މީހެއް، ނުވަތަ އެއްޗެއް.
ބޮޑުޒާތުކުޅިގަނޑު
ކުޅިގަނޑެއް. މިކުޅިގަނޑު ކުޅުމަށްގޮސް ހިނދޭނީ ކުޅޭ ފަރާތުގެ 6 ވަނަ ވަޅަށެވެ. ހިނދުމުން އެވަޅާ ދިމާވާވަޅު ބޮވުނީއެވެ. އެވަޅާ ދިމާވަނީ އަނެއް ފަރާތުގެ ތިންވަނަ ވަޅާއެވެ. އޭރު އެންމެ ބޮލި ގިނަވާނީ އެވަޅުގައެވެ. މިކުޅިގަނޑުގައި ހިލަންޖެހޭނީ ފަންސަވީސް ވަޅެވެ.
ބޮޑުޙަދަޘް
ނ. ހިނެއިން ވާޖިބުވާ ވުން.
ބޮޑުޙަދަޘްވެރިކަން
ނއނ. ހިނެއިން ވާޖިބުވާ ކަން.
ބޮޑުޙަދަޘްވެރިވުން
މ. ހިނެއުން ވާޖިބުވުން.
ބޮޑުޙަދަޘްވެރިޔާ
ނ. ހިނެއުން ވާޖިބުވާ މީހާ.
ބޮޑުޞަލަވާތް
ރކ. (1) ބޮޑުލަވައިގެ ދިގުރާގެއްގައި ކިޔާ ޞަލަވާތް. (2) މާބޮޑު ބިރުވެރިކަމެއްފެނިގެން އެއްހާސްފަހަރު ހަމަކޮށް ކިޔަވާ ތުންޖީނާ ޞަލަވާތް.
ބޮޑުޝީނު
ނ. "ޝ" އަރަބީގެ ނުކުތާޖެހި ސީނު.
ބޮޑުޢީދު
ނ. (1) އަޟުހާ ޢީދު. (2) ދިހަރޯދަ ޢީދު. މިއީ ހައްޖުގެ އަޅުކަމާ ވިދިގެން އަންނަ ޢީދެވެ.
ބޮޑެވައްޓޭބޮޑި
ނ. (ގ) އިހުޒަމާނުގައި ހަވަރު ތިނަދޫން ހަވަރަށް ގެންނަ ބޮޑު ފަތަފޮޅި.
ބޮޑެފާނު
ނ. (ގ) ކުޅިކުޅިއާއި މޫދުގައި އޮއިނުދެމޭ ތަންތާނގައި ހެދިފައިވާ ކިސަނޑުގަނޑުގައި އުޅޭ ރަތްކުލައިގެ ބޮޑު ފަންޏެއް. މިއީ، ފަރުމަސް ބޭނުމަށް އެމަށް ބޭނުންކުރާ އެއްޗެކެވެ.
ބޮޑެތި
ނއ. "ބޮޑު" މިބަސް ގިނަކުރުމަށް ބުނާގޮތް.
ބޮޑެތި އެއްޗެއްސަށް ބޮޑެތިރާޅެޗެ. ކުދި އެއްޗެއްސަށް ކުދިރާޅެވެ.
"ބޮޑެތި އެއްޗެއްސަށް ބޮޑެތިރާޅެވެ. ކުދި އެއްޗެއްސަށް ކުދިރާޅެވެ." (މުސްކުޅިބަހެއް) ބޮޑެތިމީހުންނާ ދިމާވާ ބޮޑެތި ކަންތަކާ ގުޅޭ ގޮތުން ބުނެއުޅޭ ބަހެއް.
ބޮޑެތިމީހުން
ނ. (1) ކޮންމެ ބައެއްގެ ތެރޭންވެސް އިސްމީހުން. (2) ބަސްވިކޭ މީހުން. (3) ކުޑަކުދިންނޫން މީހުން.
ބޮޑެލި
ނ. (ސ) ބޮނޑިބަތްތޮޅި.
ބޮޑެގަޑި
ނ. (ގ) ކަރުނާ މާޓަރު.
ބޮޑޮދޯލިކެނޑުން
ނ. (ސ.) ބޮޑުދޯލިކުރުން.
ބޮޑޯޅު
ނ. (ލ) ކަތިވަޅި.
ބޮޔަށްގުއިރޭ
ނ. ފައިވާންގަނޑުލީ ބޯކަޅު، ހުދު ދޫންޏެއް. މިއީ މާދޫންޏާ ވައްތަރު ދޫންޏެކެވެ. މިދޫންޏަށް މިހެންކިޔަނީ ބޮއިގައި އިންނަލެއް ގިނަކަމުންނެވެ.
ބޮޔާރެންޓު
ނ. (1) ފުރާދުއްވާ ތަކެތި ބޮއިގާ ހިފީމާ ދޭންޖެހޭ ކުލި. (2) ލަންގަރުބާޑީ.
ބޮޚުސާ
ނ. ބޮކުސާ.
ބޯ
ބައްޓަމަށްވުރެ ފަލަކޮށް ބޮޑުކޮށް ކޮޅުގައި ހުންނަބައި. މިބައި ޢާއްމުކޮށް ހުންނަނީ ވަށްކޮށެވެ. މިސާލު: މޮހޮރުބޯ. ނއ. (01) ތުނީގެ އިދިކޮޅު. (11) ފަތި މިނުން އިތުރު. (21) ގިނަ. (31) ބުއިން މިބަހުގެ ނަން އިތުރު. މިސާލު: ބޯފެން. (41) މަޖާޒު: ބުއްދިއާއި ފިކުރު.
ބޯހަރު
ނއ. (1) ނުކިއަމަންތެރި. (2) ބުނާގޮތްނަހަދާ. (3) ބަސްގަބޫލުނުކުރާ. (4) ގޮތްދޫނުކުރާ.
ބޯހަރުކަން
ނއށ. (1) ނުކިއަމަންތެރިކަން. (2) ބުނާގޮތްނަހަދާކަން. (3) ބަސްގަބޫލު ނުކުރާކަން. (4) ގޮތްދޫނުކުރާކަން.
ބޯހަރުވުން
މ. (1) ނުކިޔަމަންތެރިވުން. (2) ބުނާގޮތް ނުހެދުން. (3) ބަސްޤަބޫލުނުކުރުން. (4) ގޮތްދޫނުކުރުން.
ބޯހަމަކުރުން
މ. މީހުންގެ އަދަދު ހަމަކުރުން.
ބޯހަމަވުން
މ. (1) މީހުންގެ އަދަދު ހަމަވުން. (2) ކަމަކަށްޓަކާ އެއްކުރާ ބައެއްގެ އަދަދު ހަމަވުން.
ބޯހަލާކު
ނއ. މަޖާޒު: މާބޮޑަށް ބޮލަށް އުނދަގޫވުމުން ބުނެއުޅޭ ބަހެއް.
ބޯހަލާލުން
މ. ޤަބޫލުކަން އެންގުމަށް ބޮލުން އިޝާރާތްކުރުން.
ބޯހިކޭވަރުވުން
މ. މަޖާޒު: (1) ދަރަނިވެރިވެފައިވާ މީހަކު އެކަމުން ކިރިޔާ ސަލާމަތްވުން. (2) ކޮންމެ ދަތިކަމަކުން ނަމަވެސް ކިރިޔާ މިންޖުވުން.
ބޯހިއްކުން
މ. ބޮލުން ފެންހިއްކުން.
ބޯހިމެނުން
މ. (1) ރަށެއްގައި ތިބި މީހުންގެ އަދަދު ބެލުން. (2) މީހުންގެ އަދަދާއި ޖިންސާއި ޢުމުރާއި، ކުރާ މަސައްކަތާއި، ތަޢުލީމާއި، މިބާވަތުގެ ހުރިހާ ކަމެއް ތަފްޞީލުކޮށް ބެލުން.
ބޯހިޔާކުރުން
މ. ހިޔާވަހިކަން ލިބޭ ތަނަކަށް ވަނުން.
ބޯހިޔާވުން
މ. ހިޔާވަހިކަން ލިބުން.
ބޯހުނި
ނ. ގަބުޅިހުންޏާއި ހަކުރާ އަޅައިގެން ފުށުގައި ހިލާ ކާއެއްޗެއް.
ބޯހުރިމަޑި
ެ ބާވަތެއް. މިއީ ބުރިކަށިމަތިކަޅުކޮށް ބަނޑުދޮށް ހުދުކޮށް ނަގޫކުރުކޮށް ހުންނަ މަޑިއެކެވެ. މީގެ ނަގޫ ހުންނާނީ ދެފަރާތުގެ ފިޔަގަނޑާ ގުޅިފަ އެވެ. މިއީ ވަރަށްފުނުގައިއުޅޭ ފުމޭ މަޑިއެކެވެ. މި މަޑީގެ ބޯ ހުންނާނީ އެހެންމަޑިތަކާ ތަފާތުކޮށް ކުރިޔަށް ނުކުމެފަ އެވެ.
ބޯހެފުން
މ. މަޖާޒު: (1) މީހަކަށް ބޮނޑިއެއްދޭން ކުޓުވުން. (2) ކަމަކު ކިޔާކިޔާ އުނދަގޫކުރުން.
ބޯހެދުން
މ. އިސްތަށިގަނޑު ހެދުން.
ބޯހޭވުން
މ. ބޮލުގެ އިސްތަށިގަނޑު އެގޮތްމިގޮތަށް ވެފައިވުން، ނުވަތަ އެގޮތްމިގޮތްވުން.
ބޯހޮވުން
މަޖާޒު: އިނދެގެން އުޅޭ މީހަކަށްވުރެ ދެރަ އަންހެނުން ހޯދަން ހިނގުން.
ބޯށި
ިގަސް (މިއީ، އާންމުކޮށް ހޭޅީގައި ހެދޭ ބޯކޮށް ފަތްހުންނަ ގަހެކެވެ.) (4) ބޯށިގަހުގެ މާގަނޑު. (5) ބޯށި ގަހުގެ އޮށް. (6) ބައެއް ޒާތުގެ ކުރެހުމުގައި ކަންކަނުގައި ޖަހާމަލެއް. (7) ފައްތަރުލައި ކަފާބިލެތުގެ ހުނގުލުކޮޅުގައި ލާ ވަނާއެއް. (8) (ހ.) އޮށްނާޅާ ހުކުރަދި.
ބޯށިއައުން
މ. ގަސްގަހުން ބޯށި ނިކުތުން.
ބޯށިއެޅުން
މ. "ބޯށި" މިހެން ކިޔާ ކުރެހުން ހަރުކުރުން. ނުވަތަ ފެވުން.
ބޯށިމައުފުސް
ނ. ލޮލުގެ ބައްޔެއް. މި ބައްޔަކީ ލޮލުގެ ކަޅުކަޅީގައި ބޯށި މާގަނޑުގެ މަލެއްހެން ބޯކޮށް ހުންނަގޮތެއް ނުކުންނަ ބައްޔެކެވެ. މިބަލި ޖެހުނީމާ ލޯ އަނދިރިވާނެ އެވެ.
ބޯށިމަސް
ނ. ކުއްޖާޔާ ފޫޅުދަނޑިން ގުޅިފައިވާ މަހުގެ ބާވަތެއް. މި މަސް އޮންނާނީ ކޭލުބޯއްޓެއްގެ ސިފައިގަ އެވެ.
ބޯށިފިލުވުން
މ. ބޯށީގެ ފަތްތައް ފޮޅެމުން ދިއުން.
ބޯށިފިޔަ
ނ. (ސ) ހިބަރުގެ ފޫޅާ ނަގުލާ ދޭތެރޭގައި ހުންނަތަނެއް.
ބޯށިގަނޑު
ބޭހާ ކަނަހަނދުނާ ފޮނިތޮށި ކާފޫރުތޮޅިޔާ އެއްކޮށްމޮޑެ ފުޑައި ހިމުންކޮށް، ޅަރުކުގެ ކުރުއްޕަތަކަށް އަޅައި ބަނދެ، އުނދުނުގެ އަޅިގަނޑުތެރޭގައި ވަޅުލައިގެން ފޮޅިކޮށް އަވީލައި ހިއްކައިގެން ހަދާ ބޭހެކެވެ. ދުވާލު ދެއިރު މީގެ އެތިކޮޅެއް މާމުއިގާ ވިރުވައިގެން ބޮއެވެ.
ބޯނށި
ނ. (ޏ) ކޭލުބޯށި.
ބޯނށިފިއަ
ނ. (ޏ) ހިބަރުގައި ހުންނަ ތަނެއް. މިތަން ހުންނާނީ ފޫޅާއި ނިގުލާއި ގާތު ހުންނަ އުރަހައާއި ދެމެދު - ބަނޑައިދުލުގެ މިސާލުގައެވެ. މަހުގެ މިތާނގައި ތެޔޮ ގިނަވުމުގެ ސަބަބުން ބައެއް މީހުނަށް އެހެންތަންތަނަށްވުރެ މީރެވެ.
ބޯނބި.
ނ. (ޏ) ބޮނބި.
ބޯނބިކޭލި
ނ. (ޏ) ބޮނބިނަރު.
ބޯނއެބުރުން
މ. ބޮލަށް އެނބުރުން އެރުން.
ބޯނޑި
ނ. (ގ) ބޮނޑި މިބަހުގެ 4 ވަނަ މާނަ.
ބޯނޑިވިކުން
ނ. (ސ) މީހަކާއި ދިމާއަށް އަތްބުޅިކޮށްފައި ވައްތަރު ޖެއްސުން.
ބޯނޑިގަނޑެ
ނ. (ގ) ބޮނޑިގަނޑު.
ބޯނޓި ކެނދޮޅެ
ނ. (ގ) ބޮނޑިކަދޮޅު.
ބޯނަސް
ނ. ޢާންމުކޮށް، ނުވަތަ ކޮންމެހެންދޭންޖެހޭ މިންވަރަށްވުރެ އިތުރަށްދެވޭ ކޮންމެ އެއްޗެއް.
ބޯނި
ނ. (ލ) ކަނބޯކުޅި.
ބޯނުބައިވުން
މ. (1) ބުއްދިކޮށިވުން. (2) ދިމާވިކަމަކުން ސިކުނޑިއަށް އުނދަގޫވުން. (3) ކަމެއްގެ ސަބަބުން އެވަގުތަށް ވިސްނުން ކޮށިވުން.
ބޯނެތަށްކުޅުން
މ. ބައެއް ކުޅިވަރުތަކުގައި ބައިގާ މަދުމީހެއްގެ މަތިން އަނެކަކު ކުޅުން.
ބޯނެތް
ނ. ބައެއް ކުޅިވަރުތަކުގައި ދެބައިގައި ހަމައަށް މީހުން ތިބެގެން ކުޅޭއިރު އެއްބައިން އުނިވި މީހާ.
ބޯނެތްބައި
ނ. ދެބައި ހަމަޔަށް ބަހައިގެން ކުޅޭ ކުޅިވަރެއްގައި އެކަކު މަދުބައި.
ބޯނެތްސޫފި
ނ. ކަކުނި.
ބޯންބާ
ނ. ގުންބާ.
ބޯންބިކޫނޑި
ނ. (ޏ) ބޮނބިކުނޑި.
ބޯންދިނުން
މ. (1) ބޮއްވުން. (2) ކުޑަކުދިންނަށް ކިރުދިނުން. (3) މަޖާޒު: ރުޅިއައިސްގެން ޒުވާބު ކުރާއިރު "ހުތުރުއެއްޗެއްބޯށޭ" ބުނުން.
ބޯރަންކަރު
ނ. ހުދުރަންކަރު.
ބޯރާ
ނ. ވޯރާ.
ބޯރާއިން
ނ. ވޯރާއިން.
ބޯރާފަތޭރި
މ. އޮޑިދޯނިފަހަރު ފަތަވެރިކޮށްގެން، ވާ ފަތޭރިޖަހާއިރު އޭގައި ކޮޅުގުޅައިގެން ފަނުން ވިޔެގެން ފެންފިލާވަތާ ހަމައަށްޖަހާ ރެހެއް.
ބޯރިވައް
ނ. (އ) ބޯއަރުވާ ވައްގަނޑު.
ބޯރިދޫ
ނ. (ޏ،ސ) ބޯރުދޫ.
ބޯރިދޫބައްތި
ނ. (ސ) ބޯރުދޫބައްތި.
ބޯރިދޫކެޑުން
މ. (ސ) އޮޑިދޯނިފަހަރު ފަދަތެކެތި ކަނޑުމަތީގައި ރޯލު ކުރުން.
ބޯރީނދޫ ކޮކާމަސް
މަހުގެ ބާވަތެއް. މިއީ ވަރަށް ރީތި ކުލަތަކަކުން ކުރެހުން އެޅިފައި ހުންނަ، އެތެރެވަރީގެ ގުންޑޮޅިތަކުގައި ދިރިއުޅޭ މަހެކެވެ. މަހުގެ ލޮލާއި ނިންމަތި ހުންނާނީ ރީނދޫ ކުލައިގައެވެ. މަހުގެ ތުނބާއި ކޯމަތީގައި ހުންނަނީ ކަޅާއި ރީނދޫ ކުލައިގެ ތިކިތަކެއްޖަހައިފަ އެވެ.
ބޯރީނދޫބިބީ
ގެ ބާވަތެއް. މިއީ ވަރަށްރީތި ކުޑަމަހެކެވެ. މަހުގެ ދެއަރިމަތީގެ ކުލައަކީ ހުދު އަޅިކުލަ އެވެ. މަހުގެ އަރިމަތީގައި ލެނބިފައި ހުންނަ ފަސްވަރަކަށް ރޮނގު ފާޅުކޮށް އެނގެންހުރެ އެވެ. މަހުގެ ތުނބާއި ބޮލުގެ ތިރީބަޔާއި މަހުގެ ގިނަބައިތަކުގެ ކުލައަކީ ރީނދޫ ކުލަ އެވެ.
ބޯރުދޫ
ނ. ނާފަހަރާއި ބޯޓު ފަދަ ބޮޑެތި އުޅަނދުފަހަރުގެ ދިރުބާނކޮޅުގައި، އުސްކޮށް ހަދާފައި ހުންނަބައި.
ބޯރުދޫބައްތި
ނ. (1) ފުރާދުއްވާ އެއްޗެތީގެ ބޯރުދޫގައި ދިއްލާބައްތި. (2) ނަރުގަނޑު ފާނޫޒު.
ބޯބަންފަޓާސް
ނ. (1) ފުކުގެ ތަންކޮޅެއް ތިރިން ވަށައިގެން އަޑިކޮށް ރޮނގެއް ހުންނަ ފަޓާސް. (2) މަޖާޒު: އަންހެނެއްގެ ސިފަނުލިބެނީސް އަންހެން ހެދުން އަޅައިގެން އުޅޭ ނުފާޑު ކުދީން.
ބޯބަރުކަން
ނއނ. ބޮލަށް ލިބިފައި ހުންނަ ބުރަކަން.
ބޯބަރުވުން
މ. ބޮލަށް ބުރަކަން ލިބުން.
ބޯބީރިވުން
މ. (ސ) ކަންފަތަށް ފެންފަދަ އެއްޗެއް އެޅިގެން ބައްވުން.
ބޯބީތާކަން
ނއނ. ބީތާކަން.
ބޯބީތާވުން
މ. ބީތާވުން.
ބޯބުރާންތިކެއުން
މ. ބޮލަށް ބުރާންތިކަން ލިބިފައިވުން.
ބޯބުރާންތިވުން
މ. ބޯބުރާންތިކެއުން.
ބޯބުރި
ނ. (1) ޓްރެކްޓަރާއި ލޮރީގައި ދުއްވާމީހާ އިންނަބައި. މިއީ، މައިގަނޑާއި ވަކިންވެސް ދުއްވޭގޮތަށް އޮންނަ ބަޔެކެވެ. (2) ދިރޭ އެއްޗެއް ދެބުރިކޮށްލާއިރު ބޮލަށްވީބައި.
ބޯބެލުން
މ. މަޖާޒު: އުކުނުނެގުން.
ބޯބޭނުން
މަޖާޒު: ނުބެހޭ ކަންތަކާ ބެހުން.
ބޯބޭލުން
މ. ރޭޒަރު، ނުވަތަ ކުރަފަތް ފަދަ ތޫނުއެއްޗަކުން ކަހައިބޮލުގެ އިސްތަށިތައް ފިލުވުން.
ބޯބޭސް
ނ. ބޯންބޭނުންކުރާބޭސް.
ބޯބޮ
ނ. (1) ކުޑަކުދިންގެ ބަހުރުވައިގައި ބޮލުގައި އަޅާއެއްޗެތި.
ބޯބޮކުރިންލުން
މ. ވާދިގުއުނދޯލި ހެއްލައި ދޭން ހުންނަ ކުއްޖާގެ ބޯމަތިން އުނދޯލި ދުއްވައިލުން.
ބޯބޮޑުހިނި
ނ. ބޯ، މާބޮޑުކޮށް ހުންނަ ކަޅުހިންޏެއް.
ބޯބޮޑުކަން
ނއނ. (1) ފައިދާއެއްވާކަހަލަ ކަންތަކުން ފައިދާނަގާން އެނގޭކަން. (2) ބުއްދިގަދަކަން.
ބޯބޮޑުއާނި
ނ. އެއްއިންޗި ނުވަތަ، އިންޗިއެއްގެ 4/3 ބައިހުންނަވަރުގެ އާންޏެއް. މީގެ ބޯހުންނާނީ ފަތާކޮށެވެ. ޢާއްމުކޮށް، މި ބޭނުންކުރަނީ ލަކުޑި ބޯޓު ފަހަރުގެ ފެނުންތިރިޔަށް ހުންނަބައިގާ ލޮއިޖެހުމަށެވެ.
ބޯބޮޑުވުން
މަޖާޒު: (1) ފައިދާއެއް ވާކަހަލަކަންތަކުން ފައިދާ ނަގަން އެނގުން. (2) ބުއްދިގަދަވުން.
ބޯބޮޑުފައިވައް
ނ. ބޯއަރުވާ ވައްގަނޑު.
ބޯބޮޑުފުންނަ
ނ. އަނގަބޮޑު ފުންނަ.
ބޯބޯ
ނ. (1) ކުޑަކުދިންގެ ބަހުރުވައިގައި ހުސްވާ ހުސްވުން. (2) ދެންނެތް.
ބޯބޯބޮއްތަލޯ
ނ. ކުޑަކުދީންގެ އަތްތިލައިގައި އިނގިލި ތަޅަމުން ކިޔާބަންޖެއްގެ ނަން. އެއީ ބޯބޯ ބޮއްތަލޯ، ދެފަނިކާ ފެންބަތޯ، އޮޑިވަތު، ދިޔަ ހިއްކަތޯ، ބޯލަ ގެނައި މަސްފަތަފޮޅި، ކާލައިގެން ބޯލަ ހޯދަން އަރާއަރާ ފައިބާ ފައިބާ.
ބޯބޯކުރިންލުން
މ. ބޯބޮކުރިންލުން.
ބޯބޯވުން
މ. (1) ކުޑަކުދިންގެ ބަހުރުވައިގައި ހުސްވުން. (2) ދެންނެތުން.
ބޯބޯމަތިން ނެގުން
މ. އެންމެންގެ އަތުން އެއްޗެއް ނެގުން.
ބޯބޯމަތިންބެލުން
މ. ބަޔަކު މީހުންގެ ފަހަތުގައި ހުރެގެން ކޮށައިގެން ބޯތަކުގެ މަތިން ބެލުން.
ބޯބޯމަތިންގެންދިއުން
މ. ގިނަބައެއްގެތެރޭ އެއްޗެއް ނުވަތަ މީހެއް ބޯމައްޗަށް އުފުލައިގެން އެއްބަޔަކު އަތުން އަނެއް ބަޔެއްގެ އަތަށް ދެމުން ގެންދިއުން.
ބޯޅަ
ނ. (1) ތަފާތު ކުޅިވަރުތައް ކުޅުމަށްޓަކައި ވަށްކޮށް ހަދާފައި ހުންނަ އެއްޗެއް. (2) ބެޑްމިންޓަން ކުޅެން ގުންގުޅޭ މަލެއްހެން ހަދާފައި އޮންނަ އެތި. (3) ރަނގަބީ ކުޅެން ގެންގުޅޭ ކުކުޅުބިސް ބުރަށް އޮންނަ އެތި.
ބޯޅަބިން
ނ. (ޏ) ބޯޅަދަނޑު.
ބޯޅަކިންކިރިމާ
ނ. ގުލްސަންޕާމަލުގެ ވައްތަރެއް. މިގަހުގެ ފަތްހުންނާނީ ކޮޅުވަށްކޮށެވެ. މިމައު ގުލްސަންPާ މަލަށްވުރެ ތަންކޮޅެއް ބޮޑުވާނެ އެވެ.
ބޯޅަކުޅުން
މ. ފުޓްބޯޅަކުޅުން.
ބޯޅަފިލާގަނޑު
ނ. ބެޓު.
ބޯޅަޖެހިފާނަ
ނ. ފާނައިގެ ބާވަތެއް. މިއީ ވަރަށް ހިމަ ދިގުކޮށްހުންނަ މަޑުމުށިކުލައިގެ ފާނައެކެވެ. މަހުގައި ރަތްކުލައަކަށްދާ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިތިކިތަކުގެ ތެރޭގައި މަހުގެ ދިގަށްވާގޮތަށް ހުދުކުލައަކަށްދާ ރޮނގުތަކެއްހުރެއެވެ.
ބޯޅަޖެހުން
މ. (ސ،ގ) ބޯޅަކުޅުން .
ބޯޅު
ނ. (މަލިކު) ބޯޅަ.
ބޯކަށިކެޔޮ
ނ. ކަށިކޭލުގެ ބާވަތެއް. މިއީ ދޮންވީމާ ވަކުގެ ފުލާއެކު ރަތްވާ އަނގަކަހާ ކަށިކޭލެކެވެ.
ބޯކަނޑާކަށި
ނ. ބޯކެނޑި.
ބޯކަން
ނއނ. (1) ތުނިކަން މިބަހުގެ އިދިކޮޅު. (2) އެއްޗެއްގެ ދެފުށުގެ ދެމެދުގައި ހުންނަ ދުރުމިނުގެ ފުޅާކަން.
ބޯކަރުދާސް
ނ. ބޯކޮށް ހަދާފައި ހުންނަ ކަރުދާސް. މީގައި އެތައް ފަށަލަތަކެއް ހުރެއެވެ. މިއީ ފޮށިގަނޑުގަނޑު ހެދުމަށާއި ފޮތްފޮތުގެ ބޭރުގަނޑު ހެދުމަށާއި މިފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ.
ބޯކަޅުކުރާބޭސް
ނ. އިސްތަށިގަނޑު ކަޅުކުރާ ބޭސް.
ބޯކަޅުދޫނި
ނ. ވައްލައަމާ
ބޯކަފި
ނއ. ބޮލުގެ މެދަށް އަޑި އަދި ދެމުލި ނުކުމެފައިވާ.
ބޯކިރު
ނ. ކާށިހުނިން ފެލާ އޮލަކިރު.
ބޯކިބާ
ނ. ފުށަށް ކާށިކިރު ނުވަތަ ހުނިއަޅައިގެން ފޮނިކޮށް ނުވަތަ ލޮނުކޮށް ފިހާ ހެދިކާއެއްޗެއް. މި ފިހަނީ ކޮންމެވެސް ކަންވާރަކަށް އަޅައިގެންނެވެ.
ބޯކިބާއެޅުން
މ. ބޯކިބާ ފިހުން.
ބޯކު
ނ. (1) ދަގަނޑުފަދަ އެއްޗަކުން ނުވަތަ ލަކުޑިޔާ ދަނޑިފަދަ ތަކެތިން ނުވަތަ ރޭނުމުގައި ހަނދުފަޅިބުރަށް ދޮޅި ދާންހެން މަތިވައްކޮށް ހަދާ އެއްޗެއް. މިއީ ހައްދާ ވެޔޮގަނޑުފަދަ ތަކެތި، އޭގެ މައްޗަށް އެރުވުމަށް ހަދައިފައި ހުންނަ އެއްޗެކެވެ. (2) (ގ) ބޮއް.
ބޯކުރުން
މ. ތަރުކާރީ ނުވަތަ މޭވާ ނުވަތަ ފަލަމަޑީގެ ބައެއް ބާވަތް ކޮށައިގެން ހަކުރުގައި ކައްކާ އޮލަކުރުން.
ބޯކުޑަ
ނއ. މަޖާޒު: ވިސްނުންކޮށި.
ބޯކުޑަވުން
މ. މަޖާޒު: ވިސްނުން ކޮށިވުން.
ބޯކެ
ނ. ހަލުއިމަސް.
ބޯކެހުން
މ. (ސ) ފުނާއެޅުން.
ބޯކެނޑި
ނ. އިސްކުރުގެ ބޯފެތޭތަން ކަނޑަން ގެންގުޅޭ ކަށި.
ބޯކެނޑިރުފިޔާ
ނ. އީސްޓް އިންޑިޔާ ކުންފުނިން ޖެހި ހަތަރުވަނަ ވިލިޔަމްގެ ރުފިޔާ.
ބޯކެނޑިޔެ
ނ. (ސ) ބޯކެނޑި.
ބޯކެނޑުން
މ. (1) ބޮލާ ހަށިގަނޑާ ވަކިކުރުން. (2) އިސްކުރުބޯ ފެތޭވަރަށް ލޯވަޅުގެމަތި ބޮޑުކޮށްލުން.
ބޯކެބަލެ
ނ. (ގ) ބޯކިބާ.
ބޯކެއުން
ނ. މަޖާޒު: މީހެއްގެ ގާތުގައި އުދަނގޫވާވަރަށް ކަންތަކު ކިޔުން.
ބޯކެޔޮ
ނ. ބޯކަށިކެޔޮ.
ބޯކެޔޮކުރި
ނ. ބޯކަށިކެޔޮ ގަހުގެ ކުރި.
ބޯކެޔޮވަލަކު ހުޅުލީހެން
"ބޯކެޔޮވަލަކު ހުޅުލީހެން" މިސާލު: (1) ޚަބަރެއް ފެތުރިގެންދިޔަލެއް ހަލުއިކަން އަންގައިދިނުމަށް ބުނެއުޅޭ ބަހެއް.
ބޯކެޔޮމުޑި
ނ. ބޯކެޔޮހޮޅު.
ބޯކޮށާކަތުރު
ނ. ބޯކޮށަން ހަދާފައިވާ ކަތުރު.
ބޯކޮށާދަތި
ނ. ބޯކޮށަން ބޭނުންކުރާ ދަތްގަނޑުލީ އާލަތެއް.
ބޯކޮށުން
މ. ވަކިގޮތަކަށް ބޮލުގެ އިސްތަށިގަނޑުކޮށުން.
ބޯކޮޅުބެލުން
މ. މަޖާޒު: ކަމަކާމެދު ޝައްކުކުރެވިގެން މީހަކު ނުވަތަ ބަޔަކުގޮސް އުޅޭ ތަންތަނާއި ވަދެއުޅޭ ތަންތަން އެމީހަކަށް ނުވަތަ އެބަޔަކަށް ނޭނގޭގޮތަށް ބެލުން.
ބޯކޮޅުއޮބުން
މ. ހިނގާފައި ނުވަތަ ދުވެފައި ކުރިޔަށް ދަމުންދަމުންގޮސް ލޮލުކޮޅަށް ނުފެންނަ ހިސާބަށް ދިއުން.
ބޯކޮސް
ނއ. (1) ވިސްނުންދެރަ. (2) ހައިރާން.
ބޯކޮސްވުން
މ. (1) ވިސްނުން ދެރަވުން. (2) ހައިރާންވުން.
ބޯއަރުވާވައްގަނޑު
ނ. (1) އޮޑިދޯނިފަހަރުގައިވާ އައްސާ ދަނޑިޔާއި ހުރަސް ފިލާގައި ޖައްސައި، ހުސެންދަރީގެ ފުލާއެކު ބަނޑުފިލައިން ހަފޮޅާ ހަމަޔަށް އަރުވާ ވައްގަނޑު. (2) ގެރިބޯވައްގަނޑު. (3) ބޯބޮޑުފައިވައް.
ބޯއި
ނ. (ގ،ޏ) (1) ޒަކަރު. (2) ފަރުޖު.
ބޯއުނގުޅާފިލާ
ނ. (1) ނަނުބެއްދި. (2) ކުދިން ކުޅޭ ކަރަންފޫ.
ބޯއެނބުރުން
މ. ބޮލަށް އެނބުރން އެރުން.
ބޯއެޅުން
މ. އޮށޯވެ އޮންނައިރު އެއްޗެއްގައި ބޯބޭއްވުން.
ބޯއެއްސުން
މ. (1) ބޮލުގެ ހުޅިޖެހުން. (2) އިސްތަށިގަނޑު ބަނުން.
ބޯއޮބާފައިދިއުން
މ. ބުނާއެއްޗެއްގެ އަޑުނާހަން އިސްދަށަށްޖަހައިފައިދިއުން.
ބޯއޮބުން
މ. ބުނާއެއްޗެއްގެ އަޑުނާހަން އިސްދަށަށް ޖަހައިލުން.
ބޯއޮމާންކުރުން
މ. ބޮލުގެ އިސްތަށިގަނޑުގައި ފުނާ ފަދަ އެއްޗެއް އަޅައި އޮމާންކުރުން.
ބޯއޮޑުވާންލުން
މ. ބޯވަޑުވަންލުން.
ބޯއްޓޯ
ނ. ކުޑަކުދިންގެ ބަހުގައި ވާރޭ.
ބޯއްޖަށްފީނުން
މ. ފުނުގައި އުޅޭ އެންހޯދަން އަޑިޔަށްދިއުން.
ބޯއްޗި
ނ. ޅަކުދިން ލާ ސީ.
ބޯވަ
ދިރިއުޅެނީ ހަރުގައެވެ. މީގައި އަށްފައި ހުރެއެވެ. މިފައިގައި ހުންނަ އުންތަކުގެ ބާރުން ތަންތާނގައި ތަތްކޮށްލައެވެ. މީގެ ކުލައެސޮރު އުޅޭ މާހައުލާ ގުޅުވައިގެން ބަދަލުކޮށް ހަދައެވެ. (2) ބޯވައެއްގެ ސިފައިގައި އަޅާކުރެހުމެއް. (3) ހުދުހަމުގައި ދުޅަވާ ބަލިކަމެއް.
ބޯވެނެތި
ބޯވަބޭންދުން
މ. މީދަލުވިހަ ކަނޑުވަން ބޮލުގައި ބޯވައެއް ބޭއްވުން.
ބޯވަޅު
ައިރީގައި އަޅާފައި ހުންނަ ހިރުތަކަކާއި ޖަހާފައި ހުންނަ ބަގިޔާތައް. މީގައި ކަސަބާއި ބާދަލަޔާއި ފަށުޔާއި އުއިބޭނުންކުރެއެވެ. (2) އަންހެނުންގެ ހެދުމުގެ ކަރުގައި ވަށައިގެން ގޮތްގޮތަށް އަޅައިފައި ހުންނަ ފޮތިކޮޅު. (3) ފޮތިބޯވަޅު. (4) (ޅ) ބޯވަޅުގައި އަޅާއެއްޗެހި
ބޯވަޅުއެޅި ބޮޑުރިޔާނެގުން
"ބޯވަޅު އެޅިބޮޑުރިޔާނެގުން" މ. (1) އިހުގައި އޮޑިކޮޅުގައި ރަސްމީ އިއްޒަތުގައި ދަތުރަކުދާއިރު ބޯަވައެޅި ރިޔާނެގުން. (2) މަޖާޒު: އޮތް އެންމެ ޒީނަތްތެރި ހެދުންލުން.
ބޯވަޅުއެޅުން
މ. (1) ކަސަބު ބޯވަޅުގައި ހިމެނޭ ތަކެތި ތަރުތީބުން ލިބާހުގެ ކަރުގެ ވަށައިގެން ހަރުކުރުން. (2) ފޮތި ބޯވަޅެއް ބޮލުން ވައްޓައިލުން.
ބޯވަޅުއެޅިލިބާސް
ނ. ދިވެހި އަންހެނުންލާ ލިބާހުގެ ވައްތަރެއް. މީގައި ހުންނާނީ ކަސަބުން ބޯވަޅު އަޅާފައެވެ. މިއީ، އިހުޒަމާނުއްސުރެ ދިވެހި އަންހެނުން ލައިއުޅޭ ލިބާހެކެވެ. ރަސްމީގޮތުން (3491-1-5) (1631-11-82) މިދުވަހާ ހަމައަށް ބަދަލެއްނައިސް، ލީ މިވައްތަރުގެ ލިބާހެވެ. އޭގެފަހުން ތަފާތު ވައްތަރުތައް ލުމުގެ ހުއްދަލިބުނެވެ.
ބޯވައެޅިރިޔާ
ނ. (1) އޮޑިކޮޅުގައި ރަސްމީ އިއްޒަތުގެ ދަތުރަކުވަޑައިގަންނަވާއިރު އެއޮޑިކޮޅުގައި ނަގާ އުޅުނު ރިޔާ. (2) މަޖާޒު: އޮތް އެންމެރީތި ހެދުން.
ބޯވައެޅުން
(ބ،ދ) ބޯވައެއްގެ ސިފައިގައި އަޅާކުރެހުން އެޅުން.
ބޯވައްގަނޑު
ނ. ބޯއަރުވާ ވައްގަނޑު.
ބޯވަމަސް
ނ. (1) ކުއްޖާޔާ ފޫޅުދަނޑިންގުޅިފައިވާ މަހުގެ ބާވަތެއް. މިމަސް އޮންނާނީ ބޯވަޔާ ވައްތަރުގޮތަށެވެ. (2) ދިލަފޮށީމަސް. (3) ބޯވަދިލަމަސް.
ބޯވަދިލަމަސް
ނ. ބޯވަ ޢާއިލާގެ މަހެއް. މިމަހުގެ ކުރީކޮޅުގައި ބޯވައިގައި ހުންނަ ކަހަލަ އުން ފަޅާފައިވާ ކުދިފައިތަކެއް ހުރެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ފަތިކޮށެވެ. އަދި ބޯވަޔާއެއްެބީދައިން ކުލަބަދަލު ކުރެއެވެ.
ބޯވަދެލިމަހަ
ނ. (ގ) ބޯވާދިލަމަސް.
ބޯވަތް
ނ. އުށްޖެހި މަރުވަޅީގެ އުށުގެމަތީގައި ހުންނަ ލޯގޮބު.
ބޯވަޑުވަންލުން
މ. އިހުގައި އަންހެންކުދިންގެ ޢުމުރުން އަށް ނުވައަހަރުގެ ތެރޭގައި ބޯނުބާލަން ގަޞްދުކޮށް އިސްތަށިގަނޑު ދިގުކުރާން ބެހެއްޓުން.
ބޯވަޖެހުން
މ. އަތްތިލައިގަޔާ ފައިތިލައިގެ ބަނޑުފުށުގެ މެދު ގަނޑުލާފައި ދުޅަވުން. މިގޮތަށް އަޑީގައި ގަނޑުލާފައި އޮންއިރު އޮންނާނީ ބޯވައެއްގެ ސިފައަށެވެ.
ބޯވާ
ނ. (މ) ބޯވަ.
ބޯވާބަލިކަން
ނ. ހުދުހަމުގައި ދުޅަވާ ބައްޔެއް.
ބޯވިނަ
ނ. (ސ) ބޯވިއްދާ.
ބޯވިނާ
ނ. ޓަގުބޯޓު
ބޯވިއްދާ
ނ. ވަރުގަދަ އިންޖީނެއް އަޅައިފައި އޮންނަ ކުޑަ އާގުބޯޓެއް. މީގެ މަސައްކަތަކީ ބޮޑެތި ބޯޓުފަހަރުގައި މައްޔާ ވިއްދައިގެން އަނބުރާލުމާއި ބޮޑެތި އެއްޗެހި ކަފުޖަހައިގެން ގެންދިއުމެވެ.
ބޯވިއްދި
ނ. ބޯވިއްދާ.
ބޯވިދެފުރޮޅުން
މ .(1) ގުޅަމަތި ހިފުމުގެ އުކުޅެއް. (2) (ހ) މުޑުފުރޮޅުން.
ބޯވުން
މ. (1) އޮލަވުން، (2) ގިނަވުން، (3) ފޮއްސިވެލުން. (4) ތުނިމިނުން އިތުރުވުން.
ބޯވެލި
ނ. ކާން ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ ދަނބުކުލައިގެ އޮށެއްއަޅާ ފަތްބޯކޮށް ހުންނަވެލެކެވެ.
ބޯމަޅި
ނ. ބޮއްވާމަޅި.
ބޯމައްޗަށް ފަރުބަދައެއް ވެއްޓުން
"ބޯމައްޗަށް ފަރުބަދައެއް ވެއްޓުން" މ. މަޖާޒު: ނުއުފުލޭވަރު ބުރައެއް އުފުލާންޖެހުން.
ބޯމަތިންއެއްލާރުއް
ނ. (ހ) ކުއްޖާ ވިހެޔުމަށްފަހު މަސްތުރަވީމާ އެދުރަކަށް ހުންނަ މީހާ. ގޭ އުތުރު ފަރާތުން ގޭމަތިން ދެކުނު ފަރާތަށް އެއްލާރުއް. މިރުއް ހައްދާ އުޅެނީ ކުއްޖާގެ ނަމުގައި އެއްލީމާ ޖެހުނު ހިސާބެއްގައެވެ.
ބޯފަޅައިގެންދާވަރުވުން
މަޖާޒު: ކަމަކާމާބޮޑަށް ބޮލަށް އުނދަގޫވުމުން ބުނެ އުޅޭ ބަހެއް.
ބޯފެން
ނ. ބޯންބޭނުންކުރާފެން.
ބޯފެންވަޅު
ނ. ބުއިމަށް ބޭނުންކުރާ ފެންނަގާން ޚާއްޞަކޮށްފައި ހުންނަވަޅު.
ބޯފޮޅި
ނ. ހަނޑުލާގަބުޅި ހުންޏާއެއްކޮށްގެން ފެންފޮޅިޔަށްވުރެ ތަންކޮޅެއް ބޯކޮށްފިހާ ފޮނިފޮޅިއެއް.
ބޯފޮޅިވިލޭރޭ
ނ. ބޯފޮޅި ދުވަހުގެ ރޭ.
ބޯފޮޅިފާތިހާ
ނ. ބޯފޮޅިދުވަހު ވަލީވެރިންނާއި އެދުރު ބޭކަލުންނަށް ކިޔަވާ ފާތިޙާ.
ބޯފޮޅިދުވަސް
ނ. "ހަތަރުބޯފޮޅި ދުވަސް" ބަލާ!
ބޯފޮޅިޔަށްވަޑައިގަތުން
ރޭގަނޑު އެތެރެކޮއިލު މިސްކިތްތެރެޔަށާއި، މެދު ޒިޔާރަތް ދޮށަށް، ހުކުރުމިސްކިތްތެރެޔަށާއި ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތްތެރެޔަށް ފާތިޙާ ވިދާޅުވަން ރަދުން، ނުވަތަ ރަދުންގެ ބަދަލުގައި ޢިއްޒަތަށް ވަޑައިގަންނަވާ ބޭފުޅަކު ރަސްމީ ޢިއްޒަތުގައި ވަޑައިގަތުން.
ބޯފޮތި
ނ. (1) ބޯކޮށް ހުންނަ ފޮތި. (2) މަޖާޒު: މީހުން ހައްލަންހަދާދޮގު.
ބޯދަށުދަނޑި
ނ. (ހ) ފުރާޅުގެ އަސްކެންޏާ ދިމާގައި، ދަށުން އަޅާފައި އޮންނަ ކެހައެއް.
ބޯދަމައިގަތުން
މަޖާޒު: ކަމަކުން ރެކުން.
ބޯދާ
ނއ. (1) އެވޭލާ. (2) އިހުޒަމާން.
ބޯދާބަސް
ނ. އިހުޒަމާނުގެ ބަސް.
ބޯދާރާވަޅި
ބޯދާއިރު
ނ. އިސްވެދިޔަ ޒަމާން
ބޯދާގޮތް
ނ. (1) މުސްކުޅިގޮތް. (2) އިހުގެ ގޮތް. (3) ޒަމާންވީގޮތް.
ބޯދާޒަމާން
ނ. އިހުޒަމާން.
ބޯދި
ދި މަހެއް. މީގެ ކުލައަކީ ރަންމުށިކުލައެވެ. އާންމުކޮށް އުޅެނީ ފަރާއިފަޅު ފަޅުގެ ބޭރު ގުންޑޮޅިތަކާއި ހަތާތަކުގެ ނިވަލުގައާއި ވިލުވިލާއި ކަނޑުއޮޅިތަކުގައި ހުންނަ ބަދިތަކާއި ބޮޑެތިގައުގަލުގެ ނިވަލުގައެވެ. އަދި ބޮޑެތި އައިން ހަދައިގެން ކަނޑުގައިވެސް އުޅެއެވެ.
ބޯދިނުން
މ. (1) ބޯދިއްކޮށްގެންބެލުން. (2) ސިއްރުންބެލުން. (3) މަޖާޒު: ތިމާބަލަން ނުޖެހޭ ތަނެއް ބެލުން.
ބޯދިގުކުރަން ލެއްވުން
މ. ބޯވަޑުވަންލުން.
ބޯދިގުކުރުން
މ. ބޮލުގެ އިސްތަށިގަނޑު ދިގުކުރުން.
ބޯދީބެލުން
މ. ބޯދިނުން.
ބޯދުންފިނި
ނ. ވައިގެ ތެރޭގައި ފެނުގެ އަސަރުބޮޑުވުން. ފިނިމޫސުމުގައި ޖައްވުގައި އުފެދިފައި ހުންނަ ފުސްކަން.
ބޯދޮށަށް އޮތުން
މ. އެއްޗެއްގައި ބޯނާޅާ އޮތުން.
ބޯދޮށުން ކަންނެޔޮދެމުން
"ބޯދޮށުން ކަންނެޔޮދެމުން" މ. (1) މަރުވާން ކައިރިވީމާ ބޯދޮށުގައި އޮންނަ ކަންނެޔޮ ނެގުން. (2) މަޖާޒު: މަރަށް ހާޒިރުވުން.
ބޯދޮށް
ނ. (1) މަތާޖަހާއިރު މަތާގެ ދަށަށްލާ އެތިގަނޑު. (2) އެއްޗެއްގެ އެއްކޮޅު ބިމުން އުފުލާފައި ބާއްވާން އޭގެ ދަށަށް ލައްވާފައި އޮންނަ ލަކުޑިގަނޑު. (3) ފަޅާދަރު ގަނޑުގެ ދަށަށް ލައްވާފައި އޮންނަ އެތިގަނޑު. (4) ފުރޮއިން އެއްޗެހި ބުރިކުރާއިރު ދަށަށްލާ އެތިގަނޑު.
ބޯދޮލަނގު
ނ. ފަނަރަބާވަތުގެ ބުއިމުން ތައްޔާރުކުރެވޭ ކެއުމުގެ ރަސްމީ ދޮލަނގެއް. މީގައި ހުންނާނީ ހަތްބާވަތުގެ ކަންޖާ އަދި ހިތި ބުލިބުއްޔަކާ އެވެ. މިގެންދަނީ ހިތިވިލޭރޭ އިރުއޮއްސޭއިރަށް ކޮންމެވެސް ބޮޑުބޭކަލެއްގެ ގެއަކުން ހިތިގެއަށެވެ.
ބޯދޮލަނގު
ނ. ފަނަރަ ބާވަތުގެ ބުއިމުން ތައްޔާރު ކުރެވޭ ކެއުމުގެ ރަސްމީ ދޮލަނގެއް. މީގައި ހުންނަނީ، ހަތްބާވަތުގެ ފަންޏާ ހަތް ބާވަތުގެ ކަންޖާ، އަދި ހިތިބުލި ބުއްޔަކާއެވެ. މިގެންދަނީ ހިތިވިލޭރޭ އިރުއޮއްސޭ އިރަށް ކޮންމެވެސް ބޮޑުބޭކަލެއްގެ ގެއަކުން ހިތި ގެއަށެވެ.
ބޯތަށި
ނ. (1) ދިޔާއެއްޗެތި އަޅަން ގެންގުޅޭ ގޮނިކޮށް ފުންކޮށް ހުންނަތަށި. (2) ޑިޝްއެންޓަނާ.
ބޯތަށި ބަގީޗާ
ނ. ފަތްވަށްކޮށް ގޮނިކޮށް ހުންނަ ބަގީޗާ ގަހެއް. މިއީ ފަރުދާ ބަގީޗާގެ ބާވަތެކެވެ.
ބޯތަށިމަލާފަތް
ނ. މަލާފަތުގެ ބާވަތެއް. މިހުންނަނީ އެކަނިކާތަށިލާ، މަލާފަތަށްވުރެ ބޮޑުކޮށް އުސްކޮށް ފުންކޮށެވެ.
ބޯތަށިމަސް
ނ. ފަރުމަހުގެ ބާވަތެއް. މިއީ ވަށްކޮށް ބޯތަށްޓެއް ސިފައިގައި ހުންނަ މަހެކެވެ. މިމަހުގެ ވަށައިގެން ފިޔަފަތްގަނޑެއް ލާފައި ހުރެއެވެ. މިމަހުގައި ނަގުލެއްހެން ހީވާވަރުގެ ތަންކޮޅެއް ހުރެއެވެ.
ބޯތަށިމުރާކި
ނ. ބަނޑިޔާ މުރާކި.
ބޯތަށިގެސް
ނ. (ސ) ބޯތަށިބަގީޗާ.
ބޯތަޅާމަޑި
ނ. ޓައްކަނޑާ މަޑި.
ބޯތަޅާދޫނި
ނ. ބޯތަޅާމަޑި.
ބޯތަޅާލޯތަޅާހަދައިގެން
މަޖާޒު: އާދޭސްކުރުމާއި މަސައްކަތުގެ ބުރައުފުލި މިންވަރުގެ ބޮޑުކަން އަންގައި ދިނުމަށް ބޭނުންކުރާ ބަހެއް.
ބޯތެޅުން
މ. (1) ބަކަތަޅައިގެން ހިތިބޯ ހިފުން. (2) މަޖާޒު: ކަމަކާމެދު މާބޮޑަށް ވިސްނައި ފިކުރުކުރުން.
ބޯލަބޭ
ނ. މަލާމާތުގެ ގޮތުން އިހުގައި ފިރިހެނުންނަށް ކިޔައި އުޅުނު ނަމެއް.
ބޯލަމިޔަރު
ނ. (ހ) އޮޅުފަތި މިޔަރު.
ބޯލާކެޑެ
ނ. (ސ) ބޯލާކޮޅު.
ބޯލު
ނ. (ގ) ބޮލި.
ބޯލުން
މ. (1) އޮށޯންނަތަނުގެ ކޮންމެވެސް ފަރާތަކަށް ބޯގެންދިއުން. މިސާލު: އުތުރަށް ބޯލުން، އިރަށް ބޯލުން. (2) ގުޑީގެ މައިދުނީގެ މަތީކޮޅުގައި އެކަށީގެންވާ މިންވަރަށް ބަރުއެއްސުން.
ބޯލެނބުން
މ. (1) ކިޔަމަންތެރިވުން. (2) ބޯތިރިކުރުން.
ބޯލްޕެން
ނ. ތުނޑުގައި ރޭޒާފުކެއް ހުންނަގަލަން.
ބޯލްޕޮއިންޓް
ނ. ބޯލްޕެން.
ބޯގަ
ނ. މިސްކިތް މިސްކިތާއި ޒިޔާރަތް ފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަސް.
ބޯގަނޑު
ނ. ޒަކަރުގެ އޮމާ މަސް.
ބޯގަންވިލާ
ނ. ގިނަކުރިލައިގެން ވެލެއްފަދައިން ވާކޮށް ހެދޭ ގަހެއް. މީގެ އެތައް ކުލައެއް ހުރެއެވެ.
ބޯގަޅާ
ނ. ކުކުޅު މާދޫނި.
ބޯގަފަތް
ނ. (ބ،ދ) ބޯގައަށް ދީފައިވާ ވަގުފުފަތް.
ބޯގަފަތްކޮޅު
ނ. ބޯގަދެއްވިކަމުގެ މައްޗަށް ދައުލަތުން ދެއްވާ ލިއުން.
ބޯގަތައިލުން
މ. އެކަކު އަނެކަކާ ޖެހި ފިތިގެން ވައްކޮށްލައިގެން ތިބުން.
ބޯގިނަބައި
ނ. ދެބަޔަށް ބަހައިގެން ކުޅޭ ކުޅިވަރުގައި އެކަކު ގިނަވެފައިވާ ބައި.
ބޯގެތުން
މ. އިސްތަށިގަނޑު ވިޔުން.
ބޯގޮވުން
މ. މަޖާޒު: ކަމަކާމެދު ފިކުރުބޮޑުވެ، ހާސްވުން.
ބޯސަޑީ
ނ. މީހުން ނިކަމެތިކޮށްލަން ބުނެއުޅޭ ބަހެއް. މިސާލު: ބޯސަޑީ މިތަނުން ރައްކާވޭ.
ބޯސާ
ނ. (1) އޮޑި ދޯނިފަހަރު އަޅާން ދެފަރާތަށް އަޅާ ދެ ވާ، އެއްކޮށް ބަންނަ ބަނުން. (2) އޮޑިދޯނިފަހަރު އަޅާން ދެކޮޅަށް އަޅައި އެއްކޮށް ބަނދެފައި އޮންނަވައު.
ބޯސާބަނުން
މ. އޮޑި ދޯނި ފަހަރު އަޅާން ދެފަރާތަށް އަޅާ ދެވައު، އެއްކޮށް ބަނުން.
ބޯސާލުން
މ. ފުރާ ދުއްވާ އެއްޗެހި އަޅާން ދެކޮޅަށް ދެނަގިލި ލައިފައި ވަލެއް ބޭއްވުން. މިވަލުގެ މެދު އޮންނާނީ ފެން މައްޗަށް އަރާނޭހެން އުފުއްޔެއް ލާފައެވެ.
ބޯސާޖެހުން
މ. (1) ބޯސާބަނުން. (2) (ސ) ޖިމާޢުވުން.
ބޯސް
ނ. މީހުން ރުޅި އަރުވަން އިއްވާ އަޑެއް.
ބޯސްމާނު
ނ. ނާފަހަރުގެ ސަރަނގު.
ބޯސްލެއްވުން
މ. މީހުން ރުޅި އެރުވުމަށް، ނުވަތަ ބިރު ގެންނެވުމަށް ވަކި ގޮތަކަށް އަޑު ލެއްވުން.
ބޯސްގޮއްވުން
މ. ބޯސް ލެއްވުން.
ބޯޑި
ނ. (މަލިކު) ކިރުހިއްޕި.
ބޯޑިންގު
ނ. ދަނާލު.
ބޯޑު
ލިޔުމާއި ނިޝާނާއި، އިޢުލާން ފަދަ އެއްޗެހި ލިޔެ ހިއްޕަން ނުވަތަ އެނޫންވެސް ގޮތަކުން ހަރުކުރަން ހަދައިފައި ހުންނަ ފިލާ. (2) ވަކިކަމަކަށް ޚާއްޞަކޮށްގެން ކަމަކަށް ޢައްޔަންކޮށްފައިވާ ރިޔާސަތަކާ އުޞޫލުތަކެއްގެ ދަށުން ހިންގާ ބައެއް ކަހަލަ ކޮމިޓީ، ނުވަތަ އިދާރާ.
ބޯޑުކުޅިވަރު
ނ. ފިލާގަނޑަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަ ބޯޑެއްގެ މަތިގައި ކުޅި އަތުރައިގެން އުޅޭ ކުޅިވަރު. މިސާލު: ރާޒުވާ، ތިންހަމަ.
ބޯޑެ
ބޯޓި
ނ. (ގ) ބޯށި.
ބޯޓު
ނ. (1) ބަނގަލާ. (2) ކަތިރިޔާ ނަގައިގެން ނުވަތަ އިންޖީނު ބަހައްޓައިގެން ދަތުރުކުރާ ފުރާދުއްވާ ބޮޑެތި އުޅަނދު.
ބޯޓު ކަރުދާސް
ނ. ފަރަންޖީ ކަރުދާސް.
ބޯޓުދަތުރުކުރުން
މ. ރާއްޖޭން ބޭރަށް ދަތުކުރާ އާގުބޯޑު ފަހަރުގައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރުން.
ބޯޓުހޫކު
ނ. އެއްކޮޅުގައި ފަލަބުޅިއެއް ހަރުކޮށްފައި އޮންނަ ދަނޑިޔެއް. މިދަނޑި ގެންގުޅެނީ ބޮޑެތި ނައުޒޯނގު ފަހަރު ދޮށަށްދާ ކުދި ބައްތެލީގައެވެ.
ބޯޓުނޯޓު
ނ. ބޯޓު ފަހަރުން މުދާބާލާއިރު ބޯޓު ބައްތެއްޔަށް އެފަހަރަކު އެރުވި މުދަލުގެ ހިސާބު ލިޔެފައި އޮންނަ ސިޓީ.
ބޯޓުރިޔާ
ނ. ކަތިރިޔާ.
ބޯޓުބައްތެލި
ނ. މުދާ އަރުވާ ބާލަން އިހުޒަމާނުގައި ބަނޑުގެ ގޮތުގައި ގެންގުޅުނު ކަތިރިޔާ ނެގިބައްތެލި.
ބޯޓުދެލި
ނ. ބިންކޮނެގެން ނަގާ ކަޅުކުލައިގެ ހަރުއެއްޗެއް. މިއީ އެއަންދައިގެން އިންޖީނު ހިންގާ އެއްޗެކެވެ. އަދި ފިނި ތަންތާނގައި ގެދޮރު ހޫނުކުރަންވެސް މީގެ ބޭނުން ކުރެއެވެ. މި އެކިގޮތްގޮތަށް ބޭނުންކޮށްގެން ވަރަށްގިނަ ބާވަތް ބާވަތުގެ ކެމިކަލާއިބޭސް ހަދައި އުޅެއެވެ.
ބޯޓުގޯނި
ނ. ތުނިގޯނި.
ބޯޖެހިތާ ނަގޫޖަހާފައި ދިއުން
"ބޯޖެހިތާ ނަގޫޖަހާފައި ދިއުން" (މިސާލުބަހެއް) މާހަރުކޮށް ދުވެފައި ދިޔުމަށް ބުނެއުޅޭ މިސާލެއް.
ބޯއްތަ
ނ. ބޮޑުދައިތަ.